އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ލޮޓަރީ އާ ބެހޭ ގޮތުން ނެރެފައިވާ ފިޤުހީ ޤަރާރު

ލޮޓަރީ އާ ބެހޭ ގޮތުން ނެރެފައިވާ ފިޤުހީ ޤަރާރު

lottery-qaraar ޙަމްދާއި ޘަނާ ހުރި އެއްކައުވަންތަ ﷲ އަށެވެ. އަދި ޞަލާތާއި ސަލާމް ހުރީ، އެކަލޭގެފާނަށް ފަހު ނަބިއްޔެއް ނުވާ ނަބިއްޔާ، އަހަރެމެންގެ ނަބިއްޔާ މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށާއި އެކަލޭގެފާނުގެ އާލުންނަށާއި އަޞްޙާބުންނަށެވެ. މިއަށް ފަހު ބުނަމެވެ:

ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މަޖްމަޢުލް ފިޤުހީ އަލްއިސްލާމީގެ މަޖިލިސް ގެ ބައްދަލުވުމެއް ވަނީ، 20ޝަޢްބާން 1415 (21/1/1995) ވީ ހޮނިހިރު ދުވަހު މައްކާގައި ބޭއްވި، ޔާންޞީބު (ލޮޓަރީ) އާ ބެހޭގޮތުން ވަނީ ވާހަކަ ދެކެވި ބަހުސްކުރެވިފައެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން ޔާންޞީބަކީ އެއީ ''ޢަދަދެއްގެ ބަޔަކު ބައިވެރިވާ ކުޅިވަރެއްގައި، ކޮންމެ މީހަކު ވެސް ބައިވެރިވެ ނަޞީބު ހޯދުމަށްޓަކައި ކުޑަ މިންވަރެއްގެ ފައިސާއެއް ދެނީއެވެ. އަދި ބައިވެރިވާ ކޮންމެ މީހަކަށް ވަކި ނަމްބަރެއް ދެވެއެވެ. ދެން ބައިވެރިވި އެންމެންގެ ނަމްބަރުތަކުގެ ތެރެއިން، އެއް ނަންބަރު ނުވަތަ ނަމްބަރުތަކެއް ޤުރުއަތުން ނަގަނީއެވެ. ޤުރުއަތުން ދިމާވާ ނަމަބަރުގެ ވެރިއާއަކީ ޔާންޞީބު ލިބޭ ފަރާތެވެ.''

ވީމާ މި ތަޢާރަފަށް ބަލާއިރު އެނގޭ އެއްޗަކީ، ޔާންޞީބަކީ ޖުވާގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެނީ، މީގައި ބައިވެރިވާ ކޮންމެ މީހަކީ ވެސް، އިނާމު އެއްކޮށް ލިބޭނެ، ނޫނިއްޔާ އޭނާ ދެއްކި ފައިސާ އެއްކޮށް ގެއްލޭނެ މީހެކެވެ. ޙަރާމްކުރެވިފައިވާ ޖުވާ ޙަރާމްވަނީ ވެސް ޖުވާގައި މިކަން މިހެން އޮންނާތީއެވެ.

ބައެއް ޤާނޫނުތަކުގައި، ޔާންޞީބު ހުއްދަކުރުމަށް، އެއިން ލިބޭ ފައިސާގެ ބައެއް ޚައިރީ ކަންކަމަށް ހޭދަކުރެވެއޭ ބުނެ ދައްކާ ބަހަނާއަކީ، އިސްލާމްދީން ޤަބޫލު ކުރާ ކަމެއް ނޫނެވެ. އެހެނީ، ކޮންމެ ބޭނުމަކަށްޓަކައި ވިޔަސް ޖުވާކުޅުމަކީ ޙަރާމް ކަމެކެވެ. ޖާހިލިއްޔަ ޒަމާނު މީހުން ވެސް 'މައިސިރު' ކުޅެގެން ލިބޭ އެއްޗެހީގެ ކޮންމެވެސް ބައެއް، ފަޤީރުންނަށް ބަހައި އުޅުނެވެ. ކީރިތި ޤުރުއާނުގައި އިޝާރަތް ކުރެވިފައިވާ 'މަންފާ' އަކީ މިއެވެ. ކަން މިހެން އޮތުމާއެކު ވެސް، އެއިން ލިބޭ ގެއްލުން މަންފާއަށް ވުރެ ބޮޑުވީމައި، ޤުރުއާނުގައި ވަނީ އެކަން ޙަރާމްކުރައްވާފައެވެ.

يَسْأَلُونَكَ عَنْ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا

އާޔަތުގެ ތަފްސީރީ މާނަ: ''ރާ ބުއިމާއި ވިއްކުމާއި ގަތުމާއި ބެހޭ ގޮތުން -މަސްތުކުރުވާ ކޮންމެ އެއްޗަކީ ޝަރުޢުގައި ރަލުގެ ޙުކުމް ދެވޭ އެއްޗެއް- އަދި ހަރާދުކިޔައިގެން ކުޅޭ ކުޅިވަރުތަކާއި މެދު، މުސްލިމުން، ކަލޭގެފާނާ ސުވާލުކުރެތެވެ. ވިދާޅުވާށެވެ: އެ ދެކަންތަކުގައި، ދީނާއި ދުނިޔެއަށް އަދި މުދަލާއި ބުއްދިއަށް ވަރަށް ބޮޑު ފާފައާއި ގެއްލުމާއި ފަސާދަ ހިމެނިގެންވެއެވެ. އަދި އޭގައި ދުނިޔަވީ އާމްދަނީ ހޯދުމުގެ ގޮތުން މީހުންނަށް ނަފާ ހިމެނިގެންވެއެވެ. ނަމަވެސް އެ ދެކަންތަކުގެ ފާފައާއި ގެއްލުން، އެއިން ލިބޭ ނަފާއަކަށް ވުރެ މާ ބޮޑެވެ.'' (އަލްބަޤަރާ: 219)

ދެން މިއަށްފަހު އެހެން އާޔަތެއް ބާވައިލައްވާ، އެކީއެކަށް، މައިސިރު ޙަރާމް ކުރެވުނެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

އާޔަތުގެ ތަފްސީރީ މާނަ: ''އޭ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވެ، އެކަލާނގެ ޝަރީޢަތަށް އީމާންވާ މީހުންނެވެ. ހަމަކަށަވަރުން ރަލާއި ޖުވާގެ ކުޅިވަރުތަކާއި އަޅުކަންކުރުމުގެ ގޮތުން ޤުރުބާން ކުރަން ހަދާފައި ހުންނަ ހިލަތަކާއި، ނަސީބު ބަލަން ގެންގުޅޭ ދުނިދަނޑިތަކާއި، މި ކަންތައްތަކާއި ތަކެއްޗަކީ، ޝައިޠާނާގެ ޢަމަލުގެތެރެއިންވާ، ފާފަވެރި ކަންތަކެވެ. ފަހެ ތިޔަބައި މީހުން އެކަންތައްތަކާއި އެއްކޮށް ދުރުހެލިވާށެވެ. ތިޔަބައި މީހުން ދިންނަވައި ނަސީބު ލިބޭތޯއެވެ.'' (އަލްމާއިދާ: 90)

އަދި މި މަޖިލިހުން ގޮވާލަމެވެ:

މަޖްމަޢްގެ އިދާރާގެ ފަރާތުން، މުޖްތަމަޢްގައި މިހާރު ދެވޭ އެކިވައްތަރުތަކުގެ އިނާމާއި، މުބާރާތްތަކާއި ވިޔަފާރީގައި ދެވޭ އަގުހެޔޮކުރުންތަކާ ބެހޭގޮތުން މައިދާނީ ދިރާސާއެއް ކުރުމަށް ގޮވާލަމެވެ. އަދި ފިޤުހުވެރިންނާއި ބާޙިސުންލައްވާ މި މައުޟޫއަށް ލިޔުއްވާ ދިރާސާކުރުމަށް ފަހު، ދެން އަންނަ ބައްދަލުވުމަކަށް ހުށައެޅުމަށް ވެސް ގޮވާލަމެވެ.

ހުރިހާ ޞަލާތަކާއި ސަލާމެއް ހުރީ، މާތް ނަބިއްޔާ މުޙައްމަދުގެފާނާއި އެކަލާގެފާނުގެ އާލުންނާއި އަޞްޙާބުންނަށެވެ. އަދި ހުރިހާ ޙަމްދެއް ހުރީ ޢާލަމްތަކުގެ ވެރި މާތް ﷲ އަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.