ހުކުރު20180907

އާކުރެވުނީ: 08:43:52

ފިރްޢައުނު ގެ ލަޢްނަތް

firuaun'' އޭނާ އެ ވަނީ މަރުވެފައެވެ. އެކަމަކު އޭނާ ޙިމާޔަތް ކޮށްދޭ ރޫޙެއް އެބައުޅެއެވެ.އެރޫޙްވަނީ އޭނާޔާ މާދުރަކުނޫނެވެ.އެއީ އޭނާގެ އަތާއި ފައި ފަދައިން އޭނާގެ ހަށިގަނޑު ގެ ބައެކެވެ. އޭނާ އެއިންތިޒާރު ކުރަނީ އޭނާޔަށް ދިރުންދެއްވާ، އަލުން ދިރިއުޅެވޭނެ ދުވަހަކަށެވެ.އިންސާނުންގެ ލޯތަކަށް އޭނާ އެވަނީ މަރުވެފައެވެ.އެކަމަކުވެސް ހަޤީޤަތުގައި އޭނާ މަރެއްނުވެއެވެ ''

މިބަސް ކޮޅަކީ ބާރލިންގ ގެ މިޔުޒިޔަމް ގައި އޮތް ''ޕެޕައިރަސް''ގައި ލިޔެފައިވާ ލިޔުން ކޮޅެކެވެ. ވަރަށް ހައިރާން ކުރުވާ އެހެންނޫންތޯއެވެ.

މިއީ ކޯންއެޗެއްކަން އެނގިލައްވާތޯއެވެ؟ މިއީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައިވާ ''ފިރްޢައުނުގެ ލަޢްނަތް''މިމައުޟޫޢަށް ލިޔެފައިވާ އެތައްހާސް ލިޔުން ކޮޅުތެކުގެތެރެއިން ލިޔުމެކެވެ.

މި ކަންތައް ގަނޑު ފެށުނީ 1903 އަހަރު އިންގްލަންޑް ގެ ފިނި މާޙައުލު ދޫކޮށް މިސްރު ގެ ސަހަރާ ތަކަށް ލޯރޑް ކާރނަވަން އައި ފަހުންނެވެ. އޭނާ އަކީ 1890 ވަނަ އަހަރުން ފެށިގެން މިސްރު ގެ ތާރީޚީ ތަންތަން ދިރާސާ ކުރަން އުޅުނު އާރކިޔޮލޮޖިސްޓެއް ކަމަށްވާ ހާވާރޑް ކާރޓާރ ގެ ރައްޓެއްސެކެވެ. ކާރޓަރ ގަބޫލު ކުރާގޮތުގައި އޭނާ އަށް އާ ''ޓޮމްބް'' އެއް ހޯދިދާނެއެވެ. ލޯރޑް ކާރނަވަން އަކީ ކަންތައްތައް ދިރާސާ ކުރާ ހިތްވާ މީހަކަށް ވާތީ ''ކާރޓަރ'' އޭނާ އަށް ''ޓޮމްބް'' ހޯދުމަށް ބޭނުންވާ ހުރިހާ އެހީ އެއް ދިނެވެ.

ވަރަށް ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތައް ފަހު 6 ނޮވެމްބަރ 1922 ގައި ކާރޓަރ އަށް ރަނާއި ޖަވާހިރުން ފުރިފައިވާ ''ޓޮމްބް'' އެއް ފެނުނެވެ. އެއީ މަޝްހޫރު''ޓުޓަންކް ހާމާން'' ގެ ''ޓޮމްބް'' އެވެ. އެއީ އެދުވަސްވަރު އެންމެ ފާހަގަ ކޮށްލެވުނު ''އާރކިޔޮލޮޖިކަލް'' ހާދިސާ އެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ދާރުލް އާސާރު ތަކުން ކުރަހާ މީހުންނާއި، ފޮޓޯގްރާފަރުންނާއި، އާސާރީ ބަސް ދިރާސާ ކުރާމީހުން މި ކަމުގައި ބައިވެރި ވުމަށް ފޮނުވިއެވެ. އެހާދިސާގެ ވާހަކަ އެދުވަސް ވަރު ނިކުތް ހުރިހާ ނޫހެއްގައިހެން ލިޔެވުނެވެ.

މިމުހިއްމު ހާދިސާއާއި ގުޅިގެން ''ކާރޓަރ'' ބަތަލަކަށް ވިއެވެ. އެހެން ނަމަވެސް، ''ކާރޓަރ'' އަށް ލިބުނު ތަޢްރީފާއި، އިޙްތިރާމާ އެކުވެސް އޭނާ ހުރީ ވަރަށް ބިރުންނެވެ. ''ޓޮމްބް'' ތެރެއިން އޭނާ އަށް ފެނުނީ ''ރަސްގެފާނަށް އުނދަގޫ ކުރާ ކޮންމެ މީހެއް ގެ ސަޒާ އަކީ މަރު'' މިހެން ލިޔެފައި ވަނި ކޮށެވެ. ހަމަ އެ''ޓޮމްބް'' ތެރެއިން އޭނާ އަށް އެކަހަލަ އެހެން ޖުމްލަޔެއް ވެސް ފެނުނެވެ. އޭގައި ވަނީ ''އަހަންނަކީ މިތަން ފޭރެން އަންނަ މީހުން މި އަނިޔާވެރި ސަހަރާއަށް ފޮނުވާމީހާއެވެ. އަހަންނަކީ ''ޓުޓަންކް ހާމާން ގެ ފާރަވެރިޔާއެވެ'' އެހެން ނަމަވެސް ''ކާރޓަރ'' އެވާހަކައެއް ނުދައްކައެވެ. އެއީ އެތާ ގައި މަސައްކަތް ކުރާ މީހުން ބިރުގެން ފާނެތީއެވެ. އެބިރުވެރި އިންޒާރު އޭނާގެ މަޝްހޫރު ކަމާއި އުފާތަށް ފޭރި ގަތެވެ.

''ޓޮމްބް'' ހުޅުވާ ދުވަސް އައިސް ޖެހިއްޖެއެވެ. ''ކާރޓަރ'' މިތަން ހުޅުވުމުގެ ޙަފްލާ އަށް ޚާއްސަ 31 މެހެމާނުން ނަށް ދަޢުވަތު ދިނެވެ. އެ ތަނަށް 22 މީހުން ހާޟިރު ވިއެވެ. އެކަމަކު އެންމެ ޙައިރާން ކުރުވި ކަމަކީ ''ކާރޓަރ'' ދަޢުވަތު ދިން މީހުން ކުރެ އެކަކުވެސް އެ 22 މީހުން ތެރޭގައި ނުހިމެނޭ ކަމެވެ. އެއަށްވުރެ ބޮޑަށް އަޖާއިބުކަންގެނުވި ކަމަކީ މި 22 މީހުން ގޮތް ނޭނގޭ މަރަކުން މަރުވުމެވެ.

އެހާ ހިސާބުން މަރުގެ ސިލްސިލާ ފެށުނީ އެވެ. ފުރަތަމަ ''ޓޮމްބް'' ހޯދުމުގައި އުޅުނު މަސައްކަތު މީހުންގެ އެންމެންވެސް ވަރަށް އާދަޔާ ޚިލާފު މަރަކުން މަރުވިއެވެ. އަދި އެހާ ހިސާބުން މިކަމަށް ނިމުމެއް އައީކީ ނޫނެވެ.''ލޯރޑްކާރނަވަން މަރުވީ އޭނާ މިސްރު ގައި ހުރި ހޮޓަލު ގައި ހުއްޓާ ނަގުލަންދާއްޓެއް ކަށި ޖެހުމުގެ ސަބަބުން ލޭ ވިހަ ވެގެންނެވެ. ހަމަ އެދުވަހު މިސްރުގެ ޤާހިރާ އިން އެއްކޮށް ކަރަންޓް ދިޔައެވެ. އޭނާ މަރުވީވެސް ހަމަ އެވަގުތުއެވެ. އޭނާ ގެންގުޅުނު ކުއްތާ ލަންޑަން ގައި ހަމަ އެވަގުތު ވަރަށް ބާރަށް ވައްވައް ޖަހާ އުޅުނެވެ. އެއަށް ފަހު ''ލޯރޑްކާރނަވަން'' ގެ އެނދު މަތީގައި މަރުވީއެވެ. އެއަށް ފަހު''ޓޮމްބް''ހުޅުވާ ތަނަށް ހާޟިރު ވި މީހެއްކަމަށްވާ އެމެރިކާގެ މިލިޔަނަރ ''ގައި ގޯލްޑް''ވެސް ހަމަ އެވަގުތު ހަމަ އެ ހޮޓަލުގައި ''ލޯރޑްކާރނަވަން'' މަރުވިފަދައިން މަރުވީއެވެ.

''ލޯރޑްކާރނަވަން'' މަރުވިތާ ދުވަސް ކޮޅެއް ފަހުން ''ކާރޓަރ'' އާއި އެކު ''ޓޮމްބް''ހޯދުމުގެ މަސައްކަތުގައި އުޅުނު އެމެރިކާގެ މީހެއް ކަމަށްވާ ''ވޯޓާމިސީ'' ކިޔާ މީހަކުވެސް ގަދަ ހުމެއްގައި މަރުވީއެވެ. އޭނާ އަށް ހީވީ އޭނާ ގެ ބޮލުގެ ތެރެއިން އެއްޗެއް ފަޅައިގެން ދާން އުޅުނުހެންނެވެ. އަދި ''ކާރނަވަން'' ގެ އަނބިމީހާ އާދަޔާ ޚިލާފް ސޫތްޕެއް ދަތް އެޅުމުގެ ސަބަބުން މަރުވީއެވެ. އަދި މިނޫނަސް ''ޓޮމްބް'' ހުޅުވުމަށް ހާޟިރުވި މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކުވަނީ އާދަޔާ ހިލާފު ގޮތް ގޮތައް މަރުވެފައެވެ.

''ޓޮމްބޮ'' ހޯދި ''ކާރޓަރ''ވެސް ބުއްދި ގޯސް ވިއެވެ. އަދި މިމަސައްކަތުގައި އުޅުނު ''ޑރ. އީވައިޓް'' ނަމަކަށް ކިޔާ މީހަކަށްވެސް މި ބަލި ޖެހުނެވެ. އޭނާ އަށް ފަރުވާ ކުރި ޑޮކްޓަރ ގާތުގައި ''އަހަރެން ދޫކޮށްލާ! މަށަކަށް ބޭހެއް ފަރުވާ އެއް ނެތް، އަހަންނަށް މި ބަލީގެ ސަބަބު އެނގޭ'' އެހެން ބުނިކަމަށްވެއެވެ. އަދި އޭނާ މަރުވީ މިއީ ފިރްޢައުނު ގެ ލަޢްނަތް ކަމުގައި ބުނަމުންނެވެ. ނަމަވެސް މި ލަޢްނަތް ތަކުގެ ހަމަ އެކަނި އަޞްލަކީ ''ޓުޓަންކްހާމާން'' އެއް ނޫނެވެ.''ހެރޮގޮލިކްސް''ހޯދި ފްރާންސް ގެ ''ޗެމްޕޯލިއަން''ނަމަކަށް ކިޔުނު މީހަކު އޭނާ މިސްރު ދޫކޮށް ފްރާންސް އަށް ދިޔަ ފަހުން އޭނާވެސް ބުއްދި ފިލާ، ވާގިނެތި، ހޭނެތިފައި މަރުވީއެވެ.

ހަމަ މި ގޮތަށް ''ސައްކާރާޓޮމްބް''ގެ ސުޕަވައިޒަރަކަށް ހުރި އިނގިރޭސި ސައިންޓިސްޓެއް ވެސް މަރުވިއެވެ. އޭނާ މަރުވީ ފާހާނާއަށް ފެންވަރަން ވަނުމަށްފަހު ކުއްތާ އެއް ހެން ވައްވައް ޖައްސާ ނުބައި ޒާތްޒާތުގެ އަޑުލެއްވުމަށްފަހުއެވެ. މީނާ އަކީ ''އޫޒޫރީސް'' ގެ ބުދު އުފުލި މީހާއެވެ.

''ޓޮމްބް''ތައް ދިރާސާ ކޮއް އެތާގައި ދިރި އުޅުނު އާކިޔޮލޮޖިސްޓެއް ވެސް މަރުވީ ވަރަށް އާދަޔާހިލާފު މަރަކުންނެވެ. އޭނާ މަގުތައްމަތީގައި ކަރުދާހުން ހަދައިފައިވާ ތާޖެއްއަޅައިގެން ބަރަހަނާކޮށް އުޅެނިކޮށް މީހުންނަށްވަނީ ފެނިފައެވެ. އޭނާ މަރުވީ ވާގިނެތޭ ބަލިޖެހިފައެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މަޝްހޫރު ''ޓައިޓޭނިކް''އަޑިޔަށް ދިޔުމުގައިވެސް މިކަމާގުޅުމެއްވެއެވެ.''ޓައިޓޭނިކް''ގެ މިދަތުރުގައި އެ''ޓޮމްބް''އިން ގެންދެވުނު''އަހްނާތޫން ރަަސްގެފާން''ޒަމާނުގައި އުޅުނު ކާހިނެއްގެ މަރުވެފައިވާ ހަށިގަނޑެއް އުފުލާފައިވެއެވެ. މިހަށިގަނޑަކީ އެމެރިކާ އަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެއްޗެކެވެ.

''ޓައިޓޭނިކް''ގެ ކެޕްޓަން މރ.ސްމިތު އެޔަށް ވަރަށް ފަރުވާތެރިވިއެވެ.އޭނާ އެ ހަށިގަނޑު ބޭއްވީ ބޯޓް ގެ ސީޕައިލެޓް ގެ އެނދު ފުރަގަހުގައެވެ.އެހަށިގަނޑު ގެ ބޯ ދަށުގައިވާ ލިޔުމެއް ގައި ވެއެވެ.''އޫޒޫރީސް! ކަމަނާ ނިދިން ހޭލާ، ކަމަނާގެ ލޮލުގެ ހަމައެކަނި ބެލުމަކުން ކަމަނާގެ ޢަދުއްވުންތައް މަރާލެވޭނެ، އެއީ ކަމަނާގެ މާތް ހަށިކޮޅަށް ދުއްތުރާކުރާ ކޮންމެ މީހެއްގެ އަދަބު''އަދި އަދަށްވެސް އެކަކަށްވެސް ''ޓައިޓޭނިކް''ގެ ކެޕްޓަން އެބޯޓް އަޑިޔަށް ދިޔުމުގެ 1 ދުވަސް ކުރިން ހޭބުއްދި ފިލާ ދިޔައީ ކީއްވެގެން ކަމެއްނޭގެއެވެ.އަދި ބޯޓް ދުއްވުމާއި ދެކޮޅު ހެދީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ.އަދި ރޭގަނޑު ހަތަރުދަމު''އޭ ރޫޙްތަކާ!އަހަންނަކީ މި ބޯޓްގެ ކެޕްޓަން، އަހަންނަށް އަހަރެން ބޭނުން ކޮންމެ ކަމެއްވެސް ކުރެވިދާނެ''މިހެން ގޮވާ ކަމަށްވެއެވެ.ނަމަވެސް އެއްވެސް މީހަކަށް ކެޕްޓަން ގާތު އެކަމާ ބެހޭގޮތުން ސުވާލު ކުރާކަށް ނުކެރުނެވެ.

މިކަންތައްގަނޑު ގެ ފަހަތުގައި ވާ ހަޤީޤަތަކީކޮބާ؟

މި އާދަޔާ ހިލާފް މަރުވުން ތަކުގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ ބަލާލަމާ ހިންގަވާށެވެ.ބައެއް މީހުން މި ވާހަކަ ޤަބޫލު ކުރެއެވެ.އަނެއްބަޔަކު ދެކޭގޮތުގައި މިކަންތައްގަނޑުގެ ފަހަތުގައި ވަނީ ރޫޙާނީ ބާރެކެވެ.މިތަނުން އަހަރެމެން ޤަބޫލު ކުރާނީ ކާކުގެ ވާހަކަ އެއް ހެއްޔެވެ.އަދި އެހުރިހާ މަރެއްގެ އަސްލަކީ ކޮބައިބާވައެވެ؟ އެއީ ހަމަ އިއްތިފާގު ހެއްޔެވެ.؟މިސްރުގެ ޗީފް އާރކިޔޮލޮޖިސްޓް ޑރ.ޒަހީހަވާސް ބުނުއްވަނީ ''އަހަރެން އެކަމެއް ޤަބޫލެއް ނުކުރަން، އެހެންނަމަވެސް ފިރްޢައުނުގެ އިންޒާރުތައް އެކި އެކި ''ޓޮމްބް''ތަކުގެ ތެރޭގައި އެތަނަށް ވަންނަ މީހުން ''ސިންގާއެއް، ހަރުފައެއް ނުވަތަ''ނަގުލަންދާއްޓެއްގެ ސަބަބުން މަރުވާނެ ކަމަށްބުނޭ. މި ހުރިހާ ހާދިސާ ތަކަކީ މިބުނާ ފިރްޢައުނުގެ ލަޢުނަތާ އެއްވެސް ގުޅުމެއް ވާ ކަމެއްނޫން. އެހުރިހާ ކަމަކީވެސް ޙާދިސާއެއްގެ ސަބަބުން ނުވަތަ އާސާރީ ތަންތަން ކޮންނަން ނޭގުމާއި ތަޖްރިބާ މަދުވުމުގެ ސަބަބުން ދިމާވެފައިވާކަންތައްތަކެއް.އެތަންތަން ކޮންނަމީހުން އެތާގެ ތެރެއަށް ވަނުމުގެ ކުރިން އެތާގެ ތެރޭގައި ވާ ވަޔަކީ ސާފު ސިއްޙި ވަޔެއްތޯ ބަލަންޖެހެއެވެ.އަދި އެތަނަށް ވަނުމުގެ ކުރިން ތުބުޅި ބާލާހަދައިގެންވެސް ނުވާނެއެވެ.އެއީ، އެތާގެ ތެރޭގައިވާ ވައިގާ ވިހަ ބެކްޓީރިޔާ ހަމުގެ ކުދި ކުދި ލޯވަޅު ތަކަށް ވަންނާނެތީއެވެ.އަހަރެމެން ދަންނަން ޖެހޭނެ 3000 އަހަރު ވަންދެން ބަންދުވެފައިވާ''ޓޮމްބް'' އެއް ގެ ތެރޭގައިވާ ވައި ހުންނާނީ ފާޑުފާޑުގެ މައިކްރޯބް ތަކާއި ލޮލަށްނުފެންނަ ބެކްޓީރިޔާ ތަކުން ފުރި ފައެވެ. އޭގެ ސަބަބަކީ މަރުވެފައިވާ ހަށިގަނޑު ތައް ކުނި ވުމެވެ.

އަދި މިނޫނަސް ރޭޑިޔޯއެކްޓިވް ހިލަތައް އިންސާނުންނަށް ނޭގޭ އެތައް ބަލިތަކެއްޖައްސައެވެ.އަދި މިނޫނަސް އަހަރުމެންނަށް އަޑު އިވުނު ބައެއް ވާހަކަތަކަކީ ހަމައެކަނި''ލޯރޑްކާރނަވަން '' ގެ އާދަޔާ ހިލާފު މަރުގެ ސަބަބުން ބަޔަކު ހަދާފައިވާ ފްލޯކު ވާހަކަ ތަކެއް ކަމައްވެސް ވެދާނެއެވެ.

އެހެން ނަމަވެސް އަދިވެސް ޖަވާބުނޭގެ އެތައް ސުވާލު ތަކެއް އެބަހުއްޓެވެ.ހަމަ އެ ހުރިހާ މަރަކީ ހުސް އިއްތިފާގު ހެއްޔެވެ.އަހަރެމެން މި އުޅެނީ ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ވަރަށްކުރިއަރާފައިވާ ޒަމާނެއްގައެވެ. .އެހެން ވީމާ އަހަރުމެންނަށް އެއީ ރޫޙާނީ ބާރެކޭ ބުންޏަސް ޤަބޫލުކުރުންވާނީ ވަރަށް އުނދަގޫކަމަކަށެވެ. ނަމަވެސް އަހަރުމެން ޤަބޫލު ކުރަންޖެހޭނެ ޙަޤީޤަތެއްވެއެވެ.އެއީ ފިރްޢައުނުން ނަކީ އަހަރެމެންނަށް ނުކުޅެދޭ އެތައް ކަމެއް ކޮށްފައިވާ ބަޔެކެވެ.އެމީހުންނަކީ ތަފާތު ޢިލްމު ތަކުގައި އަހަރުމެންނަށްވުރެ ކުރި އަރާފައިވާ ބަޔެކެވެ.މިހާ ހިސާބުން މިއީ ފިރްޢައުނުގެ ލަޢްނަތް ތޯ ނުވަތަ ނޫންތޯ ބަލާލުމަށް ދޫކޮއްޅާނީ ތިޔަބޭފުޅުންގެ އަތްމައްޗަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.