ބުދަ20181114

އާކުރެވުނީ: 08:43:52

ޞިއްޙަތު

ދުންފަތުގެ ދުމުން ލިބޭ ގެއްލުންތައް

negetive smoking

ނުސީދާގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެހެން މީހަކު ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވެގެންދާ ދުން އެކަން ނުކުރާ މީހެއްގެ ހަށިގަނޑަށް ވާޞިލްވުމެވެ. މައިމީހާ އަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަށްވެފައި ބަފައި މީހާއަކީ ދުންފަތު އިސްތިއުމާލު ކުރާ މީހެއްނަމަ، ބަފައި މީހާ މައިމީހާގެ ކައިރީގައި ހުރެގެން ދުންފަތުގެ އިސްތިއުމާލު ކުރާ ހިނދު، މައިމީހާގެ ހަށިގަނޑަށް ދުންފަތުގެ ދުން ވިހަ މާއްދާތަކާއެކު ވާޞިލްވެގެން ދެއެވެ. ނަތީޖާ އަކީ ބަނޑުގައިވާ ތުއްތު ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ.



ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

stop smokingދުންފަތުގެ އިސްތިއުމާލުކުރަން ހުއްޓާލަން ނިންމުމަކީ ދުންފަތާއި ނުލައި ދިރިއުޅުން ހޭދަކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ވަރަށްގިނަ މަސައްކަތް ކުރަންޖެހެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ އެކަމަށް ވަގުތު ބޭނުންވާނެ ކަމެކެވެ. ނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ މިއީ ގިނަ ފަހަރަށް ކާމިޔާބުވާ ކަމެކެވެ.



ކުއްޅަވައް

kullhavahކުއްޅަވައް އަކީ ބިޔަގަހެއްގައި އަޅާ ހުތް ކިހަސް މޭވާ އެކެވެ. މިހުންނަނީ މަތީގައި ބޮޑު ތާފަތެއް ލާފައި، ފުލުގައި ބޮޑު ނަގުލަށް ހުންނަ ނަރެއް ލައިފައެވެ. ކުއްޅަވައް ގަހަކީ އާންމުކޮށް ފާފަލުގައި ހެދޭ ގަހެކެވެ.



އަހިވައް

ahivah-1އަހިވައް އަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ.މިއީ ގިނަ މީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުން ނަމަވެސް ކައިއުޅޭ މޭވާއެކެވެ. އަހިވައް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވޭ މޭވާ އެކެވެ.



އަނބުޅަ

anbulhaއަނބުޅަ އަކީ ހުތް ފޮނި، މޭވާ އެކެވެ. އަނބާއި ވައްތަރު ގޮތެއް ހުންނަ މިމޭވާ އަކީ ދިވެހިރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ މޭވާގެ ބާވަތެކެވެ. އަނބުޅަ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކެއް އެކުލެވޭ މޭވާ އެކެވެ. އަނބުޅަ ގަހުގެ މޭވާގެ އިތުރުން، އެގަހުގެ މޫ، ތޮށި، ފަތް، ފަދަ ތަކެއްޗަކީ ވެސް ބޭނުންކުރެވިދާނެ ތަކެއްޗެވެ. އަނބުޅަ ދޮންވުމުން ރަތްކުލަ، މެރޫންކުލަ، އަދި ރީނދޫކުލައިގައި ވެސް ހުރެއެވެ.



އަނޯނާ

anona-1އަނޯނާ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. އަނޯނާ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ވެސް ބޭރުތޮށި ފެހިކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ. އަނޯނާ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.



ކުންނާރު

kunnaaruކުންނާރަކީ ހުތް ފޮނި މޭވާ އެކެވެ. މިއީ ބިޔަ ގަހެއްގައި އަޅާ ކުދިކޮށް ހުންނަ މޭވާ އެކެވެ. ކުންނާރުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ކުންނާރަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ކައިއުޅޭ މޭވާއެކެވެ. ކުންނާރު ރިހާކުރު، ލޮނު، އަދި މިރުހާ އެއްކޮށްގެން ކުންނާރު މަޖާ ހަދައިގެން ވެސް ކައިއުޅޭކަން ފާހަގަ ކުރެވެއެވެ.



ކިވީ ފުރުޓް

kiwiކިވީ ފުރުޓް އަކީ ހުތް ފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ކާނާގެ ބާވަތްތަކުން މުއްސަދި ހަށިގަނޑަށް އެންމެ ފައިދާހުރި 26 ބާވަތުގެ ތެރޭގައި ކިވީ ގުނާލެވެއެވެ. ކިވީ ގައި ވެސް ތަފާތު ވިޓަމިންތަކާއި، މަޢުދަންތަކުގެ އިތުރުން ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް އެކުލެވިގެން ވެއެވެ.



ކަށިކެޔޮ

kashikeyoކަށިކެޔޮ އަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާ އެކެވެ. ކަށިކެޔޮ ހުންނަނީ ވަރުގަދަ ދަޅިގަނޑެއްގައި ވަކަކާ ވަކެއް ޖެހި ފިތި ބާރުވެފައެވެ. ކަށިކޭލުގެ ތަފާތު ވައްތަރުތައް ދިވެހިރާއްޖޭގައި ވެސް ހުރެއެވެ. މިއީ ދިވެހިން ކައިއުޅޭ މޭވާ އެކެވެ. އާންމުކޮށް ކައިއުޅެނީ ފޮތިކޮށް ކޮށައިގެންނެވެ. އަދި ކަށިކެޔޮ ފަނި ކައްކައިގެންނާއި، ބޯހުނި ހިލައިގެންނާއި، މެޓާގަނޑު އަޅައިގެން ވެސް ބޭނުންކުރެއެވެ.



ކާށި

kaashiކާށި އަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެކެވެ. އެގޮތުން ތަފާތު ކާއެއްޗެތި ތައްޔާރު ކުރުމުގައި ކާށިހުނި، ކާށިކިރު، ކާށިތެޔޮ، ފަދަ ބައިތައް ބޭނުން ކުރެވެއެވެ. ދިވެހި ރުކުގެ އެތުގައި އަޅާ މާތައް ބޮޑުވެ، ގޮބޮޅި،މިރި އަށްވެ، ކިހާއް، ކުރުނބާ، އަދި ގަބުޅިއަށްފަހު އެންމެ ފަހު މަރުހަލާ އަކީ ފުރިހަމަ ކާއްޓަކަށް އެ ބަދަލުވުމެވެ. ކާށި ބޭނުންކުރެވޭ ބީދައިން ގަބުޅި އަކީ ވެސް ވަރަށް ގިނައިން ކާތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ އެއްޗެކެވެ.



ކަދުރު

kadhuru-1ކަދުރަކީ ފޮނި، އަނގަޔަށް މީރު މޭވާ އެކެވެ. ކަދުރަކީ ހަށިގަނޑަށް ހަކަތާއި ބާރު ގެނެސްދޭ އެއްޗެކެވެ. ބޭނުންކުރާތާ ½ ގަޑިއެއް ހާއިރުގެ ތެރޭގައި ހަށިގަނޑަށް އޭގެ ސަބަބުން ހަކަތަ ލިއްބައި ދެއެވެ. މިއީ އާންމުކޮށް ހުހަށް ކެއުމަށާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޚާއްޞަކޮށް ކަދުރަކީ މާތްވެގެންވާ ރަމަޟާންމަހުގެ ތެރޭގައި މުސްލިމުން އާންމުކޮށް ރޯދަ ވީއްލާގަޑީގައި ކައިއުޅޭ ވަރަށް އާންމު އެއްޗެކެވެ.



އުއްދަނޑި

uddhadi-1އުއްދަނޑި އަކީ ހަކުރު އުފައްދާ އަސާސީ މަޞްދަރެވެ. ފުރާ ފުރިހަމަވެފައިވާ އުއްދަނޑި ތޮށި ނައްޓައިގެން ކެއުމަށް ވެސް ބޭނުންކޮށް އުޅެއެވެ. އަދި ފަނިގިރައިގެން ވެސް ބޭނުންކުރެއެވެ. ދުނިޔޭގައި އެންމެ ގިނައިން އުއްދަނޑި ބޭނުންކޮށްގެން ހަކުރު އުފައްދާކަމަށް ރިކޯޑް ކުރެވިފައިވަނީ ބްރެޒިލް އެވެ.



ސަބުދެލި

sabudheli-1ސަބުދެއްޔަކީ އަކީ އަނގަޔަށް މީރު ފޮނި މޭވާ އެކެވެ. މިމޭވާގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް އެކުލެވިފައި ވެއެވެ. މޭވާއެއްގެ ގޮތުގަޔާއި، ކައްކައިގެންނާއި، ޖޭމާއި، ސަރުބަތު، އަދި މިލްކް ޝޭކް ފަދަ ތަކެތި ތައްޔާރުކޮށްގެން ވެސް ސަބުދެލި ބޭނުން ކުރެއެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.