ހުކުރު20181116

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ހިތުގެ މުސްތަޤްބަލް އަންނަންދެން ހުންނާށެވެ.

މުސްތަޤްބަލް އަންނަންދެން ހުންނާށެވެ.

laa-thahzan-5

أَتَى أَمْرُ اللَّهِ فَلا تَسْتَعْجِلُوهُ

މާނަ: ''ޤިޔާމަތްވެ، ކާފިރުންނަށް ޢަޛާބު ދެއްވުން ކައިރިވެއްޖެއެވެ. ފަހެ ތިޔަބައި މީހުން -ކާފިރުން- އެ ދުވަސް ނާންނާނޭ ހިތައި، މަލާމާތް ކުރުމުގެ ގޮތުން އެ ދުވަސް އައުން އަވަސްވުމަށް ނޭދޭށެވެ.'' (އައްނަޙްލު: 1)

ކަންކަމުގެ ކުރިއަށް ނުކުމެ ނުހިގާށެވެ. ކަލޭ ބޭނުންވަނީ ދުވަސް ފުރުމުގެ ކުރިން، ކުއްޖާ ވިއްސަންހެއްޔެވެ؟ ނުވަތަ މޭވާ ދޮންވުމުގެ ކުރިން ބިންނަން ހެއްޔެވެ؟ މާދަމާއަކީ އަދި ނެތް އެއްޗެކެވެ. އެއީ ޙަޤީޤަތެއް ނޫނެވެ. މާދަމާއަކީ އެއްވެސް ރަހައެއް، ކުލައެއް ވެސް ނެތް އެއްޗެކެވެ. ވީމާ، އަހަރެމެން އެއާ މެދު ވިސްނައި ބޯ ހަލާކު ކުރަނީ ކީއްކުރަން ހެއްޔެވެ؟

މާދަމާ ޖެހިދާނެ މުޞީބާތަކާމެދު ހާސްވަނީ ކީއްކުރަންހެއްޔެވެ؟ މާދަމާގެ ކަންތައްތަކަށް އަހައްމިއްޔަތު ކަމެއް ދެނީ ކީއްވެގެންހެއްޔެވެ؟

ފަހަރެއްގައި މާދަން ނައިސް ވެސް ހިގައިދާނެއެވެ. ނުވަތަ އެ ހީކުރި ކަންތައް ނުވެ ވެސް ހިނގައިދާނެއެވެ. ބިރުގަނެ ހާސްވި ކަންތައް، އުފަލާއި ހިތްހަމަޖެހުމަކަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް، މާދަމާއަކީ އަދި ބިމަށް ނާންނަ އެއްޗެކެވެ. ފާލަމަކާއި އަރައި ހަމަވުމުގެ ކުރިން، ފާލަން ހުރަސްކުރަން ނުއުޅޭށެވެ. އެގެނީ ކާކަށް ހެއްޔެވެ؟ ފަހަރެއްގައި ފާލަމާއި ކައިރިވުމުގެ ކުރިން، އަހަރެމެން ވަކި ހިސާބަކުން ހުއްޓެން ވެސް ޖެހިދާނެއެވެ. ނުވަތަ އަހަރެމެން އަރާހަމަކުރުމުގެ ކުރިން ފާލަން ވެއްޓިވެސްދާނެއެވެ. ނޫނީ ސަލާމަތް ކަމާއިއެކު، އަހަރެމެންނަށް ފާލަން ހުރަސް ވެސް ކުރެވިދާނެއެވެ.

ވިސްނާއިރު މުސްތަޤްބަލަށް މާ ބޮޑު ޖާގައެއް ދީ، ޣައިބުގެ ފޮތް ހުޅުވާ ބެލީމާ، އެ މީހަކު ހުންނާނީ މާދަން ދެކެ ބިރުންންނެވެ. ޣައިބުގައިވާ ކަންތައްތައް ހޯދާ ބަލަން އުޅުމަކީ ދީނުގައި ވެސް ރަނގަޅު ކަމެއް ނޫނެވެ. ޣައިބު ބަލާ މީހަކު ހުންނާނީ އަބަދު ވެސް ދިގު އިންތިޒާރެއްގައެވެ. ދިގު އިންތިޒާރަކީ، ހިތުން ހަމަޖެހުން ނެރެ އެއްލާލާ އެއްޗެކެވެ. މި ދުނިޔޭގެ ވަރަށް ގިނަ މީހުން، މުސްތަޤްބަލުގައި ބަނޑުހައިހޫނު ވެދާނެކަމުގެ، ބަލިވެދާނެކަމުގެ، ނުވަތަ މުސީބާތެއް ޖެހިދާނެކަމުގެ ބިރުވެރިކަމުގައި އުޅެއެވެ. ތުއްތުދަރިފުޅަށް ކާން ނުދެވިދާނެ ކަމުގެ ވަހުމެއްގެ ސަބަބުން ދަރިން ހޯދަން ބޭނުން ނުވާ މީހުންވެސް އުޅެއެވެ.

މިއީ ހައްތާ ވެސް ޝައިޠާނާގެ މަދަރުސާއިން ކިޔަވައިދޭ ކަންކަމެވެ.

لشَّيْطَانُ يَعِدُكُمْ الْفَقْرَ وَيَأْمُرُكُمْ بِالْفَحْشَاءِ وَاللَّهُ يَعِدُكُمْ مَغْفِرَةً مِنْهُ وَفَضْلاً

މާނަ: ''ހެޔޮ މަގުގައި ފައިސާ ހޭދަކުރަން ވީމާ ދަހިވެ، ޞަދަޤާތް ދޭ އިރު ދެރަ ތަކެތި ހޮވައި ޞަދަޤާތް ދިނުން، މި ކަންކަމަކީ ކަލޭމެން ފަޤީރުވެދާނެ ކަމަށް ޝައިޠާނާ ދައްކާ ބިރެއްގެ ސަބަބުން ކަލޭމެންނަށް ވާ ކަމެކެވެ. ޝައިޠާނާ ކަލޭމެންނަށް އަމުރުކުރަނީ ހަޑިހުތުރު ކަންތައް ކުރުމަށެވެ. ނަމަވެސް ﷲ ކަލޭމެންނަށް ވަޢުދުވެވޮޑިގަންނަވަނީ، ހެޔޮކަންކަމަށް ކަލޭމެން ހޭދަކުރުމުން، ކަލޭމެންނަށް އެކަލާނގެ ކިބައިން ފާފަ ފުއްސެވުމާއި ތަނަވަސް ވެގެންވާ ރިޒުޤު ދެއްވާނެ ކަމަށެވެ.'' (އަލްބަޤަރާ: 268)

ޗައިނާ ޖަލުތަކުގައި މީހުންނަށް އަދަބު ދޭން ކުރާ ކަމަކީ ވެސް، މިނިޓަކުން މިނިޓަކުން ނިއްކުރިއަށް ފެން ތިއްކެއް ޖެހޭ ގޮތަށް ބާއްވަނީއެވެ. އަބަދާއި އަބަދު މިހެން އިންތިޒާރެއްގައި އޮންނަން ޖެހުނީމާ ދުވަސްކޮޅަކުން އޭނާ މޮޔަވެދެއެވެ.

ރޯ މީހުންތައް ބައިވަރެވެ. އެއީ މާދަމާ އޭނާ ބަނޑުހައިވެދާނެ ކަމަށް ހީކޮށެވެ. ނުވަތަ އަހަރެއް ފަހުން ބަލިވެދާނެ ކަމަށެވެ. ނުވަތަ ސަތޭކަ އަހަރު ފަހުން ދުނިޔެ ހުސްވެދާނެ ކަމަށެވެ. އޭނާގެ ޢުމުރު އެހެން ފަރާތެއްގެ އަތްޕުޅުގައިވާ މީހަކު، ނާންނަ ދުވަސްތަކެއް ދެކެ ބިރުގަނެގެން ނުވާނެއެވެ. މަރުވާނީ ކޮން އިރަކުކަން ނޭނގޭ މީހަކު، ޙަޤީޤަތުގައި އަދި ނެތް އެއްޗަކާ މަޝްޣޫލުވާނެ ކަމެއް ނެތެވެ.

ކަލޭ ގާތަށް މާދަން އަންނަން ދެން، މަޑުކުރާށެވެ. މާދަމާގެ ވާހަކަތައް ނާހާށެވެ. މާދަމާގެ އިންތިޒާރުގައި ނުހުންނާށެވެ. އެހެނީ ކަލޭ މަޝްޣޫލުވެފައި ހުންނަންޖެހެނީ މިއަދާ މެދުގައެވެ.

އަދި އިރު ނާރާ އަލި ނުވިލޭ ދުވަހަކަށްޓަކައި، ނަގުދުން ފައިސާ ދީފައި މިއަދު ހިތާމަތަށް ގަތުމަކީ، މީހަކު އަޖާއިބު ވަންޏާ އަޖާއިބުވާ ވަރުގެ ކަމެކެވެ. ވީމާ ނަމަނަމަ ދިގު އިންތިޒާރެއްގައި ނުހުންނާށެވެ.

 

* މިއީ ޝައިޚް ޢާއިޟް އަލްޤަރްނީގެ "ހިތާމަ ނުކުރޭ" މި ފޮތް އަސްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ލިޔުންތަކެކެވެ. ބައެއް ލިޔުންތަކަށް ކޮންމެވެސް ވަރެއްގެ ކުޑަ ބަދަލުތަކާއި އުނިއިތުރު ގެނެވިފައިވާނެއެވެ. އެއީ ޢަރަބި ބަހުން މުޚާޠަބު ކުރެވިފައިވާ އެއްޗެއް ދިވެހި ބަހުން ގެނައީމާ ބައެއް ފަހަރު އޭގެ މާނަ ދޭހަ ނުވުމާއި، މުޚާޠަބު ކުރެވޭ ޘަޤާފަތުގެ ތަފާތުކަމަށްޓަކައެވެ.

މި ލިޔުންތަކުގައި ވާ އާޔަތްތަކަކީ ކޮންމެހެން އެ މައުޟޫޢަކާ ސީދާ ގުޅުން ހުރި އާޔަތްތަކެއް ނޫނެވެ. އަދި އެއީ ކޮންމެހެން އެއިން ސީދާ ދަލީލު ނެގޭނެ އާޔަތްތަކެއް ވެސް ނޫނެވެ. އެކަމަކު އެއީ އާޔަތުން މައުޟޫޢާ ގުޅޭ ކޮންމެވެސް ކަހަލަ އިޝާރާތެއް ލިބޭ އާޔަތްތަކެކެވެ.

* މިއީ ސިލްސިލާކޮށް ކަވާސާގައި ޖެހޭނެ ލިޔުންތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.