އާދީއްތަ20180909

އާކުރެވުނީ: 08:43:52

ޞިއްޙަތު

ކުޑަކަމުދާ ހޮޅި

kudakamudha-holhi-1ކުޑަކަމުދާ ހޮޅި (Urethra) ނުވަތަ ހީސް ހޮޅި އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ.



މަސާނާ

masaanaa-1މަސާނާ (Bladder) އަކީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. މިއީ މަޑު މަހުން އުފެދިފައިވާ ފުއްޕާ ހަމެއްގެ ބައްޓަމަށް އެތެރެ ހުސްކޮށް އޮންނަ ގުނަވަނެކެވެ. މިގުނަވަން އިންނަނީ ޅިނދުގެ ކުރިމަތީ ބައި(Anterior pelvis) ގައެވެ. މަސާނާ އަކީ ކުޑަކަމުދާ ތަކެތި ބޭރުކުރަން ވަންދެން އެޖަމާކޮށް ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. މަސާނާ އަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން އޭގެ ސައިޒުން ބޮޑުކަމަށް ދައްކާނެއެވެ. އަދި ކުޑަކަމުދެވި، މަސާނާ ހުސްވެ، ދިއުމުން އޭގެ ސައިޒުން ކުޑަ ވެގެން ދެއެވެ.



ގުރުދާ

gurudhaa-1ގުރުދާ (Kidney) އަކީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ އަސާސީ އެއް ގުނަވަނެވެ. ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ދެ ގުރުދާ ވެއެވެ.އެއީ ހަށިގަނޑުގެ ކޮންމެ ފަރާތެއްގައި ގުރުދާ އެކެވެ. ތޮޅި-އޮށެއްގެ ބައްޓަމަށް، ސާބޯނި ބުރިއެއް ވަރުވާ ގުރުދާ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އޮންނަނީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަންތަކުގެ ފަހަތުގައެވެ. އެއީ ގާތްގަނޑަކަށް މޭކަށިތައް ނުވަތަ އަރިކަށިތައް ނިމޭ ހިސާބު ގައެވެ. އަދި މައިބަދައިގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ''ލަމްބާރ ވާޓެބްރާ''(Lumbar Vertebrae) ތައް ހުންނަ ހިސާބާއި ކައިރީގައެވެ.



ގުރުތާ

guruthaa-1ގުރުތާާ (Ureters) އަކީ ގުރުދާއާއި މަސާނާ ގުޅުވައިދޭ ހޮޅި އެވެ. ނުވަތަ ގުރުދާއިން މަސާނާއަށް ކުޑަކަމުދާ ތަކެތި ގެންގޮސްދޭ ހޮޅި އެވެ. އެހެންކަމުން ގުރުދާގައި އުފައްދާ ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ގުރުދާ އިން މަސާނާ އަށް ވާޞިލްވަނީ މިހޮޅި ހުރަސް ކޮށެވެ. ކޮންމެ ގުރުތާއެއްގެ ދިގުމިނުގައި 250-200 މިލިމީޓަރާއި ދެމެދުގެ މިންވަރެއް ހުރެއެވެ. އެއީ 10-8 އިންޗިއާއި ދެމެދުގެ މިންވަރެކެވެ. ނުވަތަ 30-25ސމ ގެ މިންވަރެކެވެ. މަސާނާގެ ފާރު ތަކުގައިވާ މަޑު މަހުގެ ޓިޝޫތައް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައެވެ.



ކުޑަކަމުދާ ނިޒާމް

kudakamudha-nizaam-mainކުޑަކަމުދާ ނިޒާމަކީ އިންސާނާގެ ހަށިގަނޑުގައި ކުޑަކަމުދާ ތަކެތި އުފައްދައި، ގުދަންކޮށް، އަދި ބޭރުކުރުމުގެ މަސައްކަތް ހިންގާ ނިޒާމެވެ. އިންސާނުންގެ ހަށިގަނޑުގައި ހިމެނޭ ކުޑަކަމުދާ ނިޒާމްގެ މައިގަނޑު ބައިތަކަކީ ގުރުދާ(Kidneys)، ގުރުތާ ނުވަތަ ގުރުދާއާއި މަސާނާ ގުޅުވައިދޭ ހޮޅި (Ureters)،މަސާނާ(Bladder)، އަދި ކުޑަކަމުދާ ހޮޅި(Urethra) ، ނުވަތަ ހީސް ހޮޅި އެވެ.



ފުރަގަސް ފަރާތް

furagas-farah-1ފުރަގަސް ފަރާތް (Rectum) އަކީ ބޮޑު ގޮހޮރު ނިމިގެން ހަޖަމުކުރާ ނިޒާމްގައި ފުރަގަސް ފަރާތު މަގާއި ދޭތެރޭގައި އިންނަ ބައެކެވެ. އެހެންކަމުން ފުރަގަސްފަރާތް އިންނާނީ ބޮޑުގޮހޮރުގެ އެންމެ ފަހުބައި ކަމުގައިވާ ސިގްމޮއިޑް ގޮހޮރާއި ޖެހިގެންނެވެ. ފުރަގަސްފަރާތް ޖެހިގެން ތިރިއަށް އިންނާނީ ފުރަގަސްފަރާތު މަގެވެ. އަދި އޭގެފަހުން ފުރަގަސްފަރާތު ދޮރެވެ. ބޮޑުކަމުދާ ތަކެތި ބޭރުކުރަން ޖެހެންދެން އެތަކެތި ގުދަންކޮށް ޖަމާވެފައި ހުންނަނީ ފުރަގަސް ފަރާތު ގައެވެ. އިންސާނުންގެ ފުރަގަސް ފަރާތުގެ ދިގުމިނަކީ 12 ސެންޓިމީޓަރު އެވެ.



ބޮޑު ގޮހޮރު (ފަލަ ގޮހޮރު)

bodu-gohoru-1ބޮޑު ގޮހޮރު (Large intestine) އަކީ ހަޖަމުކުރާ ނިޒާމްގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު (Colon)އަށް ބޮޑު ގޮހޮރު އޭ ވެސް ކިޔައެވެ. އެއީ ބޮޑު ގޮހޮރު ގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރު ގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަ ބައިގައިހުރި ފެން އަބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރި ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައި ޅިނދުގެ ''އިލިއެކް ސަރަހައްދު''(Iliac region) އިންނެވެ.



ހިމަގޮހޮރު

hima-gohoru-1ހިމަގޮހޮރު (Small intestine) އަކީ ހަޖަމުކުރާ ނިޒާމް ގައި މައިދާ،އަދި ބޮޑު ގޮހޮރާ ދެމެދުގައިވާ ގުނަވަނެކެވެ. އެހެންކަމުން ހިމަގޮހޮރު ފެށިފައި އިންނާނީ މައިދާ ނިމޭ ހިސާބުންނެވެ. އަދި ނިމިފައި އިންނާނީ ބޮޑު ގޮހޮރު ފެށޭ ހިސާބަށެވެ. އިންސާނުންގެ ހިމަ ގޮހޮރުގެ ދިގުމިނުގައި ގާތްގަނޑަކަށް 7 މީޓަރު ނުވަތަ 21 ފޫޓް ހުރެއެވެ. ބައެއް އިލްމު ވެރިން ވިދާޅުވާ ގޮތުން ހިމަ ގޮހޮރުގެ ދިގުމިނުގައި އެވްރެޖްގޮތެއްގައި ހުންނަނީ 7-4 މީޓަރާއި ދެމެދުގެ މިންވަރެކެވެ. ހިމަގޮހޮރަށް ބައެއް ފަހަރު ކުޑަ ގޮހޮރު މިހެން ވެސް ކިޔައެވެ.



މައިދާ

maidhaa-1މައިދާ (Stomach) އަކީ ތޮޅިއެއްގެ ބައްޓަމަށް އެތެރެ ހުސްކޮށް އޮންނަ މަޑު މަސް ނުވަތަ ހޮޅި މަހުން (Smooth Muscle) އުފެދިފައިވާ ގުނަވަނެކެވެ. ކާތަކެތި ހަފައި ދިރުވުމަށްފަހު، އަންނަ ހަޖަމުކުރުމުގެ ދެވަނަ މަރުޙަލާ ފުރިހަމަ ކުރަނީ މައިދާގެ ތެރޭގައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ގެސްޓްރިކް، ގެސްޓްރޯ(Gastric/Gastro)މިބަސްތަކުން ދޭހަކޮށްދެނީ ''ބަނޑާއި ގުޅުންހުރި''، ނުވަތަ ''މައިދާއާ ގުޅުންހުރި'' މިހެންނެވެ.



ކާތަކެތި ހިނގާހޮޅި

kaa-holhi-2ކާތަކެތި ހިނގާހޮޅި (Esophagus) އަކީ އަރުތެރެއިން މައިދާއަށް ކާތަކެތި ގެންގޮސްދޭ ހޮޅިއެވެ. ކާތަކެތިހިނގާހޮޅި ފެށިފައި އިންނަނީ''ލަގޮނޑިޔާގުޅޭ އަރުތެރެ''(Laryngopharynx) ނިމޭ ހިސާބުންނެވެ. ނުވަތަ އަރުތެރޭގެ މިބުނިބައިން ދެމިފައިވާ ހޮޅިއެއްގެ ސިފައިގައެވެ. ކާތަކެތި ހިނގާ ހޮޅި އިންނަނީ ކަރު ހިމެނޭ ހިސާބުގައި ހުންނަ މައިބަދައިގެ 6 ނަމްބަރު ކަށިކޮޅާ ނުވަތަ ބަދަޔާ ހިސާބުންނެވެ. ކާތަކެތި ހިގާ ހޮޅިިން ފެށިގެން މައިދާ،ނުވަތަ ބަނޑާއި ހަމައަށް ކާތަކެތި ފޯރަނީ ''ޕެރިސްޓަލްސިސް''(Peristalsis) އޭ ކިޔޭ ހަރަކާތެއްގެ އެހީގައެވެ.



އަރުތެރެ

aru-there-1އަރުތެރެ (Pharynx) އަކީ އަނގަ، އަދި ނޭފަތުގެ ހޮއިގެ ނުވަތަ ހިނދުރީގެ ފަހަތުން ކާތަކެތި ހިގާ ހޮޅިއާއި، އަޑު ފޮށި ނުވަތަ ލަގޮނޑި، އަދި ވައި ނޮޅީގެ މަތިން އިންނަ ބައެކެވެ. އަރަކީ ކަރު އަދި ކަރުތެރޭގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. މިއީ އަނގައިގެ ފަހަތުގައި ކާތަކެތި ހިގާހޮޅިއާއި އަނގަޔާއި ދެމެދުގައި ވާބައެވެ. ނުވަތަ މިދެބައި ގުޅުވާލަދޭ ބައެވެ. ދިވެހި ބަހުން އަރު ވެސް ކިޔަނީ މިހިސާބަށް ކަމަށް ލަފާކުރެވެއެވެ.



އަނގަ

aga-1އަނގަ (Mouth) އަކީ އިންސާނާ ކެއިން ބުއިމާއި، އެކަކު އަނެކަކާއި މުޚާތަބުކޮށް އުޅުމުގައި އަބަދުމެ ބޭނުން ހިފަންޖެހޭ ގުނަވަނެކެވެ. އަނގަ ލެއްޕިފައި އިންނަނީ ދެތުންފަތުގެ އެހީގައެވެ. ހަޖަމުކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ އަނގައިގެ ތެރޭގައި ކާތަކެތި ހަފަން ފަށާ ހިސާބުންނެވެ. އަނގައިގެ ތެރޭގައިވާ ތެތް ދުލިފަށަލައިގައި ކުޅުބޭރުކުރާ ގޮށް (Salivary glands)ވެއެވެ. މީގެ އިތުރުން ދޫ، ކުޑަދޫ، އަދި ދަތްތަކާއި ހިރުގަނޑު ވެސް ހުންނަނީ އަނގައިގެ ތެރޭގައެވެ.



އަލްޒައިމާ ބައްޔާއި ގުޅޭ 7 ސުވާލާއި ޖަވާބް

alzheimer-suvaalއަލްޒައިމާ ބަލީގެ އަހުލު ވެރިއަކު ނަމަ ބަލީގެ އުދަގޫތަކާއި، އަދި އެހެނިހެން ޞިއްޙީ މައްސަލަތަކަށް ބައެއް ބޭސްތައް ނެގިދާނެ އެވެ. ނަމަވެސް މާގިނަ ބޭސްތައް އެއްފަހަރާ ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް ނުރަގަޅު އަސަރެއް ފޯރައިފާނެ ކަމެއްކަން ހަދާންކުރަން ޖެހެއެވެ. މިގޮތުން ކަންކަމާއި މެދު ޚިޔާލު ތަފާތުވެ، ގޮތެއް ކަނޑައަޅަން ނޭގުން، މީހާގެ ސްލޫކާއި، މިޒާޖަށް ބަދަލު އައުން، ނިދިނައުން، މާބޮޑަށް ނިދި އަންނަގޮތްވުން، އަދި މަޢިދާގެ މައްސަލަތައް ކުރިމަތި ކުރުވައެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.