ހޮނިހިރު20200711

އާކުރެވުނީ: 08:43:52

ޞިއްޙަތު

އާއްމުގޮތެއްގައި ކުޑަދަރިފުޅު ރޯ ސަބަބުތައް

roa-sababu-93ކުޑަކުދިން ރުއިމަކީ ކަންބޮޑުވާން ޖެހޭކަމެއްނޫނެވެ. މިއީ އެކުދިންނަށް ދިމާވާ ތަފާތު އުދަނގޫތައް މަންމައަށް ބުނެދެވޭ ހަމައެކަނި ގޮތެވެ. ނަމަވެސް ސުވާލަކީ ދަރިފުޅު އެރޮނީ ކޮންކަމެއް ބޭނުން ވެގެންކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ކުރީކޮޅުގައި މިކަން ދެނެގަތުމަކީ ފަސޭހަކަމެއްނޫނެވެ. ނަމަވެސް ދުވަސްތަކާއިއެކު ދަރިފުޅުގެ އެދުންތައް މައިމީހާ ދެނެގަތުމުގައި އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެއެވެ.ވިލާތު ހިމަބިހި German measles (Rubella)

vilaathu-himabihi-91ވިލާތު ހިމަބިއްސަކީ ވައިރަސްއެއްގެ ސަބަބުން ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލިން ރައްކާތެރިވުމަށްޓަކައި ދެވައްތަރެއްގެ ވަކުސިނެއްދެވެއެވެ. އެއީ އެމްއާރު ނުވަތަ އެމްއެމްއާރު އެވެ. ނަމަވެސް ދެރައީ މިދެވެކުސިނުން ކުރެ އެއްވެސް ވެކުސިނަކީ މާބަނޑު ދުވަސްވަރު ދިނުން ހުއްދަ ވެކުސިނެއް ނޫނެވެ. ވުމާއެކު ކުރިން ވެކުސިން ޖަހައިފައި ނެތްނަމަ މިބަލި ޖެހިފައިވާ މީހުންނާއި މުޅިން ދުރުހެލިވާށެވެ. އަދި ބަލިން ރަނގަޅުވާތާ ހަފުތާއެއް ނުވަނީސް ގެޔަށް ނުވައްދާށެވެ. އަދި އެފަދަ މީހަކު އުޅޭ ހިސާބަށް ނުދާށެވެ.މާބަނޑު ދުވަސްވަރު ކުރެވޭ ޓެސްޓުތައް

kurevey-test-tha-88މާބަނޑު ދުވަސްވަރު ކުރެވޭ ޓެސްޓުތަކަކީ މައިމީހާއާއި ދަރިފުޅުގެ ސިއްހަތު ދަނީ ރަނގަޅަށްތޯ ބެލުމަށްޓަކައި ބެލެވޭ ބެލުންތަކުގެ ތެރެއިން އެއްކަމެވެ. ބަލިވެއިނުމަށްފަހު އެންމެފުރަތަމަ ޑޮކުޓަރަށް ދިއުމުން ބަނޑާއި ދަށްބަނޑު އަދި ހަށީގަނޑު ޑޮކުޓަރު ބަލައި ޗެކުކުރާނެއެވެ. މިގޮތުން ބަލާބެލުމުގައި ކުރިމަތިފަރާތަށް އެއްޗެއް ކޮއްޕައިގެން ރަހިމުގެ ކަރުން އެތިކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ރަހިމުގެ ކަރުގެ ހަތާތަކުގެ ތެރޭގައި އެއްވެސް ބަލިހަތާއެއް ނުވަތަ ޠަބީޢީނޫން ހަތާއެއް ހުރިތޯ ބެލުމަށެވެ.ބަލިވެއިނުމުން ކިހާ ވަރަކަށް ބަރުވޭތަ؟

kihaavarakai-baruveytha-85މިކަން ބިނާވެގެންވަނީ މާބަނޑުމީހާގެ ދިގުމިނާއި ބަލިވެއިނުމުގެ ކުރިން ހުރި ބަރުދަނުގެ މައްޗަށެވެ. ހަށިގަނޑުގެ ބަރުދަން ހުރީ ނަމޫނާ ބަރުދަނެއްގައި ނަމަ 11 - 16 ކިލޯ ބަރުވަން ޖެހޭނެއެވެ. އެއީ ފުރަތަމަ ތިންމަހު ގާތްގަޑަކަށް 1- 2.5 ކިލޯ ދެން ކޮންމެ ހަފުތާއަކު ގާތްގަޑަކަށް ބައިކިލޯވަރެވެ. މަހަކު ދެކިލޯވަރެވެ. ނަމޫނާ ބަރުދަނަށްވުރެ ހަށިގަނޑު ލުއިނަމަ ގާތްގަޑަކަށް 12.5-18 ކިލޯ ބަރުވަން ޖެހޭނެއެވެ. އަދި ނަމޫނާ ބަރުދަނަކަށް ހަށިގަނޑުގެ ބަރުދަން ހުރިނަމަވެސް އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިންނަމަ ގާތްގަޑަކަށް 15.5- 20 ކިލޯވަރު ބަރުވަނ ޖެހޭނެއެވެ.މާބަނޑު ދުވަސްވަރު އަލަށް ކަސްރަތުކުރަން ފަށައިގަންނަ މީހަކު ސަމާލުވާންޖެހޭ ކަންތައްތައް.

kasrathu--samaaluv-kanthai-82މާބަނޑުދުވަސްވަރު އަލަށް ކަސްރަތު ކުރަން ފަށައިގަންނަ މީހަކު ކަސްރަތު ކުރަންވާނީ ދެދުވަހުން އެއްދުވަހު 15 ވަރަކަށް މިނެޓު ނުވަތަ ވިއްސަކަށް މިނެޓުއެވެ. މާބޮޑަށް ދާހިއްލާވަރަށް ފަށައިގަންނައިރު ކަސްރަތު ނުކުރާށެވެ. އަދި މާބޮޑަށް ވަރުވބަލިވެ ލޮޑުވާވަރަށްވެސް ކަސްރަތު ނުކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ ވަރުބަލިވެ މާބޮޑަށް ދާހިއްލަން ފަށާނަމަ ކުރާކަސްރަތު ލުއިކޮށްލާށެވެ. ކަސްރަތު ކުރާއިރު އެކަށީގެންވާވަރަށް ފެންބޯން ފަރުވާ ބަހަށްޓާށެވެ.ވިހެއުމަށްފަހު ސަމާލުވާން ޖެހޭ އަލާމާތްތައް

samaalu-vaanjehy-alaamai-81 ތިރީގައިއެވާ އަލާމާތްތަކުން ކުރެ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކުޓަރުގެ ލަފާ ހޯދާށެވެ. މާބޮޑަށް ހިތްދަތިވުން، އަމިއްލަ ނަފުސާއި މެދު ނުވަތަ ދަރިފުޅާއި މެދު މާބޮޑަށް ކަންބޮޑުވެ ހާސްވުން. ވިހެއުމަށްފަހު 4 ދުވަހުގެ ތެރޭގައި ލޭއަންނަވަރު މަދުނުވުން އަދި އަންނަ ލޭގެ ކުލަ ސާފު ރަތްކުލައިގައި ހުރުން، ލޭއަންނަވަރު މަދުވެފައި އަނެއްކާ އަންނަވަރު އިތުރުވުން، ގަޑުލޭއައުން، ލެއިން ނުބައިވަސް ދުވުން.ނުބައިތަނެއްގައި މަސް އުފެދުން (Placenta previa )

nubai-thaniegga-mas-ufedhun-79ދަރިފުޅުގެ މަސް އުފެދެންޖެހޭ ޠަބީޢީ ތަނަކީ ރަހިމުގެ އެތެރޭގެ ބިއްދޮށު ފާރުގެ މަތީބައެވެ. ނުވަތަ މަތީފާރުގެ ބިއްދޮށު ބަރާތުގައެވެ. މިނޫން ތަނެއްގައި މަސް އުފެދުމަކީ ނުބައި ތަނެއްގައި މަސް އުފެދުމެވެ. ފޫޅުގަނޑުގެ ތެރެއިންލާފާއި ދަރިފުޅަށް ބޭނުންވާ ހުރިހާ ކާނާއައް ގެންގޮސްދެނީ މަހުންނެވެ. އަދި މަސް އުފެދިފައި ހުންނަނީ ދަރިފުޅުގެ ބަޔަކުންނާއި މަންމަގެ ބަޔަކުންނެވެ.ރަހިމުން މަސް ވަކިވުން (Placental abruption)

rahimun-masvakivun-78ނުވިހަނިސް ރަހިމުން މަސްވަކިވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ރަހިމުން މަސް ވަކިވާއިރު އެއްކޮށް ނުވަތަ ބައެއްވެސް ވަކިވެދާނެއެވެ. މިއީ ދަރިފުޅަށް ކާނާއާއި އޮކުސިޖަން ގެންގޮސް ދިނުން ހުއްޓުވާ ނުވަތަ މަދުކުރާ ކަމެކެވެ. އަދި ވަރަށް ގިނައިން ލޭބޭރުވުމަށްވެސް ދިމާވާ ސަބަބެކެވެ. މިއީ ދެނައިންނަށްވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި މިއީ ދަރިފުޅު ބޮޑުވުން ލަސް ކުރުމާއި ދުވަސް ނުފުރައި ވިހެއުމާއި ވިހެއުމުގެ ކުރިން ދަރިފުޅު މަރުވުމުގެ ފުރުޞަތު ބޮޑު ކުރާ ކަމެކެވެ.ބަލިވެއިނުމުން ދިމާވާ އުދަގޫތަކުގެ ތެރެއިން... މޭނުބައިކުރުމާއި ހޮޑުލެވުން ނުވަތަ ހެނދުނުގެ ބަލި (Morning sickness)

hodulevun-76ބަލިވެއިނުމުން މޭނުބައިކުރުމާއި ހޮޑުލެވުމަށް ހެނދުނުގެ ބައްޔޭކިރެނީކީ ރަނގަޅަކަށް ނޫނެވެ. ތެދެކެވެ. ބައެއް އަންހެނުންނަށް ބޮޑަށް މެއިނުބައިކޮށް ހޮޑުލެވެނީ ހެނޑުނުގައެވެ. ނަމަވެސް އެހެންވަގުތު ތަކުގައިވެސް މެއިނުބައިކޮށް ހޮޑުލަވައިހަދާނެއެވެ. އަދި މުލިދުވަހުވެސް އެކަމުގެ އުދަގޫވާނެއެވެ. ވުމާއެކު މިކަމަށް ހެނދުނުގެ ބަލީގެ ނަމުން ނަންދެވިފައިވަނީ ގޯހުންނެވެ.މާބަނޑު ދުވަސްވަރު ބަންޑުން އޮވެ ނިދުމަކީ ރައްކާތެރި ކަމެއްތަ؟

bandun-ove-nidhun-74މާބަނޑު ދުވަސްވަރު ނިދުން އެންމެ ރަނގަޅީ އެއްއަރިއަކަށް އޮވެއެވެ. ނަމަވެސް ބަންޑުން އޮވެ ނިދުމަކީ އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫނެވެ. މިކަމުގައި ރައްކާތެރިކަން ނުވަތަ ނޫންކަން ބިނާވެގެންވަނީ މަހުގައި ލޭދައުރު ކުރާމިންވަރަށް އަންނަ ބަދަލާއި ދަރިފުޅަށް ކާނާ ގެންގޮސްދޭ މިންވަރަށް އަންނަ ބަދަލުގެ މައްޗަށެވެ.ބަނޑަށް 6 މަސްވުމަށްފަހު ޖިންސީ ގުޅުން ހިންގުމަކީ ރައްކާތެރި ކަމެއްތަ؟

jinsee-gulhun-72ބަލިވެއިނުމަކީ ޖިންސީ ގުޅުން ހިންގުން މަނާ ކުރާ ކަމެއްނޫނެވެ. އަދި އެއީ އާއްމުގޮތެއްގައި ގެއްލުން ހުރި ކަމެއްވެސް ނޫނެވެ. ނަމަވެސް ބައެއް ހާލަތްތަކަކީ މާބަނޑު މީނުން ޖިންސީ ގުޅުން ހިންގުން މަނާ ނުވަތަ ގައްލުން ހުރި ހާލަތްތަކެކެވެ. މިފަދަ ހާލަތެއްގައި ޖިންސީ ގުޅުން ހިންގައިގެން ނުވާނެއެވެ. މިގޮތުން މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގުން މަނާ ކުރާ ކަންތައްތަކަކީ:-މާބަނޑު ދުވަސްވަރު ރޯބިސް ބުއިމަކީ ރައްކާތެރި ކަމެއްތަ؟

roa-bis-buin-69ބިސްއޭގެ ޒާތުގައި އެއީ އެއްވެސް ނުރައްކަލެއް ހުރި އެއްޗެއް ނޫނެވެ. އަދި މާބަނޑު ދުވަސްވަރުވިޔަސް ރޯބިސް ބުއިމަކީ ރައްކާތެރި ކަމެކެވެ. އެހެންނަމަވެސް މިއީ އެދެވިގެންވާ ކަމެއްނޫނެވެ. އެއީ ވަރަށް ގިނަފަހަރު ރޯބިހުގައި ސަލްމޮނެއްލާ އާއި ޓޮކުސޯޕްލާޒްމާ ގޮންޑީ ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ސަލްމޮނެއްލާ އަކީ ބެކުޓީރިއާއެކެވެ. މިއީ ކާބޯތަކެތި ވިހަކުރާ ބެކުޓީރިއާއެކެވެ.މާބަނޑު ދުވަސްވަރު އުރަމަތިން ކިރުބޭރުވުމަކީ ޠަބީޢީ ކަމެއްތަ؟

kiru-beyruvumakee--68މިއީ ވަރަށް ގިނަ މާބަނޑު މީހުންނަށް ދިމާވާ ޠަބީޢީ ކަމެކެވެ. އާއްމުގޮތެއްގައި މިގޮތަށް ކިރުފައިބަނީ ބަނޑަށް ފަހު ތިންމަހުގައެވެ. މިގޮތުން ފައިބާ ކިރަކީ ރީދޫ ކިރެވެ. ނަމަވެސް މިއީ ހުރިހާ މާބަނޑު މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. މިހެން ދިމާވާ މާބަނޑު މީހުން ހެނދުން ސާފުކޮށް ބެހެއްޓުމަށްޓަކައި ގާތުންދޭ ދުވަސްވަރު އަޅާވައްތަރުގެ ބުރާ އެޅުން ރަނގަޅުވާނެއެވެ. ނުވަތަ އާދައިގެ ބުރާ އަޅާނަމަ ބުރާގެ އެތެރެއަށް ޕެޑު ނުވަތަ ކަފަ ލެއްވިދާނެއެވެ.ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.