ހޮނިހިރު20180915

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތައުބާވާމީހުން ތައުބާ ވުމުގެ މޮޅު އިތުރުކަން: ސުންނަތުން

ތައުބާ ވުމުގެ މޮޅު އިތުރުކަން: ސުންނަތުން

1thaubaa-sunnah- اللَّهُ أَفْرَحُ بِتَوْبَةِ عَبْدِهِ مِنْ أَحَدِكُمْ سَقَطَ عَلَى بَعِيرِهِ وَقَدْ أَضَلَّهُ فِي أَرْضِ فَلَاةٍ 

މާނައަކީ: ''ކަލޭމެންގެ ތެރެއިން މީހަކު، ފަޅު ސަހަރާއެއްގައި ޖަމަލުގެއްލިފައި ހުއްޓާ(ސަވާރީއެއްގެ ގޮތުގައި ގެންގުޅުނު)، ކުއްލިއަކަށް އޭތިފެނުމުން އުފާވާވަރަށް ވުރެ ބޮޑަށް، އަޅަކު ތައުބާވުމުން ﷲ އުފާވެވޮޑިގަންނަވައެވެ.'' (ބުޚާރީގެ ދުޢާ ބާބުގެ ތައުބާ ފަޞްލު)

ބުޚާރީގެ ހަމަ އެހެން ރިވާޔަތެއްގައި އޮންނަނީ: لَلَّهُ أَفْرَحُ بِتَوْبَةِ عَبْدِهِ مِنْ رَجُلٍ نَزَلَ مَنْزِلًا وَبِهِ مَهْلَكَةٌ وَمَعَهُ رَاحِلَتُهُ عَلَيْهَا طَعَامُهُ وَشَرَابُهُ فَوَضَعَ رَأْسَهُ فَنَامَ نَوْمَةً فَاسْتَيْقَظَ وَقَدْ ذَهَبَتْ رَاحِلَتُهُ حَتَّى إِذَا اشْتَدَّ عَلَيْهِ الْحَرُّ وَالْعَطَشُ أَوْ مَا شَاءَ اللَّهُ قَالَ أَرْجِعُ إِلَى مَكَانِي فَرَجَعَ فَنَامَ نَوْمَةً ثُمَّ رَفَعَ رَأْسَهُ فَإِذَا رَاحِلَتُهُ عِنْدَهُ

މާނައަކީ: ''މީހަކު ދަތުރު ކުރަމުން ގޮސް، ފަޅު ނުރައްކާ ތަނެއްގައި އަރާމުކޮށްލަން މަޑުކޮށްފިއެވެ. އަދި އޭނާ އާ އެކު ވާ ސަވާރީގައި އޭނާ ބޯ ފެނާއި ކާނާ ހުއްޓެވެ. ދެން ބޯ ޖައްސާލައިގެން ހިނދުކޮޅަކަށް ނިދާލައިފިއެވެ. ދެން ހޭލި އިރު އޭނާގެ ސަވާރި ވަނީ ގެއްލިފައެވެ. (ދެން އޭނާ އޭތި ހޯދަން ނުކުމެ އުޅުމުގެ ތެރޭގައި) ގަދަ ހޫނާއި ކަރު ހިއްކައި، ނުވަތަ ﷲ އޭނާ އަށް މިންވަރު ކުރެއްވި ކަމެއް އޭނާއަށް ވުމަށްފަހު، އޭނާ ބުނެއެވެ. އަހަރެން ހުރިތަނަށް ދާނީއެވެ. ދެން އެތަނަށް އެނބުރި އައިސް ނިދައިފިއެވެ. ދެން ހޭލިއިރު އޭނާގެ ކުރިމަތީގައި އޭނާގެ ސަވާރި ހުއްޓި ހުއްޓާ ފެނުމުން އުފާވާވަރަށް ވުރެ ބޮޑަށް، އަޅަކު ތައުބާވުމުން ﷲ އުފާވެވޮޑިގަންނަވައެވެ.''

2- عَنْ ‏ ‏أَبِي مُوسَى ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏: ‏إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا ‏

މާނައަކީ: " އަބޫ މޫސާ ކީރިތި ރަސޫލާ އަރިއަހުން ރިވާކުރެއްވިއެވެ. ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ." ދުވާލު ފާފަ ކުރާ މީހުން ތައުބާ ވުމަށް، ރޭގަނޑު ﷲ ޢައްޒަ ވަޖައްލަ އަތްޕުޅު ފަތުރާލައްވަވައެވެ. އަދި ރޭގަނޑު ފާފަ ކުރާ މީހުން ތައުބާވުމަށް، ދުވާލު ﷲ ޢައްޒަ ވަޖައްލަ އަތްޕުޅު ފަތުރާލައްވަވައެވެ. އެއީ ހުޅަނގު ފަރާތުން އިރު އަރައްޖައުމަށް ދާންދެނެވެ." (ޞަޙީޙް މުސްލިމްގެ ބާބުއް ތައުބާ)

ނޯޓް: (ﷲ ސުބްޙާނަހޫ ވަތަޢާލާ ތައުބާ ޤަބޫލު ކުރައްވާ ވަކިވަގުތެއް ނޯވެއެވެ. މިފަދަ ޙަދީޘްތަކުގެ މާނަ ފުރިހަމައަށް އެނގޭނީ ދީނީ ޢިލްމު އެކަށީގެންވާ ވަރަށް އުނގެނިފައި ތިބޭ މީހުންނަށެވެ. އަދި އެކަލާނގެއަކީ އެކަލާނގެއާއި އެއްފަދަ އެއްވެސް އެއްޗެއް ނުވާ ރަސްކަލާނގެއެވެ. ވީމާ އަތްޕުޅު ފަތުރާލައްވައޭ އޮތުން އެއީ މަޖާޒެކެވެ. އޭގެ މާނައަކީ ތައުބާ ޤަބޫލު ކުރެއްވުމެވެ. ޢަރަބި ބަހުގައި މީހަކު ރުހި ޤަބޫލުވެއްޖެނަމަ މި މަޖާޒް ބޭނުން ކުރެއެވެ.)

 

3- އިންސާނުންގެ ތެރެއިން ފާފައިން މަޢްޞޫމީ ހަމަ އެކަނި ނަބީ ބޭކަލުންނެވެ. އެކި މީހުންނަށް އެކި މިންވަރަށް ފާފަ ކުރެވެއެވެ. ނަމަވެސް ދިންނެވޭ މީހުންނަކީ ފާފައިން ތައުބާ ވާ މީހުންނެވެ. މިކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ: كلُ ابْن آدَم خَطَّاء وَخَيْرُ الخَطَّائين التَوَّابُون

މާނައަކީ: "ކޮންމެ އާދަމުގެ ދަރިއަކީ، ކުށްކުރެވޭ މީހެކެވެ. އަދި ކުށް ކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ، ތައުބާވާ މީހުންނެވެ." (ރިވާ ކުރެއްވީ އައްތިރްމިޛީ، އިބްނު މާޖާ، އަދި އަލްބާނީ ޞައްޙަ ކުރައްވާފައި)

 

4- كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَسَأَلَ عَنْ أَعْلَمِ أَهْلِ الْأَرْضِ فَدُلَّ عَلَى رَاهِبٍ فَأَتَاهُ فَقَالَ إِنَّهُ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَهَلْ لَهُ مِنْ تَوْبَةٍ فَقَالَ لَا فَقَتَلَهُ فَكَمَّلَ بِهِ مِائَةً ثُمَّ سَأَلَ عَنْ أَعْلَمِ أَهْلِ الْأَرْضِ فَدُلَّ عَلَى رَجُلٍ عَالِمٍ فَقَالَ إِنَّهُ قَتَلَ مِائَةَ نَفْسٍ فَهَلْ لَهُ مِنْ تَوْبَةٍ فَقَالَ نَعَمْ وَمَنْ يَحُولُ بَيْنَهُ وَبَيْنَ التَّوْبَةِ انْطَلِقْ إِلَى أَرْضِ كَذَا وَكَذَا فَإِنَّ بِهَا أُنَاسًا يَعْبُدُونَ اللَّهَ فَاعْبُدْ اللَّهَ مَعَهُمْ وَلَا تَرْجِعْ إِلَى أَرْضِكَ فَإِنَّهَا أَرْضُ سَوْءٍ فَانْطَلَقَ حَتَّى إِذَا نَصَفَ الطَّرِيقَ أَتَاهُ الْمَوْتُ فَاخْتَصَمَتْ فِيهِ مَلَائِكَةُ الرَّحْمَةِ وَمَلَائِكَةُ الْعَذَابِ فَقَالَتْ مَلَائِكَةُ الرَّحْمَةِ جَاءَ تَائِبًا مُقْبِلًا بِقَلْبِهِ إِلَى اللَّهِ وَقَالَتْ مَلَائِكَةُ الْعَذَابِ إِنَّهُ لَمْ يَعْمَلْ خَيْرًا قَطُّ فَأَتَاهُمْ مَلَكٌ فِي صُورَةِ آدَمِيٍّ فَجَعَلُوهُ بَيْنَهُمْ فَقَالَ قِيسُوا مَا بَيْنَ الْأَرْضَيْنِ فَإِلَى أَيَّتِهِمَا كَانَ أَدْنَى فَهُوَ لَهُ فَقَاسُوهُ فَوَجَدُوهُ أَدْنَى إِلَى الْأَرْضِ الَّتِي أَرَادَ فَقَبَضَتْهُ مَلَائِكَةُ الرَّحْمَةِ قَالَ ‏ ‏قَتَادَةُ ‏ ‏فَقَالَ ‏ ‏الْحَسَنُ ‏ ‏ذُكِرَ لَنَا أَنَّهُ لَمَّا أَتَاهُ الْمَوْتُ نَأَى بِصَدْرِهِ

މާނައަކީ: "ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުންގެތެރޭގައި، ނުވަދިހަ ނުވަ ނަފުސު ޤަތުލުކުރި މީހަކު އުޅުނެވެ. އެއަށްފަހު ދުނިޔޭގައި ހުރި އެންމެ މޮޅުޢިލްމުވެރިޔާއަކީ ކޮބައިތޯ ސުވާލުކުރިއެވެ. އެހިނދު އޭނާ އަށް ރާހިބަކު ދެއްކުނެވެ. ދެން އޭނާ ރާހިބު ގާތަށް އައިސް ނުވަދިހަނުވަ މީހުން ޤަތުލުކުރިކަމަށް ބުންޏެވެ. އަދި އޭނައަށް ތައުބާވެވޭނެތޯ؟ ސުވާލު ކުރިއެވެ. އެހިނދު ރާހިބު ބުންޏެވެ. ނޫނެކެވެ. އެހިނދު އޭނާ ރާހިބު ޤަތުލުކޮށް ސަތޭކަ ހަމަ ކުރިއެވެ. އެއަށް ފަހު ދުނިޔޭގައި ހުރި އެންމެ މޮޅު ޢިލްމުވެރިޔާ އަކީ ކޮބައިތޯ ސުވާލުކުރިއެވެ. އެހިނދު އޭނާއަށް ޢިލްމުވެރިމީހަކު ދެއްކުނެވެ. އޭނާ ސަތޭކަ މީހުން ގަތުލުކޮށްފިކަމަށާއި، ފަހެ އޭނާއަށް ތައުބާ ވެވޭނެތޯ؟ ޢިލްމުވެރިއާ ސުވާލު ކުރިއެވެ.

ޢިލްމުވެރިޔާ ބުންޏެވެ. އާނއެކެވެ. މީހަކާއި ތައުބާއާއި މެދު ހުރަސްއަޅާނީ ކޮންކަމެއްހެއްޔެވެ؟ މިވެނި ރަށަކަށް ދާށެވެ. އެތާގައިﷲ އަށް އަޅުކަން ކުރާބަޔަކު ތިބޭނެއެވެ. އެމީހުންނާއި އެކުވެ މާތް ﷲ އަށް އަޅުކަން ކުރާށެވެ. އަދި ކަލޭގެ އަމިއްލަ ގައުމަށް އެނބުރި ނާންނާށެވެ. ފަހެ އެބިމަކީ ނުބައި ކަންތަކުން ފުރިފައިވާ ބިމެކެވެ. ދެން އޭނާ ޢިލްމުވެރިޔާ އެބުނި ބިމަށް ދިއުމަށްޓަކައި ނުކުމެ، ރާސްތާގެ މެދާ ހަމައަށް ދެވުނުތަނާ، އޭނާގެ މަރުގެ އަޖަލު އައިސް ޖެހިއްޖެއެވެ. އެހިނދު ރަޙުމަތުގެ މަލާއިކަތާއި ޢަޒާބުގެ މަލާއިކަތު އޭނާ ގާތަށް ވަޑައިގެން އޭނާއާއިމެދު ހަދާނެގޮތަކާއިމެދު ޚިލާފުވެވަޑައިގަތެވެ. އޭނާ އައި ތައުބާވުމަށް އެދި މާތް ﷲ އަށް ހިތް ނިޔަތް ޚާލިޞްކޮށްގެންކަމަށް ރަޙުމަތުގެ މަލާއިކަތް ވިދާޅުވިއެވެ.

ދެން ޢަޒާބުގެ މަލާއިކަތް ވިދާޅުވިއެވެ. އޭނާ އެއްގޮތަކަށްވެސް ހެޔޮކަމެއް ނުކުރެއެވެ. ދެން އިންސާނެއްގެ ސިފައިގައި އެތަނަށް މަލާއިކަތެއް އެހެން ވަޑައިގަތެވެ. އަދި ވަކިގޮތެއް ނިންމައި ދޭން އެދުމުން އެ މަލާއިކަތްބޭކަލު ވިދާޅުވިއެވެ. '' ދެބިމުގެ ދޭތެރޭގައި ހުރި ދުރުމިން ބަލާށެވެ. އޭގެތެރެއިން އޭނާ އާއި އެންމެ ކައިރި ބިމަކަށް އޭނާ ލައްވާލާހުއްޓެވެ. ދެން އެތަނުގެ މިން ބެލުމުން އޭނާ އާއި ކައިރިވެފައި ވަނީ އޭނާގެ މަންޒިލް ކަމުގައިވި ބިމާއެވެ. އެހިނދު ރަޙުމަތުގެ މަލާއިކަތާ އޭނާގެ މަރު ހިއްޕެވިއެވެ.'' (ޞަޙީޙް ބުޚާރީގެ ނަބީބޭކަލުންގެ ވާހަކަ ބާބު، އަދި ޞަޙީޙް މުސްލިމްގެ ތައުބާ ބާބު)

މި ޙާދީޘަށް ފަހު، އިބްނު ޙަޖަރު ވިދާޅުވެފައި ވަނީ، މީހަކު ޤަތުލު ކުރުން ފަދަ ބޮޑު ފާފައެއް ކުރެވުމަށް ފަހުވެސް ތައުބާ ވެވިދާނެ ކަމަށް، މި ޙަދީޘް ދަލީލް ކޮށް ދޭކަމަށެވެ.

 

5- قَالَ ‏ ‏أَبُو هُرَيْرَةَ ‏ سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ ‏وَاللَّهِ إِنِّي لَأَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ فِي الْيَوْمِ أَكْثَرَ مِنْ سَبْعِينَ مَرَّة

މާނައަކީ: ''އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ. ޙަދީޘް ކުރެއްވިއެވެ.'' ﷲ ގަންދީ ބުނަމަވެ. އަހަރެން ދުވާލަކު ހަތްދިހަ ފަހަރަށް ވުރެ ގިނައިން، ﷲ އަށް އިސްތިޣްފާރުކޮށް، އެކަލާނގެއަށް ތައުބާ ވަމެވެ.'' (ޞަޙީޙް ބުޚާރީގެ ދުޢާ ބާބު، ރެޔާއި ދުވާލު ރަސޫލުﷲ ޞައްލައްﷲ ޢަލައި ވަސައްލަމަ އިސްތިޣްފާރު ކުރެވުން)

ޞަޙީޙް މުސްލިމުގައި ވާ ރިވާޔަތެއްގައި ވަނީ: يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ

މާނައަކީ: ''އޭ އެންމެހާ މީސްތަކުންނެވެ. ތިޔަބައި މީހުން ﷲ އަށް ތައުބާވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު، އެކަލާނގެއަށް ސަތޭކަފަހަރު ތައުބާ ވަމެވެ.'' (ޞަޙީޙް މުސްލިމްގެ ޛިކްރު، ދުޢާ، ތައުބާ އިސްތިޣްފާރު ބާބު)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.