ޙަދީޘް އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://www.kavaasaa.com/dheen/hadhees/ Mon, 29 Jun 2020 13:11:41 +0200 Joomla! - Open Source Content Management en-gb ޙަދީޘް ޢިލްމުގެ މުހިއްމު މުޞްޠަލަޙްތައް http://www.kavaasaa.com/dheen/hadhees/hadees-baei-mustalah.html http://www.kavaasaa.com/dheen/hadhees/hadees-baei-mustalah.html

ޙަދީޘް ޢިލްމަކީ ކީރިތި ރަސޫލާގެ ބަސްތަކާއި ޢަމަލްތަކާއި ، ސިފަތަކާއި، އެއްބަސްވެ ވަޑައިގަންނަވާފައިވާ ކަންތައްތައްތަކުގެ އިތުރުން ޙަދީޘް ރިވާކުރެއްވި ބޭކަލުންނާއި ސަނަދާއި މަތުނު ބަޔާންކޮށްދޭ ޢިލްމެވެ. މިޢިލްމުގައި ހިމެނޭ މުހިއްމު މުޞްތަލަޙްތައް ތިރީގައި އެވަނީ އެވެ.

1-ސަނަދު: ސަނަދަކީ ޙަދީޘްގެ މަތުނަށް ވާޞިލް ކޮށްދޭ މަގެވެ. ނުވަތަ އެޙަދީޘެއްގެ އަހުލުވެރިންނެވެ.

]]>
info@kavaasaa.com (ޢަލީ އަޙްމަދު) ޙަދީޘް Mon, 27 Dec 2004 07:00:00 +0200
ޢުލޫމުލް ޙަދީޘް http://www.kavaasaa.com/dheen/hadhees/uloomul-hadees.html http://www.kavaasaa.com/dheen/hadhees/uloomul-hadees.html

bukhaareeޙަދީޘް ޢިލްމަކީ ދީނީ ޢިލްމުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޢިލްމެވެ. ޙަދީޘްގެ މުހިއްމުކަން ކީރިތި ޤުރުއާނާއި ސުންނަތުން ވަރަށް ރަގަޅަށް އެގެން އެބައޮތެވެ. ހުރިހާ ޒަމާނެއްގައިވެސް މުސްލިމުން އަންނަނީ، ޙަދީޘް ޢިލްމަށް ޚާއްޞަ އަހައްމިޔަތެއް ދީ، އެއަށް ވަރަށް ބޮޑު އިޙްތިރާމެއް ކުރަމުންނެވެ. މީގެ ސަބަބަކީ، ޙަދީޘަކީ އިސްލާމް ދީނުގެ މައިގަޑު ހަތަރު މަޞްދަރުގެ ތެރެއިން، ދެވަނަ މަޞްދަރެވެ. އާދެ ކީރިތި ޤުރުއާނަށް ފަހު، އިސްލާމްދީނުގެ ކަންތައްތައް ބަޔާންކޮށް، ޙަރާމް ޙަލާލް ބަޔާންކޮށް، ދީނުގެ ތަފާތު ޙުކުމްތައް ޝަރަޙަކޮށްދޭ އެއްޗަކީ ރަސޫލާގެ ޙަދީޘެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ޙަދީޘް Tue, 18 May 2004 07:00:00 +0300
ޤުދުސިއްޔަ ޙަދީސާއި ޤުރުއާން http://www.kavaasaa.com/dheen/hadhees/qudsee-hadees.html http://www.kavaasaa.com/dheen/hadhees/qudsee-hadees.html

1qudsee-hadees-ޤުދުސިއްޔަ ޙަދީޘް އަކީ އޭގެ ލަފުޒުތައް ރަސޫލާގެ އަރިހުން ވާރިދު ވެފައިވާ އޭގެ މާނަ ﷲގެ ޙަޟްރަތުން އައިސްފައިވާ ޙަދީޘް ތަކެވެ. އެއީ އިލްހާމުގެ ގޮތުގައި ނުވަތަ ހުވަފެނެއްގެ ސިފައިގައި ނުވަތަ ވަޙީގެ ޒަރީއާއިން އައިސް ފައިވާ ލަފްޒު ތަކެއް ކަމުގައިވެސް ވެދާނެއެވެ. ކީރިތި ޤުރުއާންގެ ލަފްޒާއި މާނަ އައިސްފައިވަނީ ﷲގެ ޙަޟްރަތުން ޖިބްރީލްގެފާނު މެދުވެރި ކުރައްވައި ރަސޫލާ ހޭފުޅު ލައްވައިގެން ހުންނަވަނިކޮންނެވެ.

]]>
info@kavaasaa.com (ޢަލީ އަޙުމަދު) ޙަދީޘް Fri, 16 Apr 2004 06:00:00 +0200
ޙަދީޘް ޖަމަޢަކުރެވުނީ ކިހިނެއް؟ http://www.kavaasaa.com/dheen/hadhees/hadees-jamaakurevunee-kihiney.html http://www.kavaasaa.com/dheen/hadhees/hadees-jamaakurevunee-kihiney.html

bukhaareeކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ޙަދީޘް ލިޔެ ޖަމާކުރުމުގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. ސަބަބަކީ ކީރިތި ޤުރުއާނާއި ޙަދީޘް މަސްހުނިވެ އޮޅުން އަރާފާނެތީ، އެކަން ރަސޫލާ މަނާކުރައްވާފައިވުމެވެ. އެހެން ނަމަވެސް ރަސޫލާގެ ޙަޔާތްޕުޅުގައިވެސް އެކަލޭގެފާނުގެ އަރިހުން ހުއްދަ ހޯއްދަވައިގެން އަޞްޙާބުންގެ މަދުބަޔަކު ޙަދީޘް ލިޔެ އުޅުއްވިއެވެ.

ޚާމިސުލް ޚުލަފާއުއްރާޝިދީން މިފޮތުގައި ބަޔާން ކޮށްފައިވާ ގޮތުގައި ހަދީޘް ލިޔެ ޖަމާކުރުމަށް އެންމެ ފުރަތަމަ އަމުރު ކުރެއްވީ ޚަލީފާ ޢުމަރު ބުނު ޢަބުދުލް ޢަޒީޒެވެ. އެއީ ހިޖުރައިން 99 ވަނަ އަހަރުގައެވެ. އިމާމު ބުޚާރީ އޭނާގެ ޞަޙީޙުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި ޢުމަރު ބިން ޢަބުދުލް ޢަޒީޒް އަބީބަކުރު ބިން ޙަޒުމަށް

]]>
info@kavaasaa.com (ޢަލީ އަޙްމަދު) ޙަދީޘް Tue, 13 Apr 2004 06:00:00 +0200
އަޞްޙާބުލް އުޚްދޫދުގެ ވާހަކަ http://www.kavaasaa.com/dheen/hadhees/ashaabul-ukhdood-vaahaka.html http://www.kavaasaa.com/dheen/hadhees/ashaabul-ukhdood-vaahaka.html

ukhdooddކީރިތި ޤުރުއާނުގައި މާތްﷲ އަޞްޙާބުލް އުޚްދޫދުގެ (ވަޅުތަކުގެވެރިންގެ ވާހަކަ) ވާހަކަ ސޫރަތުލް ބުރޫޖުގައި ބާވައި ލައްވާފައިވެއެވެ. ޤުރުއާނުގު ޢާއްމު އުސްލޫބުގެ މަތިން،މިވާހަކަ ގެނެސްދެއްވާފައިވަނީ ވަރަށްކުރު ގޮތަކަށެވެ. ވާހަކައިގެ އިތުރު ތަފްޞީލުތައް އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވަނީ މާތްރަސޫލާ މުޙައްމަދު ޞަލައްﷲ ޢަލައިހި ވަސައްލަމްގެ ޙަދީސް ފުޅުންނެވެ.

]]>
info@kavaasaa.com (ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު) ޙަދީޘް Wed, 19 Nov 2003 07:00:00 +0200