ހުކުރު20180907

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު ޓޯޓަޓިސް ގިނިހިލަ ދުނިޔޭގައި ނުޖެހޭނެކަމަށް ބުނެފި

ޓޯޓަޓިސް ގިނިހިލަ ދުނިޔޭގައި ނުޖެހޭނެކަމަށް ބުނެފި

toutatisޓޯޓަޓިސްގެ ނަން ދެވިފައިވާ ވަރަށް ބޮޑު ގިނިހިލައެއް ، ބިމާ ވަރަށް ކައިރިން ނަމަވެސް ބިމުގައި ނުޖެހި ، ވަރަށް ބާރަށް ހުރަސްކޮށްފައި ބުދަދުވަހުގެ ވަގުތެއްގައި ( މިއަދު) ދާނެކަމަށް ، އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.ދިގުމިނުގައި 2.9 މޭލު އަދި ފުޅާމިނުގައި 1.5 މޭލު ( 4.6 ، 2.6 ކިލޯމީޓަރު) ހުރިކަމަށް ސައިންސްވެރިން ބުނާ މި ގިނިހިލަ ވާނީ ، ޢިލްމުވެރިން މިފަދަ ކަންތައް ބަލައި ހޯދަން ފެއްޓިފަހުން ބިމާއި މިހާކައިރިވާ މިހާ ބޮޑު ، ފުރަތަމަ ގިނިހިލަ ކަމުގައެވެ.

 

އަދި ކުރިއަށް އޮތް ޤަރުނުގައިވެސް މިހާ ބޮޑު ގިނިހިލައެއް ބިމާއި މިހާ ކައިރިވާނެކަމަކަށް ނުބެލެވެއެވެ. ކުދި ކުދި އެތަކެއް ގިނިހިލަ ، މިއަށްވުރެވެސް ބިމާއި ކައިރިވެފައިވެއެވެ. މި އެއްޗެހި ބައެއްފަހަރު ބިމާއި ހަނދާއި ދެމެދަށްވެސް ވަދެފައިވެއެވެ.

އިންސާނުން މިއުޅޭ ބިމުގައި ބޮޑު ސިންގާ މިގިނިހިލަ ޖެހިދާނެކަމުގެ ބިރަށްޓަކައި ، ފަރުވާތެރިކަމާއެކު މި ގިނިހިލައިގެ ހަރަކާތް ހުރިގޮތް ވޭތުވެދިޔަ އަހަރުތަކުގައި ބަލަމުން އަންނަ ޢިލްމުވެރިންނަށް ވާސިލުވެފައިވާ ނަތީޖާއަކީ ، މި ގިނަހިލައިގެ އެއްވެސް ނުރައްކަލެއް ބިމަކަށް ނުފޯރާނެއެވެ. އަދި ކުރިއަށް އޮތް 558 އަހަރުތެރޭގައިވެސް ނުކުރާނެކަމަށް މިފަރާތްތަކުން ހާމަކުރެއެވެ.

ބުދަ ދުވަހު (މިއަދު) އެމެރިކާ ހުޅަނގު ގަޑިން 13:37ގައި، ބިން ހުރަސްކޮށްފައި މި ގިނިހިލަ ދާނީ ،  1.549.719 ކިލޯމީޓަރު ( 960.000 މޭލު ) ބިމާއި ކައިރިންނެވެ. މީގެ މާނައަކީ މި ގިނިހިލަ ދާނީ ބިމާއި ހަނދާއި ދެމެދު ހުންނަ ދުރުމިނުގެ( 400 ހާސް ކ.މ) ހަތަރުގުނަ ދުރުމިނުންނެވެ. ނަމަވެސް މި އަދަދަކީ ކައުނު ކިރެމިނޭ މިންގަނޑުން ބަލާއިރު، ވަރަށް ކުޑަ އަދަދެކެވެ.

ފަލަކީ ޢިލްމުވެރިންގެ ހިސާބުތައް ދައްކާ ގޮތުން ، ޓޯޓަޓިސް އަނެއްކާވެސް 2562 ވަނަ އަހަރު ، ބިމާއި އެންމެ 400 ހާސް ކ.މ ކައިރިން ދާނެއެވެ.

މީގެ ދެ މަސް ކުރިން ބެލި އިރު ފެނިފައިވާވަރަށް ވުރެ 250 ގުނަ އަލިގަދަކޮށް ބުދަ ދުވަހު ، މިގިނިހިލަ ފެންނާނެއެވެ. ނަމަވެސް އެއީ ހަމަ ލޮލަށް އުޑުން ފެންނަ އެންމެ އަލި ފަނޑު ތަރި ފެންނަވަރަށްވުރެ 16 ގުނަ ފަނޑުކޮށެވެ. ދުނިޔޭގެ ދެކުނު ދަނޑީގައި އޮންނަ ޤައުމުތަކުގައި ، 6 އިންޗި ނުވަތަ އެއަށްވުރެ ދިގު ޓެލެސްކޯޕްތަކުން މި ހިލަ ފެންނާނެއެވެ.

މި ގިނިހިލައިގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޢިލްމުވެރިން ބުނަމުންދާއިރުވެސް ، ބައެއް މީހުންގެ ހިތްތަކުގައިވަނީ ދުނިޔޭގެއި އޭތި ޖެހި ، ބޮޑު ކާރިޘާއެއް ދުނިޔެއަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަން ހީވެފައެވެ.

މި މި ގިނިހިލަ ބިމުގެ %63 ގެ ބޮޑު ތަނެއްގައި ޖެހި ، އެއް މިލިއަން ޓަނުގެ ޓީ.އެން.ޓީ ގޮވުމުގެ ސަބަބުން އުފެދޭވަރުގެ ވަރުގަދަ ގޮވުމެއް ބިމުގައި ގޮވާނެއެވެ. ނަތީޖާއަކަށްވާނީ ބޮޑު ހިރަފުސްގަޑެއްގެ ދަށުގައި ދުނިޔެ ވެ ، ގަނޑުފެނުގެ ދުވަސްވަރަށް ދުނިޔެ އަނެއްކާވެސް ބަދަލުވާނެއެވެ.

ދުނިޔެއިން ޑައިނަސޯރ ނެތިގެން ދިޔައީ ، ދިގުމިނުގައި 5 - 15 ކިލޯމީޓަރު ހުރި ގިނިހިލައެއް މީގެ 65 މިލައަން އަހަރު ކުރިން މެކްސިކޯ މިހާރު އޮތް ސަރަހައްދަށް ވެއްޓުމުގެ ސަބަބުން ކަމަށް ބުނެވެއެވެ.

ފާހަނގަކޮށްލަން ޖެހޭ އަނެއް ކަމަކީ ، ގިނިހިލައިގެ ބޮޑުމިން 40 މީޓަރަށްވުރެ ބޮޑު ނޫން ނަމަ އެއީ ، ބިމާ ދިމާލަށް އަޔަސް ނުރައްކަލެއް ހުންނަ އެއްޗެއް ނޫން ކަމެވެ. އެއީ މި ސައިޒުގެ ހިލަތައް ދުނިޔޭގެ ފަށަލައިގައި ޖެހުމުން އަނދައި ، ކުދިކުދިވެގެން ވެއްޓިގެން ދާތީއެވެ.

މީގެ އަހަރުތަކެއް ކުރިން ނާސާއިން ވަނީ ، ދުނިޔެއަށް ނުރައްކާވެދާނެ ކަމަށް ލަފާކުރެވޭ ގިނިހިލަތަކުގެ %90 ހޯދައި ދިރާސާކޮށް ބަލާ ޕްރޮގްރާމެއް 2008 ވަނަ އަހަރުގެ ކުރިން ނިންމޭނެކަމަށް ބުނެފައެވެ. މިފަދަ ގިނަހިލައިގެ އަދަދަކީ 1000 އާއި 1100 ދެމެދުގެ އަދަދެއްކަމަށް ވެއެވެ.

މިގިނި ހިލަ ހޯދާފައިވަނީ ، ފަރަންސޭސި ފަލަކީ ޢިލްމުވެރިއެއް ކަމުގައިވާ ކްރިސްޓިއަން ޕޯލަސް ، 4ޖެނުއަރީ 1989 ވަނަ އަހަރުގައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.