Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ ކުލަތަކުގައި ހިމެނޭ ފަރުވާކުރުމުގެ ބާރު : ޙައިރާންކުރުވަނިވި ޙަޤީޤަތެއް

ކުލަތަކުގައި ހިމެނޭ ފަރުވާކުރުމުގެ ބާރު : ޙައިރާންކުރުވަނިވި ޙަޤީޤަތެއް

kulaige-faruvaa-kurumuge-baaruބަލިތަކާއި، ހާސްވުން ކަހަލަ ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް، ކުލައިގެ ބޭނުންކުރެވޭ ކަމީ، ވަރަށް ޢަޖާއިބުކުރަނިވި، ކަމަކަށްވެދާނެއެވެ. ނަމަވެސް، ތަފާތު ހޯދުންތަކުން، އެނގޭގޮތުގައި މިއީ ހަމަ ޤަބޫލުކުރެވޭ، ޙަޤީޤަތެކެވެ. ނަމަވެސް، މިއީ މިޒަމާނަކަށްއައިސް ވަކި ފެށިގެން އުޅޭ ކަމެއްނޫނެވެ. ކުރީގެ، އެޓްލާންޓިސް ޒަމާނުއްސުރެވެސް، ކުލަތައް ބޭނުންކޮށްގެން، ތަފާތު ކަންކަމަށް، ފަރުވާ ދެވެމުން އައިސްފައިވާކަން އެނގެއެވެ.

އިރުން އަންނަ އަލީގައި ތަފާތުކުލަތައް ހިމެނެއެވެ. އިރުގެ އަލިން، ފަރުވާދިނުމަށްޓަކައި، ހެދޭ ގޮތްތަކުގެ ތެރޭގައި، އޭގެ އެކިކުލަތައް، ހަށިގަނޑަށް އެޅުވުމަށްޓަކައި، ބިއްލޫރި އެއްޗެއްގެ ތެރެއިން، އެއަލިތައް ވަކިވެގެން އަންނަގޮތް ހެދުން ހިމެނެއެވެ. ހަމައެގޮތަށް، ބިއްލޫރި އެއްޗެއްގެތެރެއަށް ފެން އަޅާފައި، އޭގެތެރެއިން ވެސް، ކުލަތައް ވަކިކޮށްލުމަށްޓަކައި، އަލި ދުއްވާލެވެއެވެ.

ކޮންމެ ކުލައަކަށްވެސް، ވަކި ޚާއްޞަ އަސަރެއް ވާކަމަށް ބުނެވެއެވެ. އެހެންކަމުން، އަލި، ނުވަތަ އަލީގައި ހިމެނޭ ކުލަތައް ބޭނުންކޮށްގެން ފަރުވާކުރުމަށްޓަކައި، އެކަމާއިބެހޭ ތަޖުރިބާކާރެއްގެ އެހީ ހޯދަން ޖެހޭނެއެވެ. ތިރީގައި އެވަނީ، ބައެއްކުލަތަކުން، ލިބޭ ފައިދާ ނުވަތަ އެއިން ކުރާކަމަށް ބުނެވޭ އަސަރުތަކެވެ.

ރަތް

ރަތަކީ، ބާރާއި ހަކަތައިގެ ކުލައެވެ. ކެންސަރާއި، ދުޅަތަކަށް ފަރުވާކުރުމަށް މިކުލަ ބޭނުންކުރެވެއެވެ. ފިނިވެފައިވާ ތަންތަން ހޫނުކޮށްގެން، އެތަންތަނުން، ތަދު ލުއިކުރުމަށްވެސް، ރަތްކުލަ ބޭނުންކޮށް އުޅެއެވެ. ލެޔާއި، ލޭދައުރުކުރުމުގެ ނިޒާމުގެ ބަލިތަކަށް ފަރުވާކުރުމުގައި، ރަތްކުލައަކީ، ވަރަށް ފައިދާހުރި ކުލައެކެވެ.

ލޭމައްޗަށް ދިއުން ހުންނަ މީސްމީހުންނަށް، ރަތްކުލަ ރަނގަޅެއް ނޫނެވެ. ރަތްކުލައިގެ ދޯދިތަކަށް ދިގުމުއްދަތަކަށް މީހާ ހުށަހެޅުމުން، ރުޅިގަދަވެ، ޢުދުވާނީ ސިފަތައް އޭނާގެ ގައިގައި އަށަގަންނަކަމަށް ބުނެވެއެވެ.

އޮރެންޖު

އޮރެންޖު ކުލަ އަކީވެސް، ހަކަތައިގެ ކުލައެކެވެ. މިކުލައިން، އެކި އެކި ބަލިތަކާއި އިދިކޮޅަށް ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަ ކޮށްދެއެވެ. ހަމަ އެފަދައިން، ޖިންސީ ބާރު ނުވަތަ ޖިންސީ ހަކަތަ އިތުރުކޮށްދިނުމުގައިވެސް، އޮރެންޖު ކުލަ އެހީތެރިވެދެއެވެ. އޭގެ އިތުރުން، ހަޖަމުކުރުމުގައި ދިމާވާ މައްސަލަތަކަށާއި، މެޔާއި، ގުރުދާގެ ކަންތައްތަކަށް ފަރުވާކުރުމަށްވެސް، އޮރެންޖަކީ މުހިންމު ކުލައެކެވެ.

ރީނދޫ ( ދޮންކުލަ )

ރީނދޫކުލަ ގުޅެނީ، ސިކުނޑީގެ ޙަރަކާތްތެރިކަން އިތުރުކުރުމާއިއެވެ. އެގޮތުން، އަވަހަށް ކަންތައްތައް ވިސްނައިގަތުމަށާއި، ފިކްރުކުރުމަށް ރީނދޫ ކުލައިގެ ޙިއްޞާ ވަރަށް ބޮޑެވެ.

ހަމުގެ އިންފްލެމޭޝަންތަކާއި، ހަމުގެ ބައެއްކަހަލަ ބަލިތަކަށް ފަރުވާދިނުމުގައިވެސް މިކުލަ އެހީތެރިވެދެއެވެ. ނަމަވެސް، ރީނދޫކުލައިގެ އަސަރު މާބޮޑަށް ކުރާނަމަ، ވަރުބަލިވެ، ހާސްވެ ފިކްރުބޮޑުވާނެކަމަށް ބުނެވެއެވެ.

ހުދު

ހުދު ކުލައަކީ ސާފު ކަމުގެ ކުލައެވެ. ހުދުކުލައިން ފަރުވާ ދިނުމުން، ހަށިގަނޑު ސާފުކޮށް ތާހިރުކޮށްދެއެވެ. ހުދުން، ހަށިގަނޑަށާއި ސިކުނޑިއަށް، ހަމަޖެހުމާއި ހިމޭންކަން ގެނެސްދެއެވެ. ހަމައެފަދައިން، ތަދުތައް ލުއިކޮށްދިނުމަށްވެސް، ހުދަކީ އެންމެ ރަނގަޅު ކުލަކަމަށް ފާހަގަކުރެވިފައިވެއެވެ.

ރަން ކުލަ

ހުރިހާ ކަމަކަށްވެސް، ފަރުވާކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ކުލައަކީ، ރަން ކުލައެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނަކާއި، ސިކުނޑީގެ ބާރުވެސް، މިކުލައިން ގަދަކޮށްދެއެވެ. ނަމަވެސް، ބައެއް މީހުންނަށް، ރަން ކުލައިން އުފައްދާ އަސަރުތައް ތަޙައްމަލު ނުކުރެވުމަކީ އެކަށީގެންވާކަމެކެވެ.

މަޢްލޫމާތު : އަލްބައްވާބާ . ކޮމް

 

 

 

Comments