Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސުވާލު ނަހަލާލް ކުއްޖަކަށް އޭނާގެ "ބައްޕަ"ގެ ފަރާތުން ވާރުތަވެދާނެތަ؟

ނަހަލާލް ކުއްޖަކަށް އޭނާގެ "ބައްޕަ"ގެ ފަރާތުން ވާރުތަވެދާނެތަ؟

ސުވާލު: ނަހަލާލް ކުއްޖަކަށް އޭނާގެ "ބައްޕަ"ގެ ފަރާތުން ވާރުތަވެދާނެތަ؟

ޖަވާބު: އައްޝެއިޚް ޖާދުލްޙައްޤު ޢަލީ ޖާދުލްޙައްޤު

ކީރިތި ޤުރުއާނާއި ސުއްނަތުން ސާބިތުވާގޮތުގައި މުދާވާރުތަ ވަނީ ތިން ސަބަބަކުންނެވެ. އެއީ ޒަވާޖީގުޅުމެއްގެ ސަބަބުން ، ތިމާގެކަމުގެ ގުޅުމެއްގެ ސަބަބުން އަދި ސާހިބުމީހާ އަޅުމީހާ މިނިވަންކުރުމުގެ ސަބަބުން އުފެދޭ ގުޅުމުގެ ސަބަބުންނެވެ.

ޒަވާޖީގުޅުމެއްގެ ސަބަބުންނޭ ބުނެވުމުގެ މާނައަކީ އަނބިމީހާ ނުވަތަ ފިރިމީހާ މަރުވާއިރު ދެމީހުން ޞައްޙަ ކައިވެންޏެއްގައި ތިބުމެވެ. މީގެ މާނައަކީ އޭގެތެރެއިން އެކަކު މަރުވާއިރު އަނެކަކު ވަރިވެފައިނެތުމެވެ.

އެހެންވީމައި ރަޖްޢީ ވަރިއަކުން ވަރިވެފައިތިބުން، ނުވަތަ ބާއިން ވަރިއަކުން ވަރިވެއްޖެ ނަމަ ވާރުތައެއް އެއްވެސް މީހެއްގެ ފަރާތުން އަނެއްމީހަކަށް ނުވާނެއެވެ.

 

ތިމާގެކަމުގެ ގުޅުމެއްގެ ސަބަބުންނޭ ބުނެވުމުގެ މާނައަކީ މަރުވާމީހާ (ވާރުތަމުދާ ދޫކޮށްފައިދާ) އާއި ޞައްޙަ ނަސަބުގެ ގުޅުމެއް އޮތުމެވެ. މިސާލަކަށް އެމީހާގެ އަސްލާއިއޮންނަ ތިމާގެގުޅުމެވެ. އެއީ މަންމަ، ބައްޕަ ކާފަ... އެވެ. ނުވަތަ އޭނާގެ ދަރިންނާއި ދަރިންގެ ދަރިންނާއި އޮންނަ ގުޅުމެވެ. ނުވަތަ އޭނާގެ އަސްލާއި ނަސަބުގެގޮތުން ގުޅޭ އެއްބަނޑު މީހުންނާއި، އެއްބަނޑު އެއްބަފާމީހުންނާއި، އެއްބަފާ މީހުންނާއި، ބޮޑުބޭބެއިންނާއި، ބޮޑުދައިތައިންނެވެ.

ނަހަލާލަށް ލިބޭކުއްޖާއަކީ، "ބައްޕަ" އާއި އެއްވެސް ، ޞައްޙަ ނަސަބުގެ ގުޅުމެއް އޮތް ކުއްޖެއްނޫނެވެ. މި ހާލަތުގައި "ބައްޕަ" އަކީ ޝަރުޢީ ގޮތުން ބައަޕަ މިބަސް ކިޔޭނެމީހެއް ނޫނެވެ. އޭނާއަކީ ހަމައެކަނި ކުއްޖާ އުފަންކުރި ފިރިހެނާއެވެ. ޞައްޙަ ކައިވެންޏަކުން ނޫނީ ޞައްޙަ ނަސަބެއް ނުއުފެދޭނެއެވެ. ނަމަވެސް މަންމަގެ ފަރާތުން މިފަދަ ކުއްޖަކަށް ވާރުތަވާނެއެވެ. އަދި ކުއްޖާ މަންމައަށްވެސް ވާރުތަ ކުރުވާނެއެވެ.

Comments