އަންގާރަ20200526

އާކުރެވުނީ:

Error
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2020-05-26 09:02:42' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)

ޤުދުސިއްޔަ ޙަދީސާއި ޤުރުއާން

1qudsee-hadees-ޤުދުސިއްޔަ ޙަދީޘް އަކީ އޭގެ ލަފުޒުތައް ރަސޫލާގެ އަރިހުން ވާރިދު ވެފައިވާ އޭގެ މާނަ ﷲގެ ޙަޟްރަތުން އައިސްފައިވާ ޙަދީޘް ތަކެވެ. އެއީ އިލްހާމުގެ ގޮތުގައި ނުވަތަ ހުވަފެނެއްގެ ސިފައިގައި ނުވަތަ ވަޙީގެ ޒަރީއާއިން އައިސް ފައިވާ ލަފްޒު ތަކެއް ކަމުގައިވެސް ވެދާނެއެވެ. ކީރިތި ޤުރުއާންގެ ލަފްޒާއި މާނަ އައިސްފައިވަނީ ﷲގެ ޙަޟްރަތުން ޖިބްރީލްގެފާނު މެދުވެރި ކުރައްވައި ރަސޫލާ ހޭފުޅު ލައްވައިގެން ހުންނަވަނިކޮންނެވެ.

2-ޤުދުސީ ޙަދީޘް އޭގެ މާނައިގައި ރިވާކުރުން ހުއްދަވެފައި ވެއެވެ. ނަމަވެސް ޤުރުއާން އޭގެ މާނައިގައި ރިވާކުރުން ހުއްދަ ވެގެން ނުވެއެވެ. ޤުރުއާން ރިވާކުރަންވާނީ އޭގެ ލަފުޒު އޮތް ގޮތަށެވެ.

3-ޤުދުސިއްޔަ ޙަދީޘް ކިޔެވުމަކީ އަޅުކަމެއް ނޫނެވެ. އެހެނަސް ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. ޤުދުސީ ޙަދީޘް އާއި ޚިލާފަށް ނަމާދުގައި ކިޔެވުމަށް ޤުރުއާން ޢައްޔަން ކުރެވިފައިވެއެވެ.

4-ކީރިތި ޤުރުއާނަކީ ތަވާތުރުކޮށް އޭގެ ލަފުޒުތައް އައިސްފައިވާ ދެމިގެންވާ މުޢުޖިޒާތެކެވެ. އެކަމަކު ޤުދުސީ ޙަދީޘް އަކީ ތަވާތުރުވެގެން އައިސްފައިވާ އެއްޗެއް ނޫނެވެ. އަދި މުއުޖިޒާތެއް ވެސް ނޫނެވެ.

5-ޤުދުސީ ޙަދީޘް އާއި ޚިލާފަށް ކީރިތި ޤުރުއާނުގައި ޙަދަޘްވެރިވެފައިވާ މީހާ އަތްލުން ޙަރާމްވެގެން ވެއެވެ. އަދި ޖުނުބުވެރި ވެފައިވާ މީހާ ޤުރުއާނުގައި އަތްލުމާއި ކިޔެވުންވެސް ޙަރާމްވެގެން ވެއެވެ.

ޤުދުސީ ޙަދީޘްގެ މާނަ އައިސްފައިވަނީ ﷲގެ ޙަޟްރަތުންނެވެ. ނަމަވެސް ނަބަވީ ޙަދީޘްގެ މާނައައި ލަފްޒު ވާރިދުވެފައިވަނީ ރަސޫލާގެ އަރިހުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.