ބުރާސްފަތި20201119

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާން

ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާން

abbasi-dhaulai-1

* ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި ޚަލީފާކަން ކޮށްފައިވާ ބޭފުޅުން
* ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި ހިގާފައިވާ ބައެއް ހަގުރާމަތައް
* ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި އުފެދިފައިވާ މުސްތަގިއްލު ބައެއް ދައުލަތްތައް

ތަޢާރަފު

ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާން ވެފައިވަނީ އެދައުލަތުގެ ރަންޒަމާނަށެވެ. ޢައްބާސީ ދައުލަތުގެދުވަސްވަރު އުފެދުނު ބައެއް މުސްތަގިއްލު ދައުލަތްތަކުގެ ތެރޭގައި ސްޕޭން ނުވަތަ އަންދަލުސްގައި އުފެދުނު އުމަވީ ދައުލަތް، މަޣުރިބުގައި އުފެދުނު އިދްރީސީ ދައުލަތް، ޖަޒާއިރުގައި އުފެދު ރުސްތުމީ ދައުލަތް، އަދި ތޫނިސް ގައި އުފެދު އަޣާލިބީ ދައުލަތް ހިމެނެއެވެ. މިހުރިހާ ދައުލަތްތަކަކީ ވެސް އިސްލާމްދީނުގެ ހިޔާވަހިކަމުގެ ދަށުގައި އުފެދުނު ދައުލަތްތަކެވެ.

ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނަކީ ކުރިންވެސް ބުނިހެން އެދައުލަތުގެ ރަންޒަމާނެވެ. އެދުވަސްވަރު ހިގި ބައެއް ހާދިސާތަކުގެ ތެރޭގައި އަބޫ އިސްޙާގު އަލްމުޢުތަޞިމް އިސްވެ ހުންނަވައިގެން ހިގައިދިޔަ ''ޢަމޫރިޔާ ފަތަޙަކުރެއްވުން'' އަދި އަސަދު ބިން ފުރާތު އިސްވެ ހުންނަވައިގެން ހިންގެވި، ''ޞަޤްލިއްޔާ ފަތަޙަކުރެއްވުން'' ފަދަ ހާދިސާތައް ހިމެނެއެވެ. މީގެ އިތުރުން އަސްކަރީ ބައެއް ހަރަކާތްތަކުގައި ކުދިކުދި އަވަށްތަކާއި ރަށްތައް ފަތަހަކޮށްފައި ވެއެވެ. މިގޮތުން ހިންގުނު ހަރަކާތްތަކަށް ''އައްޞަވާއިފް ވައްޝަވާތީ'' ގެ ނަމުން ނަންދެވިފައި ވެއެވެ.

ބުނެވޭގޮތުގައި ފުރަތަމަ ޒަމާނުގެ ޚަލީފާއިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދުވަސްވަރަކީ ޚަލީފާ ހާރޫން ރަޝީދުގެ ދުވަސްވަރެވެ. އެދުވަސްވަރު ޢައްބާސީ ދައުލަތާއި އިދިކޮޅަށް ހިންގޭ ހަރަކާތްތަކަށް ނިމުން ގެންނެވި އެވެ. ހަގުރާމަ ގިނައިން ކުރެއްވި ބޭފުޅެއްކަމުގައި ހާރޫން ރަޝީދު ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ދައުލަތުގެ ސަރަހައްދު ކަނޑައަޅައި އެސަރަހައްދު ވަށައިގެން ބަލަހައްޓަމުން ގެންދިޔައެވެ. ސިފައިންނާއި ފުލުހުންގެ ދައުރު ވަރުގަދަ ކުރައްވައި އަދުލު އިންސާފުގެ ދާއިރާއަށް ކުރިއެރުންތައް ހޯއްދަވައި ދެއްވިއެވެ. މުއާސަލާތީ ނިޒާމް ރަގަޅު ކުރައްވައި ފުރަތަމަ ފަހަރަށް މިނިސްޓްރީ ތަކުގެ ނިޒާމް ދައުލަތުގައި އުފެއްދެވިއެވެ.

ޢައްބާސީ ޙަޟާރަތުގެ ފުރަތަމަ ޒަމާންގެ ނިޝާންތަކުން ފެންނަން ހުރި ތަންތަނުގެ ތެރޭގައި އިރާގުގެ ވެރިރަށް ބަޣުދާދުގައި ހިޖުރައިން 146ވަނަ އަހަރު ޚަލީފާ އަބޫ ޖަޢުފަރުލް މަންޞޫރު ބިނާކުރެއްވި '' އުޚައިޟަރު ގަނޑުވަރު''، އިރާގު ގެ ސާމަރާ ގައި ހުރި ''މުޢުތަޞިމް ގަނޑުވަރު''، އަދި ބައް މިސްކިތްތައް ފަދަ ތަންތައް ހިމެނެއެވެ. ސާމަރާގައި ހުންނަ ''ޖާމިޢުލް މަސްޖިދު''އޭ ކިޔޭ މިސްކިތުގެ އޮޅިފައިވާ ފަންޏެއްގެ ސިފަޔަށް ހެދިފައިވާ މުންނާރަކީ ވެސް އައްބާސީންގެ ދުވަސްވަރުގައި ހެދިފައިވާ ތަނެކެވެ.

ބަރާބަރު ގަރުނެއް ހޭދަކުރި ޢައްބާސީންގެ ފުރަތަމަ ޒަމާންގައި ވެރިކަން ތަފާތު 9 ޚަލީފާއަކު ކޮށްފައި ވެއެވެ.

ވެރިކަންކުރެއްވި މުއްދަތު ޚަލީފާގެ ނަން #
ހިޖުރައިން 132ން 136އަށް އަބުލް ޢައްބާސް އައްސައްފާހް 1
ހިޖުރައިން 136ން 158އަށް އަބޫ ޖަޢުފަރު އަލްމަންޞޫރު 2
ހިޖުރައިން 158ން 169އަށް އަބޫ ޢަބުދުﷲ އަލްމަހްދީ 3
ހިޖުރައިން 169ން 170އަށް އަބޫ މުޙައްމަދު މޫސާ އަލްހާދީ 4
ހިޖުރައިން 170ން 193އަށް ހާރޫން އައްރަޝީދު 5
ހިޖުރައިން 193ން 198އަށް އަބޫ މޫސާ މުޙައްމަދު އަލްއަމީން 6
ހިޖުރައިން 198ން 218އަށް އަބޫ ޖަޢުފަރު ޢަބުދުﷲ އަލްމައުމޫން 7
ހިޖުރައިން 218ން 227އަށް އަބޫ އިސްޙާގު އަލްމުޢުތަޞިމް 8
ހިޖުރައިން 227ން 232އަށް އަބޫ ޖަޢުފަރު ހާރޫން އަލްވާޘިގް 9

* ގުޅުންހުރި ލިޔުންތައް:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.