އަންގާރަ20200519

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު ފްރެޑެރިކް ވިންސްލޯ ޓޭލަރ: އިދާރީ ޢިލްމުގެ ބާނީ

ފްރެޑެރިކް ވިންސްލޯ ޓޭލަރ: އިދާރީ ޢިލްމުގެ ބާނީ

1856taylor ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އެމެރިކާގެ އިންޖިނިއަރ ފްރެޑެރިކް ވިންސްލޯ ޓޭލަރ އަކީ އިދާރީ ޢިލްމުގެ ބާނީ ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އޭނާގެ މަންހަޖުތަކަކީ ފިހާރަތަކާއި އޮފީސްތައް އަދި މިނޫނަސް އިންޑަސްޓްރިއަލް ދާއިރާގައި ކާމިޔާބު ކަމާއި އެކު ބޭނުން ކުރެވެމުން އަންނަ މަންހަޖުތަކެކެވެ. 1911 ވަނަ އަހަރުގެ ތެރޭގައި ނެރެވިފައިވާ އޭނާގެ ފޮތް " އިދާރީ ޢިލްމުގެ މަބްދައުތައް" މިފޮތަކީ އިދާރީ ޢިލްމުތައް އެއިން ފެށިގެންއައި އަޞްލުކަމަށް މިދާއިރާގެ ޢިލްމުވެރިން ދެކިލައްވައެވެ.

ފްރެޑްރިކް ވިންސްލޯ ޓޭލަރ އުފަންވެޑައިގެންފައިވަނީ 1856 ވަނަ އަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހު ޖަރުމަނުގެ ޕެންސިލްވީނިއާ ނަމަކަށް ކިޔޭ އަވަށެއްގައެވެ. މުއްސަދި ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޓޭލަރ އެމެރިކާގެ ހަވަރޑް ޔުނިވަރސިޓީއަށް ވެދެވަޑައިގަތުމުގެ ހުވަފެންތަށް ދެކިލައްވަމުން ދިޔައެވެ. ނަމަވެސް އޭނާގެ ސިއްހީ ޙާލަތު ތަންނުދިނުމުގެ ސަބަބުން އޭނާއަށް މަޖުބޫރުވެ ވަޑައިގަތީ ކުރިޔަށް ދިޔުމުގެ ރޮގު ބަދަލްކޮށްލައްވާށެވެ. 1874 ވަނަ އަހަރުގެ ތެރޭގައި މެކޭނިކެއްގެ ވަޒީފާ އަދާކުރަށްވަން ފެއްޓެވިއެވެ. މިވަޒީފާ އަދާކުރައްވަމުން ވަޑައިގެންނެވިއިރު މަސައްކަތްތެރިއެއްގެ ފެންވަރުގައި ފްކްޓްރީ އާއި ބެހޭ ތަފާތު ދިރާސާކުރައްވަމުން ގެންދެވިއެވެ. މިދުވަސްވަރު އޭނާ ވަނީ އެމެރިކާގެ ނިއު ޖާޒީގެ ސްޓީވަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން މެކޭނިކަލް އިންޖިނިއަރިންގެ ރޮގުން ޑިގްރީ ޙާޞިލް ކުރައްވާފައެވެ.

ޓޭލަރ ދެކިލެއްވި ގޮތުގައި ސައިންޓިފިކް ދިރާސާތަކުގެ އަލީގައި މަސައްކަތްތައް ތަޙްލީލުކުރުމަކީ މަސައްކަތްތައް ފުރިހަމައަށް ގެންދިއުމުގައި އޮތް ހަމައެކަނި އެންމެ ރަނގަޅުގޮތެވެ. މާނައަކީ ޓޭލަރ ގެ ނަޒަރުގައި މެނޭޖްމަންޓަކީ ހަމަ އެކަނި ޢިލްމެއްކަމުގައި އަދި އެއީ ފަންނެއް ނޫން ކަމުގައެވެ. ޙަރަކާތާއި ވަގުތުގެ (ޓައިމް އެންޑް މޯޝަން) މައްޗަށް އޭނާކުރެއްވި ދިރާސާއަކީ ވަރަށްވެސް ފާހަގަކޮށްލެވޭ ދިރާސާއެކެވެ. އޭނާ އަށް ފާހަގަ ކުރެއްވުނުގިޮތުގައި މަސައްކަތްތެރިން ހުރިހާ ކަމަކަށްވެސް ބޭނުން ކުރަނީ ތަފާތެއްނެތް އެއްކަހަލަ ފަކީރާއެކެވެ. ވެމިދިރާސާގައި މަސައްކަތް އެމަސައްކަތުގެ އެކިއެކި ބައިތަކަށް ބައްސަވާލެއްވިއެވެ. އަދި މިއިން ކޮންމެ ކަމަކަށް ހޭދަވާ ވަގުތު ސިކުންތުން ބެއްލެވިއެވެ. މިގޮތުގައި އޭނާ މަސައްކަތް ކުރިޔަށް ގެންދަވަނިކޮށް ބެތުލެހމް ސްޓީލް ފެކްޓްރީގައި އޭނާ އަދާކުރަށްވަމުން ގެންދެވި ވަޒީފާއިން ވަކިކުރެއްވިއެވެ. އޭގެ ފަހުން އޭނާ އެކުލަވާލެއްވި ފޮތް "ޝޮޕް މެނޭޖްމަންޓް" ވެގެން ދިޔައީ ވަރަށް ވިޔަފާރި ރަނގަޅު ފޮތެއްކަމުގައެވެ.

ޓޭލަރ ޤަބޫލު ކުރެއްވިގޮތުގައި މަސައްކަތްތެރިން އިދާރިފަރާތްތަކާއެކު އެއްބާރުލައިގެން މަސައްކަތް ކުރަންވާނެއެވެ. އަދި ކާމިޔާބު ލަނޑުދަޑިތަކާއި ހަމައަށް ވާސިލްވެވޭނީ ތަމްރީންދެވިފައިވާ މީހުންނާއި ކުޅަދާނަ މެނޭޖްމަންޓެއް ގުޅިގެން ކުރާމަސައްކަތުންނެވެ. އަދި މިކަމަށްޓަކައި ގުޅިގެން އެއްރޫހެއްގައި މަސައްކަތް ކުރަންވާނެއެވެ.

"ސައިންޓިފިކް މެނޭޖްމަންޓް" ނުވަތަ ޢިލްމީ އިދާރާ މިމުސްތަލަޙް އަކީ އުފެދިގެން އައީ 1911 ވަނަ އަހަރު ޓޭލަރ އެކުލަވާލެއްވި " ދަޕްރިންސިޕަލްސް އޮފް ސައިންޓިފިކް މެނޭޖްމަންޓް " ނަމަކަށް ކިޔޭ ފޮތުންނެވެ.

ޓޭލަރ ވަނީ އިދާރީ ޢިލްމުގެ ފަސް މަބްދައެއް ބަޔާންކޮށްދެއްވާފައެވެ. އެއީ

1- މަސައްކަތުގެ އެކިބައިތަށް ޢިލްމީ ގޮތުން ދިރާސާކުރައްވައި އެކަންތައްތައް ކުރާނެ އެންމެ ރަނގަޅު ހަމައެކަނި ގޮތް ބަޔާންކުރައްވައި އެގޮތް ތަރައްޤީކުރެއްވުން.

2- މަސައްކަތް ކުރުމަށް ކަމަށް އެންމެ އެކަށޭނެ މީހާ އިޚްތިޔާރުކުރުން

3- މަސައްކަތް ކުރާ މީހާ ތަމްރީނު ކުރުމާއި އޭނާއަށް ކިޔަވައިދިނުން އަދި އޭނާ އިތުރަށް ތަރައްޤީކުރުން

4- މަސައްކަތަށް ބޭނުންވާ އެކަށޭނެ މާލީ އެހީ އެކަމަށް ފޯރުކޮށްދިނުން.

5- މަސައްކަތާއި މަސްއޫލިއްޔަތު ހަމަހަމައަށް ބަހާލުން. މިގޮތުން މެނޭޖަރުން ޕްލޭންތައް އެކުލަވާލުމުގެ މަސްއޫލިއްޔަތު އުފުލުމާއި، މަސައްކަތް ތެރިން ޕްލޭންތައް ތަންފީޒްކުރުމުގެ މަސްއޫލިއްޔަތު އުފުލުން.

1906-1907 ވަނަ އަހަރާއި ދެމެދު އެމެރިކާގެ މެކޭނިކަލް އިންޖިނިއަރުންގެ ޖަމްޢިއްޔާ (އޭ އެސް އެމް އީ ) ގެ ރައީސް ކަން ޓޭލަރ ވަނީ ކުރައްވާފައެވެ. މިމުއްދަތުގެތެރޭގައި އޭނާގެ ނިޒާމު ނުވަތަ ސިސްޓަމް މި ޖަމްޢިއްޔާގެ މެނޭޖްމަންޓްގެ ދާއިރާއަށް ތަޢާރަފް ކުރުމަށް އޭނާ މަސައްކަތް ކުރެއްވިއެވެ. މިކަމުގައި އޭނާއަށް ވަރަށް ގިނަ ދެކޮޅު ހެދުންތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމުގެ ނަތިޖާ އަކީ މިސިސްޓަމްގެ މަދު މިންވަރެއް މެނުވީ އޭ.އެސ.ްއެމ.ްއީ ގެ މެނޭޖްމަންޓަށް ތަންފީޒް ނުކުރެވުމެވެ.

ޓޭލަރ ދުނިޔެ ދޫކުރައްވާފައި ވަނީ މީލާދީން 1915 ވަނަ އަހަރުއެވެ. އޭނާގެ ބައެއް ރައުޔުތަކަކީ މިއަދުގެ އިދާރީ ޢިލްމުގައިވެސް ބޭނުންކުރެވެމުންދާ ރައުޔު ތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.