ހޯމަ20180924

އާކުރެވުނީ: 08:43:52

ޞިއްޙަތު

ކެންސަރާއި، އިންސާނުންނާއި ހުރީ ކޮންގުޅުމެއް؟

cancer-insaanunna-huree-kon-gulhumeiދެޖިންސުގެ މީހުންނަށް ވެސް ކެންސަރު ޖެހެއެވެ. ނަމަވެސް ބައެއް ވައްތަރުގެ ކެންސަރު އަންހެނުންނަށް ގިނައިން ޖެހޭއިރު އަނެއްބައި ވައްތަރުގެ ކެންސަރު ގިނައިން ޖެހެނީ ފިރިހެނުންނަށެވެ. މިސާލަކަށް ބުނާނަމަ ފުއްޕާމޭގެ ކެންސަރާއި، އަގައިގެ ކެންސަރު ފިރިހެނުންނަށް ޖެހޭ ނިސްބަތް އިތުރެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ރާބުއިން ފަދަ އަމަލު ތަކަކީ އަންހެނުންނަށްވުރެ ބޮޑަށް ފިރިހެނުންގެ ތެރޭގައި ފެތުރިފައިވާ ކަންކަމަށް ވާތީއެވެ.



މަސްތުވާތަކެތީގެ ވަބާ.. ބައެއް ސަބަބު

masthuvaa-thakethi-vabaa-sababuޑޮކްޓަރުންގެ ލަފާއާ ނުލާ އަމިއްލައަށް ފާޑުފާޑުގެ ބޭސް ބޭނުން ކުރަން ފެށުން ، މިސާލަކަށް ނިދި މަދުވުމުން ނުވަތަ ހާސްވުމުން ބޭހާ ދިމާއަށް އެނބުރުން . ނަތީޖާއަކީ ނޭގި ހުއްޓާ މިފަދަ ބޭހަށް ދެވިހިފުން އަދި ފަހުން އެއަށްވުރެ ބާރުގަދަ ބޭސް ހޯދަން ޖެހި ، އެންމެ ފަހުން މަސްތުވާތަކެއްޗަށް މިސްރާބު ޖެހުން ...



މަސްތުވާ ތަކެތީގެ ތާރީޚް

masthuvaa-thakethi-thaarekhމަސްތުވާ ތަކެތި އެއީ ހުންނަ އެއްޗެއްކަން އިންސާނުންނަށް އެގިގެން މިއުޅެނީ، މިއަދަކު އިއްޔެއަކު ނޫނެވެ. މާ ކުރީ އެވޭލާ ޒަމާނުއްސުރެވެސް އިންސާނުންނަށް، މަސްތުވާތަކެތި އެގިފައިވެއެވެ. ކުރީ ޒަމާނުގެ މީހުން އެމީހުންގެ ފައްޅި، ހިލަ، ފާރުފަދަ ތަންތާގައި ކަނޑާނަގާފައި ނުވަތަ ކުރަހާފައިވާ ކުރެހުން ތަކުން މަސްތަވާ ތަކެއްޗަކީ އެމީހުން ދަންނަ އެއްޗެހި ތަކެއްކަން ދޭހަކޮށްދެއެވެ. ކުރީގެ ހިންދީން ޤަބޫލު ކުރި ގޮތުގައި އެމީހުން އިލާހެއް ކަމަށް ބަލާ ''ޝިވާ'' ކަނޑު ހުރަސްކޮށް ކެނަބިސް ގަސް ގެނެސް އެއިން އެހެން އިލަހުންތައް ހަދައެވެ. ކުރީގެ ގުރީކު މީހުންވެސް އެމީހުންގެ މަޤްބަރާތަކާއި ފައްޅިތަކުގައި ކެނަބިސް ގަސް ކުރަހާފައިވެއެވެ.



މައިމީހާގެ ބަނޑުގައި ކުޑަދަރިފުޅު ބޮޑުވަމުން އަންނަނީ ކިހިނެއް ؟

maimeehage-baduga-dharifulhu-aފިރިހެނާގެ ދަރިފަނި(Sperm) އަންހެނާގެ ބިހުގައި މުޑުވަށްވުމަށްފަހު 7-5ދުވަހުގެ ތެރޭގައި ރަހިމުގެ އެތެރޭ ކައިރިފަށުގައި މިބިސް ހަރުލައެވެ. މިގޮތަށް ހަރުލުމަށް ކިޔަނީ ''އިމްޕްލާންޓޭޝަން''(Implantation)އެވެ. މިބިސް އާދައިގެ ގޮތެއްގައި ހަރުލަނީ ރަހިމުގެ ފަހަތު ފާރު(Posterior wall)ގެ މަތީބައިގައި ''ފަންޑަސް'' (Fundus)ގެ ކައިރީގައެވެ. އެއަށްފަހު މުޑުވަށްވެފައިވާ ބިސް މަޑުމަޑުން ބޮޑުވަމުން އާދެއެވެ. މިދުވަސްވަރު ރަހިމުގައި އަށަގަންނަމުން އަންނަ ކުޑަދަރިފުޅަށް ކިޔަނީ ''އެމްބްރިއޯ''(Embry)އެވެ.



އަތާއި، ފައި، އަދި އަނގައިގެ ބަލި

hand-and-mouth-mainއަތާއި، ފައި، އަދި އަނގައިގެ ބައްޔަކީ ދިވެހިރާއްޖެ އިން ވެސް ކޮންމެ އަހަރަކު ފެންނަމުންދާ ބައްޔެކެވެ. އާންމުކޮށް މިއީ ކުޑަކުދިންނަށް ޖެހޭ ބައްޔަކަށް ވިޔަސް މަދުން ނަމަވެސް ބޮޑެތި މީހުންނަށް ޖެހެއެވެ. ދޭތެރެއިން ރޯގާ ތަކުގެ ސިފައިގައި ފާއިތުވެ ދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ހިސާބުތަކުން ވެސް މިބަލި ފެނިފައި ވެއެވެ. އަތާއި،ފައި، އަދި އަނގައިގެ ބަލި(Hand foot and mouth disease) އަކީ ވައިރަސް އަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ ތުއްތު ކުދިންނާއި، އަދި ކުޑަކުދިންނަށް ފަސޭހައިން ޖެހޭ ބައްޔެކެވެ.



ސިގިރެޓާއި ބެހޭ، ސުވާލު ޖަވާބު

suval-javaabނުސީދާ ގޮތަށް ސިގިރެޓް ބުއިމޭ ބުނަނީ، އެހެން މީހެއް ސިގިރެޓި ބޮއެފައި ދޫކޮށްލާ ދުން ނުވަތަ ސިގިރެޓި އަދައިގެންދާ އިރު އެއިން އެ އަރާ ދުން، އެ މީހާގެ ގަސްތަކާއި ނުލައި ބޮއެވުމެވެ. މިސާލަކަށް މީހަކު ކޮޓަރިތެރޭ ސިގިރެޓި ބޯނަމަ، ކައިރީ ހުރި އަނެކާއަށް ސިގިރެޓި އެ ބޮވެނީ ނުސީދާ ގޮތެއްގައެވެ. ބައެއް މީހުން ހީކުރަނީ ގެއްލުން ވަނީ ހަމައެކަނި ސީދާގޮތެއްގައި ސިގިރެޓި ބޯ މީހުންނަށެވެ. ނަމަވެސް މިއީ މުޅިން ކުށް ހީއެކެވެ. ބައްޕަ ސިގިރެޓި ބޯ ނަމަ ، ކޮޓަރީގައި އެ އޮންނަ ޅަ ދަރިފުޅަށްވެސް ގެއްލުން ލިބެއެވެ.



ސިގިރެޓާއި ބެހޭގޮތުން އެގެން މުހިންމު ކަންތައްތައް

cigiret-muhummu-mauloomath* ދުންފަތުން އުފެއްދިފައިވާ ކޮންމެ އެއްޗެއް : ބިޑި، ސުއްޓާ، ސިގިރެޓު، ކަށިގަޑު، ގުޑުގުޑާފަދަ ކޮންމެ އެއްޗެއްގައިވެސް ނިކޮޓިން ހުރޭ . * ނިކޮޓިން އަކީ، ކޮކެއިންއާއި ހިރޮއިންފަދައިން ދެވިހިފުވުމުގެ ބާރު ހުންނަ އެއްޗެއް .* ސިގިރެޓަށް ދެވިހިފުވާ އެއްޗަކީ ނިކޮޓިން، ހަށިގަޑުތެރެއަށް ނިކޮޓިން ދާތާ 7 މިނިޓު ފަހުން ސިކުޑިއަށް އަސަރު ކުރުވަން ފައްޓާ .



ކުލަގަދަ ޗޮކްލެޓް: ލޭގެ ޕްރެޝަރ ދަށްކުރުމުގައި އެހީވެދޭ.

kulagadha-chocoއެމެރިކާގެ ދިރާސާކުރާ ޓީމަކުން ކަޅު ނުވަތަ ކުލަގަދަ ޗޮކްލެޓް ކެއުމަކީ ލޭގެ ޕްރެޝަރ ދަށްކޮށްދޭ އެއްޗެއްކަމަށް ހާމަކޮށްފިއެވެ. މިކަންތަޖުރިބާ ކުރުމުގެ ގޮތުން ލޭމައްޗަށް ދިއުން ހުންނަ ބަޔަކަށް 2ހަފްތާ ވަންދެން ކުލަގަދަ ޗޮކްލެޓްގެ 100ގްރާމް ޗޮކްލެޓް ކާންދެވުނެވެ. އެއަށްފަހު އެމީހުންގެ ލޭގެ ޕްރެޝަރ ބެލުމުން އެގުނީ އެމުއްދަތުގެ ތެރޭގައި ޕްރެޝަރ ކުރިއަށް ވުރެ ތިރިވެފައިވާކަމެވެ.



ދަތުގައި ކޮބަޑިޖެހުމުން ދުރުވާނީ ކިހިނެއް؟

dhaiކޮބަޑި ނުވަތަ ޕްލޭގް އަކީ، ދަތުގެ ބޭރުގައި، އުފެދޭ، ބެކްޓީރިޔާގެ ފަށަލައެކެވެ. މިއީ ތަތްކަން ހުންނަ ފަށަލައެކެވެ. މިކަމުގެ ސަބަބުން، ދަތުގައި ދޫޖެހޭއިރު، އަޅައިގަންނަގޮތް އިޙްސާސްވާނެއެވެ. ދަތްނޫނގުޅާ ގިނަ އިރު ހުރުމުން މިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭނެއެވެ.



ކުޑަ ދަރިފުޅުގެ ބޮލުގައި އުކުނު އުޅޭތަ؟

ukunuއުކުނު އެޅުމަކީ ކުއްލިއަކަށް ކުރިމަތިވެދާނެ ކަމެކެވެ. ތިމާގެ ދަރިފުޅުގެ ބޯއޮމާންކުރަމުން ދަނިކޮށް އުކުނެއް ބޮލުން ފެނުމަކީ އެކަށީގެންވާ ކަމެކެކެވެ. މިގޮތަށް އުކުނެއް ދަރިފުޅުގެ ބޮލުން ފެންނަހިދު އުކުނު ދަރިފުޅުގެ ބޮލަށް ވާސިލްވީ ކިހެނެއްކަމާއިމެދު ސުއާލު އުފެދިދާނެއެވެ.



ކަށި ވިދުރި

kashi-vidhuriމިއީ ޑީއެންއޭ ވައިރަސްތަކުގެ ތެރޭގައި ޝާމިލްވާ ''ޕޮކްސް'' ގުރޫޕުގެ ވައިރަސްއެއް ކަމުގައިވާ ''ވޭރިއޯލާ'' ވައިރަސްގެ ސަބަބުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިވައިރަސްގެ ދެބާވަތެއް ހުރެއެވެ. އެއީ ކަށިވިދުރި ޖައްސާ ''ވޭރިއޯލާ މޭޖަރ'' ވައިރަސްއާއި ''އެލަސްޓްރިމް'' ކިޔާ ބައްޔެއް ޖައްސާ ''ވޭރިއޯލާ މައިނާރ'' ވައިރަސް އެވެ.



ފުއްޕާމޭގެ ކެންސަރު : ދުންފަތުގެ މިތުރު

lung cancerއެންމެ ޢާއްމުކޮށްޖެހޭ ކެންސަރުތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު ލިސްޓުކުރެވެނީ ދެވަނައަށެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް، ފުއްޕާމޭގެ ކެންސަރު ޖެހެމުން އަންނަކަމަށް ފާހަގަކުރެވިފައިވެއެވެ. 1940 ވަނަ އަހަރުގައި، ފުއްޕާމޭގެ ކެންސަރުޖެހިފައި ތިބި އަންހެނުންގެ ރޭޓު އުޅުނީ ކޮންމެ 100،000 އަކުން 7 ގައެވެ. ނަމަވެސް މިހާރު މިރޭޓު އުޅެނީ ކޮންމެ 100،000 އަކުން 42 ގައެވެ. މިކެންސަރު ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ، ދުންފަތުގެ އިސްތިޢުމާލުކުރުންކަމަށް، ހުރިހާ ދިރާސާއަކުންހެން ވަނީ ފާހަގަކުރެވިފައެވެ.



ދޫނި ރޯގާ

avian-influenza1އިންފުލުއެންޒާ އަކީ އަރިދަފުސް ރޯގާ ފަދައިން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ އަރިދަފުސް ރޯގާ އެކޭ އެއްފަދަ ބައްޔެކެވެ. އެހެންކަމުން ފަރުވާކުރުމުގައި އަމަލުކުރެވެނީ ވެސް އަރިދަފުސް ރޯގާ އެކޭ އެއްބީދައިންނެވެ. އަދި އެއް އުސޫލެއްގެ މަތީންނެވެ. ދޫނި ރޯގާ އަކީ އިންފުލުއެންޒާގެ ވައްތަރެއްކަމުން ދޫނި ރޯގާގެ ފަރުވާ ވެސް ކުރިޔަށް ގެންދަނީ މިގޮތުގެ މަތީންނެވެ. އެހެންކަމުން ދޫނި ރޯގާ އަށްވެސް، މައިގަނޑު ގޮތެއްގައި ފަރުވާ ދެވެނީ ކުރިމަތިވެފައިވާ އުދަނގޫތަކަށް ރިޢާޔަތްކޮށްގެންނެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.