ހޮނިހިރު20171014

އާކުރެވުނީ: 09:46:14

Back ކަވާސާ ކަވާސާ ކަވާސާ ކަވާސާއަކީ

ކަވާސާއަކީ

logo-thaaraf

އެކުވެރިކަން ބޮޑު' ، މިއީ ދިވެހި ބަސްފޮތުގައި ކަވާސާގެ މާނަ ކުރެވިފައިވާ ގޮތެވެ. ކަވާސާގެ ނަމުގައި ދިވެހި ބަހުން ތައްޔާރުކުރެވޭ އިންޓަރނެޓް ވެބްސައިޓެއް ހެދުމުގެ ޚިޔާލު އަޅުގަނޑުމެން ހަތަރު އެކުވެރިން ކުރީ 2001މ. ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މިޚިޔާލު ޙަޤީޤަތަކަށް ހެދިފައިވަނީ، ގާތްކަން ބޮޑު މި ހަތަރު އެކުވެރިންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. އޮންލައިންވެ  ލިޔުންތައް ޝާއިޢުކުރެވެން  ފެށި ތާރީޚަކީ 7 ޖޫން 2003 ކެވެ.

މިސައިޓު ފައްޓައިގަތް އިރު، ދިވެހިބަހުން އިންޓަނެޓުގައި ޝާއިޢުކުރެވޭ ސައިޓު އެއީ ނިކަން ނާދިރު އެއްޗެކެވެ. އޭރު ހުރީ ރާއްޖޭގެ ބައެއް ދުވަހު ނޫސްތަކުގެ ސައިޓު އެކަންޏެވެ.

ކަންމިހެން އޮތުމުން އޭރުގެ މަޤްޞަދަކަށްވީ އިންޓަނެޓު ޓެކްނެލޮޖީ އާއި މަޢްލޫމާތުގެ ރަސްމަގުގެ ފަސޭހަތަކުން، ހަލުއިކަމާއިއެކު ޚަބަރާއި، މަޢްލޫމާތު އެއްތަނުން އަނެއްތަނަށް ފޯރުކުރެވެމުންދާ ޒަމާނެއްގައި، ދިވެހިބަހުން ހުރި ސައިޓެއް އަޅުގަނޑުމެންގެ މާދަރީ ބަހުން ވުޖޫދަށް ގެނައުމެވެ. އަދި އިންޓަނެޓް މެދުވެރިކޮށް، ވީހާވެސް ފުޅާދާއިރާއެއްގައި ޚަބަރާއި މަޢްލޫމާތު ކިއުންތެރިންނަށް ފޯރުކޮށްދިނުމާއި، ދިވެހި މުޖްތަމަޢް ތަފާތު ދާއިރާތަކުގައި ހޭލުންތެރިކުރުވުމަށް އެހީތެރިވެދިނުމެވެ.

އަދި 2011 ވަނަ އަހަރު، ޝިފްޒާން އަޙްމަދާއި އަޙްމަދު ޝަމީނު ދޮންމަނިކު ހިންގަމުން ދިޔަ 'ތަރަހަ' ބްލޮގާއި ކަވާސާ ގުޅިލާމެހި، ދޭތި އެކައްޗަކަށް ހަދާލެވުނެވެ. އަދި ކަވާސާގެ މަޤްޞަދުވެސް އިތުރަށް ފުޅާވެ، ތަރައިގެ މަޤްޞަދު ކަވާސާގެ މަޤްޞަދާއި ގުޅުނެވެ.

ކަވާސާގެ މަޤްޞަދަކީ ދިވެހިންނަކީ ތަހުޒީބީ ގޮތުން ފުދުންތެރި ރަށްވެހި ބަޔަކަށް ވުމަށްޓަކައި ބޭނުންވާނޭ ދީނީ، ފިކުރީ، ޘަޤާފީ، ޢިލްމީ މައުލޫމާތު ވީ އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމެވެ. ވަށާޖެހިފައިވާ ފިކުރެއްގެ ވެރިއަކަށް ވުމަށްޓަކައި ޢިލްމީ ޚަޒާނާގެ ދޮރުން އެތެރެއަށް އަޅުގަނޑުމެންގެ ކޮންމެ ބައިވެރިއަކު ގެންގޮސްދިނުމެވެ. ދިވެހިރާއްޖޭގައި ދީނީ ދަޢުވަތު ދެއްވަމުން ގެންދަވާ އެންމެ ބޭފުޅުން އެކަތިގަނޑަކަށް ހެދުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރުމެވެ. ދިވެހި އިސްލާމީ ހަރަކާތަށް އިތުރު ރޯޝަނީކަމެއް ގެނެސްދިނުމެވެ. އަދި ފާޑުކިޔުމުގެ ފިކުރު -ނުވަތަ ކްރިޓިކަލް ތިންކިން- އަށް ތަރުޙީބުދިނުމާއި ކުރިއެރުވުމާއި، ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ހަމަތަކާއެކު ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ބޭނުން ފުރިހަމައަށްހިފައި، އެންމެހާ ދާއިރާއަކުން މިނިވަން ޖައްވެއްގައި އަޅުގަނޑުމެންގެ ޚިޔާލު ފާޅުކުރުމެވެ.

 

ކަވާސާގެ އަސާސީ މެންބަރުން :

ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު
އިސްމާޢީލް ނާޖީ
ޢަލީ ސަމީރު މުޙައްމަދު
އާދަމް ފަޔާޒު މުޙައްމަދު

ކަވާސާގެ ޚާއްޞަ މެންބަރުން :

ޢަބްދުލް ޢަޒީޒު ޙަމީދު
ޢަލީ އަޙްމަދު
ޢަލީ އިސްމާޢީލް
ޝިފްޒާން އަޙްމަދު
އަޙްމަދު ޝަމީނު ދޮންމަނިކު
ނޫރުއްސަލާމް އަބޫބަކުރު

ގުޅުއްވުން

މިސައިޓާއި ބެހޭގޮތުން ތިޔަބޭޅުން ފާޅުކުރައްވާ ޚިޔާލުތަކާއި، ފާޑުވިދާޅުވުންތައް އަޅުގަނޑުމެން އުފަލާއިއެކު ޤަބޫލުކުރަމެވެ. އެއްވެސް ޚިޔާލެއް، ފާޑުވިދާޅުވުމެއް އޮތްނަމަ އަޅުގަނޑުމެންނާއި ގުޅުއްވުން އެދެމެވެ.


ކަވާސާގެ އިހުގެ ހަނދާންތަކުގެ ތެރެއިން:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.