ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

ސިޔަރަތު

މައުލިދުއް ނަބަވީ ފާހަގަކުރުން

maulid-nabawiރައްޓެއްސެއްގެ އުފަން ދުވަސް އައުމުގެ އެތައް ދުވަސް ކުރިން، އެ ދުވަހަށްޓަކައި ބޮޑެތި ތައްޔާރީތައް ވުމަކީ، އަހަރެމެން އެންމެންވެސް ވަރަށް ފަރުވާތެރި ކަމާއިއެކު ކުރާ ކަމެކެވެ. ލޯބިޖެހިފައިވާ ނުވަތަ ތާއިދު ކުރާ ފިލްމީ ތަރިއެއް އުފަންވި ދުވަހަކާއި އަހަރެއް އަދި އެމީހެއްގެ " ރާހި " އޭ މި ކިޔޭ އެއްޗެއްވެސް ހޯދައި ބަލައި، ތިމަންނައާއި މިވެނި ބަޠަލާއެއް ނުވަތަ ބަޠަލަކާއި އުފަންވީ އެއް ދުވަހެއްގައޭ ކިޔައި، ފަޚްރުވެރި ވާތަން ފެނެއެވެ.

ތަފްޞީލު...ބަޤީޢް

baqee3ކީރިތި ރަސޫލާގެ ޒަމާނުއްސުރެވެސް ބަޤީޢް އަކީ މުސްލިމުންގެ ހިތާއި ސިނކުޑީގައި ޚާއްޞަ މަޤާމެއް ދެވިފައިވާ އިޙްތިރާމް ކުރެވޭ ތަނެކެވެ. އެއީ، އިސްލާމީ އުއްމަތަށް ގިނަ ގުނަ ޚިދުމަތްތަކާއި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ އެތައް ބޭފުޅުންތަކެއް އެތާގައި ފަސްދާނުލެވިފައިވާތީއެވެ. އެގޮތުން މި ތަން ވެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުން ޙައްޖަށް ދާ މީހުންނާއި ޙިޖާޒު ކަރައިގެ މީހުންވެސް ޒިޔާރަތް ކުރަން ނުހަނު އެދޭ މުޤައްދަސް ދަރަޖައެއް ދެވިފައިވާ ތަނެކަށެވެ.

ތަފްޞީލު...ކީރިތި ރަސޫލާ އަރިއަހުގައި

foto_seera_1425އަހަރެން ކީރިތި ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވަން ހެއްޔެވެ؟ މި ސުވާލު އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްވެސް އެ މީހެއްގެ ނަފްސާއި ކޮށްލަމާ ހިނގާށެވެ. ނަމަވެސް "އާ އަހަރެން ލޯބި ވޭ" އޭ ބުނެ އެހާ އަވަސް ޖަވާބެއް ނުދޭށެވެ. އެހެނީ އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބި ނުވާނެ މުސްލިމެއް ހުންނާނެ ހެއްޔެވެ.؟

ތަފްޞީލު...ކީރިތި ރަސޫލާގެ ބޭފުޅުން

ކީރިތި ރަސޫލާއަށް ލިބިވަޑައިގަތީ ޖުމުލަ ހަތް ބޭފުޅުންނެވެ. އެއީ ފިރިހެން ތިން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ. އިބްރާހީމް ފިޔަވާ ހުރިހާ ދަރިކަލުންނާއި ދަރިކަނބަލުންގެ މަންމާފުޅަކީ މަތީގައިވެސް ބުނެވުނުފަދައިން ޚަދީޖަތުގެފާނެވެ.

މީގެ ތެރެއިން ހުރިހާ ފިރިހެން ބޭކަލުން ވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ. ހުރިހާ އަންހެން ދަރިކަނބަލުން ރަސޫލާ ދީނަށް ގޮވައިލެއްވުމުން އިސްލާމްވެވަޑައިގެން،

ތަފްޞީލު...ކީރިތި ރަސޫލާ ޢާއިޝަތުގެފާނާއި ކައިވެނި ބައްލަވައިތުން

aishathugefaana-kaveni-ballavaigathunސ. ޢާއިޝަތުގެފާނުގެ ޢުމުރުފުޅުން 9 އަހަރުގައި، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެކަމަނާއާއި ކައިވެނި ބައްލަވައިގަތް ވާހަކަ އެއީ ތެދެއްހެއްޔެވެ؟

ޢާއިޝަތުގެފާނާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިތުމުގެ ސަބަބުން ބައެއް މީހުންވަނީ އެކަމާއި މެދު ހައިރާންވެ ނުވަތަ ޝައްކު އުފެދިފައެވެ. މިފަދަ މީހުން ކުރާ ސުވާލަކީ ކީރިތި ރަސޫލާ ޢުމުރުފުޅުން 50 އަހަރުވެފައި ހުންނަވަނިކޮށް، ޢާއިޝަތުގެފާނުގެ ޢުމުރުފުޅުން އެންމެ 9 އަހަރުގައި ކައިވެނި ބައްލަވައި ގަތީ ކިހިނެއްހެއްޔެވެ؟

ތަފްޞީލު...އުއްމު ސަލަމާ

6- އުއްމު ސަލަމާ

ޒައިނަބްގެފާނަށް ފަހު ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ އުއްމު ސަލަމާއާއެވެ. އަސްލު ނަންފުޅަކީ ހިންދު ބިންތު އަބީ އުމައްޔާ އެވެ. އުއްމު ސަލަމާ އަކީ ރަސޫލާގެ އަނބިކަނބަލުންގެ ތެރެއިން އެންމެ ޢުމުރުފުޅު ދިގު އަނބިކަމަނާއެވެ. ރަސޫލާ ކައިވެނި ބައްލަވައިގަތުމުގެ ކުރީގައި އުއްމު ސަލަމާ ހުންނެވީ އަބޫ ސަލަމާއާއި ކައިވެނި ކުރައްވައިގެންނެވެ. އަދި ކުދިންވެސް ތިއްބެވެ.

ތަފްޞީލު...އިފްކުގެ ޙާދިޘާ

ޢާއިޝަތުގެފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އެޅުވުނު ހާދިޘާ ނުވަތަ އިފްކުގެ ޙާދިޘާ ހިނގާފައިވަނީ ހިޖުރައިން ހަވަނަ އަހަރު ހިނގި އަލްމުޞްޠަލިޤް -މުރައިސީޢް އޭވެސް ކިޔޭ- ހަނގުރާމައިގެ ތެރޭގައެވެ. މި ވާހަކައިގެ ކުރު ޚުލާޞާ ތިރީގައި މިވަނީއެވެ.

ރަސޫލާ މި ހަނގުރާމައަށް ވަޑައިގެންނެވި އިރު އަރިއަހުގައި ގެންދަވަން، ގުރައަތުން ހޮވިވަޑައިގަތް އަނބިކަނބަލަކީ ޢާއިޝަތުގެފާނެވެ.

ތަފްޞީލު...ކީރިތި ރަސޫލާގެ ގިނަ އަނބިކަނބަލުން ތިއްބެވުމުގެ ޙިކުމަތް

anbikabalun-thibbevumuge-hikmaއިސްލާމް ދީނަށް ފާޑުކިޔައި މަލާމާތް ކުރާ މީހުން އެންމެ ގިނައިން ނަގާ އެއް ނުކުތާ އަކީ، ދެ އަންބަތް ނުވަތަ ހަތަރު އަނބިންނާއި އިނުމުގެ ހުއްދަ ދީނުގައި ދީފައިވާތީއެވެ. މިއީ އަންހެނުންގެ ޙައްޤުން ނިގުޅައިގަނެވޭ ބޮޑު އެއްޗެއް ކަމަށާއި ، މިކަމުން ދޭހަވަނީ އިސްލާމް ދީނަކީ ޒަމާނީ ދީނެއް ނޫންކަމަށްވެސް މިފަދަ ދަޢްވާ ކުރާ މީހުން ބުނަމުން ދެއެވެ.

ތަފްޞީލު...މައިމޫނާ ބިންތު އަލްޙާރީޘް

11- މައިމޫނާ ބިންތު އަލްޙާރީޘް :

ޞަފިއްޔާ ރަޟިޔައްﷲ ޢަންހާ އަށް ފަހު، ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ މައިމޫނާ ބިންތު އަލްޙާރީޘް އާއެވެ. މި ކަމަނާއަކީ ޢައްބާސް ބިން ޢަބްދުލް މުއްޠަލިބްގެ އަނބިކަނބަލުން އުއްމު އަލްފަޟްލުގެ އުޚްތެކެވެ. އަދި މި ކަމަނާއަކީ ޚާލިދް ބިން އަލްވަލީދް އާއި ޢަބްދުﷲ ބިން ޢައްބާސްގެ ބޮޑު ދައިތާފުޅެވެ.

ތަފްޞީލު...އުއްމު ޙަބީބާ

9- އުއްމު ޙަބީބާ

ޖުވައިރިޔާ ބިންތު އަލްޙާރިޘް އަށް ފަހު، ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ އުއްމު ޙަބީބާ އާއެވެ. އަސްލު ނަންފުޅަކީ ރަމްލާ ބިންތު އަބީ ސުފްޔާން ޞަޚްރު ބިން ޙަރްބު އެވެ. އުއްމު ޙަބީބާ އަކީ އެއް ދުވަސްވަރެއްގައި ކީރިރި ރަސޫލާއާއި، އިސްލާމް ދީނާއި އެންމެ ޢަދާވާތްތެރި އެކަކު ކަމުގައިވާ އަބޫ ސުފްޔާންގެ ދަރިކަނބަލެކެވެ. ޚަލީފާ މުޢާވިޔަތު ބިން އަބީ ސުފްޔާނަކީ މި ކަމަނާ އާއި އެއްބަފާފުޅު އަޚެކެވެ.

ތަފްޞީލު...އަނބިކަނބަލުން, ޝުބުހާ

5- ޒައިނަބް ބިންތު ޚުޒައިމާ

ޒައިނަބްގެފާނާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ، ހިޖުރައިން 4 ވަނަ އަހަރުގައެވެ. ކުންޔާ އަކީ ''އުއްމުލް މަސާކީން'' އެވެ. އެއީ އެކަމަނާ މިސްކީނުންނަށް އޯގާތެރިފުޅު ކަމުންނެވެ. މިކަމަނާ ކުރިން ކައިވެނި ބައްލަވައިގެން ހުންނެވީ ޢަބްދުﷲ ބިން ޖަޙްޝް އާއެވެ. ނަމަވެސް އުޙުދު ހަނގުރާމައިގައި މި ބޭފުޅާ ޝަހީދުވިއެވެ. ދެން ރަސޫލާ މި ކަމަނާއާއި ކައިވެނި ބައްލަވައިގަތީއެވެ. ކައިވެނި ކުރެއްވިތާ ގާތްގަނޑަކަށް ތިން މަސްފަހުން މި ކަމަނާ އަވަހާރަވިއެވެ.ޒައިނަބް ބިންތު ޖަޙްޝް

7- ޒައިނަބް ބިންތު ޖަޙްޝް

އުއްމު ސަލަމާ އަށް ފަހު ކީރިތި ރަސޫލާ، ކައިވެނި ބައްލަވައިގަތީ ޒައިނަބް ބިންތު ޖަޙްޝް އާއެވެ. މި ކަމަނާއަކީ ރަސޫލާގެ ބޮޑު ދައިތާފުޅު އުމައިމާ ބިންތު ޢަބްދުލް މުއްޠަލިބްގެ ދަރިކަނބަލެކެވެ. ކުރިން ހުންނެވީ ޒައިދު ބިން ޙާރިޘާގެ އަނބިކަނބަލެއްގެ ގޮތުގައެވެ. ޒައިދަކީ ރަސޫލާ ދަރިކަލަކަށް ހައްދަވައިގެން ގެންގުޅުއްވި ބޭފުޅެކެވެ.

ތަފްޞީލު...ސައުދާ ބިންތު ޒަމްޢާ

2- ސައުދާ ބިންތު ޒަމްޢާ

ޚަދީޖަތުގެފާނު އަވަހާރަވުމުން ރަސޫލާ ކައިވެނި ބައްލަވައިގަތީ، ސައުދާ ބިންތު ޒަމްޢާ އާއިއެވެ. އެއީ ރަސޫލު ކަމާއިގެން ފޮނުއްވުނުތާ ދިހަވަނަ އަހަރުގައެވެ. ހިޖުރައިގެ ދެއަހަރު(ތިން އަހަރާއި ކައިރި) ކުރިއެވެ.

މި ކަމަނާއަކީ އިސްލާމްދީނުގެ ކުރީކޮޅު އިސްލާމްވެވަޑައިގަނެ ފިރިކަލުން އައްސަކްރާން ބިން ޢަމްރޫ އާއި އެކީގައި ޙަބްޝުކަރައަށް ދެވަނަ ހިޖުރައިގައި، ހިޖުރަ ކުރެއްވި ބޭކަނބަލެކެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.