އާދީއްތަ20201122

އާކުރެވުނީ: 08:43:52

ޢިލްމު

ނާސާގެ މަސްއޫލުވެރިން ސްޕިރިޓްއިން އެންމެފުރަތަމަ ފޮނުވި ފޮޓޯ ބަލަނީ.

sprit_probދުނިޔެއާއި އެންމެކައިރި ޕްލެނެޓްކަމުގައިވާ މާރސްގެ ކަންތައްތައް ދިރާސާކުރުމަށް އެމެރިކާގެ ނާސާއިން، ފޮނުވި އުޅަނދު '' ސްޕިރިޓް'' ( ރޫޙު ) ކާމިޔާބުކަމާއިއެކު، މާސްގައި ޖެއްސުމަށްފަހު، އެތާގެ ފޮޓޯތައް ބިމަށް ފޮނުވައިފިއެވެ.

އެންމެ ފުރަތަމަ ފޮނުވި ފޮޓޯއިން ދައްކައިދެނީ، ސްޕިރިޓްގެ ބަޔަކާއި، މާރސްގެ އުފުޤާއި، މިއުޅަނދު ތިރިކުރި ތަނުގެ ބައެކެވެ. ފޮޓޯ ނެގިފައިހުރީ ކަޅާއި ހުދުންނެވެ.ބަމް : ބިންހެލުމުގައި ހަލާކުވި ތާރީޚީ ރަށް..

bamއީރާނުގެ އިރުދެކުނުގައި، ކަރްމާން ސަރަޙައްދުގައި އޮންނަ ބަމް ކިޔާ ރަށަކީ، ތާރީޚީ ގޮތުން ވަރަށް މުހިއްމު ރަށެކެވެ. ކަދުރާއި ހުތްމޭވާގެ ބަޖީޗާތަކުން ފުރިފައިވާ މިރަށުގެ އާސާރީ ތަންތަނަކީ ވަރަށް އިހުގެ ތާރީޚުތަކާއި ގުޅިފައިވާ ތަންތަނެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްތަނަކީ، މަށިން ހަދާފައިވާ ކޯއްޓޭ އެކެވެ. މިކޯއްޓޭ އަކީ، މީގެ ގާތްގަނޑަކަށް 2000 އަހަރަށްވުރެވެސް ކުރިން ހަދާފައިވާ ތަނެކެވެ.ގޮތްނޭނގޭ އުދުހޭ އެއްޗެތި.. ޙަޤީޤަތެއްތަ؟

ufoޔޫ.އެފް.އޯ ނުވަތަ އަންއައިޑެންޓިފައިޑް ފްލައިންގް އޮބްޖެކްޓް އަކީ ބައެއްފަހަރު މިބިމުން ނުވަތަ އަލިފާންގުޅައެއްގެ ސިފައިގައި ޖައްވުގައި އުދިހިފާދަނިކޮށް ފެނިފައިވާ ކަމަށް ބުނެވޭ ގޮތްނޭނގޭ އެއްޗެތިތަކެކެވެ. މީގެ ވާހަކަ އެއްބަޔަކު ޤަބޫލުކުރާއިރު އަނެއްބަޔަކު ބުނަނީ އެއީ ޚިޔާލީވާހަކަތަކާއި ފިލްމީމަންޒަރުތަކުގެ ސަބަބުން މީހުންނަށް ފެންނަހެން ހީވާ އެއްޗެތިކަމަށެވެ.

ބުނެވޭގޮތުގައި ޔޫއެފްއޯ ބިމުގައި ދިރުންފެށުމާއި އެކުވަނީ އުފެދިފައެވެ. އެކަމަކު އިންސާނުންނަށް މި އެއްޗެތި ފެންނަންފެށީ 1939ން 1945 އަށް ހިނގި ދެވަނަބޮޑުހަނގުރާމައިގެ ތެރޭގައެވެ.ކޮމްޕިޔުޓަރ މައުސް އަށް 40 އަހަރު

mouseކޮމްޕިޔުޓަރުގެ ބޭނުން ހިފުމުގެ މައުސް ގެ އެހީތެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. މައުސް ގެ ބޭނުން ގިނަ ބަޔަކު ދަނީ ފުޅާ ދާއިރާއެއްގައި ހިފަމުންނެވެ.

ފުރަތަމަ ފަހަރަށް ކޮމްޕިޔުޓަރ މައުސް އެއް ބޭނުންކުރެވުނީ 1968 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކޮމްޕިޔުޓަރގައި މައުސް މަސައްކަތް ކުރާގޮތް ޢާއްމުންނަށް އެދުވަހު ދައްކާލަދީފައިވަނީ އެމެރިކާގެ ސައިންޓިސްޓެއްކަމުގައިވާ ޑޮކްޓަރ ޑަގްލަސް އެންގެލް ބާރޓްއެވެ. ފޯލްޖޮއިންޓް ކޮމްޕިއުޓަރ ކޮންފަރެންސް ގެ ނަމުގައިއުރަމަތީގެ ކެންސަރު އިތުރަށް ގޯސްކުރާ ޕްރޮޓީންއެއް ފެނިއްޖެ.

brst_cncerއުރަމަތީގެ ކެންސަރުގެ ދުޅަތައް އިތުރަށް ގޯސްކުރުވާ ޕްރޮޓިން އެއް ހޯދިއްޖެކަމަށް ޑޮކްޓަރުންގެ ޓީމަކުން ހާމަކޮށްފިއެވެ. ނަމަވެސް، އަލަށް ތައްޔާރުކުރެވޭ ، ބޭހެއްގެ ސަބަބުން، ކެންސަރުޖެހޭ މީހުން މިޕްރޮޓީނުން ފަހަރެއްގައި ޙިމާޔަތްކުރެވިދާނެކަމަށް، އެމީހުން ދެކެއެވެ.

ކުރުކޮށް ކިޔާނަމެއްގެ ގޮތުގައި އީ.ޖީ.އެފް.އާރު ގެ ނަންދެވިފައިވާ މިޕްރޮޓިންގެ ސަބަބުން، ކެންސަރުގެ އެހެން ވައްތަރުތައްވެސް އިތުރަށް ނުބައިކުރުވައެވެ.ކޮލަމްބަސްއަށް އެމެރިކާއަށް ދެވުނީ އޮޅިގެން..

clum_1ކްރިސްޓޮފަރ ކޮލަމްބަސް އުފަންވީ 1445މ. ވަނަ އަހަރުގައެވެ. އޭނާގެ ބައްޕައަކީ ޕޯޗްގަލްގެ ފެހުންތެރިއެކެވެ.

ކޮލަމްބަސްއަކީ ނުރައްކާތަކާއި ކުރިމަތިލައި ކާމިޔާބުހޯދުމަށް ލޯބިކުރި މީހެކެވެ. އަދި އަބަދުވެސް ކަނޑުތަކުގެ ބިއްދޮށުގައި ފޮރުވިފައިވާ ތަންތަން ހޯދުމަށް އޭނާ ޝަވްޤުވެރިވިއެވެ. މިގޮތުން އޭނާގެ އެއްމެ ބޮޑު އުއްމީދަކަށްވެފައި އޮތީ ސްޕޭނުން ފެށިގެން ހަވާދުގެ 'މުއްސަނދިކަން' ލިބިފައިވާ އިންޑިއާއަށް، ދަތުރުކުރާނެ އައު ކަނޑުމަގެއް ހޯދުމެވެ.ނިއުޓަންގެ ޙަރަކާތްކުރުމާއި ބެހޭ 3 ޤާނޫނު

newton2އެއްވަނަ ޤާނޫނު

ކޮންމެ އެއްޗެއްވެސް އެއެއްޗެއް ހުންނަ ޙާލަތުގައި ( ޙަރަކާތްނުކޮށް ނުވަތަ ޙަރަކާތްކޮށްކޮށް)، ބޭރުން އެއަށް ބާރެއް ފޯރަންދެން ދެމިހުރެއެވެ.

މީގެ މާނައަކީ ހުއްޓިހުންނައެއްޗެއް އަބަދުވެސް ހުންނާނީ ހުއްޓިއެވެ. އަދި ޙަރަކާތްކުރާ އެއްޗެއް އަބަދުވެސް ހުންނާނީ ޙަރަކާތްކޮށްކޮށެވެ. ނަމަވެސް އެއީ ކޮންމެވެސް ބާރެއް އޭގެ ޙާލަތުބަދަލުނުކުރާހާ ޙާލެއްގައެވެ.ސާރސް: ގޮތްނޭނގޭ އައު ބަލި

Image1އޭޝިއާއިން މިއަހަރުގެ ފެބްރުއަރީމަހުން ފެށިގެން، އަލަށް ފެނުނު ނިއުމޯނިއާ އާއި ވައްތަރުގޮތެއްހުންނަ، ގޮތްނޭނގޭ އައު ބައްޔަށް ކުރުކޮށް ކިޔާނަމަކީ ސާރސްއެވެ. މިލަފުޒުގެ ދިގުގޮތަކީ، ސެވެއަރ އެކިއުޓް ރެސްޕައިރޯޓެރީ ސިންޑްރޯމްއެވެ. މިހާތަނަށް މިބައްޔާއި ބެހޭގޮތުން ޖަމާކުރެވިފައިވާ މަޢްލޫމާތުތަކުން ހާމަވާ ގޮތުގައި މިއީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

ތިރީގައި އެވަނީ ސާރސްއާއި ބެހޭގޮތުން ހޯދިފައިވާ ބައެއް މަޢްލޫމާތުތަކެވެ.ކޮމްޕިއުޓަރ ވައިރަސްއަށް ބަލާލުމެއް

virus2ކޮމްޕިއުޓަރާއި އޭގެ ބޭނުންތައް ޢާއްމުވަމުން އަންނަވަރަކަށް، ' ކޮމްޕިއުޓަރަށް ބަލިޖައްސާ ' ތަފާތުވައްތަރުތަކުގެ، ނުރައްކާތެރި ވައިރަސްތަކުގެ ވާހަކަ އަޑުއިވޭ މިންވަރު އަންނަނީ ގިނަވަމުންނެވެ.

މިދާއިރާގެ ހޭލުންތެރިކަން އެކަށީގެންވާގޮތެއްގައި ލިބިފައިނުވާ މީހުނަށް، ވައިރަހޭ ބުނުމުން، އެއީ އިންސާނުންނަށް ބަލިޖައްސާ ވައިރަސްފަދަ ދިރޭ އެއްޗިހިތަކެއްގެ ގޮތުގައިވެސް ހީކުރެވެއެވެ. މިއީ މުޅިން ރަނގަޅު ހީއެއްކަމަށްނުވިއަސް ދިރޭއެއްޗިއްސަށް ބަލިޖައްސާ އޯގަނިކް ވައިރަސްތަކާއި، ކޮމްޕިއުޓަރ ވައިރަސް ޙިއްޞާވާ ބައެއް ކަންކަންއެބަހުއްޓެވެ. ތިރީގައި އެވަނީ މިގޮތުން ފާހަގަކޮށްލެވޭ ކަންކަމެވެ.ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.