ހޯމަ20200525

އާކުރެވުނީ: 08:43:52

ހިތުގެ

ދަތިކަމާއެކު ފަސޭހަކަން ވެއެވެ.

laa-thahzan-12އޭ އިންސާނާއެވެ. ފެން ބޮވައިގަތުމަށް ފަހު ކަރުހިއްކުން ފިލައެވެ. ބަނޑުހައިވުމަށް ފަހު ހައިކަން ފިލައެވެ. ހޭލާ ހުރުމަށްފަހު ނިދެއެވެ. ބަލިކަމަށް ފަހު ޝިފާލިބެއެވެ. ދުރުގައިވާ މީހާ އަންނާނެއެވެ. މަގު ގެއްލިފައިވާ މީހާއަށް މަގު ފެނޭނެއެވެ. އަނދިރިކަމަށް ފަހު އަލިވިލޭނެއެވެ. އަސީރު މިނިވަންވާނެއެވެ.

فَعَسَى اللَّهُ أَنْ يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِنْ عِنْدِهِ

މާނަ: ''ފަހަރެއްގައި މާތް ﷲ ގެ ޙަޟްރަތުން ފަތަޙައެއް ދެއްވައި، ނަސީބެއް ލައްވައިފާނެއެވެ.'' (އަލްމާއިދާ:52)

ތަފްޞީލު...ހުސްވަގުތު ކޮންމެވެސް ކަމެއް ކުރާށެވެ.

laa-thahzan-9ހުސްވަގުތު ގިނަވުމަކީ މީހާއަށް ހިތްހަމަ ނުޖެހުން ގެނެސްދޭ ކަމެކެވެ. ހުސްވަގުތަކީ ސުންޕާ އެއްޗެކެވެ. ނުބައި ކަންތަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

ޙަޔާތުގައި ކުރާނެ ކަމެއް ނެތިފައި ތިބޭ މީހުންނަކީ ދޮގު ވާހަކަތަކާއި ތޯތޯ ވާހަކަތައް ފަތުރާ މީހުންނެވެ. ކުރާނެ ކަމެއް، ދާނެތަނެއް ނެތް މީހުންނަކީ، ދުއްވާނެ މީހެއް ނެތި އުސްތަނަކުން ދޫކޮށްލާ ކާރެއްފަދަ މީހެކެވެ. މި ކާރުވެސް އެއްވެސް މިސްރާބެއް ނެތި ދާހެން، ކުރާނެ ކަމެއް ނެތި ހުސްވަގުތު ގިނަވެފައި ހުންނަ މީހާވެސް ރަށުތެރޭގައި އުޅޭނީ ދާނެ ތަނެއް، ދާނެ ކޮޅެއް ނޭގިގެންނެވެ. ކަނާތަށާއި ވާއަތަށް އެނބުރޭނީއެވެ.

ތަފްޞީލު...ކަލެއަކީ ކަލެއެވެ.

laa-thahzan-10އެހެން މީހުންނަށް ވެގެން ނުއުޅޭށެވެ. އެހެން މީހުން ނަކަލުކޮށްގެން ނުއުޅޭށެވެ. އެހެން މީހެއް ނަކަލުކޮށްގެން އެހެން މީހުން އުޅޭހެން އުޅެ، އެހެން މީހުންގެ ވައްތަރު ޖެއްސިގަނެގެން އުޅުމަކީ، އެއީ މީހަކަށް އޭނާގެ އަމިއްލަ ނަފްސަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. ދާއިމީ އަނިޔާއެކެވެ.

އަމިއްލަ ނަފްސާއި އަމިއްލަ އަޑު، އަމިއްލަ ގޮތްގަޑު ހަނދާން ނައްތާލައި، ނުވަތަ އަމިއްލަ ހުނަރު ދޫކޮށް އެހެން މީހުން ނަކަލު ކުރަން ވަރަށް ގިނަ މީހުން އުޅެއެވެ.

ތަފްޞީލު...މީހުންގެ ފާޑުކިއުންތަކާއި ކެރިގެން ކުރިމަތިލާށެވެ.

laa-thahzan-6ނުވިސްނޭ، ސޭކު، ތާކުންތާކު ނުޖެހޭ، ގޮތެއް ނެތް މީހުންވަނީ، ޙަލްޤު ކުރައްވާ ރިޒުޤު ދެއްވާ މަތިވެރިވަންތަ ރަސްކަލާނގެއަށް އެއްޗެހި ކިޔައި، މަލާމާތްކޮށްފައެވެ. އެހެންވީއިރުން، އަހަރެމެންނަކީ މީހަކު ފާޑު ނުކިޔަން ސަފުން ކޮންބައެއް ހެއްޔެވެ؟ ހަނދާން ކުރާށެވެ. ޙަޔާތުގައި، ވަރަށް ގިނަ މީހުންގެ ހިތި ފާޑުކިއުންތައް އަޑުއިވޭނެއެވެ. ފުރައްސާރައިގެ ހޫނު ހަނގުރާމަތަކާ ކުރިމަތިވާނެއެވެ.

ހާދަ ފަލައޭ، ހާދަ ހިއްކޭ، ހާދަ ކަޅޭ، ނުވަތަ ދޮންކަމުން ތި ހީވަނީ ހުދު ބަލިޖެހިފައި ހުރި މީހެއް ނޫންހޭ ބުނާ އަޑު އިވޭނެއެވެ.

ތަފްޞީލު...ކަލޭގެ ދުވަހަކީ މިއަދެވެ.

laa-thahzan-4ހެނދުނު ހޭލެވިއްޖެ ނަމަ، މާދަމާއަށް އިންތިޒާރު ނުކުރާށެވެ. ކަލޭ އުޅެންވީ ހަމައެކަނި، މިއަދުގެ ތެރޭގައެވެ. އޭގެ ހެވާއި ނުބަޔާ އެކު ގޮސްފައިވާ އިއްޔެއަށް އެނބުރި ނުބަލާށެވެ. އަދި ނާންނަ މާދަމާއަށް ވެސް، ކަރު ހިއްލާ ނުބަލާށެވެ. ކަލޭގަ އުމުރަކީ އެންމެ ދުވަހެއް ކަމުގައި ބަލާށެވެ. އެއީ މިހާރު ތިހުރި ދުވަހެވެ. މި އަދު އުފަންވެފައި މިއަދު މަރުވެގެން ދާންޖެހޭ، މީހެއްގެ ގޮތުގައި ވިސްނާށެވެ. އޭރުން އިއްޔެއާ މެދު ކުރަންޖެހޭ ހިތާމައެއް، މާދަމާއާ މެދު ގަންނަންޖެހޭ ބިރެއް، ނުއޮންނާނެއެވެ.

ތަފްޞީލު...މީހެއްގެ ޝުކުރަށް އިންތިޒާރު ނުކުރާށެވެ.

laa-thahzan-7މާތް ﷲ އަޅުތަކުން ހެއްދެވީ، އެ މީހުން އެކަލާނގެ ހަނދުމަކޮށް އަޅުކަން ކުރާށެވެ. ޚަލްޤުތަކުންނަށް ރިޒުޤު ދެއްވީ، އެ މީހުން އެކަލާނގެއަށް ޝުކުރުވެރި ވުމަށްޓަކައެވެ. ނަމަވެސް ދުނިޔޭގެ ގިނަ ބަޔަކު، ﷲ ނޫން ފަރާތްތަކަށް އަޅުކަންކޮށްފިއެވެ. ޣާލިބިއްޔަތު މީހުން ވަނީ، އެހެން ފަރާތްތަކަށް ޝުކުރުވެރިވެފައެވެ. އެހެނީ ހަރާންކޯރުވުމާއި، ކޮށްދީފައިވާ ހެޔޮކަންތައް ޤަސްތުގައި ހަނދާންނެތިކޮށްލުމަކީ، އިންސާނުންގެ ކަށީގައި ހިފާފައިވާ ކަމެކެވެ.

ވީމާ ކަލޭ ކޮށްދިން ހެޔޮކަމެއް، މީހަކު ފަހުން ހަނދާން ނައްތައިލިއަސް، އަދި ވެދިން އިޙްސާންތެރިކަން

ތަފްޞީލު...މުސްތަޤްބަލް އަންނަންދެން ހުންނާށެވެ.

laa-thahzan-5ފަހަރެއްގައި މާދަން ނައިސް ވެސް ހިގައިދާނެއެވެ. ނުވަތަ އެ ހީކުރި ކަންތައް ނުވެ ވެސް ހިނގައިދާނެއެވެ. ބިރުގަނެ ހާސްވި ކަންތައް، އުފަލާއި ހިތްހަމަޖެހުމަކަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް، މާދަމާއަކީ އަދި ބިމަށް ނާންނަ އެއްޗެކެވެ. ފާލަމަކާއި އަރައި ހަމަވުމުގެ ކުރިން، ފާލަން ހުރަސްކުރަން ނުއުޅޭށެވެ. އެގެނީ ކާކަށް ހެއްޔެވެ؟ ފަހަރެއްގައި ފާލަމާއި ކައިރިވުމުގެ ކުރިން، އަހަރެމެން ވަކި ހިސާބަކުން ހުއްޓެން ވެސް ޖެހިދާނެއެވެ. ނުވަތަ އަހަރެމެން އަރާހަމަކުރުމުގެ ކުރިން ފާލަން ވެއްޓިވެސްދާނެއެވެ. ނޫނީ ސަލާމަތް ކަމާއިއެކު، އަހަރެމެންނަށް ފާލަން ހުރަސް ވެސް ކުރެވިދާނެއެވެ.

ތަފްޞީލު...ހިތި ލުނބޯއިން ފޮނި ފަނިތައްޓެއް ހަދާށެވެ.

laa-thahzan-13ބުއްދިވެރިއަކީ ގެއްލުންތައް ފައިދާއަށް، ނާކާމިޔާބު ކާމިޔާބަށް ބަދަލުކޮށްލާމީހާއެވެ. ސޭކު މޮޔަމީހަކު އެއް މުސީބާތް ހަދާނީ ދެ މުސީބާތަށެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މައްކާއިން ނެރެލެއްވުނީމާ، މަދީނާގައި މުޅިދުނިޔެ ހެކިވާވަރުގެ ވަރުގަދަ އިސްލާމީ ދައުލަތެއް ބިނާކުރެއްވިއެވެ. އަޙުމަދު ބިން ޙަންބަލް ޖަލަށްލެވި ޗާބޫކުން ތެޅީމާ، ފަހުން ސުންނަތުގެ އިމާމަކަށް ވިއެވެ. އިބްނު ތައިމިއްޔާ ހައްޔަރު ކުރެވުނީމާ، ހައިރާން ވާހާ ގިނަ ޢިލްމު ޖަލުގައި ހުންނަވައިގެން ނެރުއްވިއެވެ.

ތަފްޞީލު...ފިކުރުކޮށް ޝުކުރުވެރިވާށެވެ.

laa-thahzan-2ﷲ ދެއްވި ނިޢުމަތްތައް ހަނދާން ކުރާށެވެ. އެނިޢުމަތްތަކަކީ ގުނައި އަދަދު ކުރެވޭ ވަރަށް ވުރެ ގިނަ އެއްޗެކެވެ. ކަލޭގެ މަތިންނާއި ތިރިން ވަނީ، އެ ނިޢްމަތްތަކެވެ.

وَإِنْ تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا إِنَّ اللَّهَ لَغَفُورٌ رَحِيمٌ

މާނަ: ''މާތް ﷲގެ ނިޢުމަތް ތިޔަބައިމީހުން ގުނައި ހިމަނަނީނަމަ، ނުހިމެނޭނެއެވެ.''

ބަދަނުގެ ޞިއްޙަތެވެ. ވަޠަނުގެ އަމާންކަމެވެ. ކާއެއްޗެއްސާއި ފޭރާމެވެ. ވަޔާއި ފެނެވެ. ކަލެއަށްޓަކައި މުޅިދުނިޔެ އެބައޮތެވެ. އެކަމަކު ކަލެއަށް އެކަން ރޭކާވެސް ނުލައެވެ. ކަލެއަށްޓަކައި މުޅި ޙަޔާތް އެބައޮތެވެ. އެކަމަކު ކަލޭ އެކަން ނުދަނެއެވެ.

ތަފްޞީލު...އޭ ﷲ

laa-thahzan-1يَسْأَلُهُ مَنْ فِي السَّمَوَاتِوَالأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ

ކަނޑު ގަދަވެ، ރާޅު ބޮޑުވެ، ވައިގަދަވެއްޖެނަމަ، އުޅަނދުގައި ތިބި މީހުން ގޮވައިލަނީ: އޭ ﷲ އެވެ!

އެކަނި ދާ މީހާ ސަހަރާއަށް ގެއްލިއްޖެނަމަ، ސަވާރީއަށް މަގު އޮޅިއްޖެނަމަ، ދާނެ ކޮޅެއް ނޭނގި ޤާފިލާ އަންތަރީސްވެއްޖެނަމަ، އެ މީހުން ގޮވާލަނީ: އޭ ﷲ އެވެ!

މުޞީބާތް ލައިގެންފިނަމަ، ސުންޕާކަމެއް ޖެހިއްޖެނަމަ، އަދި ކާރިޘާ ކުރިމަތިވެއްޖެނަމަ، އެ މީހާ ގޮވާލަނީ: އޭ ﷲ އެވެ!

ކުރިމަތީގައި ހުރިހާ ދޮރުތަކެއް ބަންދުވެ، ސުވާލު ކުރާ ފަރާތްތަކުގެ މޫނުމަތީގައި ފަރުދާ ތިރިކުރެވިއްޖެނަމަ، އެ މީހުން ބާރު އަޑުން ގޮވާލަނީ: އޭ ﷲ އެވެ!

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.