ހޯމަ20201116

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު ހަނގުރާމަ ފެށިގެން، ހައްޔަރުކުރެވުމާއި ހަމައަށް ޞައްދާމު އުޅުއްވީ ކިހިނެއް؟

ހަނގުރާމަ ފެށިގެން، ހައްޔަރުކުރެވުމާއި ހަމައަށް ޞައްދާމު އުޅުއްވީ ކިހިނެއް؟

saddam_daysofwarޢިރާޤުގެ ކުރީގެ ރައީސް ޞައްދާމު ޙުސައިންގެ ހަވާސާވެރިއެއްކަމުގައިވާ، ޢައްމާރު ހާޝިމް ސުލްޠާން ހާމަކުރާގޮތުގައި، ޢިރާޤު ހަނގުރާމައިގެ ފުރަތަމަ 4 ދުވަހުގެ ކަންތައްތައް، ޞައްދާމު ހިންގަވަމުން ގެންދެވީ، ބަޣްދާދުގެ ދެކުނުގައި އޮންނަ ބާބިލް ކިޔާ ރަށުގައި ހުންނަ ގެޔެއްގައި ހުންނަވައިގެންނެވެ. އެގޭގައި ހުންނަވައިގެން، ހަނގުރާމަ ހިނގަމުންދާގޮތް ބެއްލެވުމުގެ އިތުރުން، ސިފައިންގެ ޤާއިދުންނާއި ބައްދަލުކުރައްވައި، އެމީހުންނާއި ޞައްދާމު ގުޅުއްވަމުން ގެންދެވިއެވެ.

މިގޭގައި، ސެޓެލައިޓްގެ ޚިދްމަތެއް އޭރު ބޭނުން ކުރެވެމަކުން ނުދެއެވެ. އެހެންކަމުން، ޞައްދާމު އާއި ހަމައަށް ޚަބަރުތައް ގެންދެވެނީ، ޢަރަބި ސެޓެލައިޓް ޓީވީ ތަކުން ، މަޢްލޫމާތު ނަގައިގެންނެވެ.

މިދުވަސްކޮޅު، ޞައްދާމުގެ އަރިހުގައި، 16 ހާރިސުން ތިއްބެވެ. ގޭގައި ހުންނަވައިގެން ޓީވީ ބެއްލެވުމަށް، ބޯތައްޓެއް، ހޯދައިދިނުމަށް ، އޭނާގެ ހާރިސުންގެ ކިބައިން ޞައްދާމު އެދިވަޑައިގަތްކަމަށްވެސް، ޢައްމާރު ހާމަކޮށްފައިވެއެވެ.

ބަޣްދާދުގެ ވައިގެ ބަނދަރުގައި ބަދަލުކުރެވުނު ފުރަތަމަ ޙަމަލާތަކުގައި، ޞައްދާމް ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގަތްކަމަށްވެސް، ޢައްމާރު ބުނެއެވެ. ނަމަވެސް، މިޙަމަލާތަކުގައި، އޭނާއަށް އެއްވެސް އަނިޔާއެއް ލިބިވަޑައި ނުގަންނަވާކަމަށް ވެއެވެ.

އަލްމަންޞޫރުގައި ހުންނަ އައްސާޢާ ރެސްޓޯރަންޓުކައިރީގައި ހުންނަ، ގެޔަކަށް، ޞައްދާމު އަވަހާރަކޮށްލުމަށް، އެމެރިކާއިން ދިން ޙަމަލާއަށްވެސް، ޖަޒީރާ.ނެޓް އަށް މަޢްލޫމާތު ދެމުން، ޢައްމާރު އިޝާރާތް ކޮށްފައިވެއެވެ.

މިގެއަކީ، އެއްގެއިން އަނެއް ގެޔަށް، ބަދަލުވެވަޑައިގަންނަވާއިރު ހުންނަވަން، ހަމަޖެއްސިފައިވާ، ތަންތަނުގެ ތެރޭގައި ހިމެނޭ ގެޔެއްކަމަށް އޭނާ ބުންޏެވެ. 151 ވަނަ ނަންބަރުގެ ނަމުން ނަންދެވިފައިވާ މިޢިމާރާތަށް، އެމެރިކާއިން ޙަމަލާދީފައިވަނީ، ޞައްދާމްއާއި، އޭނާގެ އުޚްތުގެ ފިރިކަލުން، އަރްޝިދް ޔާސީން އެގެއިން ނުކުމެވަޑައިގަތްތާ 15 މިނެޓްފަހުންނެވެ.

ބަޣްދާދު ހިފުން

އެމެރިކާ ސިފައިންގެ އަތަށް ބަޣްދާދު ދޫވެގެން ދިޔައީ، 9 އޭޕްރީލް 2003 ގައެވެ. އޭގެފަހުން، 14 ވަނަ ދުވަހާއި ހަމައަށްވެސް، ޞައްދާމުގެ އަރިހުގައި، އޭނާ ހުރިކަމަށް، ޢައްމާރު ބުނެއެވެ. ޢައްމާރުއާއި، އިތުރު އެހެން 14 މީހުންނާއިއެކު، އޭރު ޞައްދާމު ހުންނެވިކަމަށްވަނީ، ބަޣްދާދުގެ އަވަށެއްކަމުގައިވާ އަލްއަޢްޡަމިއްޔާގައި، މުސްކުޅި އަންހެނެއްގެ ގޭގައެވެ. މިގެއަކީ ދެބުރިއަށް ހަދާފައި ހުރިގެއެކެވެ. ޞައްދާމު މަޑުކުރެއްވީ ދެވަނަ ބުރީގައި، ފާޚާނާއާއިއެކު ހަދާފައިވާ ކޮޓަރިއެއްގައެވެ.

އަލްފިރްދައުސް މައިދާނުގައި އޭނާގެ ބުދު ވައްޓާލެވުނު ތަން، ޓީވީ އިން ޞައްދާމު ވަގުތުން، ބައްލަވަމުން ގެންދެވިކަމަށްވެއެވެ. ނަމަވެސް، އެކަމާއިމެދު، އޭނާ ހާސްވެވަޑައިގެން، ހިތްހަމަޖެހިވަޑައި ނުގަންނަވާކަމުގެ އެއްވެސް، ޢަމަލެއް ދައްކަވާފައި ނުވާކަމަށާއި، އޭނާގެ މޫނުން، އަދިވެސް ވެރިކަމަށް ވަޑައިގެންނެވިދާނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާކަން ދޭހަވަމުންދިޔަކަމަށް ޢައްމާރު ބުންޏެވެ.

އެދުވަސްކޮޅު، ޞައްދާމު މިގެއިން ބޭރަށް ނުކުމެވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެއީ ތިކްރީތުގެ އަލްޢޫޖާގައި ހުންނެވި އޭނާގެ އަންހެނުން، ސަމީރާ ޝާހްބަންދަރު އާއި ބައްދަލުކުރެއްވުމަށެވެ.

ޢައްމާރު ބުނާގޮތުގައި، އޭނާއަށް ޞައްދާމު އެންމެފަހުން ފެނިފައިވަނީ، ޝާހްބަންދަރުގެ އަރިހުގައި، ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވެވަޑައިގަތްއިރު، އޭޕްރީލް 71 ގައެވެ. އެއަށްފަހު، ފެހި ކުލައިގެ، ޝޯފަރ ކާރެއްގައި، ވަރަށް ގިނަ ފައިސާ ހިއްޕަވައިގެން، ދެ ހާރިސުންނާއިއެކު، ޞައްދާމު ވަޑައިގަތްތަނަކަށް ވަޑައިގަތީއެވެ.

ޞައްދާމު ހައްޔަރުކުރުން

ނާމިޤް ޖާސިމް ޚިޟްރު އައްދޫރީ ކިޔާ މީހެއްގެ ދަނޑުގައި ، 8 ފޫޓު އަޑިއަށް ކޮނެގެން ހަދާފައިވާ، ކުޑަކުޑަ ބިންގަރާހެއްގައި ހުންނަވަނިކޮށް، ޞައްދާމު ޙުސައިން، އަތުލައިގަނެވިއްޖެކަމަށް، 14 ޑިސެމްބަރ 2003 ގައި، އެމެރިކާ ސިފައިން އިޢްލާނުކުރިއެވެ.

ނާމިޤުގެ ބޮޑުބޭބެގެ ދަރިފުޅު ބުނާގޮތުގައި، ޞައްދާމު ހައްޔަރުކުރެވުމުގެ، ދޮޅުމަސްދުވަސްކުރިން، އެމެރިކާ ސިފައިން، މިދަނޑު ބަލާ ފާސްކޮށްފައިވެއެވެ.

އަދި އޭގެ އެއްދުވަސްކުރިން، އެމެރިކާ ސިފައިންގެ ބަޔަކު އެތަނަށްއައިސް، ކުޑަކުދިންތަކެއް ކައިރީގައި، އެހިސާބުން ޞައްދާމު ފެނިފައިވޭތޯ އަހާ މަޢްލޫމާތު އެއްކުރަމުން ދިޔަކަމަށްވެސް އޭނާ ބުނެއެވެ.

ނާމިޤް އާއި ސުއާލުކުރުމުގެ ކުރިން، ޑިސެމްބަރު 14 ވަނަ ދުވަހުގެ ހަވީރު، އެމެރިކާ ސިފައިންގެ ބޯޓުތައް އެހިސާބުގައި ބުރުޖަހަމުން ދިޔަކަމަށް، އެތާ ކައިރީގައި ދިރިއުޅޭ މީހުން މަޢްލޫމާތު ދިނެވެ. އަދި ، ގާތްގަނޑަކަށް، 600 އެއްހާ މީހުންގެ މައްޗަށް އެކުލެވޭ އެމެރިކާ ސިފައިންގެ ގުރޫޕުން، މިދަނޑަށް ވަދެ ތަންތަން ފާސްކުރަން ފެށުމުގެ ކުރިން، އެތަނަށް، ހުދުކުލައިގެ ދުން މާއްދާއެއް ސްޕްރޭކޮށްފައިވާކަމަށްވެސް، އެމީހުން ބުނެއެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި، މިދުންތައް އެރުވުމަށްފަހު، އެތެރެއަށް ވަތް ސިފައިން ނުކުތީ ޞައްދާމުގެ ތުނބުޅީގައި ހިފާ ދަމަމުންނެވެ. ޞައްދާމު އޭރު ހުންނެވީ އޭރު ވަރަށް ވަރުބަލިވެވަޑައިގަންނަވާފައިކަމަށާއި، އޭނާ ހޮޑުލެއްވިތަންވެސް، ފެނިފައިވާކަމަށް، މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.

ނާމިޤުގެ ގާތް މީހުން ބުނާގޮތުގައި، ޞައްދާމު ހައްޔަރުކުރެވުމުގެ ކުރިން، އޭނާ އެހިސާބުގައި އުޅުއްވާކަމުގެ މަޢްލޫމާތެއް އެމީހުންނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް، ނާމިޤުއާއި، އޭނާގެ އަންހެނުންނާއި، އެދެމީހުންގެ ދެދަރިންކަމުގައިވާ ޤައިސްއާއި ޢަލާއަށް، ޞައްދާމު އެތާ އުޅުއްވާކަން، އޭރުވެސް އެނގޭކަން، އޭގެ ފަހުން، އެމީހުންނަށް އެނގުނުކަމަށް ނާމިޤުގެ އަވައްޓެރިން ބުންޏެވެ. ދަނޑުގައި ހުންނެވި އިރު، ޞައްދާމުގެ ޚިދްމަތުގައި ހުންނެވީ، ނާމިޤުގެ އަންހެނުންނެވެ.

ޞައްދާމު ހައްޔަރުކުރެވުނު ދަނޑު އޮންނަނީ، ތިކްރީތުގެ ހުޅަނގު ދެކުނުން، ގާތްގަނޑަކަށް 9 މޭލު ދުރުގައި އަލްޢޫޖާ ކިޔާ ރަށުގެ އައްދޫރު ކިޔާ ހިސާބުގައެވެ. މިދަނޑުގައި ހުންނަ ގޭގެ އަހްލުވެރިން ބުނިގޮތުގައި، ޞައްދާމު އުޅުއްވަމުން ގެންދެވީ، ދަނޑުގައި ހުންނަ ކުޑަކުޑަ ކޮޓަރިއެއްގައެވެ. ބިންގަރާހުގެ ތެރެއަށް އޭނާ ވަދެވަޑައިގަންނަވަނީ، އެމެރިކާ ސިފައިންގެ ބަޔަކު ކައިރީގައި އުޅޭކަމަށް ވާނަމައެވެ.

މަޢްލޫމާތު : އަލްޖަޒީރާ . ނެޓް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.