ބުދަ20180912

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާން

ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާން

abbasi-dhaulai-3

* ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނުގައި ޚަލީފާކަން ކޮށްފައިވާ ބޭފުޅުން
* ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނުގައި ހިގާފައިވާ ބައެއް ހަގުރާމަތައް
* ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނުގައި އުފެދިފައިވާ މުސްތަގިއްލު ބައެއް ދައުލަތްތައް

ތަޢާރަފު

ޢައްބާސީ ދައުލަތުގެ 3ވަނަ ޒަމާންކަމުގައި ބެލެވެނީ ހިޖުރައިން 590ން 656ގެ ނިޔަލަށެވެ. އެދުވަސްވަރު ދައުލަތުގެ ވެރިކަން އޮތީ ބަޣުދާދު އާއި ވަށައިގެންވާ ހިސާބުތަކުގައެވެ. އެހެން ބޮޑެތި ރަށްތަކުގައި ވެރިކަން ހިގަމުން އައީ ވަކި ފަރުދީ ނުވަތަ މިނިވަން ދައުލަތްތަކުންނެވެ. ދައުލަތުގެ ވެރިކަން ހިންގި ހިސާބުތައް ދައުލަތުގެ ބާރުގެ ދަށުން ނެއްޓި ގެއްލިގެން ދިޔައެވެ. ހުރިހާ ދިމާލަކުން އިސްލާމީ އުއްމަތަށް ހަމަލާތައް އަންނަށް ފެށި އެވެ. އިރުމަތިން ތަތާރުން ހަމަލާތައް ކުރިއަށް ގެންދިޔައިރު ހުޅަގުން ޞަލީބީން ވެސް ދިޔައީ އެބީދައިން އަމަލުކުރަމުންނެވެ. އެއީ މުސްލިމުންގެ ބާރު ދުއްވާލައި އައްބާސީ ޚިލާފަތު ނެތިކޮށްލުމަށްޓަކައެވެ.

ޢައްބާސީ ދައުލަތުގެ 3ވަނަ ޒަމާނުގައި ޚަލީފާކަން 4 ބޭފުޅަކު ކޮށްފައި ވެއެވެ. އެއީ 2ވަނަ ޒަމާނުގެ އެންމެ ފަހު ޚަލީފާ އައްނާޞިރު، އަދި 3ވަނަ ޒަމާނުގައި އަލަށް ޚަލީފާކަން ކުރެއްވި 3ބޭފުޅުން ކަމުގައިވާ އައްޡާހިރު، އަލްމުސްތަންޞިރު، އަދި އަލްމުޢުތަޞިމް އެވެ. ޚަލީފާ އައްނާޞިރު އަކީ 2ވަނަ ޒަމާނާއި، އަދި 3ވަނަ ޒަމާން ޝާމިލްވާގޮތަށް ޚަލީފާކަން ކުރެއްވި ހަމައެކަނި ޚަލީފާއެވެ. އެއީ އައްނާޞިރު ވެރިކަމަށް ހިޖުރައިން 575ން 622ގެ ނިޔަލަށް ހުރި އިރު 3ވަނަ ޒަމާން ހިޖުރައިން 590ވަނަ އަހަރު ފެށިފައިވާތީ އެވެ.

ކުރިން ވެސް ބަޔާންކުރެވުނު ހެން މިދުވަސްވަރު ޚަލީފާ ކަންކުރެއްވި ބޭފުޅުންނަކީ ނަމެއްގައި ޚަލީފާކަން ކުރައްވާފައި ބޭފުޅުންނެވެ. އެއީ އެމީހުންގެ ބާރު އޮތީ ހަމައެކަނި ބަޣްދާދުއާއި، އެރަށުގެ ވަށައިގެންވާ ހިސާބުތަކުގައި ކަމަށްވާތީ އެވެ. ބަޣްދާދުން ބޭރު އެކިހިސާބުތަކުގައި އެދުވަސްވަރު ވެސް ބާރުގަދަ ވަކިވަކި އިސްލާމީ ދައުލަތްތައް އުފެދިފައިވެއެވެ. މިގޮތުން އުފެދިފައި އޮތް ދައުލަތްތަކުގެ ތެރޭގައި މިޞްރާއި ޝާމްކަރައިގައި ވެރިކަން ކުރި އައްޔޫބީ ދައުލަތް، އަދި އޭގެ ފަހުން އެހިސާބުތަކުގައި ވެރިކަންކުރި މަމާލިކުންގެ ދައުލަތް، އިރުމަތީ ބިތުގެ ހިސާބުތަކުގައި ވެރިކަން ކުރި ޚުވާރިޒަމީ ދައުލަތް، އިންޑިޔާގެ ދިއްލީގައި ވެރިކަންކުރި ޣޫރީ ދައުލަތް، އަދި މަޣްރިބު އާއި ސްޕޭންގައި ވެރިކަން ކުރި މުވައްޙިދީންގެ ދައުލަތް ހިމެނެއެވެ.

އައްބާސީ ދައުލަތުގެ 3ވަނަ ޒަމާނުގައި އުފެދުނު އެކިދައުލަތްތަކުން ތަފާތު ކުރިއެރުންތައް ހޯދާފައިވެއެވެ. އިމާރާތްކުރުމާއި ފަންނުތަކުގައި ކުރިއަރައި ގޮސްފައި ވެއެވެ. މިގޮތުން ބިނާކުރެވުނު ތަންތަނުގެ ތެރޭގައި އައްޔޫބީން ގުދުސްގައި ބިނާކުރި ޞަލާހިއްޔާ މަދަރުސާ އަދި ގާހިރާގައި ބިނާކުރި ނަޖުމުއްދީން އައްޔޫބު މަދަރްސާ، ޞަލާހުއްދީން ކިއްލާ، އަދި ޙަލަބުގައި ބިނާކުރި ޙަލަބު ކިއްލާ ފިރުދައުސިއްޔާ މަދަރުސާ އަދި މިޞްރުގައި ބިނާކުރެވުނު އިމާމް ޝާފިޢީ ގެ މިސްކިތް ފަދަ ތަންތަން ފާހަގަކޮށް ލެވެއެވެ.

އެދުވަސްވަރު އުފެދުނު މުސްތަގިއްލު ވަކިދައުލަތްތަކުން ޞަލީބީ ހަގުރާމައާއި، ތަތާރުންނާއި ދެކޮޅަށް ހަމަލާ ދެއްވުމުގައި ބޮޑު ރޯލެއް އަދާކޮށް އަސްކަރީ ކާމިޔާބުތައް ހޯދާފައި ވެއެވެ. މިގޮތުން 2ވަނަ ޙިއްޠީން ހަގުރާމަ، މަންޞޫރާ ހަގުރާމަ، އަދި ޢިގާބު ހަގުރާމަ ފާހަގަކޮށްލެވެއެވެ. ތަފާތު އިލްމުތަކުގެ އިލްމުވެރިން އެދުވަސްވަރު އުފެދިފައިވެއެވެ. އަދި އެތައް އިލްމުތަކެއްގައި ކުރިއަރައި ގޮސްފައިވެއެވެ.

އައްބާސީ ދައުލަތް އެއްކޮށް ވެއްޓިގެން ދިޔައީ ހިޖުރައިން 656ވަނަ އަހަރުގެ މުޙައްރަމް މަހުގެ ތެރޭގައި ތަތާރުން ބަޣްދާދަށް އަރައި، ވެރިއަކަށް ހުންނެވި ޚަލީފާ އަލްމުސްތަޢުޞިމް ހައްޔަރުކޮށް ، އާއިލާގެ ހުރިހާ އެންމެން ގަތުލުކުރުމުންނެވެ. ބަޣުދާދަށް އަރައި ބަޣްދާދު ލޫޓުވައި މީސްތަކުންގެ މުދާތައް ފޭރި މިލިއަނަކަށްވުރެ ގިނަމީހުން މަރާފައި ވެއެވެ. ''ދާރު އަލްޙިކްމާ'' ގައި ހުރި ފޮތްތައް ނެރެ ދިޖްލާ ކޯރުގެ ތެރެއަށް އަޅާލިއެވެ. އެއީ އޭގެ މަތިން ތަތާރުންގެ ލަޝްކަރު ހުރަސް ކުރުމަށްޓަކައެވެ. މިޢަމަލުތައް ހިންގާފައިވަނީ އޭރު ތަތާރުންގެ ޒަޢީމަކަށް ހުންނެވި ''ހޫލާކޯ'' އޭ ކިޔުނު ބޭކަލެކެވެ.

* ގުޅުންހުރި ލިޔުންތައް:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.