ހުކުރު20181116

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ރިބާއާ ބެހޭގޮތުން މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ ދެ ވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު

ރިބާއާ ބެހޭގޮތުން މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ ދެ ވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު

ribaa-bankaa-behey-majmau-buhoos-garaar2މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ ދެ ވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު

މުޙައްރަމް  1385 ހ / މޭ 1965މ، ޤާހިރާ

ތިރީގައި މިވަނީ މި މަޖްމަޢްގެ ބައްދަލުވުމުގައި އިޖްމާޢުން އެއްބަސް ވެވި، ނެރޭ ޤަރާރެވެ:-

1- އެއްވެސް ބާވަތެއްގެ ދަރަންޏަކަށް އިތުރު ކުރެވޭ ފައިދާ އަކީ، ޙަރާމް ކުރެވިފައި ވާ ރިބާ އެވެ. ބޭނުން ކުރުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަންޏާއި، އުފެއްދުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަނީގެ ދެ މެދުގައި، އެއްވެސް ފަރަގެއް ނެތެވެ. އެހެނީ ޤުރުއާނާއި ސުންނަތުގެ ހުރިހާ ނައްޞުތަކެއް ބެލުމުން، މި ދެބާވަތް ވެސް ކަނޑައެޅިގެން ޙަރާމް ކަން ސާބިތުވެއެވެ.

2- ރިބާ ގެ ގިނަ މިންވަރު ވެސް އަދި ކުޑަ މިންވަރު ވެސް ޙަރާމެވެ.

لاَ تَأْكُلُواْ الرِّبَا أَضْعَافاً مُّضَاعَفَةً

މާނަ: ''ގިނަވެގެންވާ ގުނަތަކަކަށް ގުނަވެގެންވާ ގޮތުގައި، ތިޔަބައި މީހުން ރިބާ ނު ހިފާށެވެ! ''

މާތް ﷲ ގެ މި ވަޙީ ބަސްފުޅުގެ ރަނގަޅު ފަހުމަކީ މިއީއެވެ.

3- ރިބާ ލާފައި ދަރަނި ދިނުމަކީ ޙަރާމް ކަމެކެވެ. އެއްވެސް ބޭނުމެއް އަދި އެއްވެސް ޟަރޫރަތަކަށްޓަކައި، މި ކަމަކީ ހުއްދަ ކަމަކަށް ނު ހެދޭނެއެވެ. ހަމަ އެ ފަދައިން، ރިބާ ހިމެނޭ ދަރަނި ނެގުމަކީ ވެސް ޙަރާމް ކަމެކެވެ. މި ފަދަ ދަރަންޏެއް ނެގުމުގެ ޟަރޫރަތެއް އޮވެގެން ނެގުމުން ނޫނީ، ރިބާ ހިމެނޭ ދަރަންޏެއް ނެގުމުގެ ފާފަ ނު އުފުލޭނެއެވެ. ކޮންމެ މީހެއްގެ ވެސް ޟަރޫރަތް ކަނޑައެޅުމަކީ، އެ މީހެއްގެ ދީންވެރިކަމަށް ދޫކުރެވިފައިވާ ކަމެކެވެ.

4- ކަރެންޓު އެކައުންޓު ދިނުމާއި، ޗެކަށް ފައިސާ ދޫކުރުމާއި، ފައިސާ ހުރި ކަމުގެ ލިޔުން (އެލް.ސީ) ދިނުމާއި، ބިލް އޮފް އެކްސްޗޭންޖާއި މުޢާމަލާތު ކުރުން ފަދަ، ބޭންކު މަސައްކަތްތަކަކީ ހުއްދަ ކަންތައްތަކެވެ. އަދި މިފަދަ މަސައްކަތުގެ ބަދަލުގައި ބޭންކުން ނަގާ ފީ އަކީ ރިބާ އެއް ނޫނެވެ.

5- ސޭވިން އެކައުންޓާއި، އަދި އެއް ވެސް އިތުރު ފައިސާ އެއް ރައުސްމާލަށް އިތުރުވާ ގޮތަށް ބޭންކަށް ފައިސާ ލުމާއި، ފައިދާ ލާފައި ދެވޭ ކޮންމެ ދަރަންޏަކީ، ރިބާ މުޢާމަލާތު ގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. ވީމާ މިއީ ޙަރާމް ކަންތަކެކެވެ.

ނޯޓް: ތިރީގައި މިވަނީ މަޖްމަޢްގެ މެންބަރުންގެ ގޮތުގައި އޭރު ތިއްބެވި ބޭފުޅުންނެވެ.

- ފަޟީލަތު އަލްއިމާމުލް އަކްބަރު ޙަސަން މައުމޫން (މިޞްރު)، ޝައިޚުލް އަޒްހަރު

- ޑޮކްޓަރ އިބްރާހީމް ޢަބްދުލް މަޖީދު އައްލިބާން (މިޞްރު)، ދާރުލް ޢުލޫމް ގެ ކުރީގެ ޢަމީދު

- ޑޮކްޓަރ އިސްޙާޤު މޫސާ އަލްޙުސައިނީ (ފަލަސްޠީން)، އެމެރިކަން ޔުނިވާސިޓީގެ އުސްތާޒު

- ޑޮކްޓަރ ސުލައިމާން ޙުޒައިން (މިޞްރު)، އަސްޔޫޠް ޔުނިވާސިޓީގެ މުދީރު

- ޑޮކްޓަރ ޢަބްދުލް ޙަލީމް މަޙްމޫދް (މިޞްރު) ކުއްލިޔަތު އުޞޫލުއްދީން ގެ ޢަމީދު

- އަލްއުސްތާޒް ޢަބްދުލް ޙަމީދު ޙަސަން (މިޞްރު)، ދާރުލް އުލޫމް ގެ އުސްތާޒެއް

- ފަޟީލަތުއް ޝައިޚް ޢަބްދުއްރަޙްމާން ޙަސަން (މިޞްރު)، އަޒްހަރު ގެ ކުރީގެ ވަކީލު

- ފަޟީލަތުއް ޝައިޚް ޢަބްދުއްރަޙްމާން އަލްޤަލްހޫދް (ލީބިޔާ)، ކުރީގެ ވަޒީރުލް ޢަދްލު

- އަލްއުސްތާޒް ޢަބްދުﷲ ކުނޫން (މަޣްރިބް)، މަޣްރިބް ޔުނިވާސިޓީގެ އުސްތާޒެއް، އަދި ޠަންޖާ ގެ ވެރިއާ

- ޑޮކްޓަރ ޢުޘްމާން ޚަލީލް ޢުޘްމާން (މިޞްރު)، ޤާހިރާ ޔުނިވާސިޓީ ގެ ޤާނޫން އުސްތާޒެއް

- ޑޮކްޓަރ ޢަލީ ޙަސަން ޢަބްދުލް ޤާދިރް (މިޞްރު) ޤާހިރާ ޔުނިވާސިޓީ ގެ ޝަރީޢާ ފެކަލްޓީގެ ކުރީގެ ޢަމީދު

- ފަޟީލަތުއް ޝައިޚް ޢަލީ އަލްޙަފީފް (މިޞްރު) ޤާހިރާ ޔުނިވާސިޓީ ގެ ޝަރީޢާ އުސްތާޒެއް

- ފަޟީލަތުއް ޝައިޚް ޢަލީ ޢަބްދުއްރަޙްމާން (ސޫދާން)، ކުރީގެ ސޫދާނގެ ދާޚިލީ ވަޒީރު

- ފަޟީލަތުއް ޝައިޚް މުޙައްމަދު އަޙްމަދު އަބޫ ޒަހްރާ (މިޞްރު)، ޤާހިރާ ޔުނިވާސިޓީ ގެ ޝަރީޢާ އުސްތާޒެއް

- ފަޟީލަތުއް ޝައިޚް މުޙައްމަދު އަޙްމަދު ފަރަޖް އައްސިންހޫރީ (މިޞްރު)، ުކުރީގެ ވަޒީރުލް އައުޤާފް

- ޑޮކްޓަރ މުޙައްމަދު އަލްބަހިއްޔު (މިޞްރު)، ކުރީގެ ވަޒީރުލް އައުޤާފް

- ޑޮކްޓަރ މަޙްމޫދު ޙުއްބުﷲ (މިޞްރު)، މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ އަމީން ޢާއްމު

- އަލްއުސްތާޒު މުޙައްމަދު ޚަލަފުﷲ އަޙްމަދު(މިޞްރު)، ޢައިން ޝަމްސު ޔުނިވާސިޓީ ގެ ވަކީލް

- ޑޮކްޓަރ މުޙައްމަދު ޢަބްދުﷲ އަލްޢަރަބީ (މިޞްރު)، ޤާހިރާ ޔުނިވާސިޓީ ގެ ދިރާސާ އިސްލާމިއްޔާ މަޢްހަދު ގެ ޢަމީދު

- ޑޮކްޓަރ މުޙައްމަދު ޢަބްދުﷲ މާޟީ (މިޞްރު) އަޒްހަރު ގެ ވަކީލު

- ފަޟީލަތުއް ޝައިޚް މުޙައްމަދު ޢަލީ އައްސާޔިސް (މިޞްރު) އުޞޫލުއް ދީން ގެ ކުރީގެ ޢަމީދު

- ފަޟީލަތުއް ޝައިޚް މުޙައްމަދު އަލްފާޟިލް ބިން ޢާޝޫރު (ތޫނިސް)، ޒައިތޫނާ ޔުނިވާސިޓީގެ ޢަމީދު އަދި ތޫނިސް މުފްތީ

- ޑޮކްޓަރ މުޙައްމަދު މަހްދީ ޢައްލާމް (ސޫރިޔާ) ވުޒާރަތު ޘަޤާފާ ގެ މުސްތަޝާރު

- ފަޟީލަތުއް ޝައިޚް ނަދީމުލް ޖިސްރު (ލުުބްނާން)، ޠަރާބުލްސް ގެ މުފްތީ

- އަލްއުސްތާޒް ވަފީޤް އަލްޤައްޞާރް (ލުބްނާން)، ކުއްލިޔަތުލް ޙުޤޫޤް ގެ ކުރީގެ ޢަމީދު

* އަދި މީގެ އިތުރަށް، 35 އިސްލާމީ ޤައުމެއްގެ ޢިލްމުވެރިންގެ ވަފްދު މި ބައްދަލު ވުމަށް ޙާޟިރު ވެވަޑައިގަތެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.