ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

ކުޑަކުޑަ ސޯސަން

kuda-kuda-sausanކުޑަކުޑަ ސޯސަން ބިމުއަޑީގައި އޮތެވެ.

ކުޑަކުޑަ ސޯސަންގެ ހިތުގައި ވަނީ ޙައިރާންކަމެވެ. ބިމުއަޑީގެ އަނދިރިކަމާއި އެކަނިވެރިކަމެވެ. ފަޅުކަމާއި ނާމާންކަމެވެ.

އެއްދުވަހަކު ކުޑަކުޑަ ސޯސަން އޮތް ދިމާގެ ވެލިފަށަލާގައި ކޮންމެސް އެއްޗެއް ޓަކިޖަހާ އަޑު އިވުނެވެ.

'' ޓައް ޓައް ޓައް ''

ކުޑަކުޑަ ސޯސަން ހައިރާންކަމާއެކު ސުވާލުކުރިއެވެ.

'' ކާކު ޓަކިޖަހަނީ ؟ ''

ބޭރުން ޖަވާބު އައެވެ.

'' އަހަންނަކީ ވާރޭ .. .. އަހަރެން ވައްދާ ''

ކުޑަކުޑަ ސޯސަން ބިރުން އޮވެ ޖަވާބުދިނެވެ.

'' އޭ ވާރެއާ މިތަނުން ދޭ ! މަށަށް އުނދަގޫނުކޮށް މިތަނުން ދޭ ! ''

ވާރޭ މާޔޫސްވެގެން ހިނގައްޖެއެވެ.

އަނެއްކާ އެހެންދުވަހަކު އެއްޗެއްގެ ހިލަން ވެއްޖެއެވެ.

އެހެން އަޑެކެވެ.

'' ސީން ސީން ސީން ''

ކުޑަކުޑަ ސޯސަން ހައިރާން ކަމާއެކު ސުވާލުކުރިއެވެ.

'' ތީ ކާކު ؟ ''

ބޭރުން ޖަވާބު އައެވެ.

'' އަހަންނަކީ އަވި .. .. އަހަރެން ވައްދާ ''

ކުޑަކުޑަ ސޮސަން ބިރުން އޮވެފައި ޖަވާބުދިނެވެ.

'' އޭ އަތްވާ މިތަނުން ދޭ ! މަށަށް އުނދަގޫނުކޮށް މިތަނުން ދޭ ! ''

އަވި މާޔޫސްވެގެން ހިނގައްޖެއެވެ.

އަނެއްކާ ދުވަސްކޮޅެއްފަހުން ވާރެއާ އަތްވާ ދޭތި އައި އަޑު އިވުނެވެ.

'' ޓައް ޓައް ސީން ސީން ''

ކުޑަކުޑަ ސޯސަންގެ ޙައިރާން ކަމެއް ނެތެވެ. ބިރުވެތިކަމެއްވެސް ނެތެވެ.

ކުޑަކުޑަ ސޯސަން ވާރެއަށާއި އަތްވަށް މަރްޙަބާ ކިއެވެ. ވާރެއާ އަވި އެކީގައި އައުމުން ނޫނީ ކުޑަކުޑަ ސޯސަން އަކާ ބައްދަލެއް ނުކުރެވޭނެއެވެ.

ވާރެއާ އަވި ވަރަށް އުފަލުން، ކުޑަކުޑަ ސޯސަން އޮތް ވެލިގަނޑު ތެރެއަށް ވަނެވެ. އަދި ކުޑަކުޑަ ސޯސަން އާ ސަލާމްކުރިއެވެ.

ވާރެއާ އަވި އެކުއެކީގައި ބުންޏެވެ.

'' އަހަރެމެން މިއައީ ކުޑަކުޑަ ސޯސަން ބަލައި.. ހިނގާ އަހަރެމެންނާއެކު މައްޗަށް އަރަން. ''

ކުޑަކުޑަ ސޯސަން ވާރެއަށާއި އަތްވަށް ދެއަތް ދިއްކޮށްލިއެވެ.

ވާރެއާއި އަވި ކުޑަކުޑަ ސޯސަންގެ ދެއަތުގައި ހިފާ މައްޗަށް ނެގިއެވެ. ބިމުގެ މަތީ ވެލިފަށަލަ ކަހާލަމުންނެވެ.

ކުޑަކުޑަ ސޯސަން ދެލޯ ހުޅުވާލިއެވެ. ވަށައިގެންވާ މާހައުލަށް ބަލާލިއެވެ.

ފެހި ކުލައިގެ ވިނައެވެ. އާރޯ ތާޒާ ގަސްތަކެވެ. ފަރިވެ ފޮޅިފައިވާ އެކި ކުލަކުލައިގެ މާތަކެވެ. ރީތި ކުލަތައް އަރާ ކޮކާތަކާއި ބަޅިނދުތައް އެމާތަކަށް ޖައްސަ ޖައްސާފައި ފޮނިބޮނީއެވެ. އެކި ވައްތަރު ވައްތަރުގެ ދޫނިތައް ރީތި ރާގުރާގަށް ގޮވަނީއެވެ.

ކުޑަކުޑަ ސޯސަން އަށް ފެނުނީ ބަހާރު މޫސުމެއްގެ ހިތްގައިމު ބަގީޗާއެކެވެ.

ކުޑަކުޑަ ސޯސަން އުފަލުން ގޮސް ފޮޅިއްޖެއެވެ. ފޮޅިފައި އިން ރީތި މަލަކަށް ވެއްޖެއެވެ. ރީތި ފަރި ސޯސަންމަލަކަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.