ހުކުރު20200807

އާކުރެވުނީ: 08:43:52

ބަލިތައް

ޖެނިޓަލް ހާރޕީޒް(Genital herpes)

std-herpesމިއީ ހާރޕީޒް ސިމްޕްލެކްސް ވައިރަސް (Herpes simplex virus)ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސްގެ ދެވައްތަރެއް ވެއެވެ. އާންމުކޮށް މިބަލި ޖެހެނީ ދެވަނަ ވައްތަރުގެ ވައިރަސްގެ ސަބަބުންނެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހަކާއި އެއްވެސް ސިފައެއްގައި ޖިންސީގުޅުން ހިންގުމުންނެވެ. އަންހެނުންނަަށް މިބަލި ޖެހޭ ނިސްބަތް އިތުރުކަމަށް ވެސް ފާހަގަކުރެވިފައި ވެއެވެ.

ތަފްޞީލު...ޖެނިޓަލް ވޯރޓްސް

std-h-p-vމި ބަލި ޖެހުމުން ޖިންސީ ގުނަވަނާއި އޭގެ ވަށައިގެންވާ ހިސާބުތަކުގައި އުންތަކެއް ހެންހުންނަ ހަންކޮޅުތަކެއް އުފެދެއެވެ. އާންމުގޮތެއްގައި މިހަންކޮޅުތައް އުފެދެނީ ފުރަގަސްފަރާތް އަދި ޖިންސީ ގުނަވަން ފަދަ ހޫނު ތެތްކަން އެކުލެވޭ ހިސާބުތަކުގައެވެ. މިބުނި ހަންކޮޅުތައް އެންމެ ހަންކޮޅެއް ނުވަތަ ބައިވަރު ހަންކޮޅުތަކެއްގެ ސިފައިގައި ވެސް ފާޅުވެދާނެއެވެ. ކުދިކުދި ކޮށް ނުވަތަ ބޮޑުކޮށް ހުރުމަކީ ވެސް ވެދާނެގޮތެކެވެ.

ތަފްޞީލު...ޓްރައިކޮމޯނިއޭސިސް (Trichomoniasis)

std-tricho

މިއީ ޕްރޮޓޮޒޯގެ ވައްތަރެއްކަމަށްވާ ''ޓްރައިކޮމޯނަސް ވެޖައިނާލިސް''(Trichomonas vaginalis) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަންހެނުންނާއި ފިރިހެނުންގެ ފުރަގަސްފަރާތުގައި މި އޯގަނިޒަމް ބައެއްފަހަރު އުޅެއެވެ. ބަލިޖެހިފައި ތިބޭ ފިރިހެނުންގެ ކުޑަކަމުދާހޮޅި އަދި ޕްރޮސްޓޭޓް ގްލޭންޑް ގައި އަދި އަންހެނުންގެ ޖިންސީ ގުނަވަން، ކުޑަކަމުދާހޮޅި، އަދި މަސާނާގައި މި އޯގަނިޒަމް ދިރިއުޅެއެވެ. އަންހެނުންގައި ހަށިގަނޑުގައި މިބަލީގެ އޯގަނިޒަމް ބޮޑަށް އަށަގަންނަނީ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާ ގައެވެ. ފިރިހެނުންގެ ނަމަ ކުޑަކަމުދާ ހޮޅީގައެވެ.

ތަފްޞީލު...މޮނީލިއޭސިސް / ކެންޑިޑިއޭސިސް (Candidiasis / Moniliasis)

std-candida

އަންހެނުންގެ ޖިންސީ ގުނަވަނަށް (ވެޖައިނާ) ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމުއެއްބައްޔަކީ މޮނީލިއޭސިސް އެވެ. މިއީ ފަންގަސްގެ ވައްތަރެއް ކަމުގައިވާ ''ކެންޑިޑާ އަލްބިކަންސް''(Candida albicans)ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުން ވެސް ފެތުރޭ ބައްޔެކެވެ.

ތަފްޞީލު...އޭޑްސް

 std-aidsއޭޑްސް ބައްޔަކީ އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ބައްޔެވެ. މިޒަމާނުގެ ބޮޑުވަބާގެ ގޮތުގައި ސިފަކުރެވޭ މިބައްޔަށް އަދި މިހާތަނަށް ދާއިމީ ފަރުވާއެއް ޑޮކްޓަރުންނަށް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން އެއިޑްސް ބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.

ތަފްޞީލު...ޝެންކްރޮއިޑް (Chancroid)

std-chanchroމިބަލި ޖެހުމުން ޖިންސީ ގުނަވަން، ކުރިމަތި ފަރާތް، ތުންފަތް، އަދި އަނގައިގެ ތެރޭގައި ފާރުކޮޅުތަކެއް އުފެދެއެވެ. ފާރުކޮޅު ހުންނަ ހިސާބުގައި ވަރަށް ގަދަޔަށް ތަދު ހުންނަ ގޮތްވެއެވެ. އުކުޅުވަޅު ގައި ގޮށްލުން އަދި ބައެއް ފަހަރު މިގޮށްތައް ފަޅައިގެން ގޮސް ދޮސް ބޭރުވާގޮތް ވެއެވެ. އާންމުގޮތެއްގައި ގޮށްލަނީ ކޮންމެ ވެސް އެއްފަރާތެއްގެ އުކުޅު ވަޅު ގައެވެ. ނަމަވެސް ދެފަރާތުގެ އުކުޅުވަޅު ގައިވެސް ގޮށްލުމަކީ ވެދާނެ ގޮތެކެވެ.

ތަފްޞީލު...ކްލަމީޑިއާ (Chlamydiae)

std-chlamydiaމިއީ ''ކްލަމީޑިއާ ޓްރެކޮމެޓިސް''(Chlamydiae trachomatis) އޭ ކިޔާ އޯގަނިޒަމް އެއްގެ ސަބަބުން ޖިންސީ ގުނަވަނަން ޖެހޭ ބައްޔެކެވެ. މިބައްޔާއި މެދު ބެލެވިފައިވަނީ ''ހިމޭން'' ނުވަތަ ''މައިތިރި'' ބައްޔެއްގެ ގޮތުގައެވެ. އެއީ ބަލިޖެހޭ އަންހެނުންގެ 4ބައިކުޅަ 3ބައި އަދި ފިރިހެނުންގެ ދެބައިކުޅައެއްބައި މީހުންނަށް މިބަލީގެ އަލާމާތްތައް ނުފެނި ދާތީއެވެ. އަލާމާތްތައް ފެންނަ ނަމަ 1-3ހަފްތާގެ މުއްދަތެއްގެ ތެރޭގައި ފެންނަށް ފަށާނެއެވެ.

ތަފްޞީލު...ލިމްފޯގްރެނިއުލޯމާ ވިނީރިއަމް (Lymphogranuloma Venereum)

std-lymphoމިއީ ''ކްލަމީޑިއާ ޓްރެކޮމެޓިސް''(Chlamediae trachomatis) އޭ ކިޔާ އޯގަނިޒަމް އެއްގެ ސަބަބުން ޖިންސީ ގުނަވަނަން ޖެހޭ ބައްޔެކެވެ. ހޫނު ގަދަ ގައުމުތަކުގައި މިބަލި އާންމުކަމަށް ފާހަގަކުރެވިފައި ވެއެވެ. މިބަލި ޖެހެނީ ޖިންސީ ގުޅުމުގެ ޒަރީއާއިންނެވެ. ބަލީގެ ޖަރާސީމް ހަށިގަނޑަށް ވާސިލްވުމަށް ފަހު އޭގެ އަލާމާތްތައް ފެންނަނީ 7-12ދުވަހާއި ދެމެދުގެ މުއްދަތެއް ގައެވެ.

ތަފްޞީލު...ގްރެނިއުލޯމާ އިންގްއައިނޭލް (Granuloma inguina)

std-ingunaleމިއީ ޖިންސީ ގުޅުމުގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. އާންމުކޮށް މިބަލި ޖެހެނީ ފިރިހެނުންނަށެވެ. ޚާއްޞަކޮށް އުމުރުން 20-45 އަހަރާއި ދެމެދުގެ އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ފިރިހެނުންނަށެވެ.

ތަފްޞީލު...ފުރަގަސްފަރާތު ބައްޔަކީ ކޮބާ

furagas-faraathu-bali-2ފުރަގަސްފަރާތު ބައްޔޭ ބުނެވެނީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތް ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމަށް ނިސްބަތް ކޮށެވެ. ފުރަގަސްފަރާތު ބައްޔަށް ''ޕައިލްސް'' ނުވަތަ ''ހެމޮރޮއިޑްސް'' އޭ ވެސް ކިޔައި އުޅެއެވެ. މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށެވެ.

ތަފްޞީލު...އަޔަން ޑެފިސިއެންސީ އެނީމިއާ

iron-deficiencyއެނީމިއާގެ އެންމެ އާންމުވައްތަރަކީ މިއީއެވެ. ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް %20 އަންހެނުންނަށް އަދި %3 ފިރިހެނުންނަށް ދަނގަޑު މަދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. ހަށިގަނޑުގެ އެކިބައިތަކަށް އޮކްސިޖަން އުފުލާ ''ހީމޯގްލޯބިން'' ގެ އުފެދުމަށް ދަގަނޑަކީ މުހިއްމު އެއްޗެކެވެ. ހަށިގަނޑަށް ދަނގަޑު ލިބެނީ ބޭނުންކުރާ ކާނާގެ ތެރެއިންނެވެ. ދަނގަޑާނުލައި އޮކްސިޖަން ޓިޝޫތަކަށް ވާސިލްވުމަށް ދަތިވެއެވެ. އޮކްސިޖަން އަކީ ހަށިގަނޑުގެ ހުރިހާ ހަތާތަކެއް ފުރިހަމަ ގޮތުގައި މަސައްކުރުމަށް ބޭނުންވާ މާއްދާއެކެވެ.

ތަފްޞީލު...މަދިރި އަދި މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް

madhiri-adhi-eyge-baliއާންމުގޮތެއްގައި 3ވައްތަރެއްގެ މަދިރި އުޅެއެވެ. އެއީ ''އީދްސް އިޖިޕްޓި''، ''ކިއުލެކްސް ޕައިޕިއެންސް''، އަދި ''އެނޯފިލީންސް'' އެވެ. އެނޯފިލިންސްގެ ބާވަތްތަކުގެ ތެރޭގައި ''އެނޯފީލްސް ފެރޯއެންސިސް''، ''އެނޯފީލްސް މަލްޓިކޮލަރ''، ''އެނޯފީލްސް ސާޖެންޓީ''، އަދި ''އެނޯފީލްސް ގެމްބިއާ'' ފަދަ ބާވަތްތައް ހިމެނެއެވެ.ދުނިޔޭގެހުރިހާ ހިސާބެއްގައި ވެސް މަދިރި އުޅެއެވެ. ނަމަވެސް ހޫނު ގައުމުތަކުގައި އާދަޔާޚިލާފަށް މަދިރި ގިނަކަން ފާހަގަކުރެވެއެވެ.

ތަފްޞީލު...ހީމަޓޫރިއާ

hematuriaހީމަޓޫރިއާ އަކީ ކޮބާ ؟ ހީމަޓޫރިއާގެ މާނައަކީ ކުޑަކަމުދާތަކެތީގައި ލޭހުރުމެވެ. ކުޑަކަމުދާތަކެތީގެ ތެރޭގައި ލޭހުރުން މެދުވެރިކުރުވާ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. ހީމަޓޫރިއާގެ ފަރުވާ ބިނާވެފައި އޮންނަނީ އޭގެ ސަބަބުގެ މައްޗަށެވެ. ކުޑަކަމުދާ ތަކެތީގައި ލޭހުންނަށް ދިމާވީ ކުޑަކަމުދާތަކެތި އުފައްދާ ބޭރުކުރާ ނިޒާމުގެ މައްސަލައަކާއި ގުޅިގެންކަމުގައި ވާނަމަ އެކަމަށް ޚާއްޞަ އެންޓިބަޔޮޓިކް ބޭނުންކުރެވިދާނެއެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.