އާދީއްތަ20180909

އާކުރެވުނީ: 08:43:52

ޞިއްޙަތު

ހެޕަޓައިޓިސް ސީ

viral-hepatitis-c-mainދާއިމީ ސިފައެއްގައި ހެޕަޓައިޓިސް ސީ ކުރިމަތިވުމުން ނުވަތަ ބަލި ދިގުލައި ދިއުމުން މޭގަނޑުގައި ލަކުނު ލުމަކީ ވެދާނެ ގޮތެކެވެ. މޭގަނޑުގައި ލަކުނު ލުމަކީ މޭގަނޑުގެ މަސައްކަތްތަކަށް ބުރޫއަރާނެ ކަމެކެވެ. އެގޮތުން ފެނިދާނެ އުދަގޫތަކުގެ ތެރޭގައި، ވަރުބަލިވުން، ވާޅުވުން، ކާހިތްނުވުން، ބަރުދަން ލުއިވުން، ފިރިހެނުންގެ އުރަމަތި ބޮޑުވުން، އަތްތިލައިގައި ބިހިތަކެއް ނެގުން، ލޭމަނާވުމަށް އުދަނގޫވުން، ހަމުގެ ތެރޭގައި ކުދިކުދި ލޭހޮޅިތަކެއް (އަށްފައިމަކުނުގެ ސިފަޔަށް) ފެންނަން ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.



ހެޕަޓައިޓިސް ބީ

hepatitis-b-main

ހެޕަޓައިޓިސް ބީ (Hepatitis B) އަކީ ފުރަމޭ ނުވަތަ މޭގަނޑަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިއީ މޭގަނޑަށް ޖެހޭ ބަލިތަކުގެ ތެރެއިން ހެޕަޓައިޓިސް ބީ ވައިރަސް(Hepatitis B virus) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ.  ހެޕަޓައިޓިސް ބީ ވައިރަސްގެ ސަބަބުން ބަލިޖެހެން ދިމާވާ ގޮތްތަކުގެ ތެރޭގައި ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތޫނު އެއްޗެއް ނުވަތަ ސިރިންޖެއް ފަދަ އެއްޗެއް އެހެންމީހަކު ބޭނުންކުރުން



ހެޕަޓައިޓިސް އޭ

viral-hepatitis-a-1ހެޕަޓައިޓިސް އޭ ގައިންގަޔަށް އަރަނީ ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނާއި، ކާބޯތަކެތީގެ ސަބަބުންނެވެ. ބަލި ޖައްސާ ޖަރަސީމާއި ތަޣައްޔަރުވެފައިވާ ލޭ، ބޮޑުކަމު ނަޖިހުގެ ސަބަބުންވެސް މިބަލި ފެތުރެއެވެ. މީގެ އިތުރުން ބަލީގެ ޖަރާސީމުގައި ބީހި، އެޖަރާސީމު ނޭގުމުގެ ތެރޭގައި ގައިގައި ހޭކި އުގުޅުމަކީ ވެސް މިބަލި ޖެހޭނެ ކަމެކެވެ. ހެޕަޓައިޓިސް އޭ ޖެހިފައިވާ މީހުންނާއި އެކުގައި މަސައްކަތްކުރުމަކުނ މިބައްޔެއް ނުޖެހޭނެ އެވެ.



ޗިސްމޭ

chiss-mey-1(Pancreas) އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން ގްލޭންޑް (Endocrine gland) އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް (Exocrine gland) އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމްތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ އެވެ.



ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް

biliary-system-1ބިލިއަރީ ނިޒާމް(Biliary system) ނުވަތަ ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް އަކީ އިންސާނާގެ ހަށިގަނޑުގައި މޭގަނޑުން ބައިލް އުފައްދައި، ފިތުގައި ރައްކާކޮށް، ހިމަގޮހޮރަށް ދޫކޮށް، އަދި މޭގަނޑާއި ހިމަ ގޮހޮރާއި ދެމެދު ބައިލް ދައުރުކުރުން ދަމަހައްޓައިދޭ ނިޒާމެވެ. މިނިޒާމް ބިނާވެގެންވަނީ ގުޅި ލާމެހިފައިވާ ތަފާތު އެތަކެއް ކުދި ހޮޅިތަކެއްގެ މައްޗަށެވެ. މިނިޒާމްގައި ޝާމިލްވާ މައިގަނޑު ގުނަވަންތަކަކީ، މޭގަނޑު، ފިތް، ހިމަ ގޮހޮރު އަދި ޗިސްމޭ އެވެ.



ހަޖަމުކުރާ ނިޒާމް

hajamukuraa-nizaam-1ހަޖަމުކުރާ ނިޒާމް (Gastrointestinal tract) އަކީ އިންސާނާގެ ހަށިގަނޑުގައި އިންސާނާ ކެއުމުގައި ބޭނުންކުރާ ކާނާގެ ބާވަތްތައް ހަޖަމުކޮށްދޭ ނުވަތަ ހަޖަމުކުރުވާ ނިޒާމެވެ. ހަޖަމުކުރާ ނިޒާމްގެ މައިގަނޑު މަސައްކަތަކީ ކާތަކެތި ހަޖަމުކުރުމާއި، ހަށިގަނޑަށް ބޭނުންނުވާ ބައި ހަށިގަނޑުން ބޮޑު ކަމުދާ ތަކެތީގެ ސިފައިގައި ބޭރު ކުރުމެވެ. އާދައިގެ ފިރިހެނެއްގެ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ބައިތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 6.5 މީޓަރު (20ފޫޓް) އެވެ. އަދި ހަޖަމުކުރާ ނިޒާމް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ.



ޒުވާންކަމުގައި ގިނަދުވަހު ހުރުމަށް ކެވިދާނެ ފަސް ބާވަތެއް؟

zuvankamugaiޕަނާމާގެ މެއިންލޭންޑް ގައި ދިރިއުޅޭ މީހުންނަށްވުރެ، ޕަނާމާގެ އައްސޭރިފަށުގައި ދިރިއުޅޭ ސޭން ބަލަސް ރަށްތަކުގެ މީހުންނަށް ހިތުގެ ބަލިތަކާއި ކުރިމަތިލާންޖެހެނީ ނުވަގުނަ މަދުންކަމަށް ދިރާސާތަކުން ދައްކައެވެ. އެރަށްތަކުގައި އުޅޭ މީހުންނަކީ ކޮކޯ އެކުލެވިގެންވާ ބުއިންތައް ޢާންމުކޮށް ބޮއިއުޅޭ ބައެކެވެ. މިއީ މީގެ ސަބަބެއްކަމަށް ބުނެވެއެވެ. ފްލޭވަނޮލްސް އަކީ ކޮކޯގައި އެކުލެވިގެންވާ މާއްދާއެކެވެ. މި މާއްދާއަކީ ލޭ ހޮޅިތަކުގެ މަސައްކަތް ރަނގަޅަށް އަދާކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ.



ކުޑަދަރިފުޅު ނުކާތީ ކަންބޮޑުވޭތަ؟

kudadarifulhu nukaateeމަންމައިންގެ ކިބައިން ކުޑަކުދިންގެ ޑޮކްޓަރުންނަށް އެންމެ ގިނައިން އިވޭ އެއް ޝަކުވާއަކީ ކުޑަދަރިފުޅު ކެއުމާއި ދުރުވުމުގެ ސަބަބުން ފާޅުކުރާ ކަންބޮޑުވުންތަކެވެ. ވުމާއެކު މި މައުޟޫގައި ވިސްނާލަން ޖެހޭ ބައެއް ނުކުތާތަކަށް ނިކަން ކުރުކޮށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

އެންމެ ފުރަތަމަ ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ކުއްޖަކަށް ވެސް އެކުއްޖެއްގެ ހާއްސަ ގޮތްތަކެއް ކެއުމާއި އެނޫންވެސް އެހެން ކަންކަމުގައި ހުންނާނެ ކަމެވެ. ޢާންމުކޮށް ކުދިން ވަކި ޢުމުރެއްގައި ކާންޖެހޭނެ ކަމަށް ފޮތްފޮތުގައި ބަޔާންކޮށްފައި ހުންނަ މިންވަރަށް ވުރެ ކުޑަ ތަންކޮޅެއް ކުޑަކޮށް ކެއުމަކީ ވެސް މައްސަލައެއް ނޫނެވެ.



ނޭވާހިއްލުން

Asthma 2ނޭވާހިއްލުން ނުވަތަ އެސްމާއަކީ ފުއްޕާމެޔަށް (ލަންގް) ދިމާވާ ބައްޔެކެވެ. ނޭވާލުމަށް ފުއްޕާމެޔާއި ގުޅިފައިވާ ހޮޅި(ބްރޮންކަސް) ގައި އިންފްލެމޭޝަންއެއް އުފެދި، ދަވަހެދި، އެހޮޅީގެ އެތެރެފަރާތް ދުޅަވެ، އެހޮޅީގެ މަސްތަކަށް ވާންވެ ނަތީޖާއެއްގެ ގޮތުން އެހޮޅި ހިމަވެގެން ނޭވާލާން އުދަގޫވާ އުދަގޫވުމަށް ކިޔަނީ ނޭވާހިއްލުމެވެ.

އަދި މިހެންވުމުގެ ސަބަބުން މެޔަށް ބާރުކޮށް، ކެއްސާ، ނޭވާލާހޮޅި ހިމަވެ ވައި ދަތުރުކުރުމަށް އުދަގޫވުމުން ނޭވާލާއިރު އަޑުވެސް އިވެއެވެ.



ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

farjga-ekasheegenvaa-thekkan-64ފަހަރުގައި ބަލިވެއިންނަން ބޭނުންވާމީހަކު ބަލިވެއިނުއިންނަ ސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ. ނަމަވެސް ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުނަސް އެއީ ބަލިވެނުއިންނަ ސަބަބުކަމުގައި ނުވުމަކީ ދުރުކަމެއް ނޫނެވެ. އެންމެފުރަތަމަ އޯވަރީން ބިސްބޭރުކުރޭތޯ ބަލާށެވެ. މިކަން ބަލަން އެންމެ ފަސޭހަގޮތަކީ ހަށިގަނޑުގެ ހޫނުމިން ބެލުމެވެ.



މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ރޭގަނޑު ކަސްރަތު ކުރުމުން ނިދިނައުން

kasrathu-kurumun-nidhi-naun-104މާބަނޑު ދުވަސްވަރު ގަވައިދުން ކަސްރަތު ކުރުމަކީ ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން މީހާގެ ސިއްހަތު ރަނގަޅުކޮށް ދުޅަހެޔޮ ކުރުވާ ކަމެކެވެ. އަދި މިއީ އަރާމުގައި ނިދުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް އެއީ ރަނަގަޅު ގޮތުގައި ރަނގަޅު ވަގުތުތަކުގައި ކަސްރަތު ކުރާނަމައެވެ. ނިދާގަޑިއާއި މާގާތްކޮށް ކަސްރަތުކުރުމަކީ މީހާ ވަރުބަލި ކުރުވާކަމެކެވެ. އަދި ބައެއްފަހަރު ނިދިން މަހުރޫމު ކުރުމަށް ދިމާވާ ސަބަބެއްވެސްމެއެވެ.



ދުންފަތުގެ އިސްތިއުމާލު ކުރުމުން މައިމީހާއަށާއި ދަރިފުޅަށް ލިބޭ ގެއްލުން

dhunfathuge-sababun-gellun-62ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބައިގެންދިއުމާއި އަދިވެސް ދަރިފުޅަށް ޖެހޭ ގިނަބަލިތަކުގެ އެއްވަނަ ސަބަބެވެ. ދުވަސްނުފުރާ ވިހެއުމާއި، ވިހާއިރު ދަރިފުޅު މާކުޑަކޮށް އޮތުމާއި އަދި ވިހެއުމުގެ ކުރިން މަރުވެފައި އޮތުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވާ ވަރަށް ހިތާމަވެރި ކަންތައްތަކެކެވެ. އަދި މިކަންތައްތައް ދިމާވާ މައިގަނޑު ސަބަބަކަށްވެސް ބެލެވިފައިވަނީ މައިމީހާ ދުންފަތުގެ އިސްތިއުމާލު ކުރުމުވެ.



މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެތެރެއިން... ފިރިމީހާއާއި އެކު އެއްއެދުގައި ނިދަން ދަތިވުން

edhugai-nidhan-udhagoovun-103އަރާމުގައި ނިދާލުމަކީ ބަލިވެއިނުމަށްފަހު ދިމާވާ އެންމެބޮޑު އެއްއުދަގުލެވެ. ހާއްސަކޮށް ބަނޑަށް 4 މަސްވުމަށްފަހުއެވެ. ވުމާއެކު އެދުގައި އަރާމުގޮތަކަށް އޮށޯވެ އޮވެވޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. މިކަމުގައި އިތުރު ދަތިތަކެއް ދިމާވަނީ ބައެއްފަހަރު ފިރިމީހާވެސް އަރާމު ނިންޖެއްނިދަން އެދުގައި ފުރޮޅިހަދާއިރުއެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.