ހުކުރު20180907

އާކުރެވުނީ: 08:43:52

ތާރީޚް

ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނު ގައި އުފެދިފައިވާ ބައެއް ވަކިދައުލަތްތައް

abbasi-sarkar-3ޣޫރީންނަކީ ޣޫރިސްތާން އޭ ފަރުބަދަ މަތީ ހިސާބެއްގައި ދިރިއުޅުނު ބައެކެވެ. ޣޫރިސްތާން އޮންނަނީ ޣަޒްނާ އާއ ހުރާތުއާއި ދެމެދުގައެވެ. އެމީހުންނަކީ ޣަޒްނަވީ ދައުލަތުގެ ރަސްގެފާނު މަހުމޫދު އަލްޣަޒްނަވީ އަށް އިޚްލާސްތެރި ބައެކެވެ. ޣޫރީ ދައުލަތުގެ ބާނީ އަކީ ޙުސައިން ބިން ޙަސަން އެވެ. ލަގަބަކީ ޢަލާއުއްދީން އެވެ. އަލާއުއްދީން ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރައްވައި ޣަޒްނާ އާއި ދިމާލަށް ދަތުރުކުރެއްވި އެވެ.

ތަފްޞީލު...



ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނު ގައި ޚަލީފާކަން ކުރައްވާފައިވާ ބޭފުޅުން

abbasee-khalifa-3އައްޡާހިރުގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބިން އަޙުމަދު(އައްނާޞިރު ލިދީނިﷲ) ބިން ޙަސަން(އަލްމުސްތަޟީއު ބިއަމްރިﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އައްޡާހިރު ބިއަމްރިﷲ ގެ ގޮތުގައެވެ. އުފަންވެ ވަޑައިގެންފައި ވަނީ ހިޖުރައިން 571ވަނަ އަހަރު އެވެ. މިއީ އައްބާސީ ދައުލަތުގެ 35ވަނަ ޚަލީފާ އެވެ. ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 622ވަނަ އަހަރު ބައްޕާފުޅު އައްނާޞިރު ލިދީނިﷲ އަވަހާރަވުމާއި ގުޅިގެންނެވެ. ވެރިކަމުގެ ދުވަސްވަރު ޓެކްސް ކުޑަކުރައްވައި، އޭގެ ކުރީ ޒަމާންތަކުގައި މީސްތަކުންގެ އަތުން ދައުލަތަށް މުދަލެއް ނުވަތަ ފައިސާއެއް ވެސް ...

ތަފްޞީލު...



އައްޝައިޚް އަލްއަލްބާނީ

albaaniޝައިޚް އަލްބާނީގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު ނާޞިރުއްދީން ބިން އަލްޙާއްޖު ނޫޙް އަލްއަލްބާނީ އެވެ. މަޝްހޫރު ނަންފުޅަކީ އަލްބާނީއެވެ. ޝައިޚް އަލްބާނީ އުފަންވެވަޑައިގަތީ ހިޖުރައިން 1333 ވަނަ އަހަރު (1914-މ)، އަލްބާނިޔާގެ (އަލްބޭނިއާ) އޭރުގެ ވެރިރަށް އަޝްގޫދްރާ އޭ ކިއުނު ރަށެއްގައެވެ. ޢާއިލާ އަކީ މާއްދީގޮތުން ފަޤީރު އެހެންނަމަވެސް ޢިލްމީގޮތުން މުއްސަނދި، ދީންވެރި ޢާއިލާއެކެވެ. ބައްޕާފުޅަކީ އެ ރަށުގެ މީހުން ދީނީ ކަންތައްތައް އޮޅުން ފިލުވުމަށް ދާ މަރްޖިޢްއެކެވެ.

ތަފްޞީލު...



ރަމަޟާން މަހުގައި ހިނގާފައިވާ މުހިންމު ބައެއް ކަންތައްތައް

ramadaan-haadhisaa-tha

-ހިޖުރައިގެ 13 އަހަރުކުރިން

ކީރިތި ރަސޫލާގެ މައްޗަށް ޤުރުއާން ބާވާލެއްވުން ފެށްޓުނީ ރޯދަމަހުގައެވެ. ޤުރުއާނެކޭ އެއްފަދައިން، ސަމާވީ ދީންތަކުގެ ފޮތްތައްވެސް ބާވާލައްވަން ފެށްޓިފައިވަނީ ރަމަޟާން މަހުގައެވެ. އެގޮތުން އިބްރާހީމްގެ ފާނަށް ބާއްވާލެއްވި ޞުޙުފު ނުވަތަ ފަތްފުށްތަކާއި، ތައުރާތާއި، އިންޖީލާއި، ޒަބޫރުވެސް ބާވާލެއްވުނީ މިމަހުގައެވެ.

- ހިޖުރައިގެ 3 އަހަރުކުރިން

ރަސޫލާގެ ބޮޑުބޭބޭފުޅު، އަބޫޠާލިބު އަވަހާރަވީ ރޯދަމަހުގައެވެ. އޭގެ ދުވަސްކޮޅެއްފަހުން، އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖާ ބިންތި ޚުވައިލިދް ހަމަމިމަހުގައި ދުނިޔެދޫކުރެއްވިއެވެ.

 

ތަފްޞީލު...



އިސްލާމީ ތާރީޚުގެ ތެރެއިން ފުރަތަމަ

hijree-furathamaއިސްލާމުންގެ ފުރަތަމަ ޚަލީފާ އަކީ އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހް އެވެ. އަބޫބަކުރުގެ ފާނުގެ ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން އަބީ ޤަޙާފާ އެވެ. އުފަންވެ ވަޑައިގެންނެވީ ހިޖުރައިގެ 54އަހަރު ކުރިންނެވެ. އަވަހާރަފުޅުވެ ވަޑައިގެންނެވީ ހިޖުރައިން 13ވަނަ އަހަރުގައެވެ. އަބޫބަކުރުގެފާނަކީ ސުވަރުގެ ވަދެވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު ރަސޫލާ ދެއްވާފައިވާ 10ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ތަފްޞީލު...



ކީރިތި ރަސޫލާގެ ހިޖުރައިގެ ކުރިން މަދީނާ

islam-kuiri-arab-1މަދީނާގައި ފުރަތަމަ ވަޒަންވެރިވީ ބަޔަކީ ޢަމާލިޤުންނެވެ. އެއީ ނޫޙުގެފާނުގެ ދަރި ސާމްގެ ދަރި އިރަމްގެ ދަރި ލާވަޒްގެ ދަރި ޢިމްލީޤްގެ ދަރިންނެވެ. އެމީހުން މޫސާގެފާނުގެ ޒަމާނުގައި ތިބީ ޝާމުކަރައިގައެވެ. އެއަށްފަހު އެޤަބީލާ ބައިބައިވެ ޢަމާލިޤުގެ ދަރިކޮޅު މަދީނާ އަށް އައިސް އެތާގައި ވަޒަންވެރިވީ އެވެ.

ޝާމްކަރައިގައި ތިބި ޔަހޫދީން ރޫމް ހަނގުރާމައިގެ ސަބަބުން ޝާމްކަރަ ދޫކޮށް މަދީނާ އަށް އައެވެ. އެގޮތުން ބަނީ ނަޟީރު އާއި ބަނީ ޤުރައިޡާ މަދީނާއަށް އައިސް މަދީނާގައި ވަޒަން ވެރިވިއެވެ. އެއަށްފަހު ޔަމަނުން އައުސް ވަންހައާއި ޚަޒުރަޖުވަންހައިގެ މީހުން މަދީނާ އަށް އައެވެ.

ތަފްޞީލު...



ޠާރިގު ބިން ޒިޔާދު

Gibraltarޠާރިޤު ބިން ޒިޔާދަކީ އިސްލާމީ ފުތޫހާތުގެ ތެރޭގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރައްވާފައިވާ ބޭކަލެކެވެ. އިސްލާމީ ދިދަ ޔޫރަޕުގައި އުފުލާލި ކުޅަދާނަބަޠަލެވެ. ސްޕޭން ފަތަޙަ ކުރެއްވި ލަޝްކަރުގެ އިސް ކޮމާންޑަރެވެ.

ޠާރިގު ބިން ޒިޔާދު އުފަންވީ މޮރޮކޯގެ ފަރުބަދަމަތީ ސަރަހައްދަކަށެވެ. ބަރުބަރީ ޤަބީލާތަކުގެ ތެރެއިން ޤަބީލާއަކަށް ނިސްބަތްވެ ވަޑައިގަތްނަވާ މިކުޅަދާނަ ހަނގުރާމަ ވެރިޔާ އުފަންވީ ހިޖުރައިން 50ވަނަ އަހަރުގެ ތެރޭގައެވެ.

ތަފްޞީލު...



ބުޚާރީ .. އަބަދަށް ދެމިހުންނާނެ ނަމެއް

bukhaareeޙަދީޘް ޢިލްމުގައި އެންމެ އަރާހުންނެވި ޢިލްމުވެރިއަކީ އަލްއިމާމް ބުޚާރީ ކަމީ، ދެބަސް ވެވޭނެ ކަމެއް ނޫނެވެ. ކީރިތި ޤުރުއާން ނަގާފައި ދެން އޮތް އެންމެ ޞައްޙަކަން ބޮޑު ފޮތަކީ ބުޚާރީ އެއްކޮށް ލިއުއްވާފައިވާ ''އަލްޖާމިޢު އައްޞަޙީޙް'' ކަން، މި އުއްމަތުގެ އެންމެންވެސް އެއްބަސްވެ އިޖްމާޢުވެއެވެ. އިސްލާމްދީނުގެ ދެވަނަ މަޞްދަރު ކަމުގައިވާ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް އެއްކޮށް ޖަމާ ކުރުމުގައި މުޅި އުމުރުގެ ދުވަސްތައް ހޭދަ ކޮށްލެއްވި، ބުޚާރާގެ މި ޢިލްމުވެރިޔާގެ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުވައިލެވޭތޯ މި މަޒްމޫނުގައި ބަލާލާނަމެވެ.

ތަފްޞީލު...



އިސްލާމްދީން އައުމުގެ ކުރިން ޢަރަބިންގެ ޙާލަތް

islam-kuiri-arab-3އެމީހުންގެ ތެރޭގައި މިހާރު މި އޮންނަހެން ދައުލަތެއް ނޯވެއެވެ. އޭގެ ސަބަބުން ޤާނޫނު ހެދުމާއި މީހުން ކުރާކަންތަކަށް އަދަބުދީ ހަދާނެ ވަކި ސަރުކާރެއް ނޯވެއެވެ. އަދި އަނިޔާ ލިބޭމީހުންގެ ޙައްޤުތައް ހޯދައިދީ އެމީހުންނަށް ބަދަލު ދީ ހަދާނެ ބާރެއްވެސް ނޯވެއެވެ. މިކަންތައްތައް އޮންނަނީ ހަމައެކަނި ޤަބީލާ ތަކުގެ އަތް މަތީގައެވެ. ބާރުގަދަ ޤަބީލާއަކަށް އަބަދުވެސް އޮންނަނީ މޮޅު ގޮތެވެ. ހަމަ އެގޮތަށް އެއްބަޔަކު އަނެއްބަޔަކާއި ބައިވެރިވެގެން ކަންތައްތައް އިސްލާޙުކޮށް އުޅުމުގެ އުސޫލެއް ވެސް ނޯވެއެވެ. ހަމަ އެކަނި އޮންނަނީ ލޭގެ ގުޅުމެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.