ބުރާސްފަތި20180913

އާކުރެވުނީ: 08:43:52

ޞިއްޙަތު

ނިދިނައުން

nidi-naunނިންޖަކީ އަހަރެމެން ގެ ހަޔާތަށް ވަރަށް މުހިއްމު އެއްޗެކެވެ. ދުވާލުގެ ވަގުތުތައް ހިތްހަމަޖެހުމުގައި ހޭދަކޮށްލެވޭނީ ރޭގަނޑު ގެ ނިދި ފުރިހަމައަށް ލިބިގެންކަން ޔަގީނެވެ. އެކިމީހުންނަށް ނިދަން ބޭނުންވާ މިންވަރު ތަފާތު ވެއެވެ. އެވްރެޖްގޮތެއްގައި ރެއަކާއި ދުވާލު 7 ގަޑިއިރު ނުވަތަ 6 ގަޑިއިރުގެ ނިދިން ފުދޭނެ ކަމުގައި ތަޖުރިބާކާރުން ބުނެވެއެވެ. ނަމަވެސް ބައެއް މީހުންނަށް 4 ނުވަތަ 5 ގަޑިއިރު ނިދާލުމުން ވެސް ފުދެއެވެ.



އިއްދައިން ކެނޑުން

idhhain-kedunއުމުރުން ދުވަސްވެ، ވަކި ހިސާބަކަށް ދިއުމުން އަންހެނުންނަށް މައްސަރު ކަންތައް ހުއްޓި، އެމީހުންގެ ކިބައިގައިވާ ދަރިމައިވުމުގެ ކުޅަދާނަކަން ގެއްލި ދެއެވެ. އެއާއެކު ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް ގެނުވައި އުދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއް އަންހެނުންނަށް އިއްދައިން ކެނޑުމަކީ ތިމާގެ އަންހެން ވަންތަކަން ގެއްލި ދިއުން ކަމުގައި ސިފަކުރެވޭގޮތް ވެއެވެ.



ޓޫބާކުލޯސިސް (ޓީބީ)

tee-beeޓީބީ އަކީ ޖަރާސީމެއްގެ ސަބަބުން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. އާންމުގޮތެއްގައި ޓީބީ ޖެހެނީ ފުއްޕާމެޔަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ޓީބީ ޖެހެއެވެ. ފުއްޕާމެޔަށް ޖެހޭ ޓީބީ ވަރަށް ފަސޭހައިން އެހެންމީހުންގެ ގަޔަށް އަރާގޮތް ވެއެވެ. އެއީ ކެއްސުމާއި، ކިބިއެޅުން، ވާހަކަ ދެއްކުން، ކުޅުޖެހުން، އަދި ހުނުން ފަދަ ކަންތައްތައް ކުރުމުގެ ތެރޭގައި ބަލީގެ އަހުލުވެރިޔާގެ ފަރާތުން ވައިގެ ތެރެއަށް ޖަރާސީމް ބޭރުވެ،



ބަލިވެއިނުން ވިހަވުން

balive-inun-vihavunބަލިވެއިނުން ވިހަވުން ނިސްބަތް ކުރެވެނީ ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށެވެ. ބަލިވެއިނުން ވިހަވުން(Preeclampsia)ކަމުގައި ބެލެވެނީ ބަލިވެއިނުމަށް ފަހު 20 ހަފްތާ ފަހުން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ފެންޖަމާވެ، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރިކަން ފާހަގަ ވާނެ އެވެ.



ފޭރު

feyruފޭރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފޭރުގައި ވެސް ހަށިގަނޑަށް ފައިދާހުރި ވިޓަމިންތަކާއި، މައުދަންތައް އަދި ވެސް އެހެނިހެން ކާނާގެ ބައިތައް ހިމެނެއެވެ. މިއީ ރޯމޭވާގެ ގޮތުގައި ކެއުމުގެ އިތުރުން، ފަނި ގިރައިގެންނާއި، ދަޅުގައި ބަންދުކޮށްގެން، ޖޭމު ހަދައިގެން، އަދި ސަލަޑް ފަދަ ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. ފޭރުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ.



އަންނާރު

annaru-1އަންނާރު އަކީ ވެސް މޭވާގެ ތެރޭގައި ހިމެނޭ ވަރަށް މީރު މޭވާ އެކެވެ. އަންނާރުގެ ތެރޭގައި ކުދިކުދި އޮށްތަކެއް ހުރެއެވެ. އާންމު ގޮތެއްގައި ކައިއުޅެނީ މިއޮށްތަކުގެ ވަށައިގެން ހުންނަ މަޑު ކާންް ބޭނުންކުރާ ބައެވެ. އަންނާރުގެ ވެސް ތަފާތު ވައްތަރު ތައް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދި މޭވާ އެކެވެ.



ބަރަބޯ

baraboa_1 ބަރަބޮލުގައި ވިޓަމިން އީ، ވިޓަމިން ސީ އަދި އެހެނިހެން ބައެއް އެންޓިއޮކްސިޑެންޓް ތަކާއި، ބީޓާ ކެރޮޓީން އެކުލެވިގެންވެއެވެ. މިބުނި މާއްދާތައް ހިމެނުމުގެ ސަބަބުން ކެންސަރު، ހިތުގެ ބަލިތައް، ލޯފުސްވުން، އަދި ސްޓްރޯކް ޖެހުން ފަދަ ބަލިތަކާއި ދުރުކޮށްދެއެވެ.



ކަރާ

karaaކަރާ އަކީ ބަރަބޮލުގެ ސިފަޔަށް ފިތް ނުޖަހައި އޮންނަ، ވެލެއްގައި އަޅާ މޭވާ އެކެވެ. މިއީ ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. މިއީ ފޮތިކޮށްގެންނާއި، ފަނިގިރައިގެން ބޭނުންކޮށް އުޅޭ މޭވާ އެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި ކޮންމެ ވަގުތަކު ވެސް ބޭނުންކުރެވިދާނެ ރަގަޅު މޭވާ އެކެވެ.



ބަށި

bashi_1ބަށީގެ ތަފާތު ވައްތަރުތައް ހުރެއެވެ. ހުދު، ކަޅު، އަދި ރަތް ކުލައިގައި ވެސް ބަށިހުރެއެވެ. ކަޅު ކުލައިގެ ބަށީގައި ޕްރޮޓީން މަތީ އަދަދަކަށް އެކުލެވޭ އިރު، ހުދު ކުލައިގެ ބަށީގައި މަތީ އަދަދަކަށް ހުންނަނީ ކާބޯ ހައިޑްރޭޓް އެވެ. ކަޅު ބަށީގެ ބޭރުގައިވާ ތޮށި ފަށަލައިގައި ވިޓަމިން އޭ، ވިޓަމިން ބީ އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ. އެހެން ކަމުން ބަށި ކައްކާއިރު ބޮޑަށް ރަގަޅުވާނީ ތޮށި ނުމަށައި ކައްކާނަމަ އެވެ.



ބަނބުކެޔޮ

babu_1ބަނބުކޭލުގައި ކާބޯހައިޑްރޭޓް، ވިޓަމިން ބީ، ވިޓަމިން ސީ، އެކުލެވިގެން ވެއެވެ. ހަމަމިހެން ބަނބުކޭލަކީ ކެލްސިއަމް ލިއްބައިދޭ ރަގަޅު މަސްދަރެކެވެ. ތަފާތު އެކިއެކި ގޮތްގޮތަށް ބަނބުކޭލުން ކާތަކެތި ތައްޔާރުކޮށްގެން ބޭނުންކުރެއެވެ.



ބޯށި

boashi_1ވައިނޮޅީގެ ކަފި ދުޅަވުން، އަދި ބޭރަށް ހިންގުމުގެ ބައެއް ނުރައްކާތެރި ވައްތަރުތަކާއި ގުޅިގެން ދިމާވާ އުދަގޫތައް ކުޑަކުރުމަށް ބޯށި ބޭނުންކުރެވެއެވެ. ހަމަމިހެން ހަކުރު ބަލީގެ މީހުން ކައްކާފައި ހުންނަ ބޯށި ބޭނުންކުރުން ރަގަޅު ކަމުގައި ބުނެވެއެވެ. ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ފާރުގަނޑު ފަސޭހަކުރުމަށް ބޯށި މުގުރައި ޗިސްކޮށްގެން ފާރުގަނޑުގައި އަޅައި ހަދައެވެ.



ލުނބޯ

lunboaލުނބޮޔަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. އާންމުގޮތެއްގައި ލުނބޯ ބޭނުންކުރެވެނީ ތަފާތު ސަލަޑް، އަދި އެހެނިހެން ކާތަކެތި ތައްޔާރު ކުރައްވާއިރު ހުތް ރަހަ ހެޔޮވަރު ކޮށްލުމުގެ ގޮތުންނެވެ. ލުނބޯ ފަންޏަކީ ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ. ލުނބޯ އަކީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ދޯޅަނބު، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު، ބޮޑު ލުނބޯ، ގްރޭޕްފުރުޓް، ޔޫސުފުއަފަންދީ، ނާރިނގު، ކުދި ލުނބޯ، އަދި ކުދި އޮރެންޖް ހިމެނެއެވެ.



ކެބެޖް / ބޮޑި ކޮޕީ

bcopy_1 ތަފާތު ވައްތަރުގެ ސަލަޑްތައް ހެދުމުގައި ބޭނުންކުރެވޭ ބޮޑި ކޮޕީ އަކީ ހިތަށް ފައިދާހުރި، ލޭ ސާފުކުރުމުގައި އެހީތެރިވެދޭ ބާވަތެކެވެ. ކެއްސުމާއި، ހަންގަޑު ހުދުވުން ފަދަ ކަންތައްތަކަށް އިސްތިއުމާލުކުރުމަށް ބޭނުންތެރި ބާވަތެކެވެ. ކޮންމެ ވެސް ވަރަކަށް ވައި އުފެދުމަކީ ބޮޑި ކޮޕީ ކެއުމުން ވެދާނެ ގޮތެކެވެ. ބޮޑި ކޮޕީ ބޭނުން ކުރުމުގައި އެންމެ ފައިދާ ހުރި ގޮތަކީ ޖޫހުގެ ގޮތުގައި ބޭނުން ކުރުން ކަމަށް ބުނެވެއެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.