ހޮނިހިރު20180915

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޙަނަފީ މަޒުހަބު: އެކަލޭގެފާނުގެ ޝައިޚުން އަދި އުނގަންނަވައިދެއްވުމުގެ މަންހަޖު

ޙަނަފީ މަޒުހަބު: އެކަލޭގެފާނުގެ ޝައިޚުން އަދި އުނގަންނަވައިދެއްވުމުގެ މަންހަޖު

hanafy-2އިމާމް އަބޫ ޙަނީފާ އެންމެ ފުރަތަމަ ޝަރީޢަތުގެ ޢިލްމީ މައިދާނުގައި ފެއްޓެވި މަސައްކަތަކީ ޢަޤީދާގެ ޢިލްމެއްކަމުގައިވާ ޢިލްމުލްކަލާމުގެ މަސައްކަތެވެ. އެ ޢިލްމުގެ އެންމެ ފުންނާބު އުސް  ޢިލްމުވެރިންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގަތެވެ. މި ޢިލްމުގައި އެކަލޭގެފާނު ކުރެއްވެވި މަސައްކަތްތަކާއި އެކަލޭގެފާނުގެ ރައުޔުތައް ލިޔެވިފައިވާ ފޮތްތައް ވެސް އެބަ ހުއްޓެވެ. ނަމަވެސް ފަހުން މި ދާއިރާ ދޫކުރެއްވުމަށްފަހު ފިޤުހު ދިރާސާކުރައްވަން ފެއްޓެވިއެވެ. އެކަމުގައި ޞަޙާބީންގެ މަގުން ހިންގެވިއެވެ.

hanafy-2އެހެނިހެން ޢިލްމުވެރިންނާއި އިމާމް އަބޫ ޙަނީފާއާއި ހުރި ތަފާތު

ކަންކަން އަވަހަށް ދެނެގަތުމުގެ ބާރު ލިބިވަޑައިގެން ހުންނެވި، މީހުންގެ ވިސްނުމަށް ގަބޫލުކުރެވޭ ގޮތަށް ވާހަކަ ދައްކަވާ، ޙުއްޖަތް ވަރުގަދަ، ވިސްނުން ތޫނު ބޭފުޅަކު ކަމުގައި އަބޫ ޙަނީފާ ވެވަޑައިގެންނެވިއެވެ. މިއީ ޢިލްމުވެރިން އެކަލޭގެފާނަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދެއްވާ މައިގަނޑު އެއް ސަބަބު ކަމުގައި ވިއެވެ.

އަދި ހަމައެފަދައިން މިކަން ވެފައިވަނީ އެކަލޭގެފާނުގެ ޢިލްމާއި އެކަލޭގެފާނުގެ ރައުޔަށް މީސްތަކުން ލެނބުމަށް ވަރަށް ބޮޑު ބާރެއް ލިބުނު ކަމެއް ކަމަށެވެ. އިމާމް އަބޫޙަނީފާގެ  އަރިހުން ރިވާވެގެންވެއެވެ.  އެއްދުވަހަކު، އައްޝަޢްބީގެ އަރިހުން ހިނގާފައި ތިމަންކަލޭގެފާނު ދިޔައިމެވެ. އެކަލޭގެފާނު އިށީނދެގެން އިންނަވާފައި ތިމަންކަލޭގެފާނަށް ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ތިބާ ދަނީ ކޮން ބައެއް ކައިރިއަށް ހެއްޔެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. ވިޔާފާރިވެރިންގެ ބާޒާރަށެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ސުވާލުގެ ޤަޞްދަކީ ބާޒާރެއް ނޫނެވެ. ޢިލްމުވެރިންނެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންކަލޭގެފާނަކީ އެބައިމީހުންގެ އަރިހަށް ދިޔުން މަދު މީހަކީމެވެ. ދެން އައްޝަޢްބީ ވިދާޅުވިއެވެ. ހަދާން ނައްތާނުލާށެވެ. ޢިލްމަށް ފަރުވާތެރިކަން ބަހައްޓައި، ޢިލްމުވެރިންގެ މަޖްލިސްމަޖްލީހުގައި ގިނަގިނައިން ބައިވެރިވާށެވެ. ތިބާގެ ކިބައިން ވިސްނުންތެރިކަމާއި ފަހުމްވުމުގެ އަވަސް ހަރަކާތްތެރި ކަމެއް އެބަ ފެނެއެވެ." އަދި ވިދާޅުވިއެވެ."ޝަޢްބީގެއެބަސްފުޅު ތިމަންކަލޭގެފާނުގެ ހިތުގައިހަރުލިއެވެ. ދެން ފަހުން ވިޔަފާރިކުރުން ދޫކޮށްލުމަށްފަހު، ތިމަންކަލޭގެފާނު ޢިލްމުގައި ހިފީމެވެ. އެކަލޭގެފާނުގެ ބަސްފުޅުގައި ހިފެހެއްޓުންއެއީ ތިމަންކަލޭގެފާނަށް ފައިދާކުރަނިވި ކަމެއް ކަމުގައި ﷲ ތަޢާލާ ލެއްވިއެވެ."

އިމާމް އަބޫ ޙަނީފާ އެންމެ ފުރަތަމަ ޝަރީޢަތުގެ ޢިލްމީ މައިދާނުގައި ފެއްޓެވި މަސައްކަތަކީ ޢަޤީދާގެ ޢިލްމެއްކަމުގައިވާ ޢިލްމުލްކަލާމުގެ މަސައްކަތެވެ. އެ ޢިލްމުގެ އެންމެ ފުންނާބު އުސް  ޢިލްމުވެރިންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގަތެވެ. މި ޢިލްމުގައި އެކަލޭގެފާނު ކުރެއްވެވި މަސައްކަތްތަކާއި އެކަލޭގެފާނުގެ ރައުޔުތައް ލިޔެވިފައިވާ ފޮތްތައް ވެސް އެބަ ހުއްޓެވެ. ނަމަވެސް ފަހުން މި ދާއިރާ ދޫކުރެއްވުމަށްފަހު ފިޤުހު ދިރާސާކުރައްވަން ފެއްޓެވިއެވެ. އެކަމުގައި ޞަޙާބީންގެ މަގުން ހިންގެވިއެވެ. އެހެނީ ޞަޙާބީ ބޭކަލުން ވެސް އެބޭކަލުންގެ ވިސްނުންތެރިކަމާއި ކަންކަން ފަހުމްވުމުގެ ކުޅަދާނަކަން އެހާމެ ބޮޑަށް ލިބިފައި ވީ ނަމަވެސް ޢިލްމުލްކަލާމް ގައި އެހާ ބޮޑަށް ފީނުއްވާފައި ނުވުމެވެ. އެ ސަބަބަށްޓަކައި އިމާމް އަބޫ ޙަނީފާ ވެސް އެމަގު އިހުތިޔާރު ކުރެއްވިއެވެ. އެހެނީ ފިޤުހަކީ އެއިން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ އެއްޗެކެވެ.

ޢިލްމު އުނގެނިވަޑައިގަތުމުގައި، ޚާއްޞަކޮށް ފިޤުހު ދިރާސާ ކުރެއްވުމުގައި އުޅުއްވި އިރު، ހަތަރު ބާވަތެއްގެ ފިޤުހަށް އެކަލޭގެފާނު ގަދައަޅައި މަސައްކަތްކުރެއްވިއެވެ. އެއީ މަޞްލަޙަތުގެ މައްޗަށް ނެގެހެއްޓިފައިވާ، ޢުމަރުގެފާނުގެ ފިޤުހާއި، ޝަރުޢީ ދަލީލުތަކުން ޙުކުމް ނެރުއްވުމުގައި، ޝަރުޢީ ޙަޤީޤަތް އެނގިގަތުމުގެ މައްޗަށް ބިނާވެފައިވާ، ޢަލީގެފާނުގެ ފިޤުހާއި، ތަޚްރީޖުކުރުމުގެ މައްޗަށް ބިނާވެފައިވާ ޢަބްދުﷲ ބުނު މަސްޢޫދުގެ ޢިލްމާއި، ޢަބްދުﷲ ބުނު ޢައްބާސްގެ ޚާއްޞަ ޢިލްމީ ދާއިރާ ކަމުގައިވާ ޤުރުއާނުގެ ޢިލްމާއި އެކަލޭގެފާނުގެ ފިޤުހުގެ މައްޗަށެވެ.  އަބޫ ޖަޢްފަރުލް މަންޞޫރު އަބޫ ޙަނީފާއާއި ސުވާލުކުރެއްވިއެވެ. : އޭ ނުޢްމާނެވެ. ކަލޭގެފާނު ޢިލްމު ހޯއްދެވީ ކޮން ބޭކަލުންތަކެއްގެ އަރިހުންތޯއެވެ."  އަބޫ ޙަނީފާ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އުގެނުނީ ޢުމަރުގެފާނުގެ އަރިހުން އެކަލޭގެފާނުގެ ދަރިވަރުން ހޯއްދެވި ޢިލްމާއި، ޢަލީގެފާނުގެ އަރިހުން އެކަލޭގެފާނުގެ ދަރިވަރުން ހޯއްދެވި ޢިލްމާއި، ޢަބްދުﷲ ބިން މަސްޢޫދުގެ އަރިހުން އެކަލޭގެފާނުގެ ދަރިވަރުން ހޯއްދެވި ޢިލްމާއި، ޢަބްދުﷲ ބިން ޢައްބާސްގެ ދަރިވަރުންއެކަލޭގެފާނުގެ އަރިހުން ހޯއްދެވި ޢިލްމުންނެވެ."

އެކަލޭގެފާނުގެ ޝައިޚުން

އެ ދުވަސްވަރު، ކޫފާއަކީ  ޢިރާޤުގައި، ޢިލްމުވެރިން އެންމެ ގިނައިން އުޅުއްވި ތަނެވެ. އޭރު އެތާނގައި ޙައްމާދު ބިން އަބީ ސުލައިމާން އުޅުއްވިއެވެ. ފިޤުހުގައި އަބޫޙަނީފާގެ ފުރަތަމަ ޝައިޚަކީ އެކަލޭގެފާނެވެ. ޙައްމާދު ބުނު އަބީ ސުލައިމާން ޢިލްމު ހޯއްދެވީ ޢަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ޢިލްމު ހޯއްދެވި އިބްރާހީމް އައްނަޚްޢީގެ އަރިހުންނެވެ. ޢަބްދުﷲ ބިން މަސްޢޫދަކީ އަހްލުއްރައުޔުގެ ފިޤުހީމަދަރުސާގެ މައިތަނބު އަދި ފިޤުހު ޢިލްމަށް އަރައި ހުންނެވުމުގައި މަޝްހޫރު ޞަޙާބީ ބޭކަލެކެވެ. އަދި ހަމައެފައިން  އިމާމް އަބޫޙަނީފާ ވަނީ ވަރަށް ގިނަ ތާބިޢީންގެ ފަރާތްޕުޅުން ވެސް ޢިލްމު ޙާޞިލުކުރައްވާފައެވެ. އޭގެ ތެރޭގައި ޢަޠާއު ބުނު އަބީ ރަބާޙު، އަދި ޢަބްދުﷲ ބިން ޢުމަރުގެ އަޅެއްގެ ގޮތުގައި އުޅުއްވި ނާފިޢު ހިމެނެއެވެ.

އުނގަންނަވައިދެއްވުމާއި އެކަމުގައި ބޭނުންކުރެއްވި މަންހަޖު

ހިޖުރައިން 120 ވަނަ އަހަރު ޙައްމާދު ބިން އަބީ ސުލައިމާން އަވަހާރަ ވުމަށްފަހު އެކަލޭގެފާނުގެ އެންމެ  މޮޅެތި އަދި އެންމެ ގާތް ދަރިވަރުންނަށް މީސްތަކުން ނަޒަރު އަމާޒުވެގެން ދިޔައެވެ. އެހެންކަމުން އިމާމް އަބޫޙަނީފާ، ޙައްމާދުގެ މަޤާމްގައި އިށީނދެވަޑައިގެން އުނގަންނައިދެއްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ ފިލާވަޅުތަކުގެ ގޮތް ބޮޑަށް ވައްތަރީ މުޙާޟާރާ ތަކާއި އެވެ. ފިލާވަޅު ކިޔާދެއްވުމަށްވުމުގެ ބަދަލުގައި، އެކަލޭގެފާނު، ދަރިވަރުންނަށް ހުށަހަޅުއްވަނީ މައްސަލަތަކެކެވެ. ދެން އެއަށްފަހު އެ ޙުކުމްތައް އޭގެ މައްޗަށް ބިނާވި އަސާސްތައް ވިދާޅުވެދެއްވައެވެ. ދެން އެޔަށްފަހު އެ މައްސަލައާއި މެދު އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިވަރުން ވާހަކަތައް ބަދަލުކުރެވެއެވެ. ކޮންމެ ބޭކަލަކު ވެސް އެބޭކަލެއްގެ ރައުޔަށް ބާރުދޭ ދަލީލު ދައްކަވާނެއެވެ. ބައެއްފަހަރު އެބޭކަލުން އެކަލޭގެފާނާއި ތަބާވެ ވަޑައިގަންނައެވެ. އަނެއްބައިފަހަރު އެކަލޭގެފާނުގެ އިޖުތިހާދާއި ދެބަސްވެލައްވައެވެ. ދެބައިމީހުންނަށް އެއް ރައުޔަކަށް ވާސިލުވެވިއްޖެ ނަމަ އެ ރައުޔެއް ވިދާޅުވެދެއްވުމުން އޭގެތެރެއިން ކޮންމެވެސް އެއް ދަރިވަރަކު އެ ރައުޔެއް ލިޔުއްވައެވެ. އަދި އެ ޚިލާފެއްގެ ބާވަތާއި އެ ޚިލާފެއް އެ ދަރިވަރުންނާއި މުދައްރިސާއި ދެމެދުގައި އޮވެއްޖެ ނަމަ އެފަދައިން ވެސް ލިޔުއްވައެވެ. އަބޫ ޙަނީފާގެ މަޒުހަބު ޤާއިމްވެގެން ދިޔައީ މިގޮތުގެ މަތިންނެވެ. ޝޫރާގެ މަތިވެރި އުޞޫލުގެމަތިން ރައުޔުތައް ބަދަލުކުރެވިގެން، ޢިލްމީ ވެއްޓެއްގައި ޢިލްމުގެ އަހުލުވެރިންނަށް އެއްބަޔަކު އަނެއްބަޔަކާ ޚިޔާލުތަފާތުވެވޭ ވެއްޓެއްގައި،  ޢިލްމީ ވާހަކަތަކެއް ދެކެވިގެންނެވެ. ނަތީޖާއެއްގެ ގޮތުން، އިމާމްގެ ދަރިވަރުންވެސް އުފެދިގެން ދިޔައީ މިނިވަން ޚިޔާލުހުރި އިޖުތިހާދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ދަރިވަރުންތަކެއްގެ ގޮތުގައެވެ.

އުނގަންނައިދެއްވުމުގައި އަބޫޙަނީފާ ގެންގުޅުއްވި ގޮތް މި ޒަމާނުގެ ޔުނިވަރސިޓީ ތަކުގައި ބޭނުންކުރެވެއެވެ. ފިޤުހީ ތަޙްލީލުތައް ހެދުމާއި، ޙުކުމްތަކުގެ ސަބަބުތައް ދެނެގަތުމާއި، ޙުކުމް ނެރުމުގެ އުސޫލުތައް އެކަށައެޅުމުގައި ވެސް އެކަލޭގެފާނުގެ މަގު ދަނީ ބޭނުންކުރެވެމުންނެވެ. މި އުސޫލުން ކިޔަވައިދިނުމަކީ އުގެނޭ މީހާއަށް ނުހަނު ފައިދާކުރާނެ ކަމެކެވެ. މީހާގެ ވިސްނުން ކުރިއަރުވައިދީ، މުދައްރިސާއި އެއްވަރަށް ދަރިވަރަށް ވެސް ފައިދާކުރަނިވި ކަމެކެވެ. މި އުސޫލުން އެކަލޭގެފާނުގެ ކިޔަވައިދެއްވުމުގެ ގޮތް ބައްޓަންވެގެން ދިޔުމުގެ ސަބަބުން ޚުދު އެކަލޭގެފާނު ވެސް ދަރިވަރަކަށް ވެގެން ދިޔައެވެ. އެހެންކަމުން އަވަހާރަވެއްޖައުމަށް ދާންދެން މިގޮތުގައި އެކަލޭގެފާނުގެ ޢިލްމު މެދުކެނޑުމެއްނެތި ކުރިޔަށް ދިޔައެވެ. އެކަލޭގެފާނުގެ ފިކުރު ތަރައްޤީވަމުން ދާއިމީގޮތެއްގައި ހެދިބޮޑުވަމުން ދިޔައެވެ.

(ނުނިމޭ)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.