ހޮނިހިރު20180922

އާކުރެވުނީ: 08:43:52

މޮޑަމް

inter_modemމޮޑަމް އަކީ މޮޑިޔުލޭޓަރ ޑިމޮޑިޔުލޭޓަރ އަށް ކިޔޭ ކުރުނަމެވެ. މޮޑިޔުލޭޝަން އަކީ ޑިޖިޓަލް ކޮމްޕިޔުޓަރ ސިގްނަލްތައް އެނަލޮގް ސިގްނަލް ތަކަކަށް ބަދަލްކޮށްދިނުމެވެ. ޑިމޮޑިޔުލޭޝަން އަކީ މޮޑިޔުލޭޝަންގެ އިދިކޮޅެވެ. އެއީ އެނަލޮގް ސިގްނަލްތަށް ޑިޖިޓަލް ސިގްނަލް އަށް ބަދަލުކުރުމެވެ.

އެނަލޮގް ސިގްނަލްއަކީ ފޯންލައިން މެދުވެރިކޮށް ދަތުރުކުރެވޭ ސިގްނަލްތަކެކެވެ. މިބާވަތުގެ ސިގްނަލްގައި މަޢްލޫމާތު ހުންނާނީ ދައުރުވެ ދައުރުވެއެވެ. އެކަމަކު ޑިޖިޓަލްގައި ހުންނާނީ މަޢްލޫމާތުގެ ވަކިވަކި ފިޔަވަޅުތަކެކެވެ.

ކޮމްޕިޔުޓަރގައި ހުންނަ ޑިޖިޓަލް ސިގްނަލްތައް ރައްކާކުރެވިފައި ހުންނަނީ ވަކިވަކި ބިޓްތަކެއްގެ ގޮތުގައެވެ. އޭގެ ވެލިއުއަކީ 1 (އޮން) ނުވަތަ 0 (އޮފް) އެވެ. އަޑަކީ އެނަލޮގް ސިގްނަލެކެވެ. ސަބަބަކީ އަޑަކީ އަބަދުވެސް ބަދަލްވާ އެއްޗަކަށް ވާތީއެވެ. އެހެންކަމުން ފޯންލައިން މެދުވެރިކޮށް މަޢްލޫމާތު ފޮނުވުމަށްޓަކައި މޮޑަމްއިން ކޮމްޕިޔުޓަރގައި ހުންނަ ޑިޖިޓަލް މަޢްލޫމާތު އެނަލޮގަށް ބަދަލްކުރަން ޖެހެއެވެ. އަދިފޯންލައިންގައި ހުންނަ މަޢްލޫމާތު ކޮމްޕިޔުޓަރަށް ނަގައިދިނުމަށްޓަކައި އެތަކެތި ޑިޖިޓަލްއަށް ބަދަލްކުރަންޖެހެއެވެ.

ސްޓޭންޑަރޑް އަދި ފެކްސް މޮޑަމްގައިވެސް ޑިޖިޓަލް އެނަލޮގަށް އަދި އެނަލޮގު ޑިޖިޓަލްއަށް ބަދަލްކުރުމުގެ އުޞޫލުން ކަންތައް ހިނގައެވެ. ނަމަވެސް އައިއެސްޑީއެން ޑީއެސްއެލް އަދި ކޭބަލްމޮޑަމްގައި ޑިޖިޓަލް އެނަލޮގަށް އަދި އެނަލޮގު ޑިޖިޓަލްއަށް ބަދަލްކުރާކަން ނުޖެހެއެވެ. މިބާވަތްތަކުގެ މޮޑަމްއަށް ކޮމްޕިޔުޓަރގައި ހުންނަ ޑިޖިޓަލް މަޢްލޫމާތު ސީދާސީދާ ޓްރާންސްމިޓް ކުރުމުގެ ޤާބިލްކަން ލިބިފައިވެއެވެ.

މޮޑަމް ފުރަތަމަ ބޭނުންކުރެވެންފެށީ 1950ގެ އަހަރުތަކުގެތެރެގައި އުތުރުއެމެރިކާގެ މިލިޓަރީ ދާއިރާގެ ތެރޭގައެވެ. ފުރަތަމަ ބާޒާރަށް ނެރެވުނު މޮޑަމްގެ ނަމަކީ ބެލް 103އެވެ. އެއީ 1962 ވަނަ އަހަރުގެތެރޭގައެވެ.

މޮޑަމްގެ ވައްތަރުތައް

މޮޑަމް މައިގަޑު ތިންވައްތަރަކަށް ބަހާލެވިދާނެއެވެ. އެއީ އިންޓަރނަލް މޮޑަމް އާއި އެކްސްޓަރނަލް މޮޑަމްއާއި އަދި ޕީސީ ކާރޑް މޮޑެމްއެވެ.

އިންޓަރނަލް މޮޑަމް

މިވައްތަރުގެ މޮޑަމް ހުންނަނީ (ބިލްޓް އިންކޮށެވެ) ކޮމްޕިޔުޓަރުގައި ހަރުކުރެވިފައެވެ. ކޮމްޕިޔުޓަރުގެ އެތެރޭގައި އެކަމަށް ޚާއްޞަކުރެވިފައިވާ ސްލޮޓް ނުވަތަ ޕޯރޓްގައެވެ. މިއީ އެކްސްޓަރނަލް މޮޑަމް އަށް ވުރެ އަގުހެޔޮވައްތަރެކެވެ.

އެކްސްޓަރނަލް މޮޑަމް

އެކްސްޓަރނަލް މޮޑަމް އަކީ ޑިއަލް އަޕް މޮޑަމްއެއް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިޒަމާނުގެ ގިނަ އެކްސްޓާރނަލް މޮޑަމް އަކީ ޑިއަލް އަޕް މޮޑަމްއެއް ނޫނެވެ. ބްރޯޑް ބޭންޑުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ އެކްސްޓަރނަލް މޮޑަމްއެވެ. ފައިބާ އޮޕްޓިކަލް ލައިން އާއި ޑީ އެސް އެލް މޮޑަމް އަކީ އެކްސްޓަރނަލް މޮޑަމްގެ ތެރެއިން ފާހަގަ ކޮށްލެވޭ ވައްތަރުތަކެކެވެ. މިވައްތަރުގެ މޮޑަމް ގުޅާލަންޖެހެނީ މޮޑަމްގެ ޕެނަލްގައި އެކަމަށް ޚާއްސަ ކުރެވިފައިވާ ސޮކެޓަށެވެ. އަދި މޮޑަމްގެ ހާލަތު އޭގައި ހުންނަ ނިވިދިއްލޭ ބޮކިތަކުން ދެނެގަނެވޭނެއެވެ. އިންޓަރނަލް މޮޑަމްއަށްވުރެ މިވައްތަރުގެ މޮޑަމް އަގު ބޮޑުވާނެއެވެ.

ޕީ ސީ ކާރޑް މޮޑަމް

މިއީ ލެޕްޓޮޕް ފަދަ ޕޯރޓޭބަލް ކޮމްޕިޔުޓަރ ތަކަށް ޚާއްސަ ކުރެވިފައިވާ ވައްތަރެކެވެ. މިވައްތަރުގެ މޮޑަމްގެ ބޮޑުމިނުގައި ހުންނާނީ ގާތްގަޑަކަށް ކުރެޑިޓް ކާރޑެއްގެ ބޮޑުމިނެވެ. ބޭނުންނެތިއްޖެ ޙާލަތެއްގައި މިވައްތަރުގެ މޮޑަމް ފަސޭހަކަމާއި އެކު އުފުރާލެވިދާނެއެވެ. މިއީ ކޮމްޕިޔުޓަރގެ ކަރަންޓް ސަޕްލައިގެ ޒަރީޢާއިން ކަރަންޓް ދޭންޖެހޭ ވައްތަރެކެވެ.

މޮޑަމްގެ ސްޕީޑް

މޮޑަމްއިން މަޢްލޫމާތު ޓްރާންސްމިޓްކުރާ ސްޕީޑަށް ދެވިފައިވާ ނަމަކީ ތުރޫޕުޓުއެވެ. ތުރޫޕުޓް ބެލުމަށް ބޭނުންކުރެވެނީ ބިޓްސް/ސިކުންތު ނުވަތަ ސިކުންތަކު ބިޓް ޓްރާންސްމިޓް ކުރާ މިންވަރެވެ.

އެންމެ ފުރަތަމަ ބާޒާރަށް ނެރެވުނު މޮޑަމްގެ ސްޕީޑަކީ ސިކުންތަކު 300 ބިޓްސް އެވެ.

އެއަށްފަހު ނުކުތް ބެލް212 ގެސްޕީޑަކީ ސިކުންތަކު 1200ބިޓްސް އެވެ. 90.ވީ ގެ ޓެކްނޮލޮޖީއާއި އެކު މޮޑަމްގެ ސްޕީޑަށް ވަރަށް ބޮޑު ހަލުވިކަމެއް ގެނެސްދީފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މޮޑަމްގެ ސްޕީޑް56 ކޭބީޕީއެސްއަށް މަތިވެގެންދިޔައެވެ.

މިއަދު އިންޓަރގްރޭޓެޑް ސަރވިސް ޑިޖިޓަލްނެޓްވޯރކް (އައިއެސްޑީއެން)މޮޑަމްގެ ޒަރީޢާއިން ސިކުންތަކު 128ކިލޯބިޓް ޓްރާންސްމިޓް ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވެއެވެ. އަދި ޑިޖިޓަލް ސަބްސްކްރައިބަރ ލައިން (ޑީއެސްއެލް) މޮޑަމްއާއި ކޭބަލް މޮޑަމްގެ ޒަރީޢާއިން ކުރިޔަށް ވުރެ އެތަށް ގުނައެއް އަވަސް ސްޕީޑްގައި މަޢްލޫމާތު ޓްރާންސްމިޓް ކުރުމުގެ ޤާބިލްކަންވެސްވަނީ މިއަދު ލިބިފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.