ހޯމަ20180910

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ ވިސްޓާގެ ދުވެލި ހަލުވި ކުރުމަށް ކުރެވިދާނެ ބައެއް ކަންތައް

ވިސްޓާގެ ދުވެލި ހަލުވި ކުރުމަށް ކުރެވިދާނެ ބައެއް ކަންތައް

1tip2-މެމަރީ މަތިކުރުން

ވިންޑޯސްގެ މަސައްކަތް ހަލުވި ކުރުމަށް އެޅެން އޮތް އެންމެ ފަސޭހަ ފިޔަވަޅަކީ ކޮމްޕިޔުޓަރގެ މެމަރީ (ރޭމް) މަތިކުރުމެވެ. މަދުވެގެން 1 ގެގަ ބައިޓް (1024 މެގަބައިޓް) ގެ މެމަރީ ވިސްޓާ އަޅާފައިވާ ކޮމްޕިޔުޓަރެއްގައި ހުރުން މުހިއްމެވެ. ނަމަވެސް އެއް ގެގައިން ފުއްދާލުމުގެ ބަދަލުގައި މަތިކުރެވެން އެންމެ މަތީ އަދަދަކަށް މެމަރީ މަތިކުރުމަކީ ކޮމްޕިޔުޓަރެއްގެ ދުވެލި ހަލުވިކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

2- ޔޫއެސްބީ ފްލޭޝްޑްރައިވް ބޭނުންކުރުން

މަދުވެގެން 256 މެގަބައިޓް ގެ ހުސްޖާގައޮތް ފްލޭޝް ޑްރައިވެއް ވިސްޓާގެ ދުވެލި ހަލުވި ކުރުމަށް ބޭނުންކުރެވިދާނެއެވެ. ފްލޭޝް ޑްރައިވްގެ އެހީގައި ދުވެލި ހަލުވި ކުރުމަށްޓަކައި ޔޫއެސްބީ 2.0 ގެ ސްލޮޓަކަށް ފްލޭޝް ޑްރައިވު ގުޅުމަށްފަހު، ފެންނަ ޑައިލޮގު ގޮޅި އިން ސްޕީޑް އަޕް މައި ކޮމްޕިޔުޓަރ އިޚްތިޔާރު ކުރާށެވެ.

3- ރެޑީ ބޫސްޓް ކޮންފިގަރ ކުރުން

ކުރިން ބަޔާންކުރެވުނު ގޮތް އިޚްތިޔާރު ނުކުރެވިއްޖެ ނަމަ، ނުވަތަ މެނުއަލްކޮށް އިސްވެދިޔަ ފިޔަވަޅު ފުރިހަމަކުރަން ބޭނުންނަމަ މައިކޮމްޕިޔުޓަރ ހުޅުވާލާށެވެ. ދެން ފްލޭޝްޑްރައިވް އަށް ރައިޓްކްލިކް ކޮށް ޕްރޮޕަޓީސް އިން ރެޑީ ބޫސްޓް އިޚްތިޔާރު ކުރާށެވެ.

4- ޔޫ އެސްބީ ފްލޭޝް ޑްރައިވެއް ހޯދުން

ރެޑީ ބޫސްޓަށް ޚާއްޞަކޮށް ފްލޭޝް ޑްރައިވެއް ހޯދާނަމަ އަވަހަށް ކިޔާލެވޭ / އަވަހަށް ލިޔެލެވޭ (ރީޑް އެންޑް ރައިޓް) މޮޑެލްއެއް އިޚްތިޔާރު ކުރާށެވެ.

5- ގްރެފިކްސް ކާރޑް އޯވަރކްލޮކް ކުރުން

ގްރެފިކްސް ކާރޑް އިން ފްރޭމްތައް ނަގައިގަންނަ މިންވަރު ހަލުވި ކުރުމަށްޓަކައި ޕަވަރސްޓްރިޕްޓް ނުވަތަ އޭޓީއައިޓީ ފަދަ ޓޫލެއް ބޭނުންކޮށްގެން މަންޒަރު ތަކުގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްލެވިދާނެއެވެ. މިފަދަ ޓޫލެއް ބޭނުންކުރުމުގެ ސަބަބުން ގްރެފިކްސް ކާރޑްގެ އުމުރުކުރުވުމަކީ އެކަށީގެންވާ ކަމެއްކަން ހަދާނުގައި ބަހައްޓާށެވެ. ނުބައި ގޮތަކަށް އޯވަރކްލޮކް ކުރެވިއްޖަނަމަ ކާރޑް ހަލާކުވުންވެސް އެކަށީގެން ވެއެވެ. އެހެންކަމުން އޯވަރކްލޮކް ކުރުމުގައި ފަރުވާތެރިވާށެވެ. މިކަމުން ލިބިދާނެ ގެއްލުމަކަށް ޒިންމާ ނަގަންވާނީ ތިމާ އަމިއްލައަށެވެ.

6- ޑްރައިވާތައް އަޕްގްރޭޑްކުރުން

ބައެއް ޑްރައިވާތައް އަޕްޑޭޓް ކުރުމަކީ ވިސްޓާ ހަލުވި ކުރުމަށް ކުރެވިދާނެ ކަމެކެވެ. ޚާއްސަކޮށް ގްރެފިކްސް ކާރޑާއި ޗިޕްސެޓް ޑްރައިވާ އަޕްޑޭޓް ކުރުމަކީ ސިސްޓަމް ހަލުވިކޮށްލުމަށް ކޮށައިދެވޭނެ ރަނގަޅުމަގެކެވެ. ކޮމްޕިޔުޓަރގެ މަދަރބޯޑާއި ގްރެފިކްސް ކާރޑް އާޑްރައިވާއެއް އޮއްތޯ އެތަކެތި އުފެއްދި ކުންފުނީގެ ވެބްސައިޓް ބަލައިލުން މުހިއްމެވެ.

7- އެކްސްޓަރނަލް ޑްރައިވްތައް ބޮޑަށް އަވަސްކުރުން

ކޮމްޕިޔުޓަރގެ އެތެރޭގައި ބޭނުންކުރެވޭ ޑްރައިވާތަކާއި އަޅާ ބަލާއިރު ޔޫއެސްބީއާއި ފަޔަރވަޔަރ ފަދަ އެކްސްޓަރނަލް ޑްރައިވާތައް ލަސްނަމަ އެކަމާ ފިކުރުބޮޑު ނުކުރާށެވެ. އީސާޓާ އަކީ އިންޓަރނަލް ޑްރައިވްގެ ހަލުވިކަން އެކްސްޓާނަލް ޑްރައިވްތަކަށް ގެނުވައިދޭ ވަސީލަތެކެވެ. މިކަމަށްޓަކައި އީސާޓާ ޕޯޓު ބޭނުންކުރަން ޖެހޭނެއެވެ. ބައެއް ޒަމާނީ ކޮމްޕިޔުޓަރ ތަކުގައި މިޕޯރޓް ބިލްޓްއިން ޕޯޓެއްގެ ގޮތުގައި ހިމެނިފައިވެއެވެ. ނަމަވެސް ގިނަ ފަހަރަށް ޑްރައިވް އާއި އެކީގައި ޕީސީއައި ކާރޑެއް ނުވަތަ ޕީސީއައި އެކްސްޕްރެސް ކާރޑެއް ގަންނަން ޖެހޭނެއެވެ.

8- ކޮމްޕިޔުޓަރގެ ފެންވަރު ބަލާލުން

ވިންޑޯސް އެކްސްޕީރިއަންސް އިންޑެކްސް ސްކޯރ އަކީ ވިސްޓާ ބޭނުންކުރުމުގެ ގާބިލިއްޔަތުކަން ކޮމްޕިޔުޓަރގައި ހުރި މިންވަރު ދައްކައިދޭ އެއްޗެކެވެ. މި ސްކޯގެ އެހީގައި ކޮމްޕިޔުޓަރ ހަލުވިކުރަން އެޅިދާނެ ބައެއް ފިޔަވަޅުތައް ވަރަށް ރަނގަޅަށް ދެނެގަނެވިދާނެއެވެ. ސްކޯރތައް ބަލާލުމަށްޓަކައި ކޮންޓްރޯލް ޕެނަލް އިން ސިސްޓަމް އަށް ދިޔުމަށްފަހު ވާތްފަރާތު ކަނުން ޕާރފޯމޭންސް އަށް ފިތާލާށެވެ.

9- ނެޓްވޯރކް ހަލުވިކުރުން

ވަޔަރލެސް ނެޓްވޯކިންގ އަށް އައިސްފައިވާ ބޮޑުތަރައްގީ އާއި އެކުވެސް ވައިރުކޮށްފައިވާ ނެޓްވޯރކަކަށްވުރެ ވައިރު ނުކުރާ ނެޓްވޯރކް ހަލުވިކަން ފެންނަނީ އަދިވެސް މާކުޑަކޮށެވެ. އެކްސަސްޕޮއިންޓް އާއި ދުރަށް ދިޔަ ވަރަކަށް ލަސްވާ މިންވަރު ދާނީ އިތުރު ވަމުންނެވެ. ވައިރު ނުކުރާ ނެޓްވޯކެއްގެ ތެރޭން ފައިލްތައް އެއްކޮމްޕިޔުޓަރުން އަނެއް ކޮމްޕަށް ފޮނުވާނަމަ ކޮމްޕުތައް އެކަތި އަނެކައްޗާއި ވީހާވެސް ގާތުގައި ބެހެއްޓުމަށް ސަމާލުކަން ދޭށެވެ.

10. ޕޭޖިންގ ފައިލް ހަލުވި ކުރުން

ސިސްޓަމް ޕްރޮޕަޓީސް ހުޅުވާލުމަށްފަހު އެޑްވާންސް ސިސްޓަމް ސެޓިންއަށް ދާށެވެ. އެތަނުން އެޑްވާންސް ސެޓިންގ ތެރޭން ޗޭންޖް އަށް ފިތާލާށެވެ. ދެން އެއަށްފަހު އޮޓަމެޓިކަލީ މެނޭޖް ޕޭޖިންގ ފައިލް ސިސްޓަމް އިން ފާހަގަ ކަޑާލާށެވެ. ދެން އެންމެ މަދުން ބޭނުންކޮށްފައިވާ ޑްރައިވެއް އިޚްތިޔާރު ކުރާށެވެ. ސިސްޓަމް މެނޭޖް ސައިޒް އިޚްތިޔާރު ކުރުމަށްފަހު ސެޓް ބަޓަނަށް ފިތާލާށެވެ. ތިންބުރަށް އޯކޭ އަށް ފިތުމަށްފަހު ކޮމްޕް ރީސްޓާރޓް ކޮށްލާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.