ޚިޔާލު
ތިބާގެ ރަނގަޅު ނަފްސުގެ ގޮވެލި އަޑު އަހާށެވެ. އަދި ތިބާގެ ހަވާނަފްސުގެ ގޮވުންތަކަށް އިޖާބަ ނުދޭށެވެ.
- - މުޙައްމަދު ޒަޢީމް، އާބުރުޒީގެ، ސ.ފޭދޫ
- 12 ޖަނަވަރީ 2015
ބައްޕައަކު އޭނާގެ ދަރިފުޅަށް ދިން މި ނަސޭހަތް އަޑު އަހައި، މިއާ މެދު ނިކަން ވިސްނައި، ފިކުރު ކޮށްލަމާތޯއެވެ. ބައްޕަ ވިދާޅުވިއެވެ. ދަރިފުޅާއެވެ! ދަރިފުޅު ދުނިޔެއަށް އައީ ރޮމުން، ދަރިފުޅު ދެކެ ލޯބިވާ އެންމެން އުފަލުން ރޮއްވައިލައިފައެވެ. އަދި ދަރިފުޅު މި ދުނިޔެ ދޫކޮށްދާ ދުވަހު، ދަރިފުޅަކީ ދުނިޔެއިން ގެއްލިގެން ދިޔަ ނުހަނު އަގުހުރި ފަރާތެއް ކަމަށް މީހުން ދެކޭފަދަ މީހަކަށްވެ، ދަރިފުޅު ދުނިޔެއިން ވަކިވިކަމަށްޓަކައި އެމީހުން ހިތާމަ ކުރަންތިބޭހާލު ދަރިފުޅު އުފަލުގައި މިދުނިޔެ އާއި އަލްވަދާއު ކިޔައި ދިއުމަށް އެދޭށެވެ.

ތިންބާރު ފަދައިން ވަކިވަމުންދާ އެހެން ބާރެއްގެ ވާހަކަ
- އިބްރާހިމް މާހިރު މޫސާ
- 09 މޭ 2012
ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި ތިންބާރު ވަކިވެގެން ދިޔައީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީން ކަމުގައި ގިނަބަޔަކު ޤަބޫލު ކުރެއެވެ. އެހެން ޤަބޫލުކުރަންޖެހެނީ ސަބަބުތަކެއްވެސް ހުރުމުންނެވެ. މިޤާނޫނު އަސާސީގެ ކުރިންވެސް، ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުތައް ހަރަކާތްތެރިވިނަވަމެސް، މިހާރުގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާފަދަ ބާރުތައް ވަކިކުރުމެއް ކުރީގެ ޤާނޫނު އަސާސީތަކުގައި ނެތެވެ.
ދެމެހެއްޓެނިވި ތަރައްޤީއަކީ، ފަހެ މިއީތޯއެވެ؟
- މުޙައްމަދު ޢުމަރު
- 22 ޖޫން 2008
އިހަށް ދުވަހު އެ ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިވެހި ޤައުމީ ޓީމު އެވަނީ، ޓްރޮފީ ހޯދާފައެވެ. ވަރަށް އުފާވެރިކަމެކެވެ. ދިވެހި ޤައުމު މިކަމާއި އެބަ އުފާކުރެތެވެ. އަޅުގަނޑުވެސް އުފާކުރަނީއެވެ. ތިޔަ ބޭފުޅުންވެސް އުފާކުރަނީއެވެ. އެވެރިންވެސް އުފާކުރަނީއެވެ. ނަމަވެސް...
ނަމަވެސް، ދަންނަވަންތޯއެވެ؟ އުފާކުރުމުގައިވެސް ކޮންމެވެސް ހައްދެއް އޮންނަންވާނެއެވެ. މުސްލިމުންގެ ގޮތަކީ، އުފާކުރުމުގައިވެސް އަދި ހިތާމަ ކުރުމުގައިވެސް ހައްދު ފަހަނައަޅައި ނުދިޔުމެވެ. ކަމަކީ، އުފާކުރުން ޙައްޤު ކަމަކަށްވާތީ، މިކަމުގައިވެސް އުފާކުރުމަކީ ދީން މަނާކުރާ ކަމެއް ނޫނެވެ. ނަމަވެސް، އުފާކުރުމުގައި، އިސްރާފުކުރުމާއި، ހައްދު ފަހަނައަޅައިދާކަމީ ހިތާމަ ހުރިކަމެކެވެ.
އުކާޒުގެ ޘަޤާފަތް ރާއްޖޭގައި ފެތުރެނީބާ؟
- އާދަމް ފަޔާޒް މުޙައްމަދު
- 03 އޯގަސްޓު 2006
ބައެއް ފަހަރު މި ދެންނެވި މަރުކަޒީ ރަށްރަށު މީހުން އެހެން ރަށްރަށު މީހުންނާ މުޢާމަލާތުކުރާ ގޮތުން ހީވަނީ ތިމާމެންނަކީ މާ މޮޅުބައެއްވީމާ އެ މޮޅުކަމުގެ ފައިދާނަގަން މާ ނިކަމެތި އެހެން ބަޔަކު އަންނަނީހެންނެވެ. އެހެންނެއް ނޫނެވެ. އެމީހުން އެ އަންނަނީ އެމީހުންގެ އަމިއްލަ ޙައްޤެއް ހޯދަން އެމީހުންގެ އަމިއްލަ ސަރަޙައްދު ގެ މަރުކަޒީ ރަށަށެވެ. ހެންވޭރު މީހަކު ޗާނދަނީ މަގަށް ބާޒާރުކޮށްލަން ދިޔުމުގެ ޙައްޤު އޮންނަ މިންވަރަށް އަތޮޅުގެ އެހެން ރަށެއްގެ މީހަކު މަރުކަޒީ ރަށަށް ބޭނުން އިރަކު ދިޔުމުގެ ޙައްޤު އޮންނާނެއެވެ. ނަސީބު ރަނގަޅުކަމުން މަރުކަޒީ ރަށު މީހުންނަށް ތިބިތާ ތިބެގެން ޚިދުމަތްތަށް ލިބުނަސް، އެއީ ހަމަ އެކަނި މަރުކަޒީ ރަށުގެ މީހުންގެ އަމިއްލަ