ހުކުރު20200807

އާކުރެވުނީ: 08:43:52

ޞިއްޙަތު

ޖިންސީ ގުޅުމުގެ ޒަރީއާއިން ފެތުރޭ ބަލިތައް

std-main-picޖިންސީ ގުޅުން ހިންގުމުގެ ޒަރީއާއިން ޖެހޭ ބަލިތަކަކީ ޖުމްލަގޮތެއްގައި ވަރަށް ނުރައްކާތރި ބަލިތަކެވެ. ވޭން ހުރި މިބަލިތަކުގެ އަލާމާތްތައް ބައެއް ފަހަރު ނުފެނި ވެސް ހިގައިދެއެވެ. މިފަދަ ހާލަތުގައި ބަލި ހަށިގަނޑު ގައި އަށަގެންފައި ހުރިކަން ނޭގޭ ހިނދު އެހެންމީހުންނަށް ބަލި ފަސޭހައިން ފެތުރިގެންދާ ގޮތް މެދުވެރި ވެއެވެ. ގިނަ ފަހަރު މިބަލިތައް ޖެހެނީ ޒުވާނުންނާއި މެދުއުމުރުގެ މީހުންނަށެވެ. ސިފިލިސް، ކިހުނުވުން، އޭޑްސް ފަދަ އެތަކެއް ބަލިތަކާ ބެހޭގޮތުން އިތުރަށް ވިދާޅުވާށެވެ.ސިފިލިސް (Syphilis)

std-syphilisސިފިލިސް ޖެހެނީ ސްޕައިރޯކީޓްގެ ވައްތަރެއްކަމުގައިވާ ''ޓްރެޕޮނީމާ ޕަލީޑަމް''(Treponema pallidum) އޭ ކިޔޭ އޯގަނިޒަމް އެއްގެ ސަބަބުންނެވެ. ސިފިލިސް އޭ ކިޔަނީ މިއޯގަނިޒަމް އިން ޖެހޭ އިންފެކްޝަން ހަށިގަނޑުގައި އަށަގަތުމަށެވެ. މިއޯގަނިޒަމް ހަށިގަނޑަށް ވަންނަނީ ސަލާމަތުން ހުރި ހަންގަނޑު އަދި ހަށިގަނޑުގައިވާ ތެތްދުލިފަށް ތައް ހުރަސްކޮށްގެންނެވެ. ހަށިގަނޑަށް މިއޯގަނިޒަމް ވަނުމާއި އެކު ލިމްފް ހޮޅިތަކަށް ވަދެ އިތުރުވެގެންދެއެވެ. އެއަށްފަހު ލިމްފް ގޮށްތަކަށް ވާސިލްވެ، ލޭގެ އާރަށް އެ ވާސިލްވެއެވެ.ކިހުނުވުން (Gonorrhoea)

std-kihunu

ކިހުނުވުން ކުރިމަތިވަނީ ބެކްޓީރިއާގެ ވައްތަރެއްކަމުގައިވާ ''ނިޒީރިއާ ގޮނޯކޯކަސް''(Neisseria gonorrhoea) އޭ ކިޔޭ އޯގަނިޒަމް އެއްގެ ސަބަބުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ''ގޮނޯރިއާ''(Gonorrhoea)ގެ މާނަ ލަފްޒީ ގޮތުން ކުރާނަމަ ބުނެވޭނީ ''ދަރިފަނިތައް ބޭރުވުން'' މިއެވެ. ''ގޮނޯ''(Gono)މިބަސް ނެގިފައިވަނީ ''ގޮނޯސައިޓްސް''(Gonocytes) މިބަހުންނެވެ. މާނައަކީ ''ދަރިފަނި'' އެވެ. ''ރިއާ''(Rrhoea)މިބަހުގެ މާނައަކީ ''އެއްޗެއް ބޭރުވުން'' މިއެވެ.ޖެނިޓަލް ހާރޕީޒް(Genital herpes)

std-herpesމިއީ ހާރޕީޒް ސިމްޕްލެކްސް ވައިރަސް (Herpes simplex virus)ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސްގެ ދެވައްތަރެއް ވެއެވެ. އާންމުކޮށް މިބަލި ޖެހެނީ ދެވަނަ ވައްތަރުގެ ވައިރަސްގެ ސަބަބުންނެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހަކާއި އެއްވެސް ސިފައެއްގައި ޖިންސީގުޅުން ހިންގުމުންނެވެ. އަންހެނުންނަަށް މިބަލި ޖެހޭ ނިސްބަތް އިތުރުކަމަށް ވެސް ފާހަގަކުރެވިފައި ވެއެވެ.ޖެނިޓަލް ވޯރޓްސް

std-h-p-vމި ބަލި ޖެހުމުން ޖިންސީ ގުނަވަނާއި އޭގެ ވަށައިގެންވާ ހިސާބުތަކުގައި އުންތަކެއް ހެންހުންނަ ހަންކޮޅުތަކެއް އުފެދެއެވެ. އާންމުގޮތެއްގައި މިހަންކޮޅުތައް އުފެދެނީ ފުރަގަސްފަރާތް އަދި ޖިންސީ ގުނަވަން ފަދަ ހޫނު ތެތްކަން އެކުލެވޭ ހިސާބުތަކުގައެވެ. މިބުނި ހަންކޮޅުތައް އެންމެ ހަންކޮޅެއް ނުވަތަ ބައިވަރު ހަންކޮޅުތަކެއްގެ ސިފައިގައި ވެސް ފާޅުވެދާނެއެވެ. ކުދިކުދި ކޮށް ނުވަތަ ބޮޑުކޮށް ހުރުމަކީ ވެސް ވެދާނެގޮތެކެވެ.ޓްރައިކޮމޯނިއޭސިސް (Trichomoniasis)

std-tricho

މިއީ ޕްރޮޓޮޒޯގެ ވައްތަރެއްކަމަށްވާ ''ޓްރައިކޮމޯނަސް ވެޖައިނާލިސް''(Trichomonas vaginalis) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަންހެނުންނާއި ފިރިހެނުންގެ ފުރަގަސްފަރާތުގައި މި އޯގަނިޒަމް ބައެއްފަހަރު އުޅެއެވެ. ބަލިޖެހިފައި ތިބޭ ފިރިހެނުންގެ ކުޑަކަމުދާހޮޅި އަދި ޕްރޮސްޓޭޓް ގްލޭންޑް ގައި އަދި އަންހެނުންގެ ޖިންސީ ގުނަވަން، ކުޑަކަމުދާހޮޅި، އަދި މަސާނާގައި މި އޯގަނިޒަމް ދިރިއުޅެއެވެ. އަންހެނުންގައި ހަށިގަނޑުގައި މިބަލީގެ އޯގަނިޒަމް ބޮޑަށް އަށަގަންނަނީ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާ ގައެވެ. ފިރިހެނުންގެ ނަމަ ކުޑަކަމުދާ ހޮޅީގައެވެ.މޮނީލިއޭސިސް / ކެންޑިޑިއޭސިސް (Candidiasis / Moniliasis)

std-candida

އަންހެނުންގެ ޖިންސީ ގުނަވަނަށް (ވެޖައިނާ) ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމުއެއްބައްޔަކީ މޮނީލިއޭސިސް އެވެ. މިއީ ފަންގަސްގެ ވައްތަރެއް ކަމުގައިވާ ''ކެންޑިޑާ އަލްބިކަންސް''(Candida albicans)ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުން ވެސް ފެތުރޭ ބައްޔެކެވެ.އޭޑްސް

 std-aidsއޭޑްސް ބައްޔަކީ އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ބައްޔެވެ. މިޒަމާނުގެ ބޮޑުވަބާގެ ގޮތުގައި ސިފަކުރެވޭ މިބައްޔަށް އަދި މިހާތަނަށް ދާއިމީ ފަރުވާއެއް ޑޮކްޓަރުންނަށް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން އެއިޑްސް ބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.ޝެންކްރޮއިޑް (Chancroid)

std-chanchroމިބަލި ޖެހުމުން ޖިންސީ ގުނަވަން، ކުރިމަތި ފަރާތް، ތުންފަތް، އަދި އަނގައިގެ ތެރޭގައި ފާރުކޮޅުތަކެއް އުފެދެއެވެ. ފާރުކޮޅު ހުންނަ ހިސާބުގައި ވަރަށް ގަދަޔަށް ތަދު ހުންނަ ގޮތްވެއެވެ. އުކުޅުވަޅު ގައި ގޮށްލުން އަދި ބައެއް ފަހަރު މިގޮށްތައް ފަޅައިގެން ގޮސް ދޮސް ބޭރުވާގޮތް ވެއެވެ. އާންމުގޮތެއްގައި ގޮށްލަނީ ކޮންމެ ވެސް އެއްފަރާތެއްގެ އުކުޅު ވަޅު ގައެވެ. ނަމަވެސް ދެފަރާތުގެ އުކުޅުވަޅު ގައިވެސް ގޮށްލުމަކީ ވެދާނެ ގޮތެކެވެ.ކްލަމީޑިއާ (Chlamydiae)

std-chlamydiaމިއީ ''ކްލަމީޑިއާ ޓްރެކޮމެޓިސް''(Chlamydiae trachomatis) އޭ ކިޔާ އޯގަނިޒަމް އެއްގެ ސަބަބުން ޖިންސީ ގުނަވަނަން ޖެހޭ ބައްޔެކެވެ. މިބައްޔާއި މެދު ބެލެވިފައިވަނީ ''ހިމޭން'' ނުވަތަ ''މައިތިރި'' ބައްޔެއްގެ ގޮތުގައެވެ. އެއީ ބަލިޖެހޭ އަންހެނުންގެ 4ބައިކުޅަ 3ބައި އަދި ފިރިހެނުންގެ ދެބައިކުޅައެއްބައި މީހުންނަށް މިބަލީގެ އަލާމާތްތައް ނުފެނި ދާތީއެވެ. އަލާމާތްތައް ފެންނަ ނަމަ 1-3ހަފްތާގެ މުއްދަތެއްގެ ތެރޭގައި ފެންނަށް ފަށާނެއެވެ.ލިމްފޯގްރެނިއުލޯމާ ވިނީރިއަމް (Lymphogranuloma Venereum)

std-lymphoމިއީ ''ކްލަމީޑިއާ ޓްރެކޮމެޓިސް''(Chlamediae trachomatis) އޭ ކިޔާ އޯގަނިޒަމް އެއްގެ ސަބަބުން ޖިންސީ ގުނަވަނަން ޖެހޭ ބައްޔެކެވެ. ހޫނު ގަދަ ގައުމުތަކުގައި މިބަލި އާންމުކަމަށް ފާހަގަކުރެވިފައި ވެއެވެ. މިބަލި ޖެހެނީ ޖިންސީ ގުޅުމުގެ ޒަރީއާއިންނެވެ. ބަލީގެ ޖަރާސީމް ހަށިގަނޑަށް ވާސިލްވުމަށް ފަހު އޭގެ އަލާމާތްތައް ފެންނަނީ 7-12ދުވަހާއި ދެމެދުގެ މުއްދަތެއް ގައެވެ.ގްރެނިއުލޯމާ އިންގްއައިނޭލް (Granuloma inguina)

std-ingunaleމިއީ ޖިންސީ ގުޅުމުގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. އާންމުކޮށް މިބަލި ޖެހެނީ ފިރިހެނުންނަށެވެ. ޚާއްޞަކޮށް އުމުރުން 20-45 އަހަރާއި ދެމެދުގެ އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ފިރިހެނުންނަށެވެ.ޖިންސީ ބަލިކަށިކަން : 68ސުވާލާއި ޖަވާބު ޖުލައި

68-suvaal-javaab(ނޯޓު : ޢިލްމީ ބޭނުމަށް ލިޔެވިފައި ވާ އެއްޗެއް . ބޮޑެތި މީހުންނަށް ޚާއްޞަ) ޖިންސީ ގޮތުން ބަލިކަށިކަން ލިބުމުގެ ތަފާތު ގޮތްތައް ވެއެވެ. އެއީ ޖިންސީ ގުޅުން ހިންގަން ތައްޔާރު ވާހިނދު ރަގަޅަށް ޖިންސީގުނަވަން ވާންވެ ވަރުނުޖެހުން، ނުވަތަ ވަރުޖެހުމަށްފަހު ޖިންސީގުޅުން ހިންގައި ނިމެންދެން އެގޮތަށް ދެމިނުހުރުން ފަދަ ކަންކަމުގެ ސިފައިގައެވެ.ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.