ހޮނިހިރު20180922

އާކުރެވުނީ: 08:43:52

ބަލިތައް

ނިދިނައުން

nidi-naunނިންޖަކީ އަހަރެމެން ގެ ހަޔާތަށް ވަރަށް މުހިއްމު އެއްޗެކެވެ. ދުވާލުގެ ވަގުތުތައް ހިތްހަމަޖެހުމުގައި ހޭދަކޮށްލެވޭނީ ރޭގަނޑު ގެ ނިދި ފުރިހަމައަށް ލިބިގެންކަން ޔަގީނެވެ. އެކިމީހުންނަށް ނިދަން ބޭނުންވާ މިންވަރު ތަފާތު ވެއެވެ. އެވްރެޖްގޮތެއްގައި ރެއަކާއި ދުވާލު 7 ގަޑިއިރު ނުވަތަ 6 ގަޑިއިރުގެ ނިދިން ފުދޭނެ ކަމުގައި ތަޖުރިބާކާރުން ބުނެވެއެވެ. ނަމަވެސް ބައެއް މީހުންނަށް 4 ނުވަތަ 5 ގަޑިއިރު ނިދާލުމުން ވެސް ފުދެއެވެ.

ތަފްޞީލު...



ޓޫބާކުލޯސިސް (ޓީބީ)

tee-beeޓީބީ އަކީ ޖަރާސީމެއްގެ ސަބަބުން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. އާންމުގޮތެއްގައި ޓީބީ ޖެހެނީ ފުއްޕާމެޔަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ޓީބީ ޖެހެއެވެ. ފުއްޕާމެޔަށް ޖެހޭ ޓީބީ ވަރަށް ފަސޭހައިން އެހެންމީހުންގެ ގަޔަށް އަރާގޮތް ވެއެވެ. އެއީ ކެއްސުމާއި، ކިބިއެޅުން، ވާހަކަ ދެއްކުން، ކުޅުޖެހުން، އަދި ހުނުން ފަދަ ކަންތައްތައް ކުރުމުގެ ތެރޭގައި ބަލީގެ އަހުލުވެރިޔާގެ ފަރާތުން ވައިގެ ތެރެއަށް ޖަރާސީމް ބޭރުވެ،

ތަފްޞީލު...



ބަލިވެ އިނުމާއި ގުޅިގެން ދިމާވާ ހަކުރު ބަލި

baliveinumaa-hakurubaliހަކުރުބަލީގެ މާނައަކީ ލޭގައި ހަކުރު ނުވަތަ ގުލްކޯޒް ގެ މިންވަރު މަތިވުމެވެ. ގުލްކޯޒަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަޞްދަރެވެ. ގުލްކޯޒުގެ މިންވަރު ލޭގައި މަތިނަމަ ނުވަތަ ކޮންޓްރޯލް ނުކުރެވޭނަމަ ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތި ވެއެވެ. ހަކުރު ބަލި ހުރުމަކީ މާބަނޑު ދުވަސްވަރު އެކަމަށް ޚާއްޞަ އިނާޔަތް ބޭނުންވާނެ ކަމެކެވެ.

ތަފްޞީލު...



ކެންސަރު : މަރުގެ ހަގުރާމަ

cancer-maruge-hanguraama

ދުނިޔޭގައި އެތައް ހާސް ބަޔަކު އަހަރެއްގެ ތެރޭގައި ކެންސަރު ޖެހިގެން ދުނިޔެ ދޫކޮށް ދެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި މީހުން މަރުވާ ދެވަނަ އެންމެ ކުރީގައި އުޅޭ ސަބަބެއް ކަމުގައި ދިރާސާތަކުން ހާމަވެފައިވަނީ ކެންސަރު ކަމެކެވެ. އިންސާނުންގެ ހަށިގަނޑަށް ތަފާތު ވައްތަރުގެ ކެންސަރުތައް ޖެހޭ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ކޮންމެ ކެންސަރެއް އަނެއް ކެންސަރާއި ތަފާތެވެ.

ތަފްޞީލު...



ހީމޮރޭޖް (Haemorrhage)

haemorrhageހީމޮރޭޖްއަކީ ކޮބާ؟ ހީމޮރޭޖްގެ މާނައަކީ ހިތުގެ ބަޔަކުން ނުވަތަ ލޭނާރަކުން ބޭރަށް ލޭ ލީކުވުން ނުވަތަ ލޭފޭބުން ނުވަތަ ލޭހިލުމެވެ. ތަބީއީ ގޮތެއްގައި ލޭއައުން ހުއްޓުމަށް އެހީވެދޭ ބައެއްކަންތައްތައް ތިރީގައި މިވަނީ އެވެ.

1- ލޭބޭރުވުމުން ލޭއެކުލެވޭ ނިސްބަތް ދަށްވުމުން ލޭގެ ޕްރެޝަރ ދަށްވާގޮތްވެއެވެ.ލޭގެ ޕްރެޝަރ ދަށްވުމަކީ އިތުރަށް ލޭބޭރުވުން ކުޑަކޮށްދޭނެ ކަމެކެވެ.

ތަފްޞީލު...



ހިތުގެ ބަލިތަކާއި ސްޓްރޯކްޖެހުން

hithuge-baliހިތުން މުޅި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ލޭ ފޮނުވައިދެއެވެ. މީގެ ބޭނުމަކީ އޮކްސިޖަން އާއި އެހެނިހެން ކާނާ، އެކި ޓިޝޫތަކަށް ފޯރުކޮށްދިނުމެވެ. މިމަސައްކަތަށް ބުރޫ އަރައިފިނަމަ ނުރައްކާތެރި ބައްޔެއް ކުރިމަތިވުން ނުވަތަ މަރުވުން ފަދަކަމެއް މެދުވެރި ވެދާނެ އެވެ. ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ފައިދާހުރި ކާނާ ނުކެއުމުންނާއި، ކަސްރަތު ނުކުރުން، އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންތައްތަކުގެ ސަބަބުން އިތުރު ކުރުވައެވެ.

ތަފްޞީލު...



މިލީނާ ނުވަތަ ހީމަޓޯޗީޒިއާ

melenaމިލީނާގެ މާނައަކީ ބޮޑުކަމުދާތަކެތި ކަޅުކުލައިގައި ހުރުމާއި އެކު ނުބައި ވަސްދުވުމެވެ. ހީމަޓޯޗީޒިއާގެ މާނައަކީ ބޮޑުކަމުދާ ތަކެތި މެރޫން ކުލައިގައި ހުރުމެވެ. ބަޔާންކުރެވުނު ދެކުލައިގައި ބޮޑުކަމުދާތަކެތި ހުރުމަކީ ބޮޑުކަމުދާތަކެތީގެ ތެރޭގައި ލޭ އެކުލެވިގެންވާ ކަމުގެ ނިޝާނެކެވެ.

ތަފްޞީލު...



ސްކްރަބް ޓައިފަސް

scrub-typhus-1ސްކްރަބް ޓައިފަސް (Scrub typhus) އަކީ ރިކެޓްސިއާ ސޫސުގަމުޝީ ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. މިބައްޔަށް ސޫސުގަމުޝީ ބަލި މިހެންވެސް ކިޔައެވެ. ސޫސުގަމުޝީ އަކީ ޖަޕާން ބަހުން ވަކި ދެލަފުޒެވެ. ސޫސުގަަ މިލަފްޒުގެ މާނައަކީ ''ކުޑަ އަދި ނުރައްކާތެރި އެއްޗެއް'' މިއެވެ. މުޝީ މިލަފުޒުގެ މާނައަކީ ''މަޚްލޫޤް ނުވަތަ ދިރޭއެއްޗެއް'' މިއެވެ. އެހެންކަމުން މިބަހުގެ ޖުމްލަ މާނައަކީ ''ކުޑަ އަދި ނުރައްކާތެރި ދިރޭއެއްޗެއް'' މިއެވެ.

ތަފްޞީލު...



ބޮލުގައި ރިހުން .. އެންމެންގެ ޝަކުވާއެއް

bolu_rissunބޮލުގައި ރިހުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަ އެކެވެ. ފުރާވަރުގެ އުމުރުން ފެށިގެން ގޮސް އުމުރުން ދުވަސްވެ، މުސްކުޅިވެފައިވާ މީހުންގެ ވެސް އެންމެ އާންމު އެއް ޝަކުވާއަކީ ބޮލުގައި ރިހުމެވެ. ދިރިއުޅުމުގައި ދިމާވާ ތަފާތު ނަފްސާނީ، އިޖްތިމާއީ، އާއިލީ މައްސަލަތަކާއި، އިންސާނާ އަށް ޖެހޭ ތަފާތު ބަލިތަކާއި، ކެއިންބުއިމުގައި ގެންގުޅެވޭ އާދަތަކާއި، އަދި މިނޫނަސް ތަފާތު އެތައްކަމެއްގެ ސަބަބުން ބޮލުގައި ރިހުން މެދުވެރިކުރުވައެވެ.

 

ތަފްޞީލު...



ބަނޑުހިކުން

bandu_hikunއާންމުގޮތެއްގައި ބޮޑުކަމުދިއުމުގެ އާދަ އަދި ދެވޭ މިންވަރު އެކިމީހުންނަށް ތަފާތެވެ. ބައެއްމީހުން ދުވާލަކު ދެފަހަރު ބޮޑުކަމުދާ އިރު އަނެއްބައި މީހުންނަށް 3-2 ދުވަހުން އެއްފަހަރު ދެވެއެވެ. ''ބަނޑުހިކުން'' މިބަސް ބުނެވެނީ ޢާންމުކޮށް ދެވޭ ވަރަށް ވުރެ މަދުން ބޮޑުކަމުދާން ޖެހުމުން، ނުވަތަ ބޮޑުކަމުދާތަކެތި ހަރުކޮށް ހުރުމުގެ ސަބަބުން ބޮޑުކަމުދާން އުދަގޫވުމުން، ދެވޭ މިންވަރު މަދުވުމަށް ނިސްބަތްކޮށެވެ.

ތަފްޞީލު...



ޖިންސީ ގުޅުމުގެ ޒަރީއާއިން ފެތުރޭ ބަލިތައް

std-main-picޖިންސީ ގުޅުން ހިންގުމުގެ ޒަރީއާއިން ޖެހޭ ބަލިތަކަކީ ޖުމްލަގޮތެއްގައި ވަރަށް ނުރައްކާތރި ބަލިތަކެވެ. ވޭން ހުރި މިބަލިތަކުގެ އަލާމާތްތައް ބައެއް ފަހަރު ނުފެނި ވެސް ހިގައިދެއެވެ. މިފަދަ ހާލަތުގައި ބަލި ހަށިގަނޑު ގައި އަށަގެންފައި ހުރިކަން ނޭގޭ ހިނދު އެހެންމީހުންނަށް ބަލި ފަސޭހައިން ފެތުރިގެންދާ ގޮތް މެދުވެރި ވެއެވެ. ގިނަ ފަހަރު މިބަލިތައް ޖެހެނީ ޒުވާނުންނާއި މެދުއުމުރުގެ މީހުންނަށެވެ. ސިފިލިސް، ކިހުނުވުން، އޭޑްސް ފަދަ އެތަކެއް ބަލިތަކާ ބެހޭގޮތުން އިތުރަށް ވިދާޅުވާށެވެ.

ތަފްޞީލު...



ސިފިލިސް (Syphilis)

std-syphilisސިފިލިސް ޖެހެނީ ސްޕައިރޯކީޓްގެ ވައްތަރެއްކަމުގައިވާ ''ޓްރެޕޮނީމާ ޕަލީޑަމް''(Treponema pallidum) އޭ ކިޔޭ އޯގަނިޒަމް އެއްގެ ސަބަބުންނެވެ. ސިފިލިސް އޭ ކިޔަނީ މިއޯގަނިޒަމް އިން ޖެހޭ އިންފެކްޝަން ހަށިގަނޑުގައި އަށަގަތުމަށެވެ. މިއޯގަނިޒަމް ހަށިގަނޑަށް ވަންނަނީ ސަލާމަތުން ހުރި ހަންގަނޑު އަދި ހަށިގަނޑުގައިވާ ތެތްދުލިފަށް ތައް ހުރަސްކޮށްގެންނެވެ. ހަށިގަނޑަށް މިއޯގަނިޒަމް ވަނުމާއި އެކު ލިމްފް ހޮޅިތަކަށް ވަދެ އިތުރުވެގެންދެއެވެ. އެއަށްފަހު ލިމްފް ގޮށްތަކަށް ވާސިލްވެ، ލޭގެ އާރަށް އެ ވާސިލްވެއެވެ.

ތަފްޞީލު...



ކިހުނުވުން (Gonorrhoea)

std-kihunu

ކިހުނުވުން ކުރިމަތިވަނީ ބެކްޓީރިއާގެ ވައްތަރެއްކަމުގައިވާ ''ނިޒީރިއާ ގޮނޯކޯކަސް''(Neisseria gonorrhoea) އޭ ކިޔޭ އޯގަނިޒަމް އެއްގެ ސަބަބުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ''ގޮނޯރިއާ''(Gonorrhoea)ގެ މާނަ ލަފްޒީ ގޮތުން ކުރާނަމަ ބުނެވޭނީ ''ދަރިފަނިތައް ބޭރުވުން'' މިއެވެ. ''ގޮނޯ''(Gono)މިބަސް ނެގިފައިވަނީ ''ގޮނޯސައިޓްސް''(Gonocytes) މިބަހުންނެވެ. މާނައަކީ ''ދަރިފަނި'' އެވެ. ''ރިއާ''(Rrhoea)މިބަހުގެ މާނައަކީ ''އެއްޗެއް ބޭރުވުން'' މިއެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.