Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސިޔަރަތު އަނބިކަނބަލުން, ޝުބުހާ

އަނބިކަނބަލުން, ޝުބުހާ

5- ޒައިނަބް ބިންތު ޚުޒައިމާ

ޒައިނަބްގެފާނާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ، ހިޖުރައިން 4 ވަނަ އަހަރުގައެވެ. ކުންޔާ އަކީ ''އުއްމުލް މަސާކީން'' އެވެ. އެއީ އެކަމަނާ މިސްކީނުންނަށް އޯގާތެރިފުޅު ކަމުންނެވެ. މިކަމަނާ ކުރިން ކައިވެނި ބައްލަވައިގެން ހުންނެވީ ޢަބްދުﷲ ބިން ޖަޙްޝް އާއެވެ. ނަމަވެސް އުޙުދު ހަނގުރާމައިގައި މި ބޭފުޅާ ޝަހީދުވިއެވެ. ދެން ރަސޫލާ މި ކަމަނާއާއި ކައިވެނި ބައްލަވައިގަތީއެވެ. ކައިވެނި ކުރެއްވިތާ ގާތްގަނޑަކަށް ތިން މަސްފަހުން މި ކަމަނާ އަވަހާރަވިއެވެ.

Comments