ހޯމަ20181112

އާކުރެވުނީ: 08:43:52

ބަލިތައް

ހެޕަޓައިޓިސް ސީ

viral-hepatitis-c-mainދާއިމީ ސިފައެއްގައި ހެޕަޓައިޓިސް ސީ ކުރިމަތިވުމުން ނުވަތަ ބަލި ދިގުލައި ދިއުމުން މޭގަނޑުގައި ލަކުނު ލުމަކީ ވެދާނެ ގޮތެކެވެ. މޭގަނޑުގައި ލަކުނު ލުމަކީ މޭގަނޑުގެ މަސައްކަތްތަކަށް ބުރޫއަރާނެ ކަމެކެވެ. އެގޮތުން ފެނިދާނެ އުދަގޫތަކުގެ ތެރޭގައި، ވަރުބަލިވުން، ވާޅުވުން، ކާހިތްނުވުން، ބަރުދަން ލުއިވުން، ފިރިހެނުންގެ އުރަމަތި ބޮޑުވުން، އަތްތިލައިގައި ބިހިތަކެއް ނެގުން، ލޭމަނާވުމަށް އުދަނގޫވުން، ހަމުގެ ތެރޭގައި ކުދިކުދި ލޭހޮޅިތަކެއް (އަށްފައިމަކުނުގެ ސިފަޔަށް) ފެންނަން ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ތަފްޞީލު...



ހެޕަޓައިޓިސް ބީ

hepatitis-b-main

ހެޕަޓައިޓިސް ބީ (Hepatitis B) އަކީ ފުރަމޭ ނުވަތަ މޭގަނޑަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިއީ މޭގަނޑަށް ޖެހޭ ބަލިތަކުގެ ތެރެއިން ހެޕަޓައިޓިސް ބީ ވައިރަސް(Hepatitis B virus) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ.  ހެޕަޓައިޓިސް ބީ ވައިރަސްގެ ސަބަބުން ބަލިޖެހެން ދިމާވާ ގޮތްތަކުގެ ތެރޭގައި ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތޫނު އެއްޗެއް ނުވަތަ ސިރިންޖެއް ފަދަ އެއްޗެއް އެހެންމީހަކު ބޭނުންކުރުން

ތަފްޞީލު...



ހެޕަޓައިޓިސް އޭ

viral-hepatitis-a-1ހެޕަޓައިޓިސް އޭ ގައިންގަޔަށް އަރަނީ ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނާއި، ކާބޯތަކެތީގެ ސަބަބުންނެވެ. ބަލި ޖައްސާ ޖަރަސީމާއި ތަޣައްޔަރުވެފައިވާ ލޭ، ބޮޑުކަމު ނަޖިހުގެ ސަބަބުންވެސް މިބަލި ފެތުރެއެވެ. މީގެ އިތުރުން ބަލީގެ ޖަރާސީމުގައި ބީހި، އެޖަރާސީމު ނޭގުމުގެ ތެރޭގައި ގައިގައި ހޭކި އުގުޅުމަކީ ވެސް މިބަލި ޖެހޭނެ ކަމެކެވެ. ހެޕަޓައިޓިސް އޭ ޖެހިފައިވާ މީހުންނާއި އެކުގައި މަސައްކަތްކުރުމަކުނ މިބައްޔެއް ނުޖެހޭނެ އެވެ.

ތަފްޞީލު...



ނޭވާހިއްލުން

Asthma 2ނޭވާހިއްލުން ނުވަތަ އެސްމާއަކީ ފުއްޕާމެޔަށް (ލަންގް) ދިމާވާ ބައްޔެކެވެ. ނޭވާލުމަށް ފުއްޕާމެޔާއި ގުޅިފައިވާ ހޮޅި(ބްރޮންކަސް) ގައި އިންފްލެމޭޝަންއެއް އުފެދި، ދަވަހެދި، އެހޮޅީގެ އެތެރެފަރާތް ދުޅަވެ، އެހޮޅީގެ މަސްތަކަށް ވާންވެ ނަތީޖާއެއްގެ ގޮތުން އެހޮޅި ހިމަވެގެން ނޭވާލާން އުދަގޫވާ އުދަގޫވުމަށް ކިޔަނީ ނޭވާހިއްލުމެވެ.

އަދި މިހެންވުމުގެ ސަބަބުން މެޔަށް ބާރުކޮށް، ކެއްސާ، ނޭވާލާހޮޅި ހިމަވެ ވައި ދަތުރުކުރުމަށް އުދަގޫވުމުން ނޭވާލާއިރު އަޑުވެސް އިވެއެވެ.

ތަފްޞީލު...



އަޔަން ޑެފިސިއެންސީ އެނީމިއާ ( ދަނގަޑު އުނިވުމާއި ވިދިގެން ލޭމަދުވުން )

iron-def-anemiaއެނީމިއާގެ އެންމެ އާންމުވައްތަރަކީ މިއީއެވެ. އާބާދީގެ ގާތްގަނޑަކަށް %20 އަންހެނުންނަށް އަދި %3 ފިރިހެނުންނަށް ދަނގަޑު މަދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. ހަށިގަނޑުގެ އެކިބައިތަކަށް އޮކްސިޖަން އުފުލާ ''ހީމޯގްލޯބިން'' ގެ އުފެދުމަށް ދަގަނޑަކީ މުހިއްމު އެއްޗެކެވެ.

ތަފްޞީލު...



ބޭރަށްހިންގުން

beyrah-hingun-mainބޭރަށްހިންގުން (Diarrhea) ނިސްބަތްކުރެވެނީ ބޮޑުކަމުދެވޭ މިންވަރު އިތުރުވެ، ބޭރުވާ ނަޖިސް ދިޔާކޮށް ހުރުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ބޭރަށް ހިންގުމަކީ ވަރަށް ދިޔާކޮށް އަދި އަވަސް އަވަހަށް ބޮޑުކަމުދާންޖެހުމެވެ. ބޭރަށްހިންގުމަށް '''ބަނޑުދިޔާވުން''' މިހެން ވެސް ކިޔައި އުޅެއެވެ. ބައެއް މެޑިކަލް ރިފަރެންސް ތަކުގައި ބަނޑުދިޔާވުން ސިފަކޮށްފައިވަނީ '''24 ގަޑިއިރުގެ ތެރޭގައި 300މލ އަށްވުރެ ގިނައިން ދިޔާ ނަޖިސް ބޭރުވުން''' މިހެންނެވެ.

ތަފްޞީލު...



ސައިނަސް

sinus-mainސައިނަސް އޭ ބުނެވެނީ ނޭފަތާއި، ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ތަކުގައި އިންފެކްޝަން އަށަގަނެ ދުޅަވުމަށް ނިސްބަތްކޮށެވެ. މިބުނި ވައިކޮތަޅު ތަކަކީ ލޮލާއި، ނޭފަތުގެ ވަށައިގެން ކައިރީގައި އަދި ކޯތާފަތުގައި ހުންނަ ކުދިކުދި ވައިކޮތަޅު ތަކެކެވެ. ސައިނަސް އާންމުކޮށް ޖެހެނީ ވައިރަހުން ޖެހޭ އިންފެކްޝަން އެއްގެ ސަބަބުންނެވެ. ވައިރަސް އިންފެކްޝަން އެއް ޖެހިއްޖެ ނަމަ ވައިކޮތަޅު ތަކާއި، ނޭފަތުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށަލަތަކުގައި އިންފްލެމޭޝަން އުފެދިގެން ދެއެވެ.

ތަފްޞީލު...



ބޯއެނބުރުމާއި، މޭނުބައިކޮށް ހޮނޑުލުން

boa-eburun-hodu-lunހޮނޑުލުމުގެ މަސައްކަތް ނުވަތަ އެވަޒީފާ އަދާކުރުމުގެ ބާރު ކޮންޓްރޯލް ކުރަނީ ސިކުނޑީގައިވާ ''މެޑައްލާ އޮބްލޮންގާޓާ'' (Medulla oblongata) އޭ ކިޔޭ ހިސާބުގައިވާ ''ހޮނޑުލުން ކޮންޓްރޯލްކުރާ މަރުކަޒު''ންނެވެ. މިމަރުކަޒު ހީވާގިކުރުމުން ސިކުނޑިއާއި، ސްޕައިނަލް ކޯޑް އިން ނިކުމެފައިވާ ބައެއް ނާރުތަކުގެ އެހީގައި ހޮނޑުލުމުގެ މަސައްކަތް ފުރިހަމަވެގެން(ނިމިގެން) ދެއެވެ. މިގޮތުން މިބުނި މަރުކަޒު ހީވާގިކުރުމުން އަންނަނިވި ކަންތައްތައް ކުރިމަތި ވެއެވެ.

 

ތަފްޞީލު...



އަލްޒައިމާ ބަލި:ބައްޔަށް ޢާއްމު ނަޒަރެއް

alzheimer-amunazararuއަލްޒައިމާ ބައްޔަކީ ސިކުނޑީގެ ހަދާނާއި ބެހޭ ބަޔަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ސިކުނޑީގައިވާ ހަދާނާއި ގުޅޭ މަރުކަޒަށް އަސަރުކޮށް ހަދާން ހުރުމަށް ބަދަލު އައިސް ވިސްނުމަށް ބަދަލުގެނުވައެވެ. ގިނަ އިލްމުވެރިން އެއްބަސްވާގޮތުގައި އެޕޯލިޕޯޕްރޮޓީން-އީ (Apolipoprotein-E) އުފެއްދުން އިތުރުވުން، ނުވަތަ އެޕްރޮޓީން ސިކުނޑީގައި ޖަމާވުމަކީ އަލްޒައިމާ ބަލި ކުރިމަތިވުމަށް މަގުފަހިވާ ކަމެކެވެ. މިބުނި ޕްރޮޓީންގެ ބޭނުމަކީ ލޭގައި ކޮލެސްޓެރޯލް ދައުރުވުމަށް އެހީތެރިވުމެވެ. މިޕްރޮޓީން ކޮންމެ މީހެއްގެ ހަށިގަނޑުގައި ވެސް ހުރެއެވެ.

ތަފްޞީލު...



ޑައުން ސިންޑްރޯމް އަދި އަލްޒައިމާ ބަލި

alzheimer-down-syndromeއުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް ޞިއްޙީ މައްސަލަތައް ފެންމަތިވަމުން އާދެއެވެ. ނަމަވެސް މި މައްސަލަތަކަކީ ގިނަފަހަރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ މުސްކުޅިވަމުން އަންނަ މީހުންނަށް ވެސް ދިމާވެދާނެ ކަންކަމެވެ. ޑައުން ސިންޑްރޯމްގެ އަހުލުވެރިންގެ 21 ނަންބަރު ކްރޮމޯސޯމްގެ އިތުރު ކޮޕީއެއް އިނުމުގެ ސަބަބުން އެމީހުންގެ ދިފާޢީ ނިޒާމްގައި އައިބުތައް އުފެދުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް ދިމާވެއްޖެ ނަމަ ތަފާތު ބަލިތަކަށް ފަސޭހަކަމާއި އެކު ހުށަހެޅޭގޮތް ވެއެވެ.

ތަފްޞީލު...



އަލްޒައިމާ ބަލި ޖެހިފައިހުރިތޯ ބަލައި ދެނެގަތުން

alzheimer-dhenegathunއަލްޒައިމާ ބައްޔަކީ އޭގެ ކުރީކޮޅު ގިނަ ފަހަރު ދެނެގަނެވޭ ބައްޔެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ ބަލިހުރިކަން އެގުމަކާއި، ނުލައި އޭގެ އުދަގޫތައް އިތުރުވަމުން އަންނަ ބައްޔެކެވެ. ވަރަށް ގިނަ ޑޮކްޓަރުން، ނަރުހުން، އަދި ބަލިމީހުންނާއި، އެމީހާގެ ތިމާގެ މީހުން، އަލްޒައިމާ ބަލީގެ އުދަގޫތައް ކުރިމަތިވާން ފެށުމުން އެއީ މުސްކުޅިވުމުން ކުރިމަތިވާ ކަމެއް ކަމަށް ނިންމައި، އެކަމާއި އަޅާނުލައި ދޫކޮށްލާތަން އާދެއެވެ.

ތަފްޞީލު...



އަލްޒައިމާ ބަލި: ބަލީގެ ވައްތަރުތައް

alzheimer-vattaruބޭސްވެރިކަމުގެ މާހިރުން ވަނީ އަލްޒައިމާ ބަލި އަންނަނިވި ވައްތަރުތަކަށް ބަހައިލާފައެވެ. އެއީ އަވަހަށް ކުރިމަތިވާ އަލްޒައިމާބަލި، ލަހުން ކުރިމަތިވާ އަލްޒައިމާ ބަލި، ވާރުތަވާ އަލްޒައިމާ ބަލި އެވެ. ލަހުން ކުރިމަތިވާ އަލްޒައިމާ ބަލި (Late-onset alzheimer's disease) މިއީ އަލްޒައިމާ ބަލީގެ އެންމެ އާންމު ވައްތަރެވެ. އުމުރުން 65 އަހަރު ވުމަށްފަހު ކުރިމަތިވާ މިވައްތަރު އަލްޒައިމާ ބަލީގެ %90 މީހުންނަށް ކުރިމަތި ކުރުވައެވެ. ހަމަ މިހެން އުމުރުން 85 އަހަރަށްވުރެ މައްޗަށް ގޮސްފައިތިބޭ މީހުންގެ ތެރެއިން %50 މީހުންނަށް މިވައްތަރު ކުރިމަތިވާކަމަށް ވަނީ ބެލެވިފައެވެ.

ތަފްޞީލު...



އަލްޒައިމާ ބަލި: ބައްޔަށް މަގުފަހިކުރާ ކަންތައްތައް

alzheimer-magufahiއަލްޒައިމާ ބަލީގެ އަހުލުވެރިންގެ ސިކުނޑިން އާދަޔާ ޚިލާފު އައިބުތައް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް މިގޮތުން ހުންނަ ކަންކަމަކީ ކަނޑައެޅިގެން ބަލި މެދުވެރިވުމުގެ އަސްލުކަން އަދި ބުނެދޭން ބަލި ދިރާސާކޮށް ހޯދާ ފަރާތްތައް ވެސް ވަނީ ނުކުޅެދިފައެވެ. އުމުރުން ދުވަސްވާ ވަރަކަށް އަލްޒައިމާ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރު ކުރުވައެވެ. އަލްޒައިމާ ބަލި ފިރިހެނުންނަށް ވުރެ އަންހެނުންނަށް ޖެހޭ މިންވަރު އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ. ވަރަށް މަދުން ނަމަވެސް މިބަލި ވާރުތަވާ ކަމަށްވަނީ ފާހަގަ ކުރެވިފައެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.