Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު ސާރސް: ގޮތްނޭނގޭ އައު ބަލި

ސާރސް: ގޮތްނޭނގޭ އައު ބަލި

Image1އޭޝިއާއިން މިއަހަރުގެ ފެބްރުއަރީމަހުން ފެށިގެން، އަލަށް ފެނުނު ނިއުމޯނިއާ އާއި ވައްތަރުގޮތެއްހުންނަ، ގޮތްނޭނގޭ އައު ބައްޔަށް ކުރުކޮށް ކިޔާނަމަކީ ސާރސްއެވެ. މިލަފުޒުގެ ދިގުގޮތަކީ، ސެވެއަރ އެކިއުޓް ރެސްޕައިރޯޓެރީ ސިންޑްރޯމްއެވެ. މިހާތަނަށް މިބައްޔާއި ބެހޭގޮތުން ޖަމާކުރެވިފައިވާ މަޢްލޫމާތުތަކުން ހާމަވާ ގޮތުގައި މިއީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

ތިރީގައި އެވަނީ ސާރސްއާއި ބެހޭގޮތުން ހޯދިފައިވާ ބައެއް މަޢްލޫމާތުތަކެވެ.

- ބަލިޖެހުމުން ހަށިގަނޑުގެ ފިނިހޫނުމިން ހުންނަ މިންވަރު :100.4ޑ.ފެރެންހެއިޓް،38ޑ.ސެލްސިއެސް

- ބަލިޖެހުމުން ދިމާވާ ކަންތައްތައް

ކެއްސުން، ނޭވާކުރުވުން، ނޭވާލާން އުނދަގޫވުން، އޮކްސިޖަންމަދުވުން، ނިއުމޯނިއާ ނުވަތަ ނޭވާއަށް ނުރައްކާވާފަދަ ޙާލަތްތައް ކުރިމަވުން.

- ބަލިފެތުރޭގޮތް

ބަލިޖެހިފައިވާ މީހަކާއިއެކީގައި، ބަލިޖެހުނުތާ 10 ދުވަހުގެ ތެރޭގައި އުޅެފައިވުން. މިސާލަކަށް އޭނާގެ ނޭވާލުމުގެ ނިޒާމުން ބޭރުވާ އެއްޗެއް ސަލާމަތުން ހުންނަ މީހެއްގެ ހަށިގަނޑުގައި ޖެހުން ،

ބަލި ފެތުރެމުންދާ ޤައުމަކަށް ނުވަތަ ސަރަޙައްދަކަށް ދަތުރުކުރުން ކަހަލަ ކަންކަން.

ލެބޯޓްރީ ޓެސްޓްތައް

ސާރސްޖެހިފައިވާކަމަށް ބެލެވޭ ބައެއްމީހުންގެ ގައިން އާވައްތަރެއްގެ ކޮރޯނާ ވައިރަހެއް ވަނީ ފެނިފައެވެ. މިވައިރަސް ނަގާފައިވަނީ ވީރޯ-އީ6 ސެލްއިންނެވެ. މީގެ އިތުރުން، ހިއުމަން މީޓާނިއުމޯވައިރަސް ކިޔާ ވައިރަހެއްވެސްވަނީ ބައެއްމީހުންގެ ހަށިގަނޑުންފެނިފައެވެ. ނަމަވެސް، ސާރސްޖެހުމުގައި މިދެވައިރަސްކުޅޭ ރޯލު ކަނޑައެޅިގެން އަދި ހޯދިފައެއް ނުވެއެވެ.

ސާރސްއާއިބެހޭ ފުރިހަމަ މަޢްލޫމާތުތައް އަދި ކަނޑައެޅިގެން އެނގިފައިނުވާތީ މިމަޢްލޫމާތުތަކަށް ފަހުން ބަދަލުއައުމަކީ އެކަށީގެންވާ ކަމެކެވެ.

Comments