Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޠާރިގު ބިން ޒިޔާދު

ޠާރިގު ބިން ޒިޔާދު

Gibraltarޠާރިޤު ބިން ޒިޔާދަކީ އިސްލާމީ ފުތޫހާތުގެ ތެރޭގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރައްވާފައިވާ ބޭކަލެކެވެ. އިސްލާމީ ދިދަ ޔޫރަޕުގައި އުފުލާލި ކުޅަދާނަބަޠަލެވެ. ސްޕޭން ފަތަޙަ ކުރެއްވި ލަޝްކަރުގެ އިސް ކޮމާންޑަރެވެ.

ޠާރިގު ބިން ޒިޔާދު އުފަންވީ މޮރޮކޯގެ ފަރުބަދަމަތީ ސަރަހައްދަކަށެވެ. ބަރުބަރީ ޤަބީލާތަކުގެ ތެރެއިން ޤަބީލާއަކަށް ނިސްބަތްވެ ވަޑައިގަތްނަވާ މިކުޅަދާނަ ހަނގުރާމަ ވެރިޔާ އުފަންވީ ހިޖުރައިން 50ވަނަ އަހަރުގެ ތެރޭގައެވެ.

އިސްލާމްވެ ވަޑައިގަތީ އެކަލޭގެފާނުގެ ގައުމުގެ މީހުންނާއި އެކީގައި މޫސާބިން ނަޞީރުގެ އަތްމައްޗަށެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު އިބުނު ނަޞީރުގެ އަރިސް ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަތެވެ. ހިޖުރައިން 89ވަނަ އަހަރުގެ ތެރޭގައި ޚަލީފާ ޢަބުދުލް މަލިކު ބުނު މަރުވާނުގެ އަމުރުފުޅަށް ތަންޖާގެ ވެރިކަމަށް އިސްވެ ވަޑައިގަތެވެ.

 

މީލާދީން 710ވަނަ އަހަރު 12،000 (ބާރަހާސް) ސިފައިން ހިމެނޭ ލަޝްކަރެއްގެ ކޮމާންޑަރެއްގެ ގޮތުގައި ސްޕޭން ފަތަޙަ ކުރެއްވުމަށް ނުކުމެ ވަޑައިގަތީ މޫސަބުނު ނަޞީރުގެ އަމުރުގެ ދަށުންނެވެ. މިދަތުރުގައި ކަނޑު އޮޅީގައި ހުރި ފަރުބަދަ އެއްގައި މަޑުކުރެއްވިއެވެ. މިތަނަށް ޖަބަލް ޠާރިޤް(ޖިބްރޯލްޓާ) ނަމުން ނަންދެވިފައި ވަނީ މި ސަބަބަށްޓަކައެވެ.

އިސްލާމީ ލަޝްކަރު ސްޕޭނަށް ޙަމަލާދީ އެތާގައި ވެރިކަން ކުރަމުން އައި އަނިޔާވެރި ރަސްގެފާނު ރާޒަރީޤް ޤަތުލުކޮށް ވަރަށް ފުރިހަމަ ކާމިޔާބީ އަކާއި އެކު ސްޕޭން ފަތަޙަ ކުރީ ހިޖުރައިން 92އަހަރުއެވެ. މީލާދީތާރީޚުންނަމަ އެއީ 711ވަނަ އަހަރެވެ.

ޠާރިޤުބުނު ޒިޔާދު އަވަހާރަވެފައިވަނީ ޝާމްކަރައިގައެވެ.

Comments