އާދީއްތަ20181111

އާކުރެވުނީ: 08:43:52

ތާރީޚް

އުމަވީ ދައުލަތް: ފެށުން

umavee1އުމަވީ ދައުލަތް ނިސްބަތްވަނީ އުމައްޔާ ބިން ޢަބުދު ޝަމުސު ބިން ޢަބުދު މަނާފް އަށެވެ.އުމައްޔާ އަކީ ގުރައިޝުންގެ ބޮޑުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އުމައްޔާނުވަތަ އުމަވީ ދަރިކޮޅުގެ މީހުން ހިމެނެނީ އެންމެފަހުން އިސްލާމްދީން އިޚްތިޔާރުކުރި މީހުންގެ ތެރޭގައެވެ. އެދަރިކޮޅުގެ މީހުން އިސްލާމްދީނަށް ވަންނަށްފެށީ މައްކާ ފަތަހަ ކުރެއްވުމުގެ ތެރޭގައި އަބޫ ސުފްޔާން އިސްލާމްވެ ވަޑައިގަތުމުންނެވެ. އެކަމަކު އުމަވީ ދަރިކޮޅުމީހުން އިސްލާމްދީނަށް ވަނުމަށް ފަހު ބޮޑެތި ޚިދުމަތްތައް އިސްލާމްދީނަށް ކޮށްދީފައިވެއެވެ.

ތަފްޞީލު...



އުމަވީ ދައުލަތުގެ ޚަލީފާކަން ކުރައްވާފައިވާ ބޭފުޅުން

umavee-miskiމުޢާވިޔަތު ބިން އަބީ ސުފުޔާން ރަޟިޔަﷲ ޢަންހުގެ ފުރިހަމަ ނަންފުޅަކީ މުޢާވިޔަތު ބިން އަބީ ސުފްޔާން ޞަޚްރު ބިން ޙަރުބު ބިން އުމައްޔާ ބިން ޢަބުދު ޝަމުސު ބިން ޢަބުދު މަނާފް އެވެ. އާއިލާ ނިސްބަތްވަނީ ގުރައިޝު ވަންހަ އަށެވެ. އުމަވީ ދައުލަތުގެ އުފެއްދެވި ބާނީ އަކީ މިއީއެވެ. އުފަންވެ ވަޑައިގެންނެވީ ހިޖުރައިގެ 20އަހަރު ކުރިންނެވެ.އިސްލާމްވެވަޑައިގެންނެވީ ހިޖުރައިން 8ވަނަ އަހަރުގައި ކީރިތި ރަސޫލާ މައްކާ ފަތަޙަ ކުރެއްވި ދުވަހުގައެވެ. ހިސާބުގެ އިލްމާއި ލިޔަން ދަސްކުރެއްވިއެވެ. ކީރިތި ރަސޫލާގެ އަރިހުގައި ލިޔުއްވަން އުޅުއްވިއެވެ. ރަސޫލާގެ އަރިހުން 130 ހަދީޘް ރިވާކުރައްވާފައި ވެއެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތް

abbaasee-mainގާތްގަނޑަކަށް 6ގަރުނަށް ދެމިގެންދިޔަ ޢައްބާސީ ދައުލަތް ނިސްބަތްވަނީ ކީރިތި ރަސޫލާގެ ބޮޑުބޭބެފުޅުގެ ދަރިކަލުން ޢައްބާސް ބިން ޢަބުދުލް މުއްޠަލިބު އަށެވެ. ޢައްބާސީ ދަރިފަސްކޮޅަކީ ހާޝިމް ދަރިފަސްކޮޅަށް ނިސްބަތްވާ ދެވަނަ ދަރި ފަސްކޮޅެވެ. ފުރަތަމަ ދަރިފަސްކޮޅަކީ ''އަލަވިއްޔޫން'' ނުވަތަ އަލީގެ ފާނުގެ ފަރާތުން އުފެދިގެން އައި ދަރިފަސްކޮޅެވެ. ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމަށް ފަހު އިސްލާމީ ޚިލާފަތު ރަސޫލާގެ އަހުލުވެރިން( އާއިލާ )ގެ އަތްމައްޗަށް ދޫކޮށްލުމަށް ހާޝިމްގެ ދަރިކޮޅުގެ މީހުން އެދުނެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާން

abbasi-dhaulai-1ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާން ވެފައިވަނީ އެދައުލަތުގެ ރަންޒަމާނަށެވެ. ޢައްބާސީ ދައުލަތުގެދުވަސްވަރު އުފެދުނު ބައެއް މުސްތަގިއްލު ދައުލަތްތަކުގެ ތެރޭގައި ސްޕޭން ނުވަތަ އަންދަލުސްގައި އުފެދުނު އުމަވީ ދައުލަތް، މަޣުރިބުގައި އުފެދުނު އިދްރީސީ ދައުލަތް، ޖަޒާއިރުގައި އުފެދު ރުސްތުމީ ދައުލަތް، އަދި ތޫނިސް ގައި އުފެދު އަޣާލިބީ ދައުލަތް ހިމެނެއެވެ. މިހުރިހާ ދައުލަތްތަކަކީ ވެސް އިސްލާމްދީނުގެ ހިޔާވަހިކަމުގެ ދަށުގައި އުފެދުނު ދައުލަތްތަކެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި ވެރިކަންކުރެއްވި ޚަލީފާތައް

abbasee-khalifa-1ހާރޫން އައްރަޝީދު ގެ ވެރިކަމުގައި ޔޫރަޕުގައި ވެރިކަން ހިންގަމުން ބައިޒަންޠީނީން ނާއި އެތައް ހަގުރާމަތަކެއް ކުރެއްވިއެވެ. ޤަސްޠަންޠީނީންގެ ދޮރޯށިތަކާއި ހަމައަށް ވާސިލްވި އެވެ. ފާރިސީ ރަށްތައް ކޮންޓްރޯލްގެ ދަށަށް ގެންނަވައި، އުތުރު އެފްރިކާގެ ހިސާބުތަކުގައި ވެރިކަން ހިންގަމުން އައި އަޣާލިބީންގެ މައްޗަށް ބާރުފޯރުވި އެވެ. ފަރަންޖިންގެ ރަސްކަލެއް ކަމުގައިވާ ޝާރްލަމާން އާއި ގާތްގުޅުމެއް ބޭއްވެވި އެވެ. ވިޔަފާރި އާއި އިލްމާއި، އަދަބިއްޔާތު ހާރޫންގެ ވެރިކަމުގައި ކުރިއަރައިގެން ގޮސްފައިވެއެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި ހިގާފައިވާ ހަގުރާމަތައް

abbasee-hagurama-1މުސްލިމުންނަށް ލިބުނު އަނިޔާއާއި ދެރަ ޤަބޫލުނުކުރައްވައި، އެކަމަށް ބަދަލުހިއްޕަވައި، މުސްލިމުންނާ ދެން ބެހެން ރޫމީންނަށް ނުކެރޭނެ ވަރުކުރައްވަން މުޢްތަޞިމް ބޭނުންފުޅުވިއެވެ. އަދި ރޫމީންގެ އެންމެ ބާރުގަދަ ރަށަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން، އެއީ ރޫމީންގެ މުގައްދަސް ރަށެއް ކަމުގައިވާ ޢަމޫރިޔާ ކަމުގައި ދެންނެވުނެވެ. މުސްލިމުންގެ ބޮޑު ލަޝްކަރެއް ތައްޔާރުކުރައްވައި، މުސްލިމުންގެ ލަޝްކަރު ދެބަޔަށް ބައްސަވައި އެއްބައިގެ ވެރިއަކަށް ސީދާ އަލްމުޢުތަޞިމް ހުންނެވިއެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި އުފެދުނު ބައެއް ވަކި ދައުލަތްތައް

abbasi-sarkar-1އިދްރީސީ ދައުލަތް ނިސްބަތްވަނީ އިދްރީސް ބިން ޢަބުދުﷲ ބިން ހަސަން އަށެވެ. ޢައްބާސީންގެ އަތްދަށުން ފިލާވަޑައިގެން މަޣުރިބަށް ވަޑައިގަތުމަށް ފަހު ހިޖުރައިން 172ގައި މަޣުރިބުގައި މިދައުލަތް ގާއިމްކުރެއްވި އެވެ. މަޣުރިބުގައި ތިބި ބަރުބަރުންގެ ބައެއް ޖަމާއަތްތަކާއި އެއްވެގެން ތިލްމިސާން އޭ ކިޔުނު ހިސާބުން ފެށިގެން ގޮސް މަޣުރިބުގެ މެދާއި ހަމައަށް އެމީހުންގެ ބާރުގެ ދަށަށް ގެންނެވިއެވެ. އިދްރީސް އަވަހާރަވެ ވަޑައިގަތީ ހިޖުރައިން 177ގައި ވިހަވެގެންނެވެ. އިދްރީސްގެ އެއްވެސް ވާރުތަވެރިޔަކު އޭރަކު ނުވެއެވެ. ނަމަވެސް އޭނާގެ ޖާރިޔާއެއް އޭރު އިނީ ިއިދްރީސްގެ ދަރިއަކަށް ބަލިވެއެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާން

abbasi-dhaulai-2ދިގުޒަމާންތަކެއް ވަންދެން އައްބާސީންގެ ދެވަނަ ދައުރު ދެމި އޮތް ނަމަވެސް މިމުއްދަތުގެ ތެރޭގައި ޢައްބާސީ ދައުލަތް ނިކަމެތިވެފައިވާ ކަން ފާހަގަކުރެވެއެވެ. ވެއްޓެން ދިޔަހެން ވެސް ބައެއް ފަހަރު ހީވާކަހަލަ ހާލަތްތަކަށް ދިޔަކަން ފާހަގަވާން އެބަހުރި މެއެވެ. މިގޮތަށް ދިމާވާން ޖެހުނު ސަބަބުތަކުގެ ތެރޭގައި އަސްކަރީ މީހުން ވެރިންގެ ގޮތުގައި ތިބުން ފާހަގަ ކުރެވެއެވެ. ޚަލީފާކަން ވެސް ކޮންޓްރޯލް ކޮށްފައިވަނީ އަސްކަރީ މީހުންނެވެ. އެމީހުން ބޭނުން މީހަކު ވަކިކުރުމަށް ފަހު ބޭނުން މީހަކު ދިޔައީ ޚަލީފާކަމަށް އިސްކުރަމުންނެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި ހިގާފައިވާ ބައެއް ހަގުރާމަތައް

malazgirtމަލާޛު ކަރުދު ހަނގުުރާމައަކީ މުސްލިމުންގެ ތާރީޚުގައި ލިބިފައިވާ މަތިވެރި ނަޞްރުތަކުގެ ތެރެއިން ރަން އަކުރުން ފާހަގަކޮށްލަން ޖެހޭ ނަޞްރެކެވެ. ބަދުރު ހަނގުރާމަ، ޤާދިސިއްޔަ ހަނގުރާމަ، ޔަރްމޫކު ހަނގުރާމަ، ޢައިން ޖާލޫޠު ހަނގުރާމަފަދަ މަތިވެރި ނަޞްރެއް ލިބުނު މުހިއްމު ހަނގުރާމައެކެވެ. އަދި މި ހަނގުރާމައިގައި ޖިހާދުކުރެއްވި އަލްބު އަރްސަލާން އަކީ މުސްލިމުގެ ބޮޑު ބަޠަލެކެވެ. މިހަނގުރާމައިގައި ރޫމީންގެ ބާރު އަނާޟޫލުން ކެނޑިގެން ދިޔައެވެ. އަދި  އަދި ރޮމާނޯސް ހަގުރާމައިގެ އަސީރަކަށް ވިއެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި ޚަލީފާކަން ކުރެއްވި ބޭފުޅުން

abbasee-khalifa-2ފުރިހަމަ ނަންފުޅަކީ ޖަޢުފަރު ބިން އަލްމުޢުތަޞިމް ބިﷲ ބިން ހާރޫން އައްރަޝީދު ބިން އަލްމަހްދީ އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުތަވައްކިލް އަލަﷲ ގެ ގޮތުގައެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން ހިޖުރައިން 206ވަނަ އަހަރު ބަޣްދާދު ގައެވެ. މަންމާފުޅަކީ ޝުޖާޢު އޭ ކިޔޭ ތުރުކީ އަންހެން ބޭކަނބަލެކެވެ. ވެރިކަމަށް އިސްވުމަށް ހިޖުރައިން 232ވަނަ އަހަރު މީސްތަކުން ބައިޢަތު ހިއްޕެވި އެވެ.އެއީ އޭނާގެ އަޚް އަލްވާޘިޤް ބިﷲ އަވަހާރަވުމާއި ގުޅިގެންނެވެ. މިއީ ޢައްބާސީ ދައުލަތުގެ 10ވަނަ ޚަލީފާ އެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާން

abbasi-dhaulai-3ޢައްބާސީ ދައުލަތުގެ 3ވަނަ ޒަމާންކަމުގައި ބެލެވެނީ ހިޖުރައިން 590ން 656ގެ ނިޔަލަށެވެ. އެދުވަސްވަރު ދައުލަތުގެ ވެރިކަން އޮތީ ބަޣުދާދު އާއި ވަށައިގެންވާ ހިސާބުތަކުގައެވެ. އެހެން ބޮޑެތި ރަށްތަކުގައި ވެރިކަން ހިގަމުން އައީ ވަކި ފަރުދީ ނުވަތަ މިނިވަން ދައުލަތްތަކުންނެވެ. ދައުލަތުގެ ވެރިކަން ހިންގި ހިސާބުތައް ދައުލަތުގެ ބާރުގެ ދަށުން ނެއްޓި ގެއްލިގެން ދިޔައެވެ. ހުރިހާ ދިމާލަކުން އިސްލާމީ އުއްމަތަށް ހަމަލާތައް އަންނަށް ފެށި އެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ދެވަނަ ޒަމާނުގައި އުފެދުނު ބައެއް ވަކި ދައުލަތްތައް

abbasi-sarkar-2ހަވަނަ ގަރުނުގައި އުފެދުނު އެންމެ ބާރުގަދަ އިސްލާމީ ދައުލަތްތަކުގެ ތެރޭގައި އާލް ޒަންކީ ދައުލަތް ހިމެނެއެވެ. ޞަލީބީންގެ އުދަގޫތަކާއި ކެރިގެންކުރިމަތި ލައްވައި ކާމިޔާބު ހާސިލްކުރިއެވެ. ޒަންކީ ދައުލަތުގެ ވެރިންނަކީ ވަރަށް މަތީދަރަޖައަކަށް އިސްލާމްދީން ފެތުރުއްވުމަށް ބާރުއަޅުއްވައި ﷲގެ މަގުގައި އިޚްލާޞްތެރި ކަމާއި އެކު ޖިހާދުކުރުމަށް ބާރު އެޅުއްވި ބަޔެކެވެ. ބައެއް ތާރީޚް އިލްމުވެރިން ސިފަކުރައްވާގޮތުގައި ޢިމާދުއްދީން ޒަންކީ އަދި އޭނާގެ ދަރިކަލުން ނޫރުއްދީން މަޙުމޫދު އަކީ ޖިހާދުކުރުމާއި މުސްލިމުންގެ ބިންތައް ދިފާޢު ކުރުމުގައި ނަމޫނާ ދައްކަވާފައިވާ ދެބޭފުޅުންނެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނުގައި ހިގާފައިވާ ބައެއް ހަގުރާމަތައް

abbasee-hagurama-3ޞަލީބީންގެ ދެވަނަ ޙަމަލާފުރަތަމަ ހަމަލާއަށްފަހު ޝާމްކަރައިގެ ރަށްތަކަށް ފްރާންސްގެ ރަސްގެފާނު ލުއިސް7 އަދި ޖާމަނީ ގެ ރަސްގެފާނު ކޮންރާޑް3 އިސްވެހުރެގެން ދެވަނަ ޙަމަލާ ވެސް ދެއްވި އެވެ. ހަމަލާ ފެށިފައިވަނީ ބައިތުލް މަގްދިސް އިންނެވެ. މިހަމަލާ ދެވުނީ ހިޖުރައިން 539ވަނަ އަހަރު އާލްޒަންކީ ދަރިކޮޅުގެ ދައުލަތުން މޫޞިލްގެ އަމީރަކަށް ހުންނެވި އިމާދުއްދީން އާލް ޒަންކީ ރުހާ ޞަލީބީންގެ އަތުން އަތުލައްވައި އެރަށް މުސްލިމުންގެ ބާރުގެ ދަށަށް ގެނައުމުންނެވެ. އޭގެ އިތުރުން ޙަލަބު އާއި މޫޞިލް އެއްކުރައްވައި، ޖިހާދަށް ގޮވާލެއްވި އެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.