އަންގާރަ20201124

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ސުވާލު ސިއްރުއާދައާއި ދުރުވުމަށް މަގެއް

ސިއްރުއާދައާއި ދުރުވުމަށް މަގެއް

sirru-aadha-dhuruvunސުވާލު: އަމިއްލައަށް ޖިންސީއެދުން ފުއްދުމުގެ މައްސަލަ ކުރިމަތިވި އިރު އަހަރެންގެ ޢުމުރުންވާނީ އަދި އެންމެ 13 އަހަރެވެ. މިކަން ދަސްވީ، އަވަށުގައި އުޅޭ އަހަންނަށްވުރެ ޢުމުރުން 2 އަހަރު ނުވަތަ އެއަށްވުރެ ދޮށީ ކުއްޖެއްގެ ފަރާތުންނެވެ. މީގެ ފުރަތަމަ ތަޖުރިބާގެ ހަނދާން އަދިވެސް އެބަހުއްޓެވެ. އެކަންކުރިއިރު އަހަންނަށް އިޙްސާސްވީ މަސްތީގޮތެކެވެ. އަހަރެންގެ ވަށައިގެން ހިނގަމުންދާ އެއްވެސްކަމެއް އިޙްސާސެއްވެސް ނުކުރެވެއެވެ. ހިތްހަމަޖެހުމާއި އުވާވެރިކަމުގެ ވަރަށް މަތީދަރަޖައެކެވެ.

އަހަންނަށް ހީވީ ޖައްވުގައި އުދުހެވެނީހެންނެވެ. ދެން މިޢަމަލުކުރުން ތަކުރާރުކުރެވެން ފެއްޓިއްޖެއެވެ. އޭރު އޭގެ ގެއްލުންތަކެއް ނުވަތަ ދީނީ ޙުކުމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެކަންކުރަން ފެއްޓިތާ އަހަރެން ނުވަތަ އެއަށްވުރެ ގިނަދުވަސްފަހުން، ކުރާލެއް ގިނަކަމުން ލޭ އަންނަކަންވެސް ހަނދާން އެބަހުއްޓެވެ.

ލޭ އަންނަތަން ފެނުމުން މިކަން މަދުކުރަން ވިސްނަން ފެށްޓީމެވެ. މިބިރުގެ ސަބަބުން އެކަންކުރާ ޢަދަދު ކުރިއަށްވުރެ މަދުވިއެވެ. ދެން ޢުމުރުން 17 އަހަރުގައި، މިކަމުގެ ހުރި ޞިއްޙީ ގެއްލުންތަކާއި، ދީނީގޮތުން ކަންއޮތްގޮތް އެނގުމުން، އިސްތިމްނާކުރުން މުޅިން ހުއްޓާލުމަށް ޢަޒުމްކަނޑައެޅިމެވެ. އެގޮތުން ތައުބާވެ، ނުކޮށް ވަރަށް ގިނަދުވަހު، ބައެއްފަހަރަށް 5 ވަރަކަށް މަސްދުވަސްވަންދެންވެސް ހުރެވެއެވެ. އެކަމަކުވެސް އަނެއްކާވެސް އޭގެ ބާރުގަދަވެ، މިހަރުކަށި ޢަދުއްވުގެ ކުރިމަތީގައި އަހަރެންގެ ޢަޒުމު ބިނދިގެންދެއެވެ. އައަށްފަހު، އަމިއްލަ ނަފްސު ކުށްވެރިކޮށް، ނިކަމެތިކޮށް، ކުރެވުނު ނުބައިކަންތައް ހިތަށް އަރައި ހިތާމަކުރެވެއެވެ.

އަބަދުވެސް މިމައްސަލަ ކުރިމަތިވަނީ ގެއާއި ދުރުގައި އުޅޭއިރުއެވެ. ޝަހުވަތްތެރިކަން ހިލިގަންނަފަދަ މަންޒަރުތައް ބެލުމުންނެވެ. ނަމަވެސް މިކަމުގައި ހައިރާންވާންޖެހޭ ކަމަކީ އަހަރެންނަކީ، ދީނީ އަޅުކަންކަމަށް ފަރުވާ ބަހައްޓާ މީހެއްކަމަށް ވުމެވެ. އަހަރެންގެ އާއިލާއަކީވެސް ދީނީ އާއިލާއެކެވެ. ނަފްސާނީ ޢިލްމުގައި ކިޔާ "ޝަޚްޞިއްޔަތު ބަދަލުވުމުގެ ގޮތް" އަހަރެންގެ ކިބައިގައި ހުންނަކަމަށް ދެކެވެނީ މިސަބަބަށްޓަކައެވެ. ޚާއްސަކޮށް އެކަންކުރުމަށްފަހު، އަމިއްލަ ނަފްސަށް މަލާމާތްކުރެވި ދެރަ ހިތަށް އަރާކަން ފާހަގަކުރެވެއެވެ.

މިމައްސަލައިގެ ނުރައްކާތެރިކަން ބޮޑަށް އިތުރުވާން ފެއްޓީ މީހަކާއި އިނުމަށްފަހުއެވެ. މިމުޞީބާތުގެ ޖިސްމާނީ އަދި ނަފްސާނީ އަސަރުތައް ކައިވެނިކޮށްގެން އުޅޭއިރުވެސް ކުރަން ފެށްޓުމުންނެވެ.

އަހަރެން މިކަމާއި ދުރުވުމަށް އެހީތެރިވެދެއްވުން އެދެމެވެ. މާތް ﷲ ތިޔަބޭފުޅުންނަށް ހެޔޮޖަޒާ ދެއްވާށިއެވެ.

ޖަވާބުދެއްވި ތަޖުރިބާކާރު: ޑރ. އަޙްމަދު ޢަބްދުﷲ

ޢިއްޒަތްތެރި އަޚާއެވެ. ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާނެފަދައިން، މިމައްސަލައަކީ ޒުވާންދުވަސްވަރު، ޢާންމުކޮށް ޢުމުރުން 20 އިން ދަށުގައި ނަފްސާނީގޮތުންނާއި ޖިންސީގޮތުން ކުރިމަތިވާ ފިއްތުމެކެވެ. އަދި ކައިވެނިކުރުމަށް މާއްދީގޮތުންނާއި، އިޤްތިޞާދީގޮތުން ކުރިމަތިވާ ނުކުޅެދުންތެރިކަމެކެވެ.

ޒުވާނުން އިސްތިމްނާކުރަން ފަށްޓަނީ. މިއީ މިކަންތަކަށްއޮތް މެދުމިނުގެ ޙައްލެއްގެގޮތުގައި ބަލާފައެވެ. މިކަންތައް ނުކޮށްހުރުމާއި، ޝަރްޢޮ ނޫން ގުޅުންތައް ހިންގުމާއި ދެމެދުގައިވާ ޙައްލެއްގެގޮތުގައި އޭނާ ދެކޭ މެދުމިނުގެ ކަމެއްގެ ގޮތުގައެވެ. އެކަމަކު މިކަންތައް ބަދަލުވެގެންދަނީ އާދައަކަށެވެ. މިއާދަ ފަހުން ދެވިހިފުމަކަށް ބަދަލުވެ، ކައިވެނީގެ ފަހަށްވެސް ދެމގެންދަނީއެވެ. ތިބާ ތިޔަވާ ޙާލަތު ފަދައިންނެވެ.

މިފަހަރު އަޅުގަނޑު ވާހަކަދައްކަން ބޭނުންވަނީ، އިސްތިމްނާކުރުމުގެ އާދައަށް މީހާ ވެއްޓުމަށްފަހު ދެން އެކަމުން ނުކުމެވިދާނެ ގޮތްތަކާއިމެދުގައެވެ. އެގޮތުން ފެއްޓުމުގެ ގޮތުންވެސް ދަންނަވަންޖެހެނީ، މިކަމުގެ އެންމެބޮޑު މައްސަލައަކީ، އޭގެ ދުރުރާސްތާއާއި މެދުމިނުގެ ރާސާތާއާއި ކުރުރާސްތާގައި ކުރިމަތިވާ ނަފުސާނީ އަސަރުތައް ކަމެވެ. ޖިސްމާނީ އަސަރުތަކަކީ، ކެއުން ބަދަލުކޮށް، ވިޓަމިންނެގުން ފަދަ ކަމަކުން ފަސޭހައިން ރަނގަޅުކޮށްލެވިދާނެ ކަންކަމެވެ.

ނަފްސާނީ މައްސަލަ އުފެދިގެންއަންނަނީ، ދުވަސްވަމުންދިޔަވަރަކަށް، އުފެދިގެން އަންނަ ހުސް ބޮޅެއްގެ ސިފައިގައެވެ. މިމަރުޙަލާ ފެށްޓެނީ ވަކި ޚާއްޞަ މަންޒަރުތަކެއް ފެނުމުން އުފެދިގެންއަންނަ ޖިންސީ އެދުންވެރިކަމަކުންނެވެ. ނުވަތަ އެފަދަ ކަންތައް ހިތުގައި ހުންނަ މީހުންގެ ސިކުނޑިއަށް ވެރިވާ ޚިޔާލުތަކަކުންނެވެ. މިޖިންސީ އުތުރިއެރުންތަކުގެ ސަބަބުން، ނަފްސާނީ ނުތަނަވަސްކަމަކާއި، ޕެލްވިސްގައާއި، އެހިސާބުގައިވާ ޖިންސީ އަދި ކުޑަކަމުދިއުމާއިބެހޭ ހުރިހާ ގުނަވަނަކަށް ލޭޖަމާވެ ދުޅަވާކަން އިޙްސާސްކުރެވެއެވެ. މިނުތަނަވަސްކަން ޠަބީޢީގޮތެއްގައި ފިލައިގެންދަނީ، ފުރިހަމަ ލައްޒަތު ލިއްބައިދޭގޮތުގައި އަނބި މީހާއާއިއެކު ހިންގޭ ގުޅުމުންނެވެ. އެކަމަކު އިސްތިމްނާއަށް އާދަވެފައިވާ ޙާލަތުގައި. ހަމައެކަނި އަނބިމީހާއާއިއެކު ޖިމާޢުވުމުން ނުވެއް ފުދެއެވެ. އެކަމަކު އޭގެއިތުރުން، ބައެއް ފަހަރު އެފަދަ މީސްމީހުންނަށް ސިއްރީއާދައާއިއެކު މެނުވީ ޙަޤީޤީ ޖިންސީ އުފަލެއް ލިބިގެންދާކަމަކަށް ނުވެއެވެ. ބައެއް ފަހަރު މީހާ އެނާގެ އަނބިމީހާގެ ކުރިމަތީގައިވެސް މިކަންކުރެއެވެ. ނުވަތަ އެނދުގައި އަނބިމީހާއާއި އެކުގައިވާއިރުވެސް، މި "ބަދަލު ލައްޒަތު" ހޯދުމަށް އެކަންކުރެއެވެ. އެކަންކޮށް ނިމުމުން ނަފްސާނީ ރާހަތާއި ޖިސްމާނީ ހަމަޖެހުން ކޮންމެވެސް މުއްދަތަކަށް ނުވަތަ ވަގުތުކޮޅަކަށް އޭނާއަށް ލިބިދެއެވެ. އެކަމަކު އޭގެ ފަހުން، އަމިއްލަ ނަފުސު ކުށްވެރިކޮށް ޟަމީރަށް މަލާމާތްކުރުމުގެ މަރުޙަލާ އާދެއެވެ. އަދި އަނެއްކާވެސް ޖިންސީ އާ ހެލުންގަނޑެއް އުފެދި، ޖިންސީ އެދުން ފުއްދެންދެން މިމަރުޙަލާ ދެމިހުރެއެވެ. ދެން އަނެއްކާވެސް އެއެދުން ފުއްދި، ހިތްހަމަޖެހުމުގެ މަރުޙަލާއަކަށް ފަހު ނަފުސުކުށްވެރިކުރުމުގެ ވަގުތުއައިސް، ހުސްބުޅެއްގެތެރޭގައި މިކަންތައް ތަކުރާރުވަމުންދެއެވެ.

އެހެންކަމުން މިކަމަށް ފަރުވާކުރުން ބިނާވަނީ، މިދެންނެވި ބޮޅު ހަލާކުކޮށްލުމަށެވެ. މިކަންތައް ބޮޅުގެ އެކި މަރުޙަލާގައި ކުރެވިދާނެއެވެ.

1-   ޖިސްނީ އުތުރިއެރުން: އެދުންވެރިކަން އަންނަ މަންޒަރުތަކާއި ފޮޓޯތައް ފަދަ، މިކަމަށް މެދުވެރިވާ ސަބަބުތައް ކޮންމެހެންވެސް ޙިސާރުކުރަންޖެހޭނެއެވެ. ޚާއްޞަކޮށް ކައިވެނިކޮށްގެން އުޅޭމީހާއާއި ދުރުތަނެއްގައި ހުންނަންޖެހޭ ހާލަތްތަކާއި، އޭނާ ޙައިޟުގައި ހިންނަ މަރުޙަލާތައްފަދަ ހާލަތްތަކުގައެވެ. ސަބަބުތައް ޙިސާރުކޮށް ހިފެހެއްޓުން، މީހުންނާއި ނުއިނދެއުޅޭމީހުންނަށް، އިނދެގެން އުޅޭމީހުންނަށްވުރެ އަދި މުހިންމެވެ. މިއީ ފަރުވާގެ އެންމެ އިސް ނުކުތާއެވެ.

2-   ޖިންސީ އެދުންވެރިކަން: ޝަހުވަތްތެރިކަން ނުވަތަ ޖިންސީއެދުންވެރިކަމުގެ މިންވަރު ދަށްކުރުމަށް އާދައިގެ ލުއި ބޭސްތައްވެސް ބޭނުންކުރެވިދާނެއެވެ. ބައެއް ސްޕެޝަލިސްޓުން، މިކަމަށްޓަކައި ރޭގަނޑު ބޭނުންކުރުމަށް ޓްރިފްޓިޒޯލް އާއި މިލިރީލް ގުޅަ ކާންދީ އުޅެއެވެ. އެކަމަކު މިބޭސްތަކުގެ ސަބަބުން، ޖިންސީއެދުންވެރިކަން މުޅިން "މަރާލައި" ގުނަވަން ހަރުވުމަށްވސް މައްސަލަތައް ކުރިމަތިކޮށްފާނެކަމަށް ވިސްނަންޖެހެއެވެ. ބޭހުގެ އިތުރުން، ސިކުނޑިއާއި ހަށިގަނޑުގެ ހަކަތަ ކުޅިވަރުކުޅުމާއި ވިސްނުން ބޭނުންކުރަންޖެހޭ ބައެއްކަހަލަ ކަސްރަތުތައްފަދަ ކަންކަމަށް އަމާޒުކުރުން މުހިންމެވެ. އެހެނީ މިމައްސަލައިގެ ބައެއް، ނަފްސާނީގޮތުންނާއި ވިސްނުމުގެގޮތުން މީހާއަށްލިބޭ ހުސްވަގުތުތަކާއިވެސް ގުޅެއެވެ. އެހެންކަމުން، މިހުސްވަގުތުތައް ފުރާލުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ.

3-   އިސްތިމްނާކުރުން: އިސްތިމްނާކުރަނީ، ކުރިމަތިވާ ހާސްކަމާއި ފިއްތުންތައް ލުއިކޮށް ވަގުތީ ލައްޒަތެއްނަމަވެސް ލިބިގަތުމަށެވެ. މިހެންގޮސް މިކަމަށް މީހާ އެންމެފަހުން ހިފަނީ ދެވިއެވެ. އެހެންކަމުން، މިއާދައިން ސަލާމަތްވުމަށްޓަކައި. މިއާދައާއި "އިދިކޮޅު އާދައަކަށް" މީހާ ތަމުރީނުވާންޖެހެއެވެ.

އެގޮތުން މިސާލަކަށް މީހަކާއި އިނދެގެން އުޅޭ މީހެއްނަމަ، އަބަދުވެސް އޭނާގެ ޖިންސީ އެދުން އުތުރުވުމާއި، އޭގެ ވަސީލަތްތައްކަމުގައި އަޅުގަނޑުމެން އެންމެންވެސް ދަންނަ ހުއްދަ ވަސީލަތްތަކާއި ގުޅުވަންޖެހޭނެއެވެ.

މީހަކާއި ނުއިނދެއުޅޭ މީހެއްވިޔަސް އިނދެގެންއުޅޭ މީހެއްކަމަށް ވިޔަސް، ޖިންސއެދުންވެރިކަން ހިލިގަތުމާއި އިސްތިމްނާއާއި ދެމެދު އޮންނަ ގުލުން ފުނޑުކޮށްލުމަށްޓަކައި، ވަކި ޚާއްޞަ ރަމްޒެއް ބޭނުންކުރުމަކީ، އެކަމަށް އެހީތެރިވެދޭނެ ކަމެކެވެ. ބައެއްމީހުން، މިސާލަކަށް، އަތަށް އަންގިއެއް ލައްވަފާނެއެވެ. އަނެއްބަޔަކު އަނގޮޓިއެއް އަޅާފާނެއެވެ. އަދި ބައެއް މީހުން އެދުންވެރިކަން އައުމުން، އިސްތިމްނާއިން ދުރުވުމަށް އަމިއްލައަށް ބަނުންފަދަ ކަންތައްވެސް ކޮށްއުޅެއެވެ.

ވީމާ، އެދުންވެރިކަމާއި އިސްތިމްނާ އާއިދެމެދުގައިވާ ތަބާވުމާއި ގުޅުން ކަނޑާލުމަކީ ކޮންމެހެންވެސް ބޭނުންވާ އަސާސީކަމެކެވެ. މިކަމަށް ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން، އެމީހަކަށް ކަމުދާ އުސްލޫބެއް އިޚްތިޔާރުކުރެވިދާނެއެވެ..


* އިސްތިމްނާކުރެވިއްޖެނަމަ، އަމިއްލަ ނަފުސަށް އެއާއި ވިއްދައިގެން ޖިސްމާނީ ރަމްޒީ އަދަބެއްނަމަވެސް ދެވިދާނެއެވެ. އަދި ހަމައެފަދައިން، އެދުންވެރިކަން ހިލިގަތުމުންވެސް އިސްތިމްނާނުކޮށް ހުރެވިއްޖެނަމަ، އެކަމަށްޓަކައި އަމިއްލަ ނަފުސަށް ހިތްހަމަޖެހޭކަހަލަ ބަދަލެއް ދިނުމަކީވެސް މިކަންތަކާއި ދުރުވުމަށް ކުރެވިދާނެކަމެކެވެ. އަދި މިކަންތައް ތަކުރާރުވާ މިންވަރަކުން، ނުވަތަ ނުކޮށް ދުރަށްދެވޭ މިންވަރަކުން، އަދަބުދޭ މިންވަރާއި، އަމިއްލަ ނަފުސަށް އިނާމު ނުވަތަ ގަޔާވާ ބަދަލެއްދޭ މިންވަރުވެސް އިތުރުކުރެވިދާނެއެވެ.


* އެކުގައި ކުރިއަށްގެންދަންޖެހޭ ޕްރޮގްރާމުތައް:

ތިމާގެ ޖިންސީ ގުނަވަނާއި، ތިމާގެ އަތާއި ދެމެދުގައިވާ ގުޅުން، ތިމާއާއި ތިމާގެ އަނބިމީހާގެ ޖިންސީ ގުނަވަންތަކާއި ދެމެދު އޮންނަ ގުޅުމަކަށް ބަދަލުކުރުމަށް މަސައްކަތްކުރަން ޖެހޭނެއެވެ. ފިރިމީހާއަށް އޭނާގެ އަނބިމީހާ "ޖިންސީގޮތުން" އަލުން ދަސްކޮށް، އަނބިމީހާގެ ހަށިގަނޑުގެ ޖިންސީ ތަފްޞީލުތައް ހޯދައިގަތުމަކީ މުހިންމުކަމެކެވެ. ތިމާއަށް ފުރިހަމަ އުފަލެއް ލިއްބައިދެނީ، ތިމާގެ އަނބިމީހާގެ ފުށުންކަމާއި، ތިމާގެ "މަސައްކަތުގެ މައިދާނަކީ" އަނބިމީހާގެ ހަށިގަނޑުކަމުގައި ހެދުމަށް މަސައްކަތްކުރަންޖެހޭނެއެވެ.

- މީހަކާއި ނުއިނދެއުޅޭ މީހެއްނަމަ، އަޅުގަނޑު އޭނާއަށް ނަޞޭޙަތްތެރިވާނީ ކައިވެނިކުރުމަށް ކުރެވެންއޮތްހާ ކަމެއް ކުރުމަށެވެ. ކައިވެންޏަކީ ފަރުޖަށްވާ ރައްކަލެކެވެ. ބެލުމަށްވާ ތިރިކުރުމެކެވެ. އޭނާގެ ފަރުވާއަށް އޮތް އެންމެ މުހިންމު ބަޔަކީ މީހަކާއި އިނުމެވެ. ކައިވެނިކުރެވެންދެން، އޭނާއަށް ރޯދަ ހިފުމާއި، ކުރިން ބަޔާންކުރެވިފައިވާ ކަންތައްތައް ކުރެވިދާނެއެވެ.

ދެން ދަންނަވަން އޮތް ވާހަކައަކީ، އިސްތިމްނާކުރުން ހުއްޓުވުމުގެ ފަރުވާއަކީ، ﷲ ގެ އިރާދަފުޅާއިއެކު އެހާ އުނދަގޫ ކަމެއްނޫން ވާހަކައެވެ. އެކަމަކު އަވަހަށް އެދުންފުދުންފަދަ، އޭގެ ނޭދެވޭ އަސަރުތަކަކީ ފަރުވާ ކުރުން ވަރަށް އުނދަގޫވެދާނެ ކަންތައްތަކެކެވެ.

-އަމިއްލަ ނަފުސުގެ ކުށް ހަނދާން ނައްތާލެވޭނީ ތައުބާއިން ކަމުގައި ދަންނަވަން ބޭނުމެވެ. ޝައިޠާނާއާއި، ނުބައި ކަންކަމަށް އަމުރުކުރާ ހަވާނަފްސު، ބައެއްފަހަރު އިންސާނާގެ ޝުޢޫރުތަކާއިކުޅެ، ތިމާގެ ނަފުސަށް އުންމީދެއްނެތްކަން ދައްކައެވެ. އަދި ތިމާއަކީ ތިމާގެ ޚިޔާލުތަކާއި ފެންނަ މަންޒަރުތަކުގެ ކުރިމަތީގައި ބަލިކަށި، ހަތިޔާރު ބަހައްޓަންޖެހޭ މީހެއްކަމުގައި ދައްކުވައިދެއެވެ. ރަނގަޅުގޮތުގައި ފާފައަށް ތައުބާވާ މީހުންނަކީ، މާތް ﷲ ގެ ރުއްސެވުން ލިބޭނެ ފަރާތްތަކެވެ.

- ސުއާލުކުރެވުނު މައުޟޫއަށް ރަނގަޅަށް އިންސާފުކުރެވިއްޖެތޯއެވެ؟ އެކަންކުރެވިއްޖެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. ތިބާއަށާއި، އިސްތިމްނާގެ ފުރަތަމަކޮޅުގެ މަރުޙަލާގައިވާ ނުވަތަ މެދުތެރޭގެ މަރުޙަލާގައިވާ އަޅުގަނޑުގެ އަޚުންނަށް ދަންނަވަން ބޭނުންވަނީ، އިތުރަށް ކުރިއަށް ނުދާށެވެ. އޭރުން އުނދަގޫތައް ވާނީ ހައްތާހާ އިތުރުވެ. މިކަމުގެތެރެއަށްވަދެ ބޮޑު މަރުޙަލާއެއް ކަޑައްތުކޮށްފައިވާ މީހުންނަށް އަޅުގަނޑު ދަންނަވާނީ، ތިޔަވަނީ މިހާރު އޭގެ ފަހުގެ މަރުޙަލާތަކުގައި ކަމަށެވެ. ތިކަމުގެ ނިމުމުގައިވާ ހިތިކަމުން ދުރުވާށެވެ.

- ނިންމާލަމުން ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިމައުޟޫއުގައި އަޅުގަނޑު ދައްކާފައިވާ ވާހަކައަކީ، ތިމާ ނަފްސާނީ ޚާއްޞަ ޑޮކްޓަރަކަށް ދައްކަންޖެހިއްޖެ ހަލަތެއްގައި އެކަމުން ދުރުކުރުވާ އެއްޗަކަށް ނުހަދާށެވެ. ކޮންމެ އުނދަގުލަކާއި ދައްޗަކުން ސަލާމަތްކޮށްދެއްވުމަށް އެހީދެއްވާ ފަރާތަކީ ﷲ އެވެ. ކޮންމެ ކަމަކުން އެކަލާނގެ ކިބައިން އަޅުގަނޑުމެން ވާގި އެދެމެވެ. އެކަލާނގެއަކީ އެކަލާނގެ ކިބައިން އެހީއަށް އެދި ވާގިބޭނުން ކޮންމެ ފަރާތަކަށް މަދަދުދެއްވާ ކަލާނގެއެވެ.

* އިސްލާމްއޮންލަން އިން ނަގާފައި *

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.