ހޮނިހިރު20171216

އާކުރެވުނީ: 09:46:14

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު އިސްރާއީލް ދައުލަތުގެ ޔަހޫދީވަންތަކަން.

އިސްރާއީލް ދައުލަތުގެ ޔަހޫދީވަންތަކަން.

Israel_Palestine_Flagފަލަޞްޠީނާ އިސްރާއީލުގެ ދެމެދުގައި ދެކެވެމުންދާ ޞުލްޙައިގެ ވާހަކަތަކުގައި ފަލަޞްޠީނުގެ މައްސަލައަށް ހޯދާ ފަހު ޙައްލުގައި، ނުވަތަ މިހާރު ކުރިއަށްދާ އިސްތިޤުރާރު ޤާއިމުކުރުމުގެ މަސައްކަތްތަކުން ނުވަތަ ދެފަރާތުގެ ދެމެދުގައި ވަޝިންޓަންގެ ބެލުމުގެ ދަށުން ހިގަމުން އަންނަ ޞުލްޙައިގެ ވާހަކަތަކުން، ގެނެވޭ ޙައްލުގައި،އިސްރާއީލަކީ ޔަހޫދީވަންތަ ނުވަތަ ޔަހޫދީންނަށް ނިސްބަތްވާ ދައުލަތެއް ކަމުގައި، ފަލަޞްޠީނުން ބަލައިގަތުމަށް ނަތަންޔާހޫ ޝަރުޠުކުރަނީ ކީއްވެހެއްޔެވެ؟ އެކަމަށް އެހައި ބޮޑަށް ބާރު އަޅުމުންދާ ސަބަބަކީ ކޮބައިހެއްޔެވެ؟

ފަލަޞްޠީނުގެ ބިމާއި އިސްރާއީލުގެ ޔަހޫދީވަންތަކަން:

އިސްރާއީލު ދައުލަތުގެ ޔަހޫދީވަންތަކަން ޤަބޫލުނުކުރާހާ ހިނދަކު ޞުލްޙައިގެ ވާހަކަތައް ކުރިއަށް ނުދާނެކަމަށް ހަރުކަށި ގޮތެއްގައި ނަތަންޔާހޫ އެންގިއެވެ. އަދި ހަމައެފަދައިން އިސްރާއީލްގެ ޔަހޫދީވަންތަކަން ޤަބޫލުކުރުމަށް އެދޭއެދުން އެހެން ގޮތަކަށް މާނަކުރުމަށް އޮތް ހުރިހާ ފުރުޞަތެއްވެސް ބަންދުކުރިއެވެ. އެއީ މަޙުމޫދު ޢައްބާސް (ފަލަޞްޠީނުގެ ރައީސް) މިއެދުން މާނަކުރައްވާ ގޮތްކަމުގައިވާ، ދައުލަތުގެ ނަމަކަށް އިސްރާއީލްކިޔުމަށް ހުއްދަދިނުމުގެ އެދުމެއްކަމުގައި މާނަކުރައްވާ ކުރެއްވުމަށް ފުރުޞަތު ނުލިބޭނެ ގޮތުގައެވެ.

އިސްރާއީލަކީ ޔަހޫދީންގެ ދައުލަތް ނުވަތަ ވަޠަންކަމުގައި ޤަބޫލުކުރުމަށް ނަތަންޔާހޫ ބާރުއަޅާ އެޅުމުން އެގިގެންދަނީ، އިސްރާއީލުގެ ޔަހޫދީވަންތަން ޤަބޫލުކުރާކުރުމަކީ ހަމައެކަނި، އެދައުލަތުގެ ޝަޚުޞީ ޞިފައެއްކަމުގައި ޔަހޫދީ ދީން ހިމެނުން ބަލައިގަތުން ނޫންކަމެވެ. ކިއެއްހެއްޔެވެ؟ ބިމުގެ މިލްކިއްޔަތުވެސް ޔަހޫދީންނާ ގުޅުވުމެވެ. މާނައަކީ އިސްރާއީލުގެ ޔަހޫދީވަންތަކަން ބަލައިގަތުމަކީ، އެބިމަކީ ޔަހޫދީންގެ މިލްކިއްޔަތެއްކަމުގައި ނުވަތަ ޙައްޤެއްކަމުގައި އިޢުތިރާފުވުމެވެ. އަދި އެބައިމީހުންނާ އެކަމުގައި ދެކޮޅުހެދުމުގެ ޙައްޤެއް -ފަލަޞްޠީނުގެ މަސީޙީންވެސް ޝާމިލުވާނެ ގޮތުގައި- ފަލަޞްޠީނުގެ  ރައްޔިތުންނަށް އަދި ޢަރަބިންނާއި މުސްލިމުންނަށް ނޯންނާއެވެ.

އަދި އޭރުން އިސްރާއީލް ވެގެންދާނީ ނުވަތަ އިސްރާއީލުގެ ބިން ވެގެންދާނީ، ފަލަޞްޠީނުގެ ބިމުގެ މިލްކިއްޔާތަށާއި އަދި ތާރީޚީ ގޮތުންނާއި ޙާޟިރުގެ ޙަޤީޤަތަށް ބަލާއިރުވެސް އެބިމުގައިވާ ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤަށް އަންނަ ނިމުމެއްކަމުގައެވެ. އެބިމުގެ ވެރިންނަކީ ފަލަޞްޠީނުގެ ރައްޔިތުންނެވެ. އެއީ މާޒީގައިވެސް އަދި މިހާރުވެސް ފަލަޞްޠީނުގެ ރައްޔިތުންނަށް ލިބިފައިވާ ޙައްޤެކެވެ.

އަދި ނަތަންޔާހޫ ޝަރުޠުކުރާ އިސްރާއީލްގެ ޔަހޫދީވަންތަކަމަށް އިޢުތިރާފުވުމަކީ މިޙައްޤު އެކީ ދޫކޮށްލުމެވެ.

ނަތަންޔާހޫ އިޢުލާންކުރި މިޝަރުޠަކީ ދެފަރާތުގެ ދެމެދުގައި ދެކެވޭ ވާހަކަތައް ނިމެން ޖެހޭ ހިސާބެވެ. އަދި މިޝަރުޠަކީ ހަމައެކަނި ލިކޫޑު ޕާޓީން ނުވަތަ ހަމައެކަނި އިސްރާއީލްގެ ކަނާތުފިޔައިގެ ސަރުކާރުން ކުރިމަތިކުރުވާ ޝަރުޠެއް ނޫނެވެ. މިއީ އިސްރާއީލުގެ އެންމެހާ ސިޔާސީ ލީޑަރުންނާއި ޒައަނިސްޓުން އެއްބަސްވާ ޝަރުޠެކެވެ. ފަހަރުގައި ހަވާސާގައި އިސްރާއީލުގެ މިތަޢުރީފާ ދެކޮޅުހަދާ ނާދިރުއަޑުތަކެއް ނެތެކޭނޫނެވެ. އެއީ ބާރެއް ނެތް އަޑުތަކެކެވެ.

އިސްރާއީލްގެ ޔަހޫދީވަންތަކަމާއި ބަލްފޯރުގެ ވަޢުދު (Balfour Declaration) އަލުން ދިރުވުން:

އަދި އެއަށްވުރެ ނުބައި ޚަބަރަކީ މިޝަރުޠަކީ އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާގެ ރަސްމީ ސިޔާސަތު ކަމުގައި ހިމެނުމެވެ. އަދި ސާފުކޮށް އޮބާމާގެ ކުރިން އެމެރިކާގެ އެއްވެސް ރައީސެއް ސާފުކޮށް މިޝަރުޠުގެ ވާހަކަ ކަނޑައެޅިގެން ވިދާޅުވެފައި ނެތެވެ. އެއީ އޭނާ ޕެރޭޒަށާއި ނަތަންޔާހޫއަށް ޔަހޫދީން ކިޔާ މިނިވަންދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖްގައި އަންނަނިވި ފަދައިން ހިމެނުއްވީމައެވެ. އެމެސެޖުގައި އައިސްފައިވެއެވެ. "ހަމަކަށަވަރުން، ތާރީޚީ ފަލަޞްޠީނަކީ ޔަހޫދީންގެ ޒަމާންވީ ވަޠަނެވެ. މިކަމުންވެސް އެގިގެން ސާފުވެގެން އަންނަނީ އިސްރާއީލުގެ ޔަހޫދީ ވަންތަކަމަކީ އެދައުލަތުގެ ޢާންމު ޞިފައަކަށްވުރެ ބޮޑު މުހިއްމުކަމެއްކަމެވެ."

މިކަން އޮތީ މިހެންކަމުގައިވާއިރު، އެވާހަކަތަކެއްގެ އެންމެ ފަހު ނިމުންކަމުގައި މި ބޮޑުކަންތައް ހިމެނޭ ވާހަކަތަކުގެ ތެރެއަށް، ޝަރުޢިއްޔަތެއް ނެތް ފަލަޞްޠީނުގެ ރާމަﷲގެ ސަރުކާރުން ވަނުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އަދި ސީދާ ގޮތުގައި ދެފަރާތުގެ މެދުގައި ދެކެވޭ މިވާހަކަތަކަށް ވަނުމަށް ތާއީދުކުރި ޢަރަބި ވެރިންނާއި ރަސްރަސްކަލުން އެކުރައްވާ ތާއީދުގެ ޙަޤީޤީ މުރާދަކީ ކޮބައިތޯއެވެ؟

ދެދައުލަތް އޮތުމުގެ ޙައްލަށް ރުހި، ޞިހުޔޫނީ ދައުލަތުގެ ޔަހޫދީވަންތަކަން ފަލަޞްޠީނުގެ ފަރާތުން ވާހަކަދައްކަވާ ބޭފުޅަކު ނުވަތަ ފަލަޞްޠީނުގެ ރައީސަކު ޤަބޫލުކުރެއްވުމަކީ، 1948ގެ ފަހުން ޞިހުޔޫނީ ދައުލަތުގެ ދަށުގައި ތިބި، އަދި ތިބެންޖެހޭނެ ޢަރަބިންގެ ޙައްޤުތައް އެކީ ނެތިކޮށްލުމެވެ. އަދި އެއަށްފަހު އެބައިމީހުން އެކަހެރިކުރެވިގެންދާނެއެވެ. އެއީ ޔަހޫދީންނަށް ނިސްބަތްވާ ދައުލަތެއްގައި ދިރިއުޅޭ ބައަކަށްވީތީއެވެ.

އެހެންނަމަވެސް މިއިޢުތިރާފުވުމުގެ މާނަ އަދި މިއަށްވުރެ ތަނަވަހެވެ. އޭގެތެރޭގައި ހިފައިފައިވާ ބިންތަކަށް އަބުރާ ރުޖޫޢަވުމުގެ ޙައްޤާއި ފަލަޞްޠީނުގައި މުސްލިމުންނާއި ޢަރަބިންނާއި ފަލަޞްޠީނު ރައްޔިތުންނަށްވާ ތާރީޚީ އެންމެހާ ޙައްޤުތަކަކާއި ފަލަޞްޠީނުގެ ރައްޔިތުންނަށް އެބައިމީހުންގެ މުސްތަޤުބަލު ކަނޑައެޅުމަށް ބައިނަލްއަޤުވާމީ ޤާނޫންތަކުން ލިބިފައިވާ ހުރިހައި ޙައްޤުތަކެއްވެސް ނެތިގެންދާނެއެވެ.

އިނގިރޭސީންގެ ރޭވުމުގެ ތެރެއިން ފަލަޞްތީނުގެ ބިންތައް 1948ގައި ޞިހުޔޫނީން ފޭރިގަތްގަތުމާއި އޭގެ ކުރިންނާއި ފަހުންވެސް ފަލަޞްޠީނުގެ ރައްޔިތުން އެކަހެރިކޮށް އެމީހުންނާ ދެކޮޅަށް ހިންގި އެންމެހާ ޖަރީމާތަކެއްގެ ތާރީޚުވެސް މިއިޢުތިރާފުވުމުގެ ސަބަބުން ނެތިގެންދާނެއެވެ. އެއީ މިފޭރިގަތްގަތުމަކީ ޔަހޫދީ ރައްޔިތުންނަށް ލިބިފައިވާ ޙައްޤެއް އަބުރާ ހޯދުންކަމުގައި އިޢުތިރާފުވާތީއެވެ. އެއީ ދުނިޔޭގެ އެކިކަންކޮޅުތަކުން ބިމަކަށް ހިޖުރަކޮށް އެތަނުގެ މައްޗަށް ނުޙައްޤުން ވެރިވެގަތް ޔަހޫދީ "ރައްޔިތެވެ."

އަދި ފަލަޞްޠީނު ރައްޔިތުންނާއި ޢަރަބީން ޞިހުޔޫނީ މަޝްރޫޢާ ދެކޮޅަށް ވީހައި ޤުރުބާނީއަށް އެއްވެސް އަގެއް ނެތް ކަންތައްތަކެއްކަމުގައި މިއެއްބަސްވުމުގެ ސަބަބުންވާނެއެވެ. އެއީ ފަލަޞްޠީން ބިމުގެ ޙައްޤު ފަލަޞްޠީނުގެ ކިބައިން ނިގުޅައިގަނެ، ފަލަޞްޠީނަށްޓަކައި ކުރާ މަސައްކަތުގެ ޢަދުލުވެރިކަމުގެ ޞިފަ ނެތިކޮށްލައިގެނެވެ.

ޞިހުޔޫނީ ޙަރަކާތުން އެދޭ މިއެދުމަކީ އަދި ޞިހުޔޫނީ ދައުލަތުގެ ސަރުކާރުތަކުން އެދެމުންދާ މިއެދުމުގެ ނަތީޖާއަކަށްވާނީ،  އެދައުލަތަކީ ހަމައެކަނި ޔަހޫދީންގެ ދައުލަތަކަށް ހަދައި އެބިން ފަލަޞްޠީނުގެ ރައްޔިތުންނާއި ޢަރަބިންނާއި މުސްލިމުންނާއި އަދި މުޅި ދުނިޔޭގެ ކިބައިން ނިގުޅައިގަތުމެވެ. އަދި މިމައްސަލައަކީ ހަމައެކަނި ރަސްމީ ކުލަވަރެއް ހުރި މައްސަލައެއް ނޫނެވެ. ނުވަތަ މިކަމަކީ ކަންއޮތްގޮތާއި ޙަޤީޤަތް ރަނގަޅަށް ސާބިތުކުރުމެއްވެސް ނޫނެވެ. ނުވަތަ ބަލްފޯރުގެ ވަޢުދު ފުއްދުމުގައި އިތުރު މަސައްކަތެއް ކުރުމެއްވެސް ނޫނެވެ. ނުވަތަ ބައިކުރުމުގެ ޤަރާރަށް ތަބާވުމެއްވެސް ނޫނެވެ. އެހެނީ މިއިޢުތިރާފުގައިވަނީ އެޤަރާރުގައި ނުހިމެނޭ އެތައްކަމެއް ޞިހުޔޫނީ ދައުލަތަށް އަނިޔާވެރި ގޮތެއްގައި ލިބުމެވެ. ނުރައްކާތެރިކަންތައްތަކެކެވެ. އެހެނީ ބައިކުރާ ޤަރާރުގައި ބުނަނީ "ބިމުގެ ޙަޤީޤީ ރައްޔިތުންގެ ޙައްޤުތަކަށް އުނިކަމެއް ނުލިބޭ ގޮތުގައި ފަލަޞްޠީނުގައި ޔަހޫދީންނަށް ދައުލަތެއް ޤާއިމުކުރުމަށެވެ." އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ކުރިމަތީގައި މިވާ ޝަރުޠަކީ ފަލަޞްޠީނު ރައްޔިތުންގެ ޙައްޤުތައް އެބައިމިހުންގެ ބިމުގައި އެކީ ނެތިދިއުމެވެ. އަދި އެބައިމީހުންގެ ތާރީޚީ ޙައްޤުތައްވެސް އެކީ ނައްތައިލުމެވެ. ވަޠަނިއްޔަތާއި ޤައުމިއްޔަތާއި އިސްލާމްވަންތަކަމާއި މަސީޙީވަންތަކަންވެސް އެބިމުން ނެތިދިއުމެވެ. އަދި ހަމައެފަދައިން އެއީ އިސްރާއު މިޢުރާޖުގެ ތާރީޚަށްވެސް ނިމުމެއް ގެނެސް ޢުމަރުގެފާނުގެ ޢަހުދުކަށަވަރުގެ ތާރީޚަށްވެސް ގެނެވޭ ނިމުމެކެވެ.

ދެފަރާތުގެ ދެމެދުގައި ދެކެވެމުންދާ ވާހަކަތަކާއި މެދުއިރުމަތީގައި އަމާންކަން ޤާއިމުކުރުމުގެ މަޝްރޫޢުގެ ލަނޑުދަޑިވެފައިމިވަނީ ބޮޑު ކާރިސާއެއްކަމުގައެވެ. އަދި މިވާހަކަތަކުގައ ޙަރަކާތްތެރިވާ ފަލަޞްޠީނުގެ ފަރާތުން ވާހަކަދައްކަވާ ފަރާތް ނިކަމެތިވެވަޑައިގަނެ، މިވާހަކަތަކުން ޞިހުޔޫނީން އެދޭ ބީދައިން، ދީނަށާއި ބިމަށާއި ޙައްޤަސް ޚިޔާނާތްތެރިވާކަށް ބަހަނާއެއް ފުރުޞަތެއްނެތެވެ. އެފަދަ މީހާ ޚިޔާނާތްތެރިވަނީ ވޭތުވެދިޔަ ޖީލުތަކަށާއި އަންނާން ހުރިހާ ޖީލުތަކަށެވެ.

އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ސިޔާސީ ވާހަކަތަކެއް އެކަންޏެއްނޫނެވެ. މިއީ ދެމިތިބުމާއި އައިތަނަކާއި އަޞްލާ ގުޅުން ހުރި ބަޙުސެކެވެ.

މަޞްދަރު: ޖަޒީރާ.ނެޓް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.