ޢިލްމު އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://www.kavaasaa.com/ilmu/ Thu, 15 Nov 2018 10:25:02 +0200 Joomla! - Open Source Content Management en-gb ކިޔުންތެރިއަކަށް ވުމަށްޓަކައި...! http://www.kavaasaa.com/ilmu/mauloomath/kiuntheri-aka-vumattakai.html http://www.kavaasaa.com/ilmu/mauloomath/kiuntheri-aka-vumattakai.html

kiyunterikahކިޔާ ގަޑީގައި ވަރަށް މުހިންމު ކަމެއް ދިމާވެގެން މެނުވީ ކިޔުން މެދުކަނޑާލައިގެން ނުވާނެއެވެ. އަދި ކިޔަމުންދާއިރުގައި ހިތުގައި އުފެދޭ ސުވާލުތައް ނޯޓުކުރެވެންވާނެއެވެ. ކިޔާ ނިމުމުން ނޯޓުކުރެވުނު ސުވާލުތަކުގެ ޖަވާބު ފެނޭތޯ ހަމަ އެލިޔުން އަލުން ބަލާލަންވާނެއެވެ. އެނޫނީ އެހެން ފޮތަކުން ނަމަވެސް ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަން މަސައްކަތްކުރަންވާނެއެވެ. ސުވާލަކީ އުފެއްދުންތެރިކަމުގެ ތަޅުދަނޑިއެވެ. އުފެއްދުންތެރިކަން ކުރިއަރުވަން އެދޭ މީހާ އަބަދުވެސް "ކޮން އެއްޗެއް؟، ކީއްވެ؟، ކިހިނެއް؟، ކޮންއިރަކު؟، ކޮބައި؟، އެހެންނަމަ؟، ހޭ؟" މި ފަދަ ސުވާލުތަކުގެ ޖަވާބު ލިބުން އެދިގެން މަސައްކަތްކުރަންވާނެއެވެ.

]]>
nooru@kavaasaa.com (ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު) މަޢްލޫމާތު Sat, 10 Sep 2011 00:03:41 +0200
ޤާނޫނު އަސާސީ http://www.kavaasaa.com/ilmu/mauloomath/qaanoonu-asaasee.html http://www.kavaasaa.com/ilmu/mauloomath/qaanoonu-asaasee.html

Constitutional Lawދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚުތިޞާޞުގެ އެންމެ މުހިއްމު ބަޔަކީ ޤާނޫނުތަކުގެ ދުސްތޫރިއްޔަތު ކަނޑައެޅުމެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީތަކުގެ ތެރެއިން 2008ވަނަ އަހަރު ތަޞްދީޤުކުރެވުނު ޤާނޫނު އަސާސީއަކީ އެންމެ ފުރަތަމަ ފަހަރަށް އެފަދައިން ޤާނޫނުގެ ދުސްތޫރިއްޔަތު ކަށަވަރުކުރުމުގެ ވާހަކަ ބަޔާންކުރާ ދުސްތޫރެވެ. މިހާރު ރައްޔިތުން މަޖިލީހުން ހަދާ ހުރިހާ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ހަދާ ހުރިހާ ޤަވާޢިދުތަކެއް ވާންވާނީ ޤާނޫނު އަސާސީން ދުސްތޫރިއްޔަތު ލިބޭ ޤާނޫނުތަކެއް އަދި ޤަވާޢިދުތަކެއް ކަމުގައެވެ. އެކަން ޔަޤީންކުރާނީ ކޯޓުންނެވެ.

]]>
shifzaan@kavaasaa.com (ޝިފްޒާން އަޙްމަދު) މަޢްލޫމާތު Tue, 16 Aug 2011 07:33:11 +0200
އެތެރެ ހާވިޔާވުން! http://www.kavaasaa.com/ilmu/madhrasee/ethere-haaviyaa-vun.html http://www.kavaasaa.com/ilmu/madhrasee/ethere-haaviyaa-vun.html

eterehaaviyaaމާތްﷲ ދުނިޔެ އުފައްދަވައި އެދުނިޔެއަކީ ޚިޔާރުކުރުމާއި، އިމްތިޙާނުކުރެއްވުމުގެ މައިދާން ކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެދުނިޔޭގައި އިމްތިޙާނަކަށް ބޭނުންވާނެ ހުރިހާ ސިފަތަކެއް ފުރިހަމައަށް ލެއްވިއެވެ. މިސަބަބަށްޓަކައި އަޅުގަނޑުމެންނަށް އަބަދުމެ، ދަތިކާއި ބުރަތަކުގެ ތެރޭގައި އުޅެންޖެހެއެވެ.

]]>
shifzaan@kavaasaa.com (ތަރުޖަމާ:ޝިފްޒާން އަޙްމަދު) މަދުރަސީ Wed, 10 Aug 2011 23:27:37 +0200
ހިނިތުންވުން ޞަދަގާތަކަށް ވަނީ ކީއްވެ؟ http://www.kavaasaa.com/ilmu/mauloomath/hinitunvun-sadagaatakah.html http://www.kavaasaa.com/ilmu/mauloomath/hinitunvun-sadagaatakah.html

hinithunvunހިނިތުންވުމަކީ އެކެއްގެ މޫނުން އަނެކެއްގެ މޫނަށް "ވާރުތަވާ" ކަމެކެވެ. ތިބާ މީހެއްގެ ކުރިމަތީ ހިނިތުންވުން ތަކުރާރުކުރަނީ ނަމަ އޭނާ ވެސް ހިނިތުން ނުވެއެއް ނުހުންނާނެއެވެ. އޭރުން ފެންނާނީ އޭނާގެ ހަށިގަނޑުގެ އެންމެހާ ހިސާބަކުން ތިބާއަށް މަރުހަބާކިޔަމުންދާ ރީތި މަންޒަރެވެ.

]]>
nooru@kavaasaa.com (އުސާމް މުޙައްމަދު ސަޢީދު) މަޢްލޫމާތު Tue, 09 Aug 2011 04:51:50 +0200
އޭރަލް ކަނޑު: މިހާރު މުޞީބާތުގެ ކަނޑެއް http://www.kavaasaa.com/ilmu/thimaaveshi/aral-kandu.html http://www.kavaasaa.com/ilmu/thimaaveshi/aral-kandu.html

aral-javvee-foto
އޭރަލް ކަނޑަކީ އެއްދުވަސް ވަރެއްގައި މަސްވެރިންނާއި ބޮޑެތި އާގުބޯޓް ފަހަރު ދަތުރުކުރި ވަރަށް ފުން، ދަތުރުފަތުރުގެ ކާރޫބާރޫ ބޮޑު ކަނޑެކެވެ. ނަމަވެސް މިއަދު އޭރަލް ކަނޑުވަނީ  އެތަނުގެ ކުރީގެ ސައިޒަށްވުރެ، ނުވަދިހަ ޕަސެންޓު ކުޑަވެފައެވެ. މިހެން ވާން ދިމާވީ ކަނޑު، އެއްގަމަށް ބަދަލުވުމުންނެވެ. ކަނޑުގެ ބޮޑުބައެއް ހިކުމުގެ ސަބަބުން، މުޅި ކަނޑު މިއަދު ބަދަލުވެފައިވަނީ ސަހަރާއަކަށެވެ. ކަނޑުގައި އަޅާފައި ހުރި އާގުބޯޓްފަހަރު މިއަދު އެހުރީ ވީރާނާވުމަށް އެއްގަމުގައެވެ. މަސްވެރިންނާއި އާގުބޯޓްފަހަރު އަވަދިނެތި ހަރަކާތްތެރިވި ކަނޑުގައި އެހުރީ ވިނަ ގަސްތައްފަޅާފައެވެ. މަސްމަހާމެހީގެ ބަދަލުގައި ކަނޑުގައި ދުވަނީ ޖަމަލުފަދަ ސަހަރާގައި އުޅޭ އެއްގަމު ޖަނަވާރެވެ.

]]>
aliismail@kavaasaa.com (ޢަލީ އިސްމާޢީލް) ތިމާވެށި Thu, 04 Aug 2011 18:18:27 +0200
އަނެކާގެ ޝަޚްސިއްޔަތު ދެނެގަތުން http://www.kavaasaa.com/ilmu/mauloomath/anekaage-shahsiyyat.html http://www.kavaasaa.com/ilmu/mauloomath/anekaage-shahsiyyat.html

anekaage-shahsiyyatމީހުންނާ އޮންނަ ގުޅުންތައް ހަރުދަނާ ކުރުމާއި، މީހުންނާއި ގުޅިގެން އުޅުމާއި، އެކުއުޅުމާއި، އެކުވެއުޅުމުގެ ފަސޭހައަށްޓަކައި މީހުންގެ ތަފާތުތައް ގަބޫލުކުރުމާއެކު، އެ ތަފާތާއި މުޢާމަލާތުކުރަން އެނގުމީ އެއްމެ ބޭނުންތެރި ކަންތަކެވެ. ކޮންމެ މީހަކާ ވެސް ގުޅޭ ގޮތަށް އެމީހަކާ މުޢާމަލާތުކުރުމަށްޓަކައި އެންމެ ފުރަތަމައަށް ދެނެގަންނަންޖެހެނީ އެމީހެއްގެ ޝަޚުސިއްޔަތެވެ. މި ގޮތުން އިންސާނުންގެ ވައްތަރުތައް ދެނެގަތުމަށްޓަކައި ނަފުސާނީ ޢިލްމުވެރިން ތަފާތު ނަޒަރިއްޔާތަކާއި ގޮތްތައް ހާމަކުރައްވާފައިވެއެވެ. މި މަޒުމޫނުގައި ގެނެސްދޭނީ އޭގެ ތެރެއިން އެއް ނަޒަރިއްޔާއެވެ.

]]>
nooru@kavaasaa.com (ނޫރުއްސަލާމް އަބޫބަކުރު) މަޢްލޫމާތު Wed, 03 Aug 2011 04:57:04 +0200
ކަޢުބާ ހުރި ފަރާތް ހޯދިދާނެ 2 ދުވަސް http://www.kavaasaa.com/ilmu/mauloomath/kaubaa-hodhidhaane-2-dhuvas.html http://www.kavaasaa.com/ilmu/mauloomath/kaubaa-hodhidhaane-2-dhuvas.html

qibla-hoadhun1

ސައިންސްވެރިން ދެކޭ ގޮތުގައި ފާހަގަ ކުރެވޭ ބަދަލު ތަކެއް އަންނާނީ ވަރަށް ދިގު ޒަމާންތަކެއްގެ ތެރޭގައި ކަމުން، ޒަމާންތަކެއްވަންދެން ނުވަތަ ބަދަލުތަކެއް އައިސްފިކަން ފާހަގަ ކުރެވެންދެން، ކޮންމެ އަހަރަކުވެސް 28 މޭ  ގައި މެންދުރު ފަހު    2 ގަޑި 18 ވާ އިރު  އާއި، 16 ޖުލައި  ގައި  މެންދުރު ފަހު    2 ގަޑި 26 ވާ އިރު، އިރު ހުރި ފަރާތަށް ކުރިމަތި ލުމުން ކަޢުބާ ހުރި ފަރާތަށް ކުރިމަތިލެވޭނެއެވެ. ވީމާ މި 2 ދުވަހު މެންދުރުފަހު މިވަގުތުތަކުގައި އިރު ހުރި ފަރާތަކީ ތިމާ ނަމާދު ކުރަން ކުރިމަތިލާ ފަރާތްތޯ، ނުވަތަ ތިމާ ނަމާދު ކުރާ މިސްކިތް ބިނާ ކުރެވިފައި ހުންނަނީ މިވަގުތު ތަކުގައި އިރު ހުރި ފަރާތަށް ކުރިމަތިވާ ގޮތަށްތޯ، ޔަޤީންކޮށްލެވިދާނެއެވެ.

]]>
info@kavaasaa.com (އަޙުމަދު މުސްލިމު) މަޢްލޫމާތު Tue, 10 May 2011 13:13:20 +0200
ޕްލެނެޓްތަކާއި އިރާ ހުރި ދުރުމިން ހަނދާނުގައި ބެހެއްޓިދާނެ ގޮތެއް http://www.kavaasaa.com/ilmu/technology/planet-dhurumin-hadhaankurun.html http://www.kavaasaa.com/ilmu/technology/planet-dhurumin-hadhaankurun.html

planet-dhurumin-hadhaankurunއިރުގެ ނިޡާމުގައި ހިމެނޭ ޕްލެނެޓް ތަކާއި އިރާ ހުންނަ ދުރުމިން އަހަރު ތެރޭގައި ބަދަލުވަމުންދާތީވެ، އާންމުކޮށް އެ ދުރުމިނުގެ ގޮތުގައި މާނަ ކުރެވެނީ އަހަރު ތެރޭގައި ހުންނަ އެވްރެޖް ދުރުމިނެވެ. މިޕްލެނެޓް ތަކާއި އޭގެ ތަރުތީބު މިއަދު ސްކޫލުތަކުން ނިމޭ ދަރިވަރުންގެ ހިތުގައި ވަރަށް ގިނަފަހަރަށް ހުރި ނަމަވެސް އިރާއި އެއިން ކޮންމެ ޕްލެނެޓަކާ ހުންނަ ދުރުމިން ހަނދާނުގައި ބެހެއްޓުމަކީ ގިނަމީހުންނަށް ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް މީގެ 238 ވަރަކަށް އަހަރު ކުރިން 1772 ވަނަ އަހަރު ޖަރުމަނު ގެ ޖޯހަން އެލާޓްބޯޑް ލިޔުއްވި ޤާނޫނަކީ މިދުރުމިންތައް (ގާތްކުރާ މިނަކަށް) ހޯދާލެވޭ، ހަނދާނު ގައި ބަހައްޓަން ފަސޭހަ ޤާނޫނެއްކަމަށްފެނެއެވެ.

]]>
info@kavaasaa.com ( އަޙްމަދު މުސްލިމް ) ޓެކްނޮލޮޖީ Wed, 14 Jul 2010 13:55:06 +0300
ވިސްޓާގެ ދުވެލި ހަލުވި ކުރުމަށް ކުރެވިދާނެ ބައެއް ކަންތައް http://www.kavaasaa.com/ilmu/technology/vista-dhuveli.html http://www.kavaasaa.com/ilmu/technology/vista-dhuveli.html

1tip2-މެމަރީ މަތިކުރުން

ވިންޑޯސްގެ މަސައްކަތް ހަލުވި ކުރުމަށް އެޅެން އޮތް އެންމެ ފަސޭހަ ފިޔަވަޅަކީ ކޮމްޕިޔުޓަރގެ މެމަރީ (ރޭމް) މަތިކުރުމެވެ. މަދުވެގެން 1 ގެގަ ބައިޓް (1024 މެގަބައިޓް) ގެ މެމަރީ ވިސްޓާ އަޅާފައިވާ ކޮމްޕިޔުޓަރެއްގައި ހުރުން މުހިއްމެވެ. ނަމަވެސް އެއް ގެގައިން ފުއްދާލުމުގެ ބަދަލުގައި މަތިކުރެވެން އެންމެ މަތީ އަދަދަކަށް މެމަރީ މަތިކުރުމަކީ ކޮމްޕިޔުޓަރެއްގެ ދުވެލި ހަލުވިކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

]]>
aliahmed@kavaasaa.com (ޢަލީ އަޙްމަދު) ޓެކްނޮލޮޖީ Wed, 24 Dec 2008 07:00:00 +0200
'އާ އުދަރެސް' ގެ ދަތުރު ދެބައިވެއްޖެ http://www.kavaasaa.com/ilmu/technology/aa-udhares-ge-dhathuru.html http://www.kavaasaa.com/ilmu/technology/aa-udhares-ge-dhathuru.html

19NASA-New-Horizons ޖެނުއަރީ 2006 ވަނަ އަހަރު ޕުލުޓޯ އާއި ކައިރިއަށް ދިއުމުގެ ދަތުރު ފެށި، ނިވް ހޮރައިޒޯން (ނުވަތަ އާ އުދަރެސް) ގެ ނަމުން ނަން ދެވުނު އުޅަނދު މިހާރު ދަތުރު ދެބައިކޮށްފިކަމަށް، ނާސާއިން ހާމަކޮށްފިއެވެ. ސިކުންތަކު 16 ކިލޯ މީޓަރަށް ވުރެ ބާރު ސްޕީޑެއްގައި ބިމުން ދަތުރު ފެށި މިއުޅަނދު 2015 ވަނަ އަހަރު ޕްލުޓޯއާއި ކާރި ވަމުންދާ ވަގުތު ހިނދު ކޮޅެއްވެސް ނަގާލާން ބޭނުން ނުވާކަމަށާއި މިވަގުތު ހުރިހާ އިންސްޓްރޫމެންޓްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލަމުންދާ ކަމަށް ޕްރޮޖެކްޓްގެ ސައިންޓިސްޓް ހަލްވީވަރ ވިދާޅުވިއެވެ. މި އުޅަނދު ހޭދަ ކުރިވަގުތާއި ބާކީ ހުރި ވަގުތު ބަލާލުމަށް ތިރީގައިވާ ލިންކަށް ފިތާލައްވާށެވެ.

]]>
info@kavaasaa.com (އަޙްމަދު މުސްލިމް) ޓެކްނޮލޮޖީ Sun, 22 Jun 2008 19:23:40 +0300
ވިންޑޯސް 7 ބީޓާ : ތަޖުރިބާ ކޮށްލަން ރަނގަޅު ފުރުޞަތެއް http://www.kavaasaa.com/ilmu/technology/win-7.html http://www.kavaasaa.com/ilmu/technology/win-7.html

windows-7-betaމައިކްރޯ ސޮފްޓުން އެކުންފުނީގެ އާ އޮޕަރޭޓިންގ ސިސްޓަމް ތަޖުރިބާ ކޮށްލުމުގެ ދޮރު މިހާރު ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ދެހަފްތާގެ މުއްދަތަށް މައިކްރޯސޮފްޓް ވެބްސައިޓު އިން ވިންޑޯސް 7 ބީޓާ ހިލޭ ޑައުންލޯޑް ކުރުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ.

]]>
aliahmed@kavaasaa.com (ޢަލީ އަޙްމަދު) ޓެކްނޮލޮޖީ Wed, 16 Jan 2008 07:00:00 +0200
ހިއްސާ ބާޒާރެއްގެ ބޭނުމަކީ ކޮބާ؟ http://www.kavaasaa.com/ilmu/mauloomath/share-baazaar.html http://www.kavaasaa.com/ilmu/mauloomath/share-baazaar.html

hissaaމިދުވަސްވަރަކީ އަޅުގަނޑުމެންގެ ތެރޭގައިވެސް ހިއްސާއާއި، ހިއްސާ ގަނެވިއްކުމުގެ ބާޒާރާއި ބެހޭގޮތުން ވާހަކަ ދެކެވެމުންދާ ދުވަސްވަރެކެވެ. އަޅުގަނޑުގެ މަޤްޞަދަކީ ހިއްސާ ބާޒާރަކީ ކޮބައިކަމާއި، އަމިއްލަ ފަރުދުންގެ ދިރިއުޅުމުގައްޔާއި ވިޔަފާރިއެއް ހިންގުމުގައި ހިއްސާ ބާޒާރެއްގެ ދައުރަކީ ކޮބައިކަން ކުރު ގޮތަކަށް ބަޔާންކުރުމެވެ. މައުޟޫއާއިގެން ކުރިޔަށްދިޔުމުގެ ކުރީން ހިއްސާއަކީ ކޮބައިކަމާއި، ހިއްސާގެ ބާވަތްތަކާއި، ހިއްސާއާއި އެއްގޮތް ބައެއް އެހެނިހެން ތަކެއްޗާއި، އަދި ހިއްސާ ވިއްކާ ކުންފުނިތަކަށް ބަލައިލާނަމެވެ.

]]>
info@kavaasaa.com (މުޙައްމަދު ޢަލީ) މަޢްލޫމާތު Fri, 07 Sep 2007 06:00:00 +0200
ކިޔަވާ ކުދީންގެ މުޤައްރަރުގައި މަދުވަނީ ކޮންއެއްޗެއް؟ http://www.kavaasaa.com/ilmu/madhrasee/muqarrar-in-madhuvanee-kon-ecchei.html http://www.kavaasaa.com/ilmu/madhrasee/muqarrar-in-madhuvanee-kon-ecchei.html

muqarrar-in-madhuvaneeޖުލައި 2007 ވަނަ ދުވަހުގެ ހަވީރު ނޫހުގައި އޮތް ސުރުޚީތަކުގެ ތެރެއިން އަޅުގަނޑުގެ ލޮލުގައި އެންމެ އަޅައިގަތް ސުރުޚީއަކީ، 'ކިޔަވާ ކުދިންގެ މުޤައްރަރު ތައްޔާރުކުރާ ފަރާތްތައް އިންސާނީ ހައްޤުތަކަށް ހޭލުންތެރިކުރުވުމުގެ ބައްދަލުވުމެއް ފަށައިފި' މި ސުރުޚީއެވެ. ސަބަބުތަކެއް ނެތި އެއް ނޫނެވެ. ފުރަތަމަ ކަމަކީ، އެ ބައްދަލުވުމުގެ މަޤްޞަދެވެ. ބައްދަލުވުމުގެ ބޭނުމެއް ކަމަށް ވަނީ، މުޤައްރަރު ހަދާ ފަރާތްތަކަށް އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ އާއި ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ ކިޔަވާކުދީންނަށް ތަޢުލީމީ ނިޠާމުގެ ތެރެއިން އެކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ ގޮތްތަކެއް އެކަށައެޅުމަށްޓަކައި މުޤައްރަރު ތައްޔާރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމެވެ.

]]>
info@kavaasaa.com (މުޙައްމަދު ޢުމަރު) މަދުރަސީ Thu, 23 Aug 2007 07:32:27 +0300