ޞިއްޙަތު
ކަށި ފީވުން
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 01 ޖަނަވަރީ 2004
އުމުރުން ދުވަސްވެ މުސްކުޅިވުމުން ވަރަށް ގިނަ މީހުނަށް ކަށީގެ ޓެސްޓްތައް ހެދުމަށް ޑޮކްޓަރުން ލަފާދެއެވެ. ހަމަ މިހެން ފުރާވަރަށް އަޅާ އުމުރުގެ މީހުންނާއި ކުޑަކުދިން ކެލްސިއަމްއާއި، ފޮސްފަރަސް އެކުލެވޭ ކާނާ ބޭނުންކުރުމަށް އިރުޝާދު ދެއެވެ. މިފަދަ އިރުޝާދު ތަކުގެ ބޭނުމަކީ އުމުރުން ދުވަސްވުމުން ކަށިތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމެވެ.
ޓީވީ .. މަސްތެއްތަ؟ ނޫނީ މުނިފޫހި ފިލިވުމެއްތަ ؟
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 02 ޑިސެމްބަރު 2003
ޓީވީތަކުން ދައްކާ ބައެއް، މުނިފޫހި ފިލުވުމާއި މަޢުލޫމާތުގެ ޕްރޮގްރާމްތަކަކީ ، ފައިދާހުރި ހިތްހަމަޖެހުންތަކެއް ގެނެސްދޭ އެއްޗަކަށް ވެދާނެއެވެ. ނަމަވެސް ކޮންމެކަމަކަށްވެސް ވަކި ހައްދެއްވެއެވެ. އެއިން ބޭރުވެއްޖެނަމަ އެއީ ގެއްލުންހުންނަ ނުވަތަ ދެވިހިފާ އެއްޗަކަށްވެދެއެވެ.
އޮށާޅަ: ޒުވާންކަމުގެ ހަތުރެއް
- ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު
- 07 ޖޫން 2003
ގައިގެ އެކި ހިސާބުތަކުގައި ވަކިން ޚާއްޞަކޮށް މޫނުގައި ބިހިނެގުމަކީ، ފުރާވަރުގެވަރަށް ގިނަ ޒުވާނުންނަށް ކުރިމަތިވާ ކަމެކެވެ. އެކަމަކު މިއީވަކި ޢުމުރަކަށް ޚާއްޞަ ހަމުގެ ބައްޔެއްނޫނެވެ. ޓީން އޭޖްއަށް ވުރެމަތިން ، ޢުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނަށްވެސް މިކަމާއި ކުރިމަތިލާންޖެހެނީ މަދެއްކޮށެއް ނޫނެވެ.
ފޯލިކް އެސިޑް : މާބަނޑު ދުވަސްވަރު ހޯދުން މުހިއްމު ވިޓަމިނެއް
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 07 ޖޫން 2003
މައިމީހާއާއި ބަނޑުގައި އޮންނަ ކުޑަދަރިފުޅުގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި، މައިމީހާ ރަނގަޅު ކާނާ ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވަކިން ޚާއްޞަގޮތެއްގައި މާބަނޑު ދުވަސްވަރު މިކަމަށް ދޭންޖެހޭ ފަރުވާތެރިކަން އިތުރުކުރަން ޖެހެއެވެ.
ބީ ވިޓަމިންގެ ތެރޭގައި ހިމެނޭ ފޯލިކް އެސިޑަކީ މިގޮތުން، މާބަނޑުއިރު، ކާނާގައި ހިމަނަން ޖެހޭ މުހިއްމު މާއްދާއެކެވެ.