އާދީއްތަ20180909

އާކުރެވުނީ: 08:43:52

ޞިއްޙަތު

ޕްލޭޓްލިޓް

platelet-1ޕްލޭޓްލިޓް(Platelet) އަކީ ކަށީގެމަދުގައި ހުންނަ އާދަޔާޚިލާފަށް ބޮޑު ސެލްއެއް ކަމުގައިވާ ''މެގަކެރީއަސައިޓް''(Megakaryocyte) އިން އުފެދޭ ކުދިކުދިބައިތަކެކެވެ. މެގަކެރީއަސައިޓަކީ ކަށީގެމަދުގެ ތެރޭގައި ''ސްޓެމް ސެލް''(Stem cell) އިން އުފެދި ފުރިހަމަވުމަށްފަހު އޭގެތެރޭގައި ދެމިހުންނަ ސެލްތަކެކެވެ. ޕްލޭޓްލިޓް ތަކުގައި ނިއުކްލިއަސްއެއް ނުހުރެއެވެ. އަދި އޭގެ ޒާތުގައި އަލުންއުފެދުމުގެ ގާބިލިއްޔަތުކަން ވެސް ލިބިފައެއްނުވެއެވެ. އޭގެ ބަދަލުގައި ހަށިގަނޑަށް ޕްލޭޓްލިޓް ބޭނުންވާ ކޮންމެ ފަހަރަކު ''މެގަކެރީއަސައިޓް''ތަކުން ޕްލޭޓްލިޓް އުފައްދައެވެ.



ލޭގެ ޕްލާޒްމާ

plasma-1ލޭގެ ޕްލާޒްމާ(Plasma) އަކީ ލޭގެ ސެލްތައް އެއެއްޗެއްގެ ތެރޭގައި ގެބިފައި ހުންނަ ދިޔަވަރެވެ. ނުވަތަ މިއީ ލޭގެ ދިޔާ ބައެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ލޭގެ ސެލްތައް އޭގެ ތެރޭގައި ދައުރުވެ ދައުރުވެ ހުންނަ ކޯރެވެ. މުޅި ލޭގެ ވޮލިއުމްގެ 60-55 އިންސައްތަ އަކީ ޕްލާޒްމާ އެވެ. ޕްލާޒްމާ އަކީ ސާފު ރީނދޫ ކުލައަކަށް ހުންނަ ދިޔައެކެވެ. ޕްލާޒްމާގެ 90 އިންސައްތަ އަކީ ފެނެވެ. 10 އިންސައްތަ އަކީ އެހެނިހެން މާއްދާތަކެވެ. އެހެނިހެން މާއްދާތަކުގެ ތެރެއިން 7.1 އިންސައްތަ އަކީ ''ޕްލާޒްމާ ޕްރޮޓީން''(Plasma protein) އެވެ.



ލޭއެޅުން

ley-elhun-1ލޭއެޅުން (Blood transfusion) އަކީ އެކެއްގެ ހަށިގަނޑުގައި ހިމެނޭ ލޭ ނުވަތަ ލޭގެ ވަކި ބަޔެއް އަނެކާގެ ހަށިގަނޑަށް އެޅުމެވެ. ބައެއް ކަހަލަ ޙާލަތްތަކުގައި އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ލޭއަޅަން މަޖުބޫރު ވެއެވެ. މީގެ އިތުރުން ބައެއް ކަހަލަ ޙާލަތްތަކާއި ބައެއް ބަލިތަކުގެ ފަރުވާގެ ގޮތުގައި ވެސް ލޭއަޅަންޖެހެއެވެ. ލޭއެޅުމާއި ލޭހަދިޔާކުރުމުގައި ބަލަންޖެހޭ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި: ލޭގެ ޔުނިޓެއްކަމުގައި ބަލަނީ 450މިލިލިޓަރ ވާނަމައެވެ. ގަނޑުވިޔަނުދިނުމަށް މިފަދަ ލޭ ކެމިކަލްތަކާއި، އެއްކުރެވެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި އަހަރަކު ގާތްގަނޑަކަށް 15މިލިއަން ޔުނިޓްގެ ލޭ ހަދިޔާ ކުރެވެއެވެ.



ނޭވާލާ ނިޒާމް

nyevaalaa-nizaam-1ނޭވާލާ ނިޒާމް(Respiratory system) އަކީ އިންސާނުންނާއި ޖަނަވާރުންގެ ނޭވާލުމުގެ ދައުރު އަދާކުރާ ނިޒާމެވެ. އިންސާނުންގެ ހަށިގަނޑުގައިވާ ނޭވާލާ ނިޒާމް ބިނާވެގެންވަނީ ފުއްޕާމޭ، ވައިބޭރުވާ މަގުތައް، އަދި ނޭވާލުމުގައި ބައިވެރިވާ މަސްތައް ފަދ އެތަކެއް ތަފާތު ޓިޝޫތަކެއްގެ މައްޗަށެވެ. އިންސާނުންގެ ނޭވާލާ ނިޒާމް މައިގަނޑު ދެބަޔަކަށް ބަހާލެވެއެވެ. އެއީ ނޭވާލާ ނިޒާމްގެ މަތީބަޔާއި، ނޭވާލާ ނިޒާމްގެ ތިރީބައެވެ. މީގެ އިތުރުން ވައި ނޮޅި އަދި ފުއްޕާމޭ ވެސް ހިމެނެއެވެ. ހަށިގަނޑަށް ވައި ވަނުމަށްފަހު ދައުރުވަމުން ފުއްޕާމޭ އަށް ވާޞިލްވަނީ އަންނަނިވި ބައިތައް ހުރަސްކޮށެވެ.



ފުއްޕާމޭ

fuppaamay-1ފުއްޕާމޭ(Lungs) އަކީ ނޭވާލުމުގެ ނިޒާމްގައި ހިމެނޭ އެންމެ މުހިއްމު އަދި މައި ގުނަވަނެވެ. ފުއްޕާމޭ ގެ މައިގަނޑު މަސައްކަތަކީ ޖައްވުން ސާފުވައި ނުވަތަ އޮކްސިޖަން ހަށިގަނޑުގެ އެތެރެ އަށް ފޯރުކޮށްދިނުމާއި، ލޭގައި ހުންނަ ވިހަ ކާބަންޑައި އޮކްސައިޑް ފުއްޕާމޭގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރުމެވެ. ފުއްޕާމޭގެ މަސައްކަތް އެންމެ ފުރިހަމަވާނީ ފުރާވަރުގެ އުމުރު ފުރާގަޔާއި، އުމުރުން 20ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މިބުނި އުމުރު ފަހަނައެޅުމުން ފުއްޕާމޭގެ މަސައްކަތްކުރާ މިންވަރު އަހަރަކު 1 އިންސައްތައިގެ ނިސްބަތުން ދަށްވެގެން ދެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ ފުއްޕާމޭ މަސައްކަތްކުރާ މިންވަރު ނިސްބަތުން އަހަރަކު 2 އިންސައްތަ ދަށްވެގެން ދެއެވެ.



ފިތް

fih-2ފިތަކީ މޭގަނޑު ގެ ކަނާތު ލޯބް ގެ ތެރެއަށް ފެތިފައި އިންނަ ގުނަވަނެކެވެ. ފިތުގެ ތިރިއާއި އަރިމަތި ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އެކަމަކު ފިތުގެ މަތީ ސަތަހަ ނުވަތަ ފަރާތް އިންނަނީ ސީދާ މޭގަނޑުގައި ޖެހިފައެވެ. ފިތް ދުޅަވުން ކުރިމަތިވެއްޖެ ނަމަ ހުންއައުމާއެކު، ބަނޑުގައި ރިއްސާނެއެވެ. އާންމު ގޮތެއްގައި ރިއްސާނީ ބަނޑުގައި ކަނާތް ފަރާތުން މަތީގައި ފިތް އަދި މޭގަނޑު އޮންނަ ހިސާބުގައެވެ. 90 އިންސައްތަ މީހުންނަށް ފިތް ދުޅަވުން ކުރިމަތިވަނީ ފިތުގައި ހިލަ އުފެދުމުގެ ސަބަބުންނެވެ.



ލޭގެ ގްރޫޕް ނުވަތަ ލޭގެ ވައްތަރުތަކަކީ ކޮބާ؟

ley-group-1ލޭގެ ގުރޫޕް (Blood Group)ކަނޑައަޅަނީ އުފެދުމުގައި ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނަ ''އެންޓިޖަން''(Antigen) ތަކާއި ގުޅުވައިގެންނެވެ. މިގޮތުން ހުންނަ އެންޓިޖަން އަކީ ޕްރޮޓީން، ކާބޯހައިޑްރޭޓް، ގްލައިކޯ ޕްރޮޓީން ނުވަތަ ގްލައިކޯ ލިޕިޑް ކަމަށް ވެސް ވެދާނެއެވެ. ބައެއް ވައްތަރުގެ އެންޓިޖަންތައް ލޭގެ ރަތް ސެލް ނޫން އެހެން ސެލްތަކުގެ ސަތަހައިގައި ވެސް ހުރެދާނެއެވެ. ލޭގެ ގުރޫޕް ކަނޑައަޅަނީ ޖެހިޖެހިގެން އިންނަ ދެ ''ކްރޯމަސޯމް''(Chromosome)ގައި ހުންނަ ބަހާ(Gene)ތަކަކުންނެވެ. މިބަހާތަކުގެ ތަފާތު 3ވައްތަރެއް ވެއެވެ. އެއީ އޭ، ބީ، އޯ އެވެ. ކޮންމެ މީހެއްގެ ހަށިގަނޑުގައި މިފަދަ ދެބަހާވެއެވެ. އެއް ބަހާ ލިބެނީ މަންމަގެ ފަރާތުންނެވެ.



ލޭމަނާވުން އަދި ލޭގަނޑުވުން

ley-manaavun-4ލޭމަނާވުމާއި ލޭގަނޑުވުމަކީ ހަށިގަނޑުގެ މަސައްކަތްތަކުގެ ތެރޭގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ދެކަމެވެ. ލޭހޮޅިއެއް ނުވަތަ ލޭނާރެއް ކަނޑައިގެން ދިއުމުން ނުވަތަ ލިބޭ ގެއްލުމެއްގެ ސަބަބުން ބޭރުވަމުންދާ ލޭ ހުއްޓުވުމާއި، އެލޭބޭރުވުން މަނާކުރުމަށް ހިގާ މަސައްކަތްތަކަށް ''ހީމޯސްޓެސިސް'' (Hemostasis)އޭ ކިޔައެވެ. އަދި ލޭގަނޑުކޮށްލުމަށް ހިންގާ މަސައްކަތަށް ކިޔަނީ ''ކޮއަގިޔުލޭޝަން''(Coagulation) އެވެ. ލޭހޮޅިއަކަށް އަނިޔާލިބި ހަލާކުވުމުން ލޭހޮޅީގެ ބަތާނަފަށު(Endothelium)ގެ ދަށުގައިވާ ''ކޮލަޖެން''(Collagen) އޭކިޔާ ފައިބަރުތައް ހާމަވެ ފެންނަން ހުރެއެވެ. 



ކޮލެސްޓްރޯލް

cholesterol-mainކޮލެސްޓްރޯލް އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ (ސަރުބީ އެކުލެވޭ) މާއްދާ އެކެވެ. އިންސާނާގެ ހަށިގަނޑު ރަގަޅަށް މަސައްކަތް ކުރުމަށްޓަކައި، ކޮންމެވެސް މިންވަރަކަށް ކޮލެސްޓްރޯލް ބޭނުންވެއެވެ. ގަވާޢިދުން ކަސްރަތު ކުރުމަކީ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާހުރި ކޮންމެވެސް ކަސްރަތެއް ކުރުމަށް އާދަކުރާށެވެ.ސަރުބީ ދަށްކުރުމަށް މަސައްކަތްކުރުމުގެ



ހުންކޮށި

hunkoshi-2ހުންކޮށި(Spleen)  ނުވަތަ ހުންކޮށްޓަކީ އިންސާނާގެ އެތެރެހަށީގައި ހިމެނޭ ގުނަވަންތަކުގެ ތެރެއިން ވަރަށް މުހިއްމު ގުނަވަނެކެވެ. މިއީ ހަށިގަނޑުގެ ދުވަސްވީ ލޭގެ ސެލްތައް ހަލާކުކޮށް ނައްތާލުމާއި، އަދި ހަށިގަނޑުގެ ލޭ ހިފަހައްޓައިދޭ ރިޒާވަރެއްގެ ގޮތުގައި މަސައްކަތްކުރާ މަރުކަޒެއް ވެސް މެއެވެ. ދިފާޢީ ނިޒާމްގެ މުހިއްމު ބައެއް ކަމުގައިވާ "ރެޓިކިޔުލޯއިންޑޯތީލިއަލް ސިސްޓަމް" ގައި ވެސް ހުންކޮށީގެ ދައުރެއް އޮވެއެވެ. ބުނެވޭގޮތުގައި ހުންކޮށި ނެތުމަކީ ނުވަތަ ނުހުރުމަކީ ތަފާތު އިންފެކްޝަންތަކަށް އިންސާނާގެ ހަށިގަނޑު ހުށަހެޅުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.



ހިތް

hih-2ހިތަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ހިތަކީ ހަމައެކަނި ހިތަށް ޚާއްޞަ މަހުގެ ވައްތަރަކުން (Cardiac muscle) އުފެދިފައި އޮންނަ ގުނަވަނެކެވެ. ހަށިގަނޑު އެކި ހިސާބުތަކަށް ބޭނުންވާ ލޭ ފޮނުވައިދެނީ ހިތުން ކުރިފަޅައި ނިކުމެފައިވާ ބޮޑު ލޭނާރަކުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ''ކާޑިއެކް'' (Cardiac)މިބަހުން ދޭހަވަނީ ''ހިތާއި ގުޅުންހުރި'' މިހެންނެވެ. ހިތް އުފެދިފައިވަނީ ކުރިންވެސް ބުނިހެން ހިތަށް ޚާއްޞަ މަހުގެ (Cardiac muscle) ވައްތަރަކުންނެވެ.



ލޭދައުރުކުރާ ނިޒާމް

ley-dhaurukuraa-nizaam-1ލޭދައުރުކުރާ ނިޒާމް ނުވަތަ ހިތާއި ލޭހޮޅިތަކުގެ ނިޒާމަކީ ހަށިގަނޑުގެ އެކި ހިސާބުގައިވާ ސެލްތަކާއި ޓިޝޫތަކަށް ލޭ ފޮނުވައި ދިނުމާއި، އަދި އެޓިޝޫ ތަކުން އަނބުރައި ލޭ ހިތާއި ދިމާލަށް ފޮނުވައި ދިނުމުގައި ޒިންމާވާ ނިޒާމެވެ. ހަށިގަނޑަށް ބޭނުންހުރި ކާނާގެ ބައިތައް ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޯރުކޮށްދެނީ ވެސް ލޭގެ ޒަރީޢާއިންނެވެ. ހަށިގަނޑުގެ ފިނިހޫނުމިން ސާބިތުކަންމަތީ ހިފަހައްޓައިދީ، އަދި ހަށިގަނޑުގައި ހިމެނޭ އެސިޑް-ބޭސްގެ މިންވަރު ވެސް ހަމަހަމަކަންމަތީ ބަހައްޓައި ދިނުމުގައި ލޭދައުރުކުރާ ނިޒާމް އެހީތެރި ވެދެއެވެ.



ލޭހޮޅި

ley-holhi-3ލޭހޮޅި (Blood vessels)ތަކަކީ ހިތާއި ލޭހޮޅިތަކުގެ ނިޒާމް، ނުވަތަ ލޭދައުރުވާ ނިޒާމްގެ މުހިއްމު ބައިތަކެކެވެ. ލޭނާރު ނުވަތަ ލޭހޮޅިތަކުގެ ވަޒީފާ އަކީ ހިތުން ހަށިގަނޑު އެކި ހިސާބުތަކަށް ލޭ ފޯރުކޮށް ދިނުމާއި، އަދި ހަށިގަނޑުގެ އެކި ހިސާބުތަކުން ލޭ އަނބުރައި ހިތަށް ފޮނުވުމެވެ. ލޭހޮޅިތަކުގެ ތަފާތު ވައްތަރުތައް ވެއެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.