އަންގާރަ20180911

އާކުރެވުނީ: 08:43:52

ޞިއްޙަތު

ކުރުބާ

kurubaaކުރުނބާ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ފެނެއް އެކުލެވޭ އެއްޗެކެވެ. ކުރުބާ ފެނަކީ ފަނިގިރައިންނާއި، ފަނި ނުގިރައި ވެސް ބޭނުންކުރަން ވަރަށް މީރު އެއްޗެކެވެ. ބޭރަށްހިންގުން ފަދަ ހާލަތްތަކުގައި ޑޮކްޓަރުން އިރުޝާދު ދެއްވާ އެންމެ މުހިއްމު އެއް ބުއިމަކީ ވެސް ކުރުނބާ ފެނެވެ. ހޮނޑާއި، ބޭރަށްހިންގުމުގެ ސަބަބުން ގިނަ ފަހަރު ހަށިގަނޑުން މަދުވެގެންދާ ލޮނުގެ ބައި ހަމައަކަށް އަޅުވައި ދިނުމުގައި ކުރުނބާ ފެން މުހިއްމު ރޯލެއް ކުޅޭކަމަށް ބެލެވެއެވެ.



ފަޅޯ

falhoފަޅޮލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ފަޅޮލަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ފަޅޮލުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އާންމުކޮށް ދޮން ފަޅޯ ބޭނުންކުރެވެނީ މޭވާގެ ގޮތުގައި ކެއުމަށާއި، ފަނިގިރައިގެން ބުއިމަށެވެ. ނަމަވެސް ދޮންނުވާ ނިލިފަޅޯ ބޭނުންކޮށްގެން ޖޭމު، އަސާރަ ފަދަ ތަކެތި ތައްޔާރު ކުރެއެވެ. އަދި ތަފާތު ސަލަޑް ތަކުގައި ވެސް ބޭނުންކުރެއެވެ. ދިވެހިރާއްޖޭގައި ފަޅޯ ހަކުރު ލައިގެން ވެސް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.



ކައްޓަލަ

 kattala_1ކައްޓަލައިގައި ގިނައަދަދަކަށް ވިޓަމިން އީ ، އަދި ތަފާތު އެންޓިއޮކްސިޑެންޓް ތައް އެކުލެވިގެން ވެއެވެ. ލޭގެ ޕްރެޝަރު ވަކިމިނެއްގައި ހިފެހެއްޓުމާއި، އަދި ލޭދަށްވުން ފަދަ މައްސަލަ ތައް ހައްލުކުރުމުގައި ވެސް އެހީތެރިވެދެއެވެ. ކައްޓަލައިގައި ވިޓަމިން ބީ، ވިޓަމިންސީ ، އަދި ކެލްސިއަމް އާއި ޓެނިންސް ފަދަ މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. ކައްޓަލައިގެ ބޭރުން ފެންނަށް ހުންނަ ތޮށިގަނޑުގެ ކުލަ ގަދަ ވީވަރަކަށް އޭގައި ވިޓަމިން އޭ އެކުލެވޭ މިންވަރު މަތިވެއެވެ.



ކޮޕީ ފަތް / ކޭލް

 copy_fai_1ކެންސަރާއި އިދިކޮޅު ކެމިކަލްތައް އެކުލެވިގެންވާ މިފަތަކީ ތަފާތު ސަޓަނި، ސެލެޑް ތައް އަދި ކާއިރު ބޭނުންކޮށް އުޅޭ ފަތެކެވެ. ބީޓާ ކެރޮޓީން އަދި ލިއުޓީން ކިޔާ މާއްދާއެއް ކޮޕީ ފަތުގައި ހުރެއެވެ. ގޮހޮރުގެ ކެންސަރު ޖެހުން ކުޑަކޮށްދިނުމުގައި އެހީތެރިވެދެއެވެ.



އާފަލު

aafalu-1އާފަލަކީ ވެސް ޞިއްޙަތަށް ފައިދާހުރި މޭވާ އެކެވެ. އާފަލްގެ ތަފާތު ކުލަތަކާއި، ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ތަފާތު ވިޓަމިންގެ ބާވަތްތަކާއި، މައުދަންތަކާއި، އެހެނިހެން ހަށިގަނޑަށް ބޭނުންތެރި މާއްދާތަކުން މުއްސަދި މޭވާ އެކެވެ. މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ސެލަޑް ފަދަ ކާތަކެތީގައި ހިމަނައިގެން ވެސް އާފަލް ބޭނުން ކުރެއެވެ.



އަނބު

anbu-1އަނބަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. އަނބުގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ދޮންވުމުން ރީނދޫ އަދި މެރޫން ކުލައަށް ހުންނަ މޭވާ އެކެވެ. އަނބުގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް ހުރެއެވެ. އަނބަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، އަސާރަ ހަދައިގެންނާއި، ފަނި ގިރައިންނާއި، ޖޫސް ޕެކެޓްގައި ބަންދުކޮށްގެންނާއި، އަދި ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކޮށް އުޅޭ އެއްޗެކެވެ.



އޮޅު އަލަ / ފުރެއްދެ އަލަ

ala_1އޮޅު އަލައިގައި ގިނަ އަދަދަކަށް ޕްރޮޓީން، ކެލްސިއަމް، ފައިބަރު އަދި ކެރޮޓީން އެކުލެވިގެން ވެއެވެ. އޮޅު އަލަ ކާން ޖެހެނީ ރަގަޅަށް ކައްކައިގެންނެވެ. ރޯކޮށް ހުއްޓައި ކައިފިނަމަ ވިހަވުމަކީ ވެދާނެ ގޮތެކެވެ.



މިރުސް

mirus_1އާތުރައިޓިސް ފަދަ މައްސަލަ ހުންނަ މީހުން ރޯ މިރުސް ނުވަތަ ބޮޑު މިރުސް ކެއުމުގައި ހިމެނުމަށް ޞިއްޙީ ދާއިރާގެ ފަރާތްތަކުން ލަފާދެއެވެ. އެއީ އެކަމުގެ ސަބަބުން އުފެދޭ ރިހުން ކުޑަކުރުމަށް މިރުސް ކެއުން އެހީ އަކަށްވާތީ އެވެ. ނަމަވެސް މާގިނައިން އަދި މާކުޅިގަދަ މިރުސް ކެއުމަކީ ރަގަޅު ކަމެއްނޫނެވެ.



ދަނޑި އަލުވި

 dhadi_aluvi_1ދަނޑިއަލުވި އަކީ ކާބޯހައިޑްރޭޓް އިން މުއްސަދިވެފައިވާ ، ހަށިގަނޑަށް ހަކަތައާއި، ބާރު ލިއްބައިދޭ ކާނާގެ ބާވަތެކެވެ. ފެޓް އަދި ޕްރޮޓީން މަދު މިކާނާ ގައި ކޮންމެ ވެސް މިންވަރަކަށް ފޮސްފަރަސް އަދި ކެލްސިއަމް އެކުލެވިގެން ވެއެވެ. ދަނޑި އަލުވި ގަހުގެ ފަތަކީ ވެސް ކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. ފަތް ބޭނުންކުރެވެނީ ކައްކައިގެންނެވެ. ސޯޑިއަމް ވެސް ކޮންމެވެސް މިންވަރަކަށް އެކުލެވެއެވެ.



ދޮންކެޔޮ

dhonkeyo-1ދޮންކޭލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ދޮންކޭލަކީ ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ދޮންކޭލުގެ ތެރޭގައި ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި މާޅޮސް ކެޔޮ، ފުސްކެޔޮ، ކަދިލި ކެޔޮ، ބޮންތި ރަތްކެޔޮ، އަދި މިނޫން ވައްތަރުތައް ވެސް ހިމެނެއެވެ. ދޮންކެޔޮ ބޮޑަށް ބޭނުންކުރެވެނީ މޭވާއެއްގެ ގޮތުގައި ކެއުމަށް ކަމަށްވިޔަސް، ފަނިގިރައިންނާއި، ކައްކައިގެންނާއި، ޖޭމުގެ ގޮތުގަޔާއި، ކުޑަކުދިންނަށްދޭ ކާނާގެ ބާވަތްތައް ތައްޔާރު ކޮށްގެން ވެސް ދޮންކެޔޮ ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.



ޖުމުހޫރީމޭވާ

Passionfruit-1ޖުމުހޫރީމޭވާ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. މިއީ ހުތް ފޮނި ރަހައެއް ހުންނަ މޭވާ އެކެވެ. ތަފާތު ވައްތަރުތައް ހުންނަ ޖުމުހޫރީ މޭވާ އާންމުކޮށް ބޭނުންކޮށް އުޅެނީ ފަނި ގިރައިގެން ބުއިމަށާއި، މޭވާއެއްގެ ގޮތުގައި ކެއުމަށެވެ. ނަމަވެސް ތަފާތު ވައްތަރުގެ ކެއުންތައް ތައްޔާރު ކުރުމުގައި ވެސް ބޭނުންކުރާކަން ފާހަގަކޮށް ލެވެއެވެ. ޖުމުހޫރީ މޭވާ އަކީ ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ އެތައް ބާވަތްތަކެއް އެކުލެވިގެންވާ މޭވާ އެކެވެ.



ދިގު ތޮޅި

tholhi_1ތަފާތު ވައްތަރުގެ ތޮޅިތައް ކެއުމުގައި ހިމެނުމަކީ ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދޭ ކަމެކެވެ. ލޭގެ ހަކުރުގެ މިންވަރު ސާބިތު ކަންމަތީ ހިފަހައްޓައި ދެއެވެ. ތަފާތު ވައްތަރުގެ ވިޓަމިން އަދި މައުދަންތައް ތޮޅީގެ އެކި ބާވަތްތަކުގައި އެކުލެވިގެން ވެއެވެ.



ފައިދާހުރި ކާނާގެ ބައެއް ބާވަތްތައް

kaanaa-mainއަނބަކީ ވިޓަމިން ސީ އަދި ވިޓަމިން އޭ މުއްސަދިވެފައިވާ މޭވާ އެކެވެ. މީގެ އިތުރުން ބީޓާ ކެރޮޓީން އަދި ފައިބަރު ވެސް އަނބުގައި އެކުލެވިގެންވެއެވެ. މައިދާ އަށް ކުރިމަތިވާ މައްސަލަތައް ރަގަޅުކުރުމަށް އަނބަކީ ފައިދާހުރި ބޭނުންތެރި މޭވާއެއް ކަމުގައިވަނީ ބެލެވިފައެވެ. އަނބަކީ ފީނޮލިކް ކަމްޕައުންޑް ތައް އެކުލެވޭ ކާނާގެ ބާވަތެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ފީނޮލިކް ކަމްޕައުންޑް އެކުލެވޭ ކާނާގެ ބާވަތްތަކަކީ ހިތުގެ ބަލިތަކާއި، ކެންސަރު ފަދަ ބަލިތަކުން ހިމާޔަތްކުރުމުގައި އެހީވެދޭ ބާވަތްތަކެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.