ހުކުރު20180907

އާކުރެވުނީ: 08:43:52

ސުންނަތުގެ ނަޞްރުވެރިޔާ 2

sunnathuge-nasruveriyaa-2ދެންވެރިކަމަށް ވަޑައިގަތީ މުޢުތަޞިމެވެ. އޭނާއަކީ ހަށިގަނޑުން ވަރުގަދަ މީހެކެވެ. ސިންގާއަކާ ބަނޑުމުސާރައަށް ހިއްޕަވައިން ކުރިހޯއްދެވުމީ އުދަގޫކަމެއް ނޫނެވެ. އެކަމަކު ޢިލްމުގައި ބަލިކަށި މީހެކެވެ. އެއްވެސް މީހަކާ ޖަދަލުކޮށް ކުރި ހޯދުމީއޭނާއަށް ކުރެއްވޭނެކަމެއް ނޫނެވެ. އެކަމަކު އޭނާގެ އަޚު މައުމޫނަށް ނުލާހިކު ލޯބިކުރެއްވިއެވެ. އަދި މައުމޫނަކީ އެންމެ މަތީ މިސާލުކަމުގައި ދެކުނެވެ. މައުމޫނު ހިންގެވި މަގުގައި ހިންގަވަން ފެއްޓެވިއެވެ. އެހެނަސް އެކަމުގައި ހަރުކަށިވިއެވެ. އަދި އިންތައް ފަހަނައަޅައި ހިނގައްޖެއެވެ.

ޖަލުގައި އިމާމް އަޙުމަދު އެތައްދުވަސްތަކެއް ހޭދަކުރެއްވިއެވެ. ނިކަމެތިކަމުގެ ހުރިހާ ކަމެއް އައިސް ކުރިމަތިވެއްޖެއެވެ. އެއާއެކު އެކަލޭގެފާނު ވެވަޑައިގަތީ އަޅުކަމުގައި ދެމިހުންނަވާ، މާތްﷲގެ ޒިކުރު ހިތްމަތްޗަށް ޙާޟިރުކުރައްވާ ބޭކަލެއްކަމުގައެވެ. ޖަލުގެ އަހުލުވެރިންނާއިގެން އިމާމްވެ ނަމާދުކުރައްވައެވެ. ދަގަނޑުގެ ކަސްތޮޅުތަކަކުން ބަންދުވެވަޑައިގެންހުންނަވާ ޙާލުކޮޅުގައެވެ. މުޢުތަޞިމު އޭނާގެ އަޢުވާނުންގެ ތެރެއިން ޤާއިދުންނާއި ޢިލްމުވެރިން އެކަލޭގެފާނާ ޖަދަލުކުރުމަށް ފޮނުވައެވެ. ﷲގެފޮތުން ނުވަތަ އެކަލާނގެ ރަސޫލާގެ ސުންނަތުން ދަލީލެއް ލިބިވަޑައިނުގަންނަވާ ހިނދަކު ބަޙުސްކުރައްވުމަށް ނުވަތަ އެއްބަސްވެވަޑައިގަތުމާ ދެކޮޅު ހައްދަވައެވެ.

އެއަށްފަހު އެކަލޭގެފާނު މުޢުތަޞިމްގެ ދަރުބާރަށް ގެންދެވުނެވެ. އޭނާގެ ކުރިމަތީގައި ބަޙުސްކުރިއަށް ގެންދެވުނެވެ. އެކަލޭގެފާނު ދެމިހުންނެވީ އިސްވެދެންނެވުނު ޖަވާބު ދެއްވުންމަތީގައެވެ. (ޤުރުއާނާއި ސުންނަތުން ދަލީލެއްނެތްހައި ހިނދަކު ބަޙުސެއްވެސް ނުކުރައްވާނެކަމަށާއި، އަދިއެއްބަސްވެވަޑައި ނުގަންނަވާނެކަމަށް ވިދާޅުވުންމަތީގައެވެ.) މަޤާމްތަކާއި ހަދިޔާ ދިނުމުގެ ވާހަކަތައް ދައްކައިގެން ދަހިކުރަން ނުވަތަ ޒާތްޒާތުގެ އަދަބުތަކާއި ވޭނީ ޢަޒާބުގެ ވާހަކަތަކުން ބިރުދައްކަން އެބައިމީހުން މަސައްކަތްކުރެއެވެ. އެއިން އެއްކަމަކުންވެސް އެކަލޭގެފާނަށް އަސަރެއްނުކުރެއެވެ.

ނުބައިކަމުގެ ދަންނަބޭކަލުން އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖައޫއެވެ. އެބައިމީހުން އައީ ތުޤުޔާގެ ބާބުގެ ތެރެއިންނެވެ. (ތުޤުޔާއަކީ ޤަބޫލުކުރާ ގޮތާ ޚިލާފުގޮތް ފައުޅުކުރުމެވެ.) އެބައިމީހުން ބުނެއެވެ. އަހަރުމެންގެ ކުރިންއައި މީހުންވެސް ކީހުން ކީހައިލެވިއްޖެއެވެ. ބައެއްފަހަރު އެކަލޭގެފާނު ހުރަގެއަށް ބިރުވެތިވަޑައިނުގަންނަވާކަން ފައުޅުކުރައްވައެވެ. އެކަލޭގެފާނުގެ ގޭގެ ޙާލު ހުރަގޭގެ ޙާލަށްވުރެ ވަކި ރަނގަޅެއްނޫނެވެ. މަރަށްވެސް ބިރުވެތިވެވަޑައެއް ނުގަންނަވައެވެ. ޝަހީދުވުމަކީ އެކަލޭގެފާނުގެ އެދުންފުޅެވެ. އުންމީދެވެ. އެހެންނަމަވެސް ތަޅާފާނެތީ އެކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވައެވެ. އެއީ ތެޅުމުގެ ސަބަބުންހިތްވަރުފުޅުއެލި، ލިބިވަޑައިގަންނަވާ ވޭނެއްގެ ސަބަބުން އެބައިމީހުންގެ(މުޢުތަޒިލާއިންގެ) ރައުޔައާ އެއްބަސްވެވަޑައިގެންނެވިދާނެތީއެވެ.

ބިރުވެތިވެވަޑައިގަތީ އެކަލޭގެފާނުގެ ނަފްސުފުޅުގެ މައްޗަކަށް ނޫނެވެ. އެހެންނަމަވެސް ޤަބޫލުކުރައްވާ ފިކުރާގެ މައްޗަށެވެ. ހިފަހައްޓަވާ ހަމައިގެ މައްޗަށެވެ. ޖަލުގައި އެކަލޭގެފާނާ އެކުގައި ހުރި ވަގަކު އެކަލޭގެފާނުގެ ގާތުގައި ބުންޏެވެ. ތިމަންގައިގައި ވިހި ފަހަރެއްގެ މަތިންތަޅައިފިއެވެ. ހުރިހާ ފަހަރެއްގައި ޖެހި އެތިފަހަރުތަކުގެ ޢަދަދު ހާހަކަށްއަރާނެއެވެ. ދުނިޔެއަށްޓަކައި އަހުރެން އެތަޙައްމަލުކުރީމެވެ. ﷲގެމަގުގައި އެތިފަހަރުތަކެއް ތަޙައްމަލުކުރުމަށް ތިބާ ޖެހިލުންވަނީތޯއެވެ؟ އެއީ ދެތިން އެތިފަހަރެކެވެ. ފަހަކުން އިޙުސާސެއް ނުކުރެއްވޭނެއެވެ. މިބަސްތަކުގެ ސަބަބުން އެކަލޭގެފާނަށް ތެޅުމުގެ ކަންތައް ލުއި،ފަސޭހަކަމެއްކަމުގައި ވެގެން ހިގައްޖެއެވެ.

އެކަލޭގެފާނު އެއްބަސްކުރުމުގައި މުޢުތަޞިމް ނުކުޅެދުންތެރިވެ، ނާކިޔާބުވީ ހިނދު،ޢަޒާބު ދިނުމުގެ އާލަތް އުފުލައިފިއެވެ. އެކަލޭގެފާނުގެ ހަށިކޮޅާ ދިމާލަށްއެއްލައި، އެއިން އެކަލޭގެފާނުގެ ގައިގައި ތަޅައިގެންފިއެވެ. ފުރަތަމަ އެތިފަހަރާއެކު އެކަލޭގެފާނުގެ ކޮނޑުކޮޅުހުޅުން ނެއްޓުނެވެ. އެކަލޭގެފާނު ބުރިކަށިފުޅުން ލޭފޮދު އޮހެރެން ފެށިއެވެ. އެކަލޭގެފާނުގެ އަރިހަށް ދަމުންމުޢުތަޞިމް ބުނެފިއެވެ. އޭ އަޙުމަދެވެ. ތިމަންމެންގެ މިބަހާ އެއްބަސްވެމިހެން ބުނާށެވެ. އެއިރުން ކަލޭގެފާނުގެ މިނިވަންކުރާނީ ތިމަންނަގެދެއަތުންނެވެ. އަދި އެވެނި މިވެނި އެއްޗެއް ދެއްވާނަމެވެ. ދެއްވާނަމެވެ. އެކަލޭގެފާނު ވިދާޅުވަމުންގެންދެވީ އެދިވަޑައިގަންނަވަމުން ދިޔައީ އާޔަތެއް ނުވަތަ ޙަދީސެއް ގެނައުމަށެވެ.

އެހިނދު ޖައްލާދަށް މުޢުތަޞިމު އަމުރުކުރިއެވެ. ގަދައަށް ތަޅާށެވެ. އެހެން ނަހަނދައިފިނަމަ، ﷲ ކަލޭގެ އަތް ވަކިކުރައްވާނެއެވެ. އިތުރު އެތިފަހަރެއް ޖައްލާދު ޖަހައިފިއެވެ. އިމާމް އަޙުމަދުގެ ހަށިކޮޅުން މަސްތައްކުދިކުދިވެ، ހަށިކޮޅާ ވަކިވެގެން ފައިބައެވެ.

މުޢުތަޞިމު އެކަލޭގެފާނަށް ބުންޏެވެ. ތިބާގެ ނަފްސު މަރައިލަނީ ކީއްވެހެއްޔެވެ؟ތިބާގެ އެކުވެރިންކުރެ ތިޔަގޮތަށް ކަންކުރެއްވީ ކޮން ބޭކަލެއްހެއްޔެވެ؟

ޚަލީފާގެޖަމާޢަތުގެ ތެރެއިން، އަލްމަރުވަޛީ ނަމަކަށް ކިޔުނު ޢިލްމުވެރިޔަކު އެކަލޭގެފާނަށް ދަންނަވައިފިއެވެ. މާތްﷲ އަންނަނިވި ފަދައިން ވަޙީކުރައްވާފައިނުވޭ ހެއްޔެވެ؟ (ولاتقتلواأنفسكم) މާނައީ: ތިޔަބައިމީހުންގެ ނަފްސުތަށް ކަތިނުލާށެވެ. އިމާމް އަޙުމަދު ވިދާޅުވިއެވެ. އޭ މަރުވަޛީއެވެ. ދޮރުން ބޭރަށްނުކުމެ ފެންނަ އެއްޗެއް ނިކަން ބަލައިލަބަލާށެވެ. މަރުވަޛީ ގަނޑުވަރުގެ ގޯތި ތެރެއަށް ނުކުމެވަޑައިގެން ބައްލަވައިފިއެވެ. މާތްﷲ ފިޔަވައި އެހެންފަރާތަކަށް ޢަދަދު އެގިގެންނުވާ ޖަމާޢަތެއްގެ ބައަކު އެދޮރުގެ ކުރިމަތީގައި ތިއްބެވެ. އެބައިމީހުންކުރެ،މަރުވަޛީ އައްސަވައިފިއެވެ. ތިޔަބައިމީހުން މިތަނުގައި ތިކުރަނީކޮންކަމެއް ހެއްޔެވެ؟ އެބައިމީހުން ދަންނަވައިފިއެވެ. އަޙުމަދު ދެއްވާޖަވާބެއް ދުށުމަށްފަހު ލިޔުމަށް އިންތިޒާރުކުރަނީއެވެ.

އަނބުރާ މަރުވަޛީ ވަޑައިގަތުމުން އަޙުމަދު ވިދާޅުވިއެވެ. އަހުރެން މިއެންމެންމަގުފުރައްދަންވީ ހެއްޔެވެ؟ ނޫނެކެވެ. މަރައިލިޔަސް އެމީހުން މަގުފުރައްދާމީހެއްކަމުގައި ވެވަޑައިނުގަންނަވާނަމެވެ.

ބައެއްމުނާފިޤުން މުޢުތަޞިމު އަރިހުގައި ދަންނަވައެވެ. ޚަލީފާއެވެ. އަވީގައިރޯދައަށް ހުންނަވާ ޙާލު ނުހުންނަވާށެވެ. އެމީހުން ބިރުގަންނަނީ ރޯދައަށްއަވީގައި ރަސްގެފާނު ހުންނެވެމުންނެވެ. އެއީ މުޢުތަޞިމުގެ ގަދަބަދަވިކަމާ އެކުގަވެސްމެއެވެ. ނިކަމެތި މުސްކުޅި ޝައިޚުގެ މަސްތައްވަކިވެ، ވެރެމުންދާއިރު އެކަލޭގެފާނުގެ މައްޗަށް ބިރުވެތިވުމެއްނެތެވެ.

ތުރުކީގެ ޤާއިދު عجيف ކަނޑިއެއް ހިފައިގެންހުރެ ބުނެއެވެ. ކަލޭގެފާނު މިއެންމެންގެ މައްޗަށް ގަދަވާނީ ކިހިނަކުން ހެއްޔެވެ؟

އެކަލޭގެފާނުގެކިބައިން އެއްބަސްވެވަޑައިގަތުމުގެ ލަފްޒެއް ހޯދުމަށްނުކުޅެދުންތެރިވުމުން، އަނެއްކާވެސް އެކަލޭގެފާނުގެ ގައިގައި ތެޅުމަށްޖައްލާދުންނަށް އަމުރުކޮށްފިއެވެ.

އެއިންއެކަކު އައިސް އެކަލޭގެފާނުގެ ގައިގައި ދެއެތިފަހަރު ޗާބޫކުންޖެހުމަށްފަހު ފަހަތަށް ޖެހިލައެވެ. އަނެކަކަށް ޖާގަ ދެމުންނެވެ. އެކަލޭގެފާނުގެ ދެކޮނޑުކޮޅު ހުޅުން ވަކިވެއްޖައުމަށް ދާނދެނެވެ. އެކަލޭގެފާނުގެ ބުރަކަށިފުޅު އެކީ ތެތްވެ، ލެއިން ތަތްތެޅި، ރަތްކުލައިންފޮރުވިއްޖައުމަށް ދާންދެނެވެ.

އެކަލޭގެފާނުގެ ހެދުންކޮޅުގެ ކަމަރު ނެއްޓި، ޢައުރަ ކަޝްފުވެދާނެކަމަށް ހީވެއްޖައުމަށްދާނދެނެވެ. އެހިނދު އެކަލޭގެފާނުގެ ދެތުންފަތްޕުޅުޙަރަކާތްކޮށްލިއެވެ. އެކަލޭގެފާނުގެ ހެދުން ހުރިތަނަށް ހުއްޓުނީ ދެނެވެ. އެކަމާމެދު ސުވާލުދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މާތްﷲގެ ޙަޟްރަތުގައި ދެންނެވީމެވެ. ތިމަންކަލޭގެފާނަށް މިހުރެވެނީ ޙައްޤުގެ ގޮތުގައި ކަމުގައި ވަނީނަމަ، ތިމަންކަލޭގެފާނުގެޢައުރަ ކަޝްފުވިޔަ ނުދެއްވާނދޭވެ!

އެކަލޭގެފާނުގެމަރުގެ ކުރިމައްޗަށް ހުށަހެޅެއްޖެއުމަށްދާންދެން ކެތްތެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ޢާންމުންއިންޤިލާބުކުރަން ފަށާފާނެތީ މުޢުތަޞިމު ބިރުވެތިވެވަޑައިގަތެވެ. ތެޅުންހުއްޓާލުމަށް އަމުރުކުރުމަށްފަހު، އިމާމް އަޙުމަދު އެކަލޭގެފާނުގެއަހުލުވެރިންނަށް ރައްދުކުރައްވައިފިއެވެ. އަށާރަ މަސްދުވަސް ޖަލުގަޔާއި އަދަބުތަކުގެ ތެރޭގައި ހޭދަކުރެއްވުމަށްފަހުގައެވެ. އެދުވަހުއެކަލޭގެފާނަށް ފަރިއްކޮޅެއް ނުވަތަ ފެންފޮދެއް ދިނުމަށް އެކަލޭގެފާނުގެއަހުލުވެރިން އެދިވަޑައިގަތެވެ. އެކަމަކު އިމާމް އަޙުމަދު އެކަމާ ދެކޮޅުހެއްދެވިއެވެ. ރޯދައަށް ހުންނެވުމަށް ގަދައެޅުއްވިއެވެ. އެކަލޭގެފާނު ނުކުމެވަޑައިގަތުމާއެކު، މުޢުތަޞިމަށް މަޢާފުކުރެއްވިކަން އިޢުލާންކުރެއްވިއެވެ. އަދި އެކަލޭގެފާނުގައި ތެޅިތަނަށް ޙާޟިރުވިއެންމެނަށް ޢަފޫކުރެއްވިއެވެ. ތެޅި ތެޅުމުގެ ނިޝާންތައް އެކަލޭގެފާނުގެކިބައިގައި ދެމިހުއްޓެވެ. އަދި މިދުނިޔެއާ އަލްވަދާޢުކިޔުއްވުމާ ހަމައަށް،އެކަލޭގެފާނުގެ ކޮނޑުކޮޅު ވަކިވެފައިވާ ޙާލުގައި ދެމިހުއްޓެވެ.

މުތަވައްކިލުގެޒަމާނުގައި މެނުވީ، މިޙުނާގެ ކަންކަން ފުރިހަމައަށް ނުހުއްޓެއެވެ. ޙަޤީޤަތުގައިވެސް އެއީ މިޙުނާއެކެވެ. އިމްތިޙާނެކެވެ. މީހުންގެ އަޚުލާޤާއިއީމާންކަމާއި ފިރިހެންވަންތަކަމުގެ އިމްތިޙާނެކެވެ. މިއިމްތިޙާނުން ކާމިޔާބުވެވަޑައިގަތީ އަދި މިތާރީޚީ ޢާލަމީ އިމްތިޙާނުން އެއްވަނަކާމިޔާބުކުރެއްވީ އިމާމް އަޙުމަދުބިން ޙަންބަލްއެވެ. ބުއްދިން ޙުކުމްނުކުރެވޭނެކަންކަމުގައި ބުއްދި އިސްކުރުމާ ދުރުވިނަމަ، މުޢުތަޒިލާއަށްކާމިޔާބުވި މީހުންގެ ތެރޭގައި އެއުރެން ހިމެނުނީހެވެ. އަލުން މިފިކުރަށްއިސްލާމީ ފިކުރީ ސާޙަތަށް އިޢާދަނުވެވޭނެއެވެ. އެއީ އޭގެ މޭވާގެ ހިތިކަންއަޅުގަނޑުމެންގެ އަރުތެރެއިން ފިލައިގެން ނުދާތީއެވެ.

އަދިއާޚިރަތުގައި މާތްﷲ އިރާދަކުރެއްވިއްޔާ އިމާމް އަޙުމަދުގެ މަންޒިލްމަތިވެރިވެފައި ޤަދަރު ބޮޑުވެގެންވާނެއެވެ. މާތްﷲ އެކަލޭގެފާނަށް ރަޙުމަތްލައްވާށިއެވެ. އާމީން

(ނިމުނީ)

ލިޔުއްވީ: ޝައިޚު ޢަލިއްޔުއް ޠަންޠާވީ (رحمه الله)

މަޞްދަރު: ފޮތް: رجال من التاريخ / މުޖައްލަދު: 1 / ޞަފްޙާ 135- 138

ނޯޓު: ޝައިޚު ޢަލިއްޔުއް ޠަންޠާވީ އާއި ޑރ.މުޙައްމަދު ސައްޔިދު ޠަންޠާވީ (ކުރީގެ ޝައިޚުލް އަޒުހަރު) މިއީ ދެބޭފުޅުންނެވެ. ޝައިޚު ޢަލިއްޔުއް ޠަންޠާވީ ދިރިއުޅުއްވީ ސުޢޫދީގައެވެ. އަޞްލު ވަޠަނަކީ ޝާމެވެ. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ފަޤީހުންގެ އަދީބު އަދި އަދީބުންގެ ފަޤީހުގެ ގޮތުގައެވެ. އިސްލާމީ އުންމަތުގެ އެންމެހާ ޢިލްމުވެރިންނަށް ފާފަ ފުއްސަވައި އެބޭކަލުންގެ ޢަމަލުތަކުގައި ބަރަކާތް ލައްވާށިއެވެ. އަދި އަޅުގަނޑުމެން ދުލާއި ޤަލަމުގެ އާފަތުން މިންޖުކުރައްވައި، ނުބައި ބަސް ޢިލްމުވެރިންނާމެދު ނޭނގިތިބެ ބުނާ ބަޔަކުކަމުގައި ނުލައްވާށިއެވެ. އާމީން!

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.