ހޯމަ20200914

އާކުރެވުނީ: 08:43:52

ސައުދާ ބިންތު ޒަމްޢާ

2- ސައުދާ ބިންތު ޒަމްޢާ

ޚަދީޖަތުގެފާނު އަވަހާރަވުމުން ރަސޫލާ ކައިވެނި ބައްލަވައިގަތީ، ސައުދާ ބިންތު ޒަމްޢާ އާއިއެވެ. އެއީ ރަސޫލު ކަމާއިގެން ފޮނުއްވުނުތާ ދިހަވަނަ އަހަރުގައެވެ. ހިޖުރައިގެ ދެއަހަރު(ތިން އަހަރާއި ކައިރި) ކުރިއެވެ.

މި ކަމަނާއަކީ އިސްލާމްދީނުގެ ކުރީކޮޅު އިސްލާމްވެވަޑައިގަނެ ފިރިކަލުން އައްސަކްރާން ބިން ޢަމްރޫ އާއި އެކީގައި ޙަބްޝުކަރައަށް ދެވަނަ ހިޖުރައިގައި، ހިޖުރަ ކުރެއްވި ބޭކަނބަލެކެވެ.

ނަމަވެސް އެނބުރި މައްކާއަށް ވަޑައިގެންނެވިތަނާ ފިރިކަލުން އަވަހާރަވިއެވެ. ދެން މި ކަމަނާ ޙަލާލްވުމުން ރަސޫލާ ޚިޠުބާ ކުރައްވާ ކައިވެނި ބައްލަވައިގަތީއެވެ.

ކީރިތި ރަސޫލާ މިކަމަނާއާއި ކައިވެނި ބައްލަވައިގަތް އިރުވެސް، މި ކަމަނާއަކީ ޢުމުރުން ދުވަސްވެފައިވާ ބޭކަނބަލެކެވެ. އަދި ސައުދާ ރަޟިޔައްﷲޢަންހާ އަކީ ހަށިކޮޅު ފަލަ، މަޖާ މިޒާޖެއްގެ ބޭކަނބަލެކެވެ. އެހެންވެ މި ކަމަނާ ވިދާޅުވާ ބަސްފުޅުތަކުން ކީރިތި ރަސޫލާ ހިނިވަރުނަ ކުރައްވާ ކަމަށްވެއެވެ. އެ ގޮތުން އެއްފަހަރަކު މި ކަމަނާ ރަސޫލާއަށް ދެންނެވިއެވެ. ''އަހަރެން ރޭގައި ކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދު ކުރި އިރު، ރުކޫޢަށް ގޮސްފައި ނޭފަތުން ލޭ ފައިބާފާނެހެން ހީވީމާ ނޭފަތުގައި ހިފީމެވެ.'' އެ ހިނދު ކީރިތި ރަސޫލާ ހިނިވަރުނަ ކުރެއްވިއެވެ. އެ ކަމަނާ އިޝާރާތް ކުރެއްވީ ރުކޫޢުގައި ގިނަ އިރު އޮންނަން ޖެހުނު ވާހަކައެވެ.

ކީރިތި ރަސޫލާގެ ހަމައެކަނި އަނބިކަމަނާގެ ގޮތުގައި ސައުދާ ރަޟިޔައްﷲޢަންހާ، ތިން އަހަރު ހޭދަކުރެއްވިއެވެ. މި ތިން އަހަރު ތެރޭގައި ރަސޫލާއަށް ޚިދުމަތް ކުރުމާއި، ރަސޫލާގެ ދަރިކަނބަލުންގެ މަންމައެއްގެ ދައުރު އަދާކުރެއްވިއެވެ.

ފަހުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަ، ޢާއިޝަތުގެފާނާއި ކައިވެނިބައްލަވައިގަތުމުން، ތިމަން ކަމަނާ ބޭނުމީ ސުވަރުގޭގައިވެސް ރަސޫލާގެ އަނބިކަނބަލެއްގެ ދަރަޖަ ހޯދަން ކަމަށް ދަންނަވައި، އެ ކަމަނާގެ ރޭތައް ޢާއިޝަތުގެފާނަށް ހަދިޔާ ކުރެއްވިއެވެ.

ޞަޙީޙް މުސްލިމުގައި، ޢާއިޝަތުގެފާނު ވިދާޅުވިކަމަށް އޮވެއެވެ. ''ސައުދާ ބިންތު ޒަމްޢާ އަށްވުރެ، އެބޭކަނބަލެއް ހިންގެވި މަގުން ހިނގައި އުޅުއްވި ގޮތަށް އުޅުއްވަން އަހަރެން ލޯބިވާ މީހެއް ނެތެވެ.''

އުއްމުލް މުއުމިނީން ސައުދާ ބިންތު ޒަމްޢާ އަވަހާރަވެފައިވަނީ -ބޮޑަށް ބެލެވޭ ގޮތުގައި- ޢުމަރުގެފާނުގެ ޚިލާފަތުގައެވެ. އެއީ ހިޖުރައިން 23 ވަނަ އަހަރުގައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.