އާދީއްތަ20180909

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ އަމިއްލަ ކޮމްޕިޔުޓަރގެ ސަލާމަތަށްޓަކަޢި ސްޕައިވެއަރ ދެނެގަނެ އެއިން ރައްކާތެރިވުން

އަމިއްލަ ކޮމްޕިޔުޓަރގެ ސަލާމަތަށްޓަކަޢި ސްޕައިވެއަރ ދެނެގަނެ އެއިން ރައްކާތެރިވުން

spywareޢާއްމުގޮތެއްގައި ސްޕައިވެއަރ ހުންނަނީ އިޝްތިހާރު ދައްކުވައިދޭ ސޮފްޓްވެއަރ (އެޑްވެއަރ) އަކާއި ނުވަތަ ކޮމްޕިޔުޓަރގެ ޕަރސަނަލް ނުވަތަ ނާޒުކު މަޢްލޫމާތަކާއި ގުޅިފައެވެ. އެހެން ނަމަވެސް އޮންލައިންގެ މަސައްކަތްތަކަށް ބަދަލުގެންނަ ނުވަތަ އެމަސައްކަތާއި ގުޅިގެން އިތުރުކަމެއް ކުރަން މެދުވެރިވާ ކޮންމެ ސޮފްޓްވެއަރ އަކީ ސްޕައިވެއަރ އަކަށް ނުވެ ހިގައިދާނެއެވެ. މިސާލަކަށް އިންޓަރނެޓްއިން ހިލޭ މިޔުޒިކް ޑައުންލޯޑްކުރުގެ ޚިދުމަތް ލިބިގަތުމަށްޓަކައި ހެދިފައިވާ އެއްބަސްވުމެއް ރަނގަޅަށް ކިޔާ އެ އެއްބަސްވުމެއްގައި

spywareސްޕައިވެއަރއަކީކޮބާ؟

 

ސްޕައިވެއަރ އަކީ ކޮމްޕިއުޓަރގެ އެކުލެވުން (ކޮންފިގްރޭޝަން) އަށް ބަދަލު ގެނައުމާއި، ތަފާތު ވައްތަރުގެ އިޝްތިހާރުތައްކުރުންފަދަ ކަންތައްތައް ކޮމްޕިޔުޓަރގެ ވެރިފަރާތަށް ނުވަތަ ކޮމްޕިޔުޓަރ ބޭނުންކުރާ ފަރާތަށް އެގުމަކާއި ނުލައި ހިންގުމަށް، ބޭނުންކުރެވޭ ސޮފްޓްވެއަރ (ޕްރޮގްރާމް) އަށް ދެވިފައިވާ ނަމެވެ.

ކޮމްޕިޔުޓަރގައި ސްޕައިވެއަރ ހުރިކަން އަންގައިދޭ ބައެއް ޢަލާމާތްތައް

* އިންޓަރނެޓް ވެބްޕޭޖުތައް ބަލަމުންދާ ވަގުތުނޫން އެހެނިހެން ވަގުތުތަކުގައިވެސް ތަފާތު އިޝްތިހާރުތައް ފެނުން.

* އިންޓަރނެޓް ބްރައުޒަރގެ ހޯމް ޕޭޖް ނުވަތަ ސާޗް އިންޖީނަށް ކޮމްޕިޔުޓަރ ބެނުންކުރާ މީހާއަށް އެގުމަކާއި ނުލާ ބަދަލުއައިސްފައި ހުރުން.

* ކޮމްޕިޔުޓަރގެ މަސައްކަތް ޢާއްމު އަވަސްމިނަށް ވުރެ ލަސްވުން.

 

* އިންޓަރނެޓް ބްރައުޒަރގައި ބޭކާރު އާ ޓޫލްބާއެއް ހުރިކަން ފާހަގަ ކުރެވުން، އަދި މިޓޫލްބަރ ވަކިކޮށްލަން (އަންއިންސްޓޯލް ކުރުމަށް) ދަތިވުން.

ޢާއްމުގޮތެއްގައި ސްޕައިވެއަރ ހުންނަނީ އިޝްތިހާރު ދައްކުވައިދޭ ސޮފްޓްވެއަރ (އެޑްވެއަރ) އަކާއި ނުވަތަ ކޮމްޕިޔުޓަރގެ ޕަރސަނަލް ނުވަތަ ނާޒުކު މަޢްލޫމާތަކާއި ގުޅިފައެވެ. އެހެން ނަމަވެސް އޮންލައިންގެ މަސައްކަތްތަކަށް ބަދަލުގެންނަ ނުވަތަ އެމަސައްކަތާއި ގުޅިގެން އިތުރުކަމެއް ކުރަން މެދުވެރިވާ ކޮންމެ ސޮފްޓްވެއަރ އަކީ ސްޕައިވެއަރ އަކަށް ނުވެ ހިގައިދާނެއެވެ. މިސާލަކަށް އިންޓަރނެޓްއިން ހިލޭ މިޔުޒިކް ޑައުންލޯޑްކުރުގެ ޚިދުމަތް ލިބިގަތުމަށްޓަކައި ހެދިފައިވާ އެއްބަސްވުމެއް ރަނގަޅަށް ކިޔާ އެ އެއްބަސްވުމެއްގައި ސޮއިކުރުމުން(ސައިންއަޕް) އޭގައިވާ ގޮތުގެ މަތީން އަންނަ އިޢްލާން ތަކާއި އިޝްތިހާރުތަކަކީ ސްޕައިވެއަރއެއް ކަމުގައި ނުބެލެވޭނެއެވެ.

އެއްވެސް އެއްބަސްވުމަކާއި ނުލައި އަންނަ ބޭކާރު، ބޮލަށް އުދަގުވާފަދަ އިޝްތިހާރުތަކާއި ، ގޮތްނޭގޭ ޓޫލްބާރތަކާއި، ކޮމްޕިޔުޓަރގެ އެތުރުން ބަދަލުކޮށް ހިގުން ލަސްކޮށް މަސައްކަތްތަކަށް ހުއްޓުން އަރުވާފަދަ ސޮފްޓްވެއަރ ތަކަކީ ސްޕައިވެއަރއެވެ. މިފަދަ ސޮފްޓްވެއަރ (ސްޕައިވެއަރ) ތަކަށް ކޮމްޕިޔުޓަރގެބްރައުޒާ އާއި ސާޗްއިންޖީނަށް ބަދަލުގެނައުމުގެ ޤާބިލްކަން ލިބިފައިވެއެވެ. ސްޕައިވެއަރގެ ސަބަބުން ބްރައުޒަރއަށް ތަފާތު ބޭކާރު ގޮތްނޭގޭ ޓޫލްބަރތައް ފަދަ އެއްޗެތި އިތުރުކުރުވައެވެ. އަދި ކޮމްޕިޔުޓަރގެ އެތުރުން(ސެޓިން) އޭގެ އަޞްލަށް ރުޖޫޢަކުރުމަކީ ވަރަށް ދަތި ކަމަކަށް ހަދާލައެވެ.

ކޮމްޕިޔުޓަރ ސްޕައިވެއަރ އިން ރައްކާތެރި ކުރާނީ ކިހިނެއް؟

ކުރުގޮތަކަށް ބުނާނަމަ ގިނަ ސްޕައިވެއަރ ތަކަކީ ކޮމްޕިޔުޓަރ ސިސްޓަމްގައި ހަރުލައިފިނަމަ ވަކިކޮށްލުން ފަސޭހަ އެއްޗެއް ނޫނެވެ. އާދައިގެ ޕްރޮގްރާމެއް ވަކިކޮށްލާހެން ވަކިކޮށްލައިފިނަމަ ކޮމްޕިޔުޓަރ އަލުން ހުޅުވާއިރު (ރީސްޓާރޓްކުރާއިރު) ސްޕައިވެއަރ އަލުން އިޢާދަވުމަކީ ގިނަފަހަރަށް ކުރިމަތިލާން ޖެހޭނެ މައްސަލައެކެވެ. މިފަދަ އެތައް ސަބަބުތަކާއި ހުރެ ސްޕައިވެއަރ އިން ސަލާމަތް ވުމަށް އެޅެން އޮތް އެންމެ ހަރުދަނާ ފިޔަވަޅަކީ މިފަދަ އެއްޗެއް ސިސްޓަމުގައި ހަރުލިޔަ ނުދިނުމެވެ.

ކޮމްޕިޔުޓަ ސިސްޓަމްގައި ސްޕައިވެއަރ ހަރުލިޔަ ނުދިނުމަށް ކުރުމަށް ކުރެވިދާނެ ތަފާތު ކަންތައްތައް އެބަހުރިއެވެ. މިގޮތުން ބޭނުން ކުރެވިދާނެ އެންމެ ޢާއްމު އުކުޅަކީ ސިއްރުގޮތެއްގައި (އެހެން ސޮފްޓްވެއަރ އެއް އިންސްޓޯލްކުރުމުގެ ތެރޭގައި )ސްޕައިވެއރ ހިމެނޭ ސޮފްޓުވެއަރ އިންސްޓޯލްކުރުމެވެ. ބައެއް ކަހަލަ ޕްރޮގްރާމްތައް އިންސްޓޯލް ކުރުމުގެ ކުރިން ނެޓް ކަޑާލުމުންވެސް ސްޕައިވެއަރ އިން ސަލާމަތް ކުރުވައެވެ. އެއްވެސް އެއްޗެއް ޑައުންލޯޑު ކުރުމުގެ ކުރިން އެޔާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި އެއްބަސްވުންތައް ރަނގަޅަށް ކިޔުމަކީވެސް ސްޕައިވެއަރއިން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅެކެވެ.

ކޮމްޕިޔުޓަރ ސިސްޓަމްގައި ސްޕައިވެއަރ އެއް އަށަގެންފިނަމަ ސްޕައިވެއަރ ނައްތާލާ ސޮފްޓްވެއަރ އެއް ބޭނުންކުރުމަކީ ކުރެވިދާނެކަމެކެވެ. މިފަދަ ވަރަށް ގިނަ ސޮފްޓްވައަރތައް އިންޓަރނެޓުގައި ލިބެން ހުންނާނެއެވެ. މައިކްރޯސޮފްޓް އިން 2005 ވަނަ އަހަރު ތަޢާރަފްކުރި މައިކްރޯސޮފްޓް ވިންޑޯސް އެންޓިސްޕައިވެއަރ (ބީޓާ) ޕްރޮގްރާމަކީ މިގޮތުން ބޭނުން ކުރެވިދާނެ އެންމެ ރަނގަޅު އެއް ސޮފްޓްވެއަރ ކަމަށް ފެނެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.