ހުކުރު20201009

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު ޞިހުޔޫނީ ސަފީރު ތުރުކީއިން ބޭރުކޮށްލުން!

ޞިހުޔޫނީ ސަފީރު ތުރުކީއިން ބޭރުކޮށްލުން!

Israil safeeru beyrukurunމިނިވަންކަމުގެ ފުލީޓާ ގުޅޭ އެކުވެރި ދައުލަތްތަކުގެ ޤަރާރާ ވިދިގެން..........

ތުރުކީއިން ވަނީ އިސްރާއީލުގެ ސަފީރާއި، އެދައުލަތުގެ އިސް މަސްއޫލުވެރިންތަކެއް ތުރުކީއިން ބޭރުކޮށްފައެވެ. އަދި އޭގެ އިތުރުން ދެޤައުމުގެ މެދުގައި ވެވިފައިވާ ހުރިހާ ޢަސްކަރީ އެއްބަސްވުންތަކަކަށް ޢަމަލުކުރުންވަނީ ހުއްޓާލާފައެވެ. މިފަދައިން ތުރުކީއިން ޢަމަލުކުރީ "މިނިވަންކަމުގެ ފުލީޓު"ގެ މައްސަލަ ދިރާސާކުރުމަށްފަހު، އ.ދއިން އެކުލަވައިލި ޤަރާރެއް ލީކުވިއިރު، އެޤަރާރުގައި މިނިވަންކަމުގެ ފުލީޓާ ދެކޮޅަށް، ޞިހުޔޫނީ ދައުލަތުން ބާރުގެ ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާކަމަށް ބުނުމާއެކު، އިސްރާއީލުން ޣައްޒާ ޙިޞާރަކުރުން އެއީ ޤާނޫނީ ގޮތުން ހަމަޖެހޭ ކަމެއްކަމުގައި ބުނެފައިވުމުންނެވެ. ކޮންމެއަކަސް މިނިވަންކަމުގެ ފުލީޓާ ދެކޮޅަށް އިސްރާއީލުން ހިންގި ޢުދުވާނުގައި ތުރުކީގެ ހަތް ރައްޔިތެއް ޝަހީދުކޮށްލާފައިވެއެވެ.

އަގު އަދާކުރުމުގެ ވަގުތު ކުޑަތަންވެއްޖެއެވެ!

ހުކުރުދުވަހު (2-9-2011) ނޫސްވެރިންގެ ބައްދަލުވުމެއްގައި ތުރުކީގެ ޚާރިޖީ ވަޒީރު ދާވޫދު އޯޣުލޯ ވިދާޅުވިއެވެ. "މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިވަނީ އިސްރާއީލަށް ލިބުނު ހުރިހާ ފުރުޞަތުތަކެއް އެމީހުން ބޭކާރުކޮށްލާފައިވާ މަރުޙަލާއަކަށް. އިސްރާއީލުގެ ވެރިކަމުން، އެމީހުން ތިބީ ޤާނޫނުގެ މަތީގައިކަމަށް ޤަބޫލުކުރާ ކުރުމާއި، ޤާނޫނީ ގޮތުން ބަލައިނުގަނެވޭނެ އެތައް ޢަމަލުތަކެއް އިންސާނީ ޟަމީރަށް ބެލުމެއް ނެތި،  ހިންގައިފައިވާތީ އެކަންކަމުގެ އަގު އަދާކުރުން ލާޒިމުވާ ވަގުތު މިވަނީ އައިސްޖެހިފައި. އެކަންކަމުގެ އަގަކީ ތުރުކީގެ އެކުވެރިކަމާއި ރަޙުމަތްތެރިކަމުން އިސްރާއީލު މަޙުރޫމުވުން."

އަދިވެސް ވިދާޅުވިއެވެ. "ތުރުކީއާ އިސްރާއީލާ ދެމުދުގައި އޮތް ޑިޕްލޮމެޓިކު ގުޅުންތައްވަނީ ދެވަނަ ސެކުރަޓަރީގެ ދަރަޖައަށް  ހީނަރުވެފައި. އެހެންކަމުން އަންނަ ބުދަދުވަހުގެ ކުރިން ދެވަނަ ސެކުރަޓަރީއަށްވުރެ މަތީ، އިސްރާއީލުގެ ހުރިހާ މުވައްޒިފުން ތުރުކީ ދޫކުރަން ޖެހޭނެ." އަދިވެސް ވިދާޅުވިއެވެ. "އެންމެހާ ޢަސްކަރީ އެއްބަސްވުންތަކަކަށް ޢަމަލުކުރުންވެސް މެދުކަޑައިލެވިއްޖެ."  

އެޤަރާރަކަށް ވަރަށް ދިގު އިންތިޒާރެއްކުރަން ޖެހުނު ޤަރާރަށް ތުރުކީގެ ރައްދު އައީވަރަށްވެސް ހަލުއި ގޮތެއްގައި، އެހާމެ ހައިބަ ހުރި ގޮތެއްގައެވެ. މިޤަރާރުގައިވަނީ ޣައްޒާ ޙިޞާރުކޮށްފައިވާކުރުން، ޤާނޫނީ ޙިމާޔަތުގެ ތެރެއަށް ވައްދާފައެވެ. އެއީ އަންކާރާއިން އެއްވެސް މާނައެއްގައި، ބަލައިގަންނާނެ ކަމެއް ނޫންކަން މިވަނީ ޔަޤީންކޮށް ކަށަވަރުކޮށްދީފައެވެ.

ބައިނަލްއަޤުވާމީ ކޯޓަށް!

ޣައްޒާ ޙިޞާރަކުރުމަކީ ޤާނޫނީ ގޮތުން މަޤުބޫލު ޢަމަލެއްކަމުގައި ނިންމި ޤަރާރާމެދު ވާހަކަދައްކަވަމުން ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވީ މިޤަރާރުގައި ހުރި ބައެއް ނުކުތާތަކަކީ ސުވާލު އުފެދޭ ކަންތައްތަކެއްކަމަށެވެ. އަދި ޣައްޒާ ޙިޞާރަކޮށްފައިވުމާ ވިދިގެން ވިދާޅުވީ ތުރުކީއިން ޣައްޒާ ޙިޞާރަކޮށްފައިވާ ކުރުމުގެ ޝަރުޢިއްޔަތު ނުވަތަ ޤާނޫނީ ޞައްޙަކަން ބަލައިނުގަންނާނެކަމަށެވެ.

އަދި ވިދާޅުވެފައިވަނީ މެދުއިރުމަތީގެ މިނިވަންކަން ޔަޤީންކޮށްދިނުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް ތުރުކީ ސަރުކާރުން އަޅާނެކަމުގައެވެ. އަދިވެސް ވިދާޅުވީ އެގޮތުން އިސްރާއިލް ޣައްޒާ ޙިޞާރުކޮށްފައިވާވުމަކީ ތުރުކީއިން ބަލައިގަންނާނެ ކަމަކަށްނުވާތީ ބައިނަލް އަޤުވާމީ ކޯޓަށް އެކަންތައް ހުށަހަޅައި ރަނގަޅަށް ދިރާސާކޮށް، އެކަމުގައި އ.ދގެ ޢާންމު މަޖިލިސް ޙަރަކާތްތެރިކުރުވުމަށް މަސައްކަތް ކުރާނެކަމުގައެވެ.

އަދި ހަމައެފަދައިން އިސްރާއީލުން "މިނިވަންކަމުގެ ފުލީޓަ"ށް ދިން ޙަމަލާގައި މަރުވި މީހުންނާއި ގެއްލުން ލިބުނު ފަރާތްތަކުގެ ތެރެއިން ތުރުކީ ރައްޔިތުންނާއި، އެހެނިހެން ޤައުމުތަކުގެ މީހުންނަށް އިންޞާފު ލިބިގަތުމުގައި ޝަރުޢީ މަޙުކަމާތަކަށް ދިއުމުގައި ތުރުކީގެ އެހީތެރިކަން ލިބޭނެކަން، ވަޒީރު ޔަޤީންކޮށްދެއްވިއެވެ.

ޤަތުލުކޮށްލެވުނު ތުރުކީ 9 މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތަކު ހިމެނެއެވެ.

ނިވުޒިލޭންޑުގެ ކުރީގެ ރައީސް ޖެފްރީ ޕާލްމަރ އިސްވެ ހުންނެވި ކޮމެޓީއިން ނިންމެވި، މިޤަރާރު އ.ދ ގެ ޢާންމު ސެކުރަޓަރީ ބަންކީ މޫންއާ ހުކުރުދުވަހުގެ ވަގުތެއްގައި ޙަވާލުކުރެވޭނެކަމަށް ލަފާކުރެވެއެވެ. އެއިރުން މިޤަރާރު ޢާންމުކޮށް ޝާއިޢުކުރުވޭނެއެވެ.

އަދި ބުރާސްފަތި ދުވަހު، ނިއުޔޯކު ޓައިމްސްއިންވަނީ އެމީހުންގެ ރަސްމީ ވެބްސައިޓުގައި، އެފަރާތަށް ލިބިފައިވާ މިޤަރާރުގެ ދެލިކޮޕީއެއް ޝާއިޢުކޮށްފައެވެ.

މަޞްދަރު: އިސްލާމް އޮންލައިން 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.