ތައުބާވާމީހުން އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://kavaasaa.com/dheen/thaubaa/ Sun, 24 May 2020 16:12:37 +0200 Joomla! - Open Source Content Management en-gb ތައުބާ ވުމުގެ މޮޅު އިތުރުކަން: ޤުރުއާނުން http://kavaasaa.com/dheen/thaubaa/thaubaa-quraanun.html http://kavaasaa.com/dheen/thaubaa/thaubaa-quraanun.html

thaubaa-quranއެކެއް: ތައުބާ ޤަބޫލު ކުރެއްވުމާއި ފާފަ ފުއްސެވުމަކީ ރަޙްމާންވަންތަ ﷲ ގެ ސިފަފުޅެއް:

1-  إِلاَّ الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُوْلَئِكَ أَتُوبُ عَلَيْهِمْ وَأَنَا التَّوَّابُ الرَّحِيمُ

މާނައަކީ: ''އެބައި މީހުންގެ ތެރެއިން ތައުބާވެ، އިޞްލާޙު ކޮށް، ބަޔާންކުޅަ މީހުން މެނުވީ، އެހެން މީހުންނަށެވެ. އެފަދަ މީހުންނަށް ތިމަން ރަސްކަލާނގެ ތައުބާ ލައްވާ ހުށީމެވެ. ފަހެ ތިމަން ރަސްކަލާނގެ އަކީ ތައުބާ ލައްވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (އަލްބަޤަރާ:160)

މި އާޔަތުގެ ކުރީ އާޔަތުގައި ވަނީ، މާތް ﷲ ބާވައިލެއްވި ހެކިތަކާއި ތެދުމަގު އެހެން މީހުންނަށް ސިއްރުކޮށް ބަޔާން ނުކުރާ މީހުންނަށް ލަޢްނަތް ލައްވާ ވާހަކައެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ތައުބާވާމީހުން Wed, 20 Jul 2005 11:34:57 +0300
ތައުބާ ވުމުގެ މޮޅު އިތުރުކަން: ސުންނަތުން http://kavaasaa.com/dheen/thaubaa/thaubaa-vumun-sunnathun.html http://kavaasaa.com/dheen/thaubaa/thaubaa-vumun-sunnathun.html

1thaubaa-sunnah- اللَّهُ أَفْرَحُ بِتَوْبَةِ عَبْدِهِ مِنْ أَحَدِكُمْ سَقَطَ عَلَى بَعِيرِهِ وَقَدْ أَضَلَّهُ فِي أَرْضِ فَلَاةٍ 

މާނައަކީ: ''ކަލޭމެންގެ ތެރެއިން މީހަކު، ފަޅު ސަހަރާއެއްގައި ޖަމަލުގެއްލިފައި ހުއްޓާ(ސަވާރީއެއްގެ ގޮތުގައި ގެންގުޅުނު)، ކުއްލިއަކަށް އޭތިފެނުމުން އުފާވާވަރަށް ވުރެ ބޮޑަށް، އަޅަކު ތައުބާވުމުން ﷲ އުފާވެވޮޑިގަންނަވައެވެ.'' (ބުޚާރީގެ ދުޢާ ބާބުގެ ތައުބާ ފަޞްލު)

ބުޚާރީގެ ހަމަ އެހެން ރިވާޔަތެއްގައި އޮންނަނީ: لَلَّهُ أَفْرَحُ بِتَوْبَةِ عَبْدِهِ مِنْ رَجُلٍ نَزَلَ مَنْزِلًا وَبِهِ مَهْلَكَةٌ وَمَعَهُ رَاحِلَتُهُ عَلَيْهَا طَعَامُهُ وَشَرَابُهُ فَوَضَعَ رَأْسَهُ فَنَامَ نَوْمَةً فَاسْتَيْقَظَ وَقَدْ ذَهَبَتْ رَاحِلَتُهُ حَتَّى إِذَا اشْتَدَّ عَلَيْهِ الْحَرُّ وَالْعَطَشُ أَوْ مَا شَاءَ اللَّهُ قَالَ أَرْجِعُ إِلَى مَكَانِي فَرَجَعَ فَنَامَ نَوْمَةً ثُمَّ رَفَعَ رَأْسَهُ فَإِذَا رَاحِلَتُهُ عِنْدَهُ

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ތައުބާވާމީހުން Wed, 20 Jul 2005 11:33:57 +0300
ތައުބާއި ގުޅޭ ބައެއް މައްސަލަތައް http://kavaasaa.com/dheen/thaubaa/thaubaa-aagulhey-baei-masslatha.html http://kavaasaa.com/dheen/thaubaa/thaubaa-aagulhey-baei-masslatha.html

1thaubaa-10-massala- ބައެއް ފާފަތަކުން ތައުބާ ވުން:

އިންސާނުންގެ މައްޗަށް ވާޖިބުވެގެން ވަނީ، ކުރެވޭ ކުދި ބޮޑު ހުރިހާ ފާފައަކުން ތައުބާ ވުމެވެ. އެއްފަހަރާ ﷲ އަށް ކިޔަމަންތެރިވެ އެކަލާނގެ މަގަށް ރުޖޫޢަވުމެވެ.

ނަމަވެސް މީހަކު ބައެއް ފާފަތައް ކުރުން މަތީ ދެމިހުރެ، އަނެއްބައި ފާފަތަކަށް ތައުބާ ވިޔަސް، އޭނާ ތައުބާ ވީ ކަންތައް ﷲ ޤަބޫލު ކުރައްވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވިއެވެ. މީގެ މިސާލަކީ ނަމާދު ނުކުރާ އަދި މަސްތުވާތަކެތި ބޭނުން ކުރާ މީހެއްގެ ހިތަށް އީމާންކަން ވަދެގެން ތައުބާ ވާން ބޭނުންވެގެން، ނަމާދު ކުރަން ފެށުމެވެ. ނަމަވެސް ދެވިހިފާފައި ހުރުމުގެ ސަބަބުން މަސްތުވާ ތަކެއްޗާއި ދުރަށް ނުދެވެނީއެވެ. ކުރިން ނަމާދު އެޅިފައިވާތީ އެކަމަށް ވާ ތައުބާ، އިރާދަ ކުރެއްވިއްޔާ ﷲ ޤަބޫލު ކުރައްވާނެއެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރާތީ އެކަމުން ލިބޭ ފާފަ ތައުބާ ނުވާހާ ހިނދަކު ދާނީ ފާފަވެރިވަމުންނެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ތައުބާވާމީހުން Wed, 20 Jul 2005 11:33:57 +0300
ތައުބާ ޤަބޫލުވުމުގެ ޝަރުޠު http://kavaasaa.com/dheen/thaubaa/thaubaa-qaboolvumuge-sharut.html http://kavaasaa.com/dheen/thaubaa/thaubaa-qaboolvumuge-sharut.html

thaubaa-shartތައުބާ ވުމުގެ އަސްލު އޮންނަނީ މައިގަނޑު ތިން ޝަރުޠެކެވެ. އެއީ:-

ހ- ފާފަ ކުރުން ހުއްޓާލުން.

ށ- ކުރެވުނު ފާފައާ މެދު ހިތާމަކޮށް ދެރަ ވުން.

ނ- އެ ފާފަ ދެން ދުވަހަކުވެސް ނުކުރަން ޢަޒުމް ކަނޑައެޅުން.

މީހެއްގެ ޙައްޤެއް މިކަމުގެތެރޭގައި ވާނަމަ ހައްޤު އަދާ ކުރުން ހަތަރުވަނަ ޝަރުޠެއްގެ ގޮތުގައި ބެލެވެއެވެ.

ކަން މިހެން އޮތް ކަމުގައި ވިޔަސް، ތައުބާ ވުމާ ބެހޭ ހުރިހާ ކަމެއް ތަފްޞީލުކޮށް ބަލައި އޮޅުން ފިލުވާ ނަމަ، ތައުބާ ވުމުގެ ޝަރުޠަކީ މިއީ އޭ ބުނެ ފުއްދާ ނުލެވޭނެއެވެ. ވީމާ ތިރީގައި މި ވަނީ ތައުބާވުމުގެ ޝަރުޠުތައް ތަފްޞީލުކޮށެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ތައުބާވާމީހުން Wed, 20 Jul 2005 11:33:57 +0300
ކުށްފާފައިގައި ކުލައާއި ވަސް ހުންނަ ނަމަ.....! http://kavaasaa.com/dheen/thaubaa/kuh-faafaiga-vas-hunna-nama.html http://kavaasaa.com/dheen/thaubaa/kuh-faafaiga-vas-hunna-nama.html

thaubaa02ވާރޭ ނުވެހޭތާ ގިނަދުވަސްވެ، ގަސްތަކުން އާރޯކަން ކެނޑުމުން، މޭވާއާއި ގޮވާމުގެ ބާވަތްތައް ލިބުން ދަތިވިއެވެ. ބަނީއިސްރާޢީލުންނަށް މިކުރިމަތިވި ތަދުމަޑުކަމުގެ ސަބަބުން މޫސާގެފާނުގެ އަރިހަށް އެމީހުން ދިޔައެވެ. އަދި ދެންނެވިއެވެ. އޭ ﷲ ގެ ނަބިއްޔާއެވެ. ވާރޭ ވެއްސަވައިތޯ ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ހަޟްރަތަށް ދުޢާ ދަންނަވައިދެއްވާށެވެ. އެހިނދު މޫސާގެފާނުގެ ޤައުމުގެ މީހުންނައިގެން ސަހަރާއަށް ނުކުމެވަޑައިގަތެވެ. އެމީހުންގެ ޢަދަދަކީ ހަތްދިހަ ހާސް ނުވަތަ އެއަށްވުރެ ގިނަ ޢަދަދެކެވެ.

މޫސާގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ދުޢާ ދެންނެވިއެވެ. އަޅަމެންގެ ވެރި ރަސްކަލާކޯއެވެ. އިބަ ރަސްކަލާނގެ ރަޙްމަތުން އަޅަމެންނަށް ތަނަވަސް ކޮށްދެއްވާންދޭވެ! ވާރޭ ވެއްސަވާނދޭވެ! އަޅަމެންގެ ޅަދަރީންނަށާއި ރުކޫޢަކޮށް އުޅޭ މުސްކުޅިންނަށާއި، ބަނޑުހައިހޫނުކަންމަތީ ތިބި ޖަނަވާރުންނަށް އޯގާތެރި ވެދެއްވާންދޭވެ!

]]>
info@kavaasaa.com (ޙުސައިން ޢަބްދުﷲ ސަޢީދު) ތައުބާވާމީހުން Sat, 07 May 2005 11:33:57 +0300
ތައުބާގެ މާނަ http://kavaasaa.com/dheen/thaubaa/thaubaa-maana.html http://kavaasaa.com/dheen/thaubaa/thaubaa-maana.html

thaubaa-maanaޢަރަބި ބަހުގައި ތައުބާގެ ލަފްޒީ މާނައަކީ އެނބުރި އައުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ނުކިޔަމަންތެރި ކަމާއި ފާފައިގެ ތެރޭގައި ހުރެފައި، ﷲ ކިޔަމަންތެރި ވެ، ﷲގެ މަގަށް ރުޖޫޢަވުމެވެ. ތައުބާ މި ލަފްޒަކީ އަޅުތަކަންނަށް އަދި މާތް ﷲ އަށް ވެސް ނިސްބަތް ކުރެވޭ ލަފްޒެކެވެ. އިންސާނުންނަށް ތައުބާ މި ބަސް ނިސްބަތް ކޮށްފިއްޔާ - މިސާލަކަށް ޢަލީ ﷲ އަށް ތައުބާ ވެއްޖެ- އޭގެ މާނައަކީ، އޭނާ ފާފަ ދޫކޮށްފައި ﷲ ގެ ރުއްސެވުމަށް ރުޖޫޢަވުމެވެ. މި ލަފްޒު ﷲ އަށް ނިސްބަތް ކުރެވިއްޖެއްޔާ- މިސާލަކަށް ﷲ ޢަލީގެ މައްޗަށް ތައުބާ ކުރައްވައިފި- އޭގެ މާނައަކީ އެ ކަލާނގެ ރަޙްމަތްފުޅާއި ރުއްސެވުން އެ އަޅާ އަށް އަލުން ދެއްވުމެވެ.ނުވަތަ ތައުބާ ވުމަށް ތައުފީޤު ދެއްވުމެވެ. ނުވަތަ އޭނާއަށް އޮތް ފާފަ ޘަވާބަށް ބަދަލު ކުރެއްވުމެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ތައުބާވާމީހުން Sat, 07 May 2005 11:33:57 +0300
ކުށްތަކުގައި ޖެހޭނީ ފަރުދާކޮށް މާފު ކުރަންތަ؟ ނޫނީ ފާޅުކޮށް އަދަބު ދޭންތަ؟ http://kavaasaa.com/dheen/thaubaa/kuh-farudhaakurun-nuvatha-faalhukoi-adhabu-dhinun.html http://kavaasaa.com/dheen/thaubaa/kuh-farudhaakurun-nuvatha-faalhukoi-adhabu-dhinun.html

thubaa-01މީހުންގެ ކުށް ހޯދަން އިސްލާމްދީން ނޫޅޭ:

ޙައްދުގެ މައްސަލަތަކުގައި އޮންނަ ވަރަށް މުހިއްމު ޙަޤީޤަތެއް ހާމަކުރަން ބޭނުމެވެ. އެއީ އިސްލާމް ދީން ފަހަރެއްގައިވެސް ޙައްދު ޤާއިމު ކުރަންވެގެން، މީސް މީހުންގެ ފަހަތުން ދުވަމުން ނުދެއެވެ. އަދި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް މީހަކު ކުރިއަސް، އެ ތަންފީޒު ކުރާނެ ކިރިއާވެސް ގޮތެއް އޮތްތޯ ހޯދައި ނުބަލައެވެ.

އަދި ކުށް ފާފަ ކުރާ މީހުން ހޯދަން، ޖާސޫސުކުރާކަށްވެސް ދީން ނާންގައެވެ. އަދި ޒިނޭ ކުރާ މީހުން އަތުލައިގަންނަން، ތަންތާ ކެމެރާ ހަރުކުރާކަށްވެސް ނާންގައެވެ. އަދި އިސްލާމީ ޝަރީޢަތާއި ޚިލާފުވާ މީހުން ހޯދަން، ޖާސޫސް ކުރާ ސިއްރު ފުލުހުންނެއްވެސް އިސްލާމް ދީން ބައިތިއްބާފައި ނެތެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ތައުބާވާމީހުން Fri, 25 Mar 2005 21:15:46 +0200
ތައުބާ ވުމުން ދުނިޔެއާއި އާޚިރަތުގައި ލިބޭ ފައިދާ http://kavaasaa.com/dheen/thaubaa/thaubaa-vumun-dhuniyeaa-aakhirathuga-libey-faidhaa.html http://kavaasaa.com/dheen/thaubaa/thaubaa-vumun-dhuniyeaa-aakhirathuga-libey-faidhaa.html

1thaubaa-liby-faaidhaa- ތައުބާވާ މީހުން ދެކެ، ﷲ ލޯބިވެވޮޑިގަންނަވައެވެ. ތިމަންނަ ތައުބާވެއްޖެނަމަ، ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ތިމަންނަ ދެކެ ލޯބިވެވޮޑިގަންނަވާނެ ޔަޤީންވުމަށް ވުރެ ބޮޑު އުފަލެއް ކޮބައިހެއްޔެވެ؟

إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ
 

މާނައަކީ: ''ހަމަ ކަށަވަރުން ﷲ ، އެ ކަލާނގެ ކިބައަށް ތައުބާވެގަންނަ މީހުން ދެކެ ލޯބިވެ ވޮޑިގަންނަވަތެވެ. އަދި ޠާހިރުވެ ސާފު ޠާހިރުކަން މަތީ، އުޅޭ މީހުން ދެކެވެސް އެކަލާނގެ ލޯބިވެ ވޮޑިގަންނަވާމެއެވެ.'' (އަލްބަޤަރާ 222)

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ތައުބާވާމީހުން Fri, 25 Mar 2005 21:15:46 +0200
ތައުބާވުމުގެ ޙުކުމް http://kavaasaa.com/dheen/thaubaa/thaubaa-vumuge-hukum.html http://kavaasaa.com/dheen/thaubaa/thaubaa-vumuge-hukum.html

thaubaa-hukumޤުރުއާނާއި ސުންނަތުގައި ވެސް ވަނީ ތައުބާ ވުމަށް، އެންމެހާ މީސްތަކުންނަށް ގޮވާލާފައިވެއެވެ. ސޫރަތުއް ނޫރް ގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ 

މާނައަކީ: ''އަދި އޭ މުއުމިނުންނޭއެވެ. ތިޔަބައި މީހުން އެންމެން އެކުގައި، މާތް ﷲ ގެ ކިބައަށް ތައުބާވާށެވެ. ތިޔަބައި މީހުންނަށް ނަސީބު ލިބި ދިންނަވާތޯއެވެ.''

މި އާޔަތުގައި މާތް ﷲ، ހުރިހާ މުއުމިނުންނަށް ވެސް އަންގަވާފައި އެ ވަނީ ތައުބާ ވުމަށެވެ. އަދި ދިންނެވުން ގުޅިފައި ވަނީ ވެސް ތައުބާއާއި ކަން މި އާޔަތުން އެނގެއެވެ. ވީމާ ދިންނެވުން ލިބުން އޮތީ ﷲ ރުހިވޮޑި ނުގަންނަވާ، ސިއްރާއި ފާޅުގައިވާ ކަންތައް ކުރުން ދޫކޮށް، ﷲ އަށް ކިޔަމަން ގަތުމުންނެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ތައުބާވާމީހުން Fri, 25 Mar 2005 21:15:46 +0200
ތައުބާވާން އަދި ލަހެއް ނުވޭ http://kavaasaa.com/dheen/thaubaa/thaubaa-van-adhi-lahei-nuvey.html http://kavaasaa.com/dheen/thaubaa/thaubaa-van-adhi-lahei-nuvey.html

thaubaaއަހަރެމެންގެ ވަށައިގެން އަހަރެމެންގެ އެންމެބޮޑު ޢަދުއްވު ، ޝައިތާނާ އަބަދުވެސް ވެއެވެ. އެއީ އިންސީންނާއި ޖިންނީންގެ ތެރެއިންނެވެ. ޝައިތާނާ ބަލަނީ ނުބައިކަންތަކާއި ފާޙިޝް ޢަމަލުތައް އިންސާނާ ލައްވާކުރުމަށެވެ. ޝައިތާނާ ގޯސް ކަންތައްތައް ރަނގަޅުކަމަށް ދައްކައެވެ. އަދި ރަނގަޅުކަންތައްތައް ގޯސްކަމަށް ދައްކައެވެ. އަދި ޝަހުވަތަށް ލެނބުމަށް އަމުރުކުރެއެވެ. އަދި އާދަމްގެދަރިންނަކީ ފާފަތައް ކުރުން ގިނަ ބަޔަކަށް ހެދޭތޯ މަސައްކަތް ކުރެއެވެ.

އިންސާނުންނަށް ފާފައެއްކުރެވުމަށްފަހު އޭނާ އަށް ދެން ހުރިހާ ދޮރުތަކެއް ބަންދުވީ ކަމުގައި ހީކޮށް ފާފަކުރުން ގިނަ ކުރެއެވެ.

]]>
info@kavaasaa.com (ޢަލީ ސަމީރު) ތައުބާވާމީހުން Thu, 11 Dec 2003 07:00:00 +0200