ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

ޢިލްމު

ރަނގަޅު ނަތީޖާ ނެރެވުމުގެ އަސްލު: ޝައުޤު އުފެއްދުމާއި ދެމެހެއްޓުން

rangalhu-nathyja-aslu-shauqu-1ކޮންމެ މީހެއްގެ މޫނުމަތީން ހިނިތުންވުމާއި ހިތް ހަމަޖެހުމުގެ ކުލަވަރު މި ފެންނަނީ ކީއްވެ ބާވައެވެ؟ ސްކޫލް ބަންދު ނޫން ދުވަހެއްގައި، ކިޔެވުމުގެ ބަދަލުގައި، ކުދީން ނުކުމެ ސްކޫލްތެރޭގައި އޮތް މަސައްކަތެއްގައި ބައިވެރިވުމުން ލިބެނީ ކޮން ފައިދާއެއް ބާވައެވެ؟ މަސައްކަތް އޮންނަ ދުވަހެއްގައި، ވިޔަފާރިއެއްގައި މަސައްކަތްކުރާ ބަޔަކު، ސްކޫލެއްގައިއޮތް މަސައްކަތެއްގައި ބައިވެރި ކުރުވުމުން، ވިޔަފާރިކުންފުންޏަށް ވަނީ ކޮން ފައިދާއެއްބާވައެވެ؟

އިސްވެދިޔަ ހުރިހައި ސުވާލުތަކެއްގެ ޖަވާބަކީ "މޯޓިވޭޝަން" އެވެ.



ކުށްކުރާމީހުން ދެނެގަތުމުގައި ބަސް ބޭނުންކުރެވިދާނެތަ؟

finger_printއަޅުގަނޑުމެން އުޅެމުން މިދާ މުޖުތަމަޢަކީ ވެސް ތަފާތު ބާވަތްތަކުގެ ކުށްކުރާމީހުން އުޅޭ ތަނެކެވެ. މިއީ މިއަދު އަޅުގަނޑުމެންނަށް ދެބަސްނުވެވޭނެ ޙަޤީޤަތެކެވެ. ވުމާއެކު، ކުށްކުރުން ހުއްޓުވުމުގައި އަޅުގަނޑުމެން ވާހަކަދައްކައި މިއުޅޭ ބަސް ބޭނުންކުރެވިދާނެތޯ މީހަކު އަހައިފިނަމަ، ބުނާނީ ކީކޭ ހެއްޔެވެ؟ އެއީ، ކުރެވިދާނެ ކަމެއް ކަމުގައި ހީވާނެ ހެއްޔެވެ؟ އަދި، ކުރެވިދާނެ ކަމެއް ނަމަވެސް، އެއީ، މާ މުހިއްމު ކަމެކޭ ބުނެވިދާނެ ހެއްޔެވެ؟



އަމިއްލަ ކޮމްޕިޔުޓަރގެ ސަލާމަތަށްޓަކަޢި ސްޕައިވެއަރ ދެނެގަނެ އެއިން ރައްކާތެރިވުން

spywareޢާއްމުގޮތެއްގައި ސްޕައިވެއަރ ހުންނަނީ އިޝްތިހާރު ދައްކުވައިދޭ ސޮފްޓްވެއަރ (އެޑްވެއަރ) އަކާއި ނުވަތަ ކޮމްޕިޔުޓަރގެ ޕަރސަނަލް ނުވަތަ ނާޒުކު މަޢްލޫމާތަކާއި ގުޅިފައެވެ. އެހެން ނަމަވެސް އޮންލައިންގެ މަސައްކަތްތަކަށް ބަދަލުގެންނަ ނުވަތަ އެމަސައްކަތާއި ގުޅިގެން އިތުރުކަމެއް ކުރަން މެދުވެރިވާ ކޮންމެ ސޮފްޓްވެއަރ އަކީ ސްޕައިވެއަރ އަކަށް ނުވެ ހިގައިދާނެއެވެ. މިސާލަކަށް އިންޓަރނެޓްއިން ހިލޭ މިޔުޒިކް ޑައުންލޯޑްކުރުގެ ޚިދުމަތް ލިބިގަތުމަށްޓަކައި ހެދިފައިވާ އެއްބަސްވުމެއް ރަނގަޅަށް ކިޔާ އެ އެއްބަސްވުމެއްގައި



އިނގިރޭސި ބަސް ދަސްކުރުމަށް ޢަމަލީގޮތުން އަމިއްލަޔަށް ކުރެވިދާނެ ބައެއް ކަންތައް

engireysi_ugenunއިނގިރޭސި ބަހަކީ، މިވަގުތު ދުނިޔޭގައި އޮތް، ބައިނަލްއަޤްވާމީ ގޮތުން އެންމެ ނުފޫޒުގަދަ ބަހެވެ. ސައިންސާއި ޓެކްނޮލޮޖީ، މަތީ ތަޢުލީމު، ވިޔަފާރި އާއި އިޤްތިޞާދު، ދަތުރު ފަތުރާއި މުވާސަލާތު، ޚަބަރު ފަތުރާ ވަޞީލަތްތަކާއި އިންޓަނެޓް، މުނިފޫހި ފިލުވުމުގެ ދާއިރާ، މިޔުޒިކާއި ލަވަ، އަދި ބައިނަލްއަޤްވާމީ ގުޅުންތަކާއި ސިޔާސީ މަސްރަޙުވެސް މިޒަމާނަށް އައިއިރު ބައްޓަން ވެފައި މިވަނީ އިނގިރޭސި ބަހުގެ ތަރަހައިގެ މައްޗަށެވެ. މިސަބަބަށްޓަކައި، އިނގިރޭސި ބަސް ވެފައި މިވަނީ، 'ބައިނަލްއަޤްޥާމީ ބަހެއް' International language)) ކަމުގައެވެ.

 



ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.

tholhun_1ރާއްޖެގެ ސްކޫލް މަދަރުސާތަކުގައި ''ތޮޅުން'' (ނުވަތަ އިގިރޭސިބަހުން ކިޔާގޮތަށް ނަމަ ބުލީންގ-Bullying) އެއީ ހިނގާ ކަމެކެވެ. މިކަން ގޮސްފައި އޮތް ހިސާބު ނޫސްތައް ބަލާލުމުން ވަރަށް ރީއްޗަށް އެ އޮތީ ފެންނާށެވެ. ކަމަކީ ކިތަންމެ ސީރިޔަސް މައްސަލައަކަށް ވީނަމަވެސް ރާއްޖޭގައި މި މައްސަލަ މިނެ ވަޒަންކޮށް ހައްލު ހޯދުމަށް ރަސްމީ ސިފައެއްގައި ދިރާސާއެއް ކޮށްފައި އޮތްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ވީމާ، މި މައްސަލައިގެ ޚުޠޫރަތްތެރިކަން ސްކޫލް މަދަރުސާތަކުގައި ކިތަންމެ ބޮޑުވެފައި އޮތްކަމަށް ވިޔަސް، އެންމެ ޢާއްމު ތޮޅުމުގެ ވައްތަރުތަކާއި ޢުމުރުފުރާތައް ފަދަ މަޢުލޫމާތު ކަނޑައަޅައި ދަންނަވާކަށް ނޭގެއެވެ.



ކިޔެވުމުގައި ރަގަޅީ ވާދަކުރުންތަ؟ ނޫނީ އެއްބާރުލުންތަ؟

kiyevun_ebbarulunއިންސާނާގެ ޠަބީޢަތުގައި ވާގޮތުން، ކަންކަމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިހޯދުމަށް މަސައްކަތް ކުރުމަކީ، ޢާއްމުކަމެކެވެ. އެއީ، ދިރިއުޅުމުގެ ތަފާތު މައިދާންތަކުގައި، އެކިމީހުން އެކިބީދައިން އެކިމިންވަރަށް ކޮން އުޅޭ ކަމެކެވެ. ނަމަވެސް، ވާދަކުރުމަކީ، ނުވަތަ 'ކޮމްޕެޓިޝަން' އަކީ، ކޮންމެ ފަހަރަކު، އަދި ކޮންމެ ޙާލަތަކު ކާމިޔާބު ކަމަކަށް ނުވެއެވެ. އަދި، ގިނަ ފަހަރު، މިގޮތުން ވާދަކުރެވޭކުރުން ބަދަލުވެގެން ދަނީ، ބިނާކުރަނިވި ކަމަކަށް ވުރެ ފަނާކުރަނިވި ކަމަކަށެވެ.



ފުރިހަމަ ތަޢުލީމީ ނިޡާމެއް ބިނާވެފައި އޮންނަންޖެހޭނެ އަސާސްތައް

thauleemee-nizaamމިހާރަކަށް އައިސް، އެންމެ އާޢްމުކޮށް ނޫސް މަޖައްލާތަކުގެ ފަލަ ސުރުޚީގައި އޮންނަ އެއް މައުޟޫޢުއަކީ، ތަޢުލީމީ ދާއިރާގެ މައްސަލަތަކުގެ ވާހަކައެވެ. މައްސަލަތަކުގެ ގިނަވާހަކައެވެ. މައްސަލަތަކުގެ ސީރިއަސްކަން ބޮޑުވާހަކައެވެ. އަދި، ބައެއްފަހަރު، ނަމަވެސް މަދުފަހަރަކު، ކަމުގެ އަސްލާއިމެދުވެސް (ލިޔުންތެރިޔާއަށް ފެންނަ ގޮތެއްގެ މައްޗަށް ބިނާކޮށް) އަލި އަޅުވާލެވިފައިވާތަން ފެނެއެވެ. ނަމަވެސް، އަޅުގަނޑު ހިތުން، ކަމުގެ އަސްލު ހޯދުމަށް އަދިވެސް، މިޒަމާނުގެ 'ރިސާރޗް މެތަޑް' ބޭނުންކޮށްގެން މާބޮޑު، އެދެވޭ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.



މިސްރާބު

misraabޤާނޫނަކީ ދުނިޔޭގައި ކަންތައްތައް ވަކި ތަރުތީބަކުން ޤަވާޢިދަކުން ހިގަމުންދާ ގޮތުގެ ނިޒަމަށް ކިޔާނަމެކެވެ. މިގޮތުން ރޭދުވާ ތަކުރާރުވުމާއި އުފަންވެ މަރުވެދާ ދިއުމަކީ މި މާނާގައި ޤާނޫނޭ ކިޔޭ ކަންތަކެވެ. މިކަންތައްތަކަކީ ތަކުރާރު ވަމުންދާ ދިއުމުގައި ބަދަލުވުމެއް ދެގޮތްވުމެއް ނެތި ހިގަމުންދާ ކަންތަކެވެ. އެއީ ދުނިޔޭގެ ތަބީޢަތެވެ. އިލާހީޤާނޫނެވެ. ﷲގެ އަމުރުފުޅެވެ. ދުނިޔެ ދެކެމުންދާ ހަޤީޤަތެވެ. މިދުނިޔެއަކީވެސް ނިމި ފަނާވަނިވި ތަނެކެވެ. މިކަންކަން (ރޭދުވާ) މި ނޫން ގޮތަކަށް ބަދަލުވުމަކީ ދުނިޔެވެސް ނިމިދިއުމެވެ. މިއީ އުފަންވުމާއި ނިމުމުގެ ޤާނޫނުގެ ދަށުން ހިގާދަނިވި ނިމުމެކެވެ. މިއީވެސް ޤާނޫނެއްކަން ޔަޤީނެވެ.



ފްރެޑެރިކް ވިންސްލޯ ޓޭލަރ: އިދާރީ ޢިލްމުގެ ބާނީ

1856taylor ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އެމެރިކާގެ އިންޖިނިއަރ ފްރެޑެރިކް ވިންސްލޯ ޓޭލަރ އަކީ އިދާރީ ޢިލްމުގެ ބާނީ ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އޭނާގެ މަންހަޖުތަކަކީ ފިހާރަތަކާއި އޮފީސްތައް އަދި މިނޫނަސް އިންޑަސްޓްރިއަލް ދާއިރާގައި ކާމިޔާބު ކަމާއި އެކު ބޭނުން ކުރެވެމުން އަންނަ މަންހަޖުތަކެކެވެ. 1911 ވަނަ އަހަރުގެ ތެރޭގައި ނެރެވިފައިވާ އޭނާގެ ފޮތް " އިދާރީ ޢިލްމުގެ މަބްދައުތައް" މިފޮތަކީ އިދާރީ ޢިލްމުތައް އެއިން ފެށިގެންއައި އަޞްލުކަމަށް މިދާއިރާގެ ޢިލްމުވެރިން ދެކިލައްވައެވެ.



އަލްޓްރާ ސައުންޑް

U_Sއަލްޓްރާ ސައުންޑް އަކީ ކޮބާ؟

އަލްޓްރާ ސައުންޑަކީ ''އަޑުގެ ރާޅުބާނި''(Sound waves) ތަކެއްގެ ސިފައިގައި ބޭނުންކުރެވޭ ބާރު ނުވަތަ ހަރަކާތެކެވެ. މިބުނި އަޑުގެ ރާޅުބާނި ތައް ދައުރުވަނީ އިންސާނުންގެ ކަންފަތަށް އިވޭވަރަށްވުރެ، މާ ބާރު ފްރެކްއެންސީ އެއްގައެވެ. މިއަޑުގެ ރާޅުބާނި ތައް އެތެރޭގެ ގުނަވަންތަކުގައި ޖެހިފައި އައުމުން ''ސްކޭނަރ'' އިން ''ރީޑް'' ކޮށް ދެއެވެ.



ވައިން ކަރަންޓް އުފެއްދުން ވައިގައި ހިފަނީ

wind_energyތެލުގެ އަގު 70 ޑޮލަރަށް ވުރެ މަތިވިޔަސް ގިނަ އިޔާދަ ކުރަނިވި ހަކަތަ އުފައްދާ ކުންފުނި ތަކަށް ފައިދާ އެއްވަނީ ސަރުކާރުގެ ބޮޑަތި އެހީ ތަކާއި އިނާޔަތް ތަށް ލިބިގެންނެވެ. ވައިގެ ހަކަތަ އަކީ މިހާރުވެސް ސަރުކާރު ގެ އެހީ ލިބިގެން ތެލާ އެއްއަގެއްގައި ބާޒާރުގައި ވާދަ ކޮށް ލެވޭނެ މަދު އިއާދަ ކުރަނިވި ހަކަތައިގެ ތެރެއިން އެކައްޗެވެ. މީގެ ފަހަތުގައި ވަނީ ތެލުގެ އަގު ބޮޑުވުމާއި ބަދަލުވަމުންދާ ޓެކްނޮލޮޖީގެ އެހީ ގައި ބުރަފަތިގެ ފިޔަ އަށް އަންނަ ހެޔޮ ބަދަލެވެ. ނަތީޖާ އެއްގެ ގޮތުން އެމެރިކާގައި ވައިން ކަރަންޓް އުފައްދާ މިންވަރު ވަނީ ކުރީ އަހަރާ އަޅާ ބަލާ އިރު %33 އިތުރު ވެފަ އެވެ. ނަމަވެސް ވައިން ކަރަންޓް އުފެއްދުން ތަރައްގީ ކުރަން ބޭނުން ފަރާތް ތަކަށް މިވަނީ އިތުރު ގޮންޖެހުން ތަކާ ކުރިމަތި ވެފައެވެ.



ޠަބީޢީ ކާރިޘާތަކުގެތެރެއިން ހަރިކޭން

hurricane Katrina main

ހަރިކޭން (Hurricane) އަކީ، ޚައްޠު އިސްތިވާ ކައިރީގައި، ކަނޑުގެ ހޫނުކަން މައްޗަށްދާ ސަރަހައްދުތަކުގައި އުފެދޭ، އެނބުރެމުންދާ ވަރުގަދަ ޠޫފާންތަކަށް ކިޔާ ނަމެކެވެ. ހަރިކޭންއަށް ކިޔާ އުޅޭ އަނެއް ނަމަކީ ޓްރޮޕިކަލް ސައިކްލޯން (Tropical Cyclone) އެވެ.

ހަރިކޭންގެ ތެރޭގައި، އެނބުރެމުންދާ ވަރަށް ބާރުގަދަ ވަޔާއި، (އެންމެ މަދުވެގެންވެސް ގަޑިއަކު 74 މޭލުގެ ބާރުމިނުގައި ވައިޖެހެމުންދާނެ) ބޯވިއްސާރައާއި، ވައިގެ ދަށް ޕްރެޝަރާއި (Low air pressure) ގުގުރި އާއި ވިދުން އެކުލެވެއެވެ. ހަރިކޭންގެ ޠޫފާނީ ރޯޅިތައް އެނބުރެމުންދާނީ ގަޑީގެ ކަށިއެނބުރޭ ކޮޅާއި އިދިކޮޅަށް، މެދުގައިވާ ލޮލޭ ކިޔޭ ހިމޭން ސަރަހައްދުގެ ވަށައިގެންނެވެ.



ގެލީލިއޯ : ޢިލްމީ ދުނިޔޭގައި ފަޑުވުމެއްނެތް ނަމެއް

galileoފެށުން

ގެލީލިއޯއަކީ އޭނާގެ ޙަޔާތުގައި ފާހަގަ ކޮށްލެވޭފަދަ އެތައް ގިނަގުނަ ޢިލްމީ ޚިދުމަތްތަކެއް އިންސާނިއްޔަތަށް ފޯރުކޮށްދީފައިވާ ފަރާތެކެވެ. ގެލީލިއޯގެ އެންމެ ފާހަގަ ކުރެވޭ ޚިދުމަތަކީ އެއް އުސްމިނަކުން ވެއްޓިގެން އަންނަ ދޭއްޗެއް ބިމުގައި ޖެހޭނީ އެއްވަގުތެއްގައި ކަން ދުނިޔެއަށް ސާބިތުކޮށްދިން ކޮށްދިނުމެވެ. ގެލީލިއޯ މިކަން ދުނިޔެއަށް ސާބިތުކޮށްދެއްވުމުގެ ކުރިން މީހުން ޤަބޫލު ކުރަމުން އައީ އެރިސްޓޯޓްލްގެ ނަޒަރިއްޔާއެވެ. އެރިސްޓޯޓްލްގެ ނަޒަރިއްޔާ ބުނާގޮތުގައި އެއް އުސްމިނަކުން ވެއްޓިގެން އަންނަ ދޭތީގެ ތެރެއިން ފުރަތަމަ ބިމުގައި ޖެހޭނީ އޭގެތެރެއިން ބަރުދަން އިތުރު އެއްޗެކެވެ. އެހެން ކަމުން އެދޭތި ބިއްމައްޗަށް ވެއްޓޭ ވަގުތު ތަފާތު ވާނެއެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.